މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުމުންދޫ (228 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
228 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުމުންދޫގެ އެންމެ ފަހުގެ ޚަބަރުތައް

228 ޚަބަރުގެ ތެރެއިން
އަދުގެ ރައީސް އަކީ، ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ކައުންސިލްތަކާއި ގުޅިގެން ކަންކަން ކުރާ ވެރިއެއް: ރާޢީ 📍 ހދ. މަކުނުދޫ

އަދުގެ ރައީސް އަކީ، ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ކައުންސިލްތަކާއި ގުޅިގެން ކަންކަން ކުރާ ވެރިއެއް: ރާޢީ

އަދުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަކީ، ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ކައުންސިލްތަކާއި ގުޅިގެން ކަންކަން ކުރާ ވެރިއެއްކަމަށް މަކުނުދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރ މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ. ރާޢީ މިހެން ވިދާޅުވީ ހދ. ކުމުންދޫ ކައުންސިލްއާއި އެކު ރޭ މުލިއާ ގޭގައި ކުރިއަށްދިޔަ ބައްދަލުވުމަށްފަހު މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިބައްދަލު ކުރެއްވުމުގައި ކުމުންދޫ ކައުންސިލްގެ ރައީސް އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަމީން މުހައްމަދާއި އެކުންސިލްގެ މެންބަރަ...

އަލީ އާދިލް
ކުމުންދޫ ޔޫތު ސްޕޯޓްސްގެ ވެޓަރެންސް ފުޓްސަލް މުބާރާތުގެ ފައިނަލުގައި ވައިސޫރިއާއި ލަޔަން 📍 ހދ. ކުމުންދޫ

ކުމުންދޫ ޔޫތު ސްޕޯޓްސްގެ ވެޓަރެންސް ފުޓްސަލް މުބާރާތުގެ ފައިނަލުގައި ވައިސޫރިއާއި ލަޔަން

ހދ. ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ޔޫތު ސްޕޯޓްސް ވެޓަރެންސް ފުޓްސަލް މުބާރާތް 2022” ގެ ފައިނަލުން ޓީމް ވައިސޫރިއާއި ޓީމް ލަޔަން ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލުން ވައިސޫރި ޓީމުން ޖާގަ ހޯދާފައި ވަނީ މުބާރާތުގައި އެ ޓީމުން ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ލިބުނު ނުވަ ޕޮއިންޓާއިއެކު، ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. މުބާރާތުގެ ފައިނަލުން ލަޔަން ޓީމުން ޖާގަ ހޯދާފައި ވަނީ […]

އިބްރާހިމް ޚަލީލް
ކުމުންދޫ ޔޫތު ސްޕޯޓްސްގެ ވެޓަރެންސް ފުޓްސަލް މުބާރާތް ފަށައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ޔޫތު ސްޕޯޓްސްގެ ވެޓަރެންސް ފުޓްސަލް މުބާރާތް ފަށައިފި

ހދ.ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ޔޫތު ސްޕޯޓްސް ވެޓަރެންސް ފުޓްސަލް މުބާރާތް 2022” ފަށައިފިއެވެ. މި މުބާރާތް 15 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރޭ 21:30 ގައި ކުމުންދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ވައިސޫރިއާއި ޓީމް ލަޔަންއެވެ. މި މެޗު 2-0 ގެ ނަތީޖާއިން ވައިސޫރި ޓީމުން ކާމިޔާބު ކޮށްފައިވާއިރު، އެ ޓީމަށް ލަނޑުތައް ޖަހައި ދީފައި […]

އިބްރާހިމް ޚަލީލް
ކުމުންދޫ ޔޫތު ސްޕޯޓްސްގެ ވެޓަރެންސް ފުޓްސަލް މުބާރާތް މި މަހު 15 ގައި ފަށަނީ 📍 ހދ. ކުމުންދޫ

ކުމުންދޫ ޔޫތު ސްޕޯޓްސްގެ ވެޓަރެންސް ފުޓްސަލް މުބާރާތް މި މަހު 15 ގައި ފަށަނީ

ހދ. ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ވެޓަރެންސް ފުޓްސަލް މުބާރާތް 2022” އޭޕްރިލް 15 ވާ ހުކުރު ދުވަހު ފެށުމަށް އެ ކުލަބުން ތާވަލު ކޮށްފޮއެވެ. މި މުބާރާތުގައި ބައިވެރި ވެފައި ވަނީ ޖުމްލަ ހަތަރު ޓީމެކެވެ. އެއީ ވައިސޫރި، ޒީރު ސްޕޯޓްސް ކުލަބް، ލަޔަންގެ އިތުރުން ޓީމް އޯކިޑެވެ. މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިން ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ […]

އިބްރާހިމް ޚަލީލް
ކުމުންދޫ "ޒީރު ސްޕޯޓްސް އެކަޑެމީ" އަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ "ޒީރު ސްޕޯޓްސް އެކަޑެމީ" އަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. ކުމުންދޫގެ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް “ކުރެވި” ޖަމްޢިއްޔާގެ ކުޅިވަރު ވިންގު ކަމުގައިވާ ޒީރު ސްޕޯރޓްސް ކްލަބްގެ ފަރާތުން ޒީރު ސްޕޯރޓްސް އެކަޑެމީ ނަމުގައި އެކަޑަމީ އެއް އުފައްދައި، އެ އެކަޑަމީއަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަން ހާމަކޮށް އެ ޖަމިއްޔާއިން އާންމުކުރި ޢިއުލާނެއްގައި ބުނީ މިއެކެޑެމީއަށް ކުދިން ވެއްދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު 20 އޭޕްރިލް 2022 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެ ދުވަސްތަކުގެ ތެރ...

އައިޝަތު ނަސާޔާ
ކުމުންދޫ ނެރު ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ނެރު ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

ހދ. ކުމުންދޫ ނެރު ބަދަލު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މިއަދު ކުމުންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއެވެ. އެ ރަސްމިއްޔާތުގައި ކުމުންދޫ ކައުންސިލް މެމްބަރުންނާއި އެމްޓީސީސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއުގެ ދަށުން އާ ހާބަ ބޭސިން ފުން ކުރުމާއި ނެރު ފުންކުރުމާއި ބޭރިތޮށި ލުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. ހދ. ކުމުންދޫ ނެރު...

އަޙްމަދު ވަހީދު
ކުމުންދޫ ކައުންސިލުން އެރަށު ސިއްހީ މަރުކަޒަށް ފެން ފިލްޓަރ ކުރާ ނިޒާމެއް ހަދިޔާ ކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލުން އެރަށު ސިއްހީ މަރުކަޒަށް ފެން ފިލްޓަރ ކުރާ ނިޒާމެއް ހަދިޔާ ކޮށްފި

ހދ. ކުމުންދޫ ކައުންސިލްގެ ފަރާތުން އެރަށު ސިއްޚީ މަރުކަޒަށް ފެން ފިލްޓަރ ކުރެވޭނެ ނިޒާމެއް ހަދިޔާ ކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވީ މިނިޒާމް އެމަރުކަޒާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އެގޮތުން އެ މަރުކަޒުގައި ފެން ފިލްޓަރ ކުރެވޭނެ ގޮތް ހެދުމަށް ކައުންސިލުން ހަދިޔާކުރި ފިލްޓަރއާއި ސިއްހީ މަރުކަޒުގެ ފަރާތުން ހަވާލުވެފައިވަނީ އެމަރުކަޒުގެ އެޑްމިނިސްޓްރޭޓަރ ޖައިލަމް ޝާހެވެ. އަމީން ވިދާޅުވީ މިފަދަ ނިޒާމެއް...

އައިޝަތު ނަސާޔާ
ކުމުންދޫގެ ނެރު ފުން ކުރުމުގެ މަަސައްކަތް ފަށައިފި

ކުމުންދޫގެ ނެރު ފުން ކުރުމުގެ މަަސައްކަތް ފަށައިފި

ހދ.ކުމުންދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ނެރު ފުންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތް ފެށީ މިއަދުއެވެ. މި މަޝްރޫއުގެ ދަށުން، 14،301 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 242 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި ލުމާއި، 198 މީޓަރުގެ ސަަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 35.6 މިލިއަން ރުފިޔާ...

އަޙްމަދު ވަހީދު
ކުމުންދޫ ބަނދަރު ހަދަން ސައިޓް މޮބިލައިޒް ކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫ ބަނދަރު ހަދަން ސައިޓް މޮބިލައިޒް ކޮށްފި

ހދ. ކުމުންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި ސައިޓް މޮބިލައިޒް ކުރީ މިއަދުއެވެ. މި މަޝްރޫއުގެ ދަށުން، 14،301 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 242 މީޓަރުގެ ބޭރުތޮށި ލުމާއި، 198 މީޓަރުގެ ސަަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 35.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އަޙްމަދު ވަހީދު
ކުމުންދޫ ކޮޅަށް 22 ލަނޑު ޖަހައި ނައިވާދޫ ފައިނަލަށް 📍 ހދ. ނައިވާދޫ

ކުމުންދޫ ކޮޅަށް 22 ލަނޑު ޖަހައި ނައިވާދޫ ފައިނަލަށް

ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ނާވައިދޫއިން ކުމުންދޫ ލަދުގަންނަވާލައި، ކުމުންދޫ ކޮޅަށް 22 ގޯލް ޖަހައިފިއެވެ. މި މެޗްގައި ކުމުންދޫއަށް ޖެހިފައިވަނީ 2 ގޯލްއެވެ. ބުދަ ދުވަހުގެ ރޭ ކުޅުނު މި ގްރޫޕްގެ އަނެއް މެޗުން ނޭކުރެންދޫ އިން ފިނޭގެ މައްޗައް ކުރި ހޯދީ 10-0 ގެ ނަތީޖާއިންނެވެ. މި ގްރޫޕް އިން ފައިނަލަށް ގޮސްފައިވަނީ ނާވައިދޫ އެވެ. ނޭކުރެންދޫ އަދި ނާވައިދޫއަށް ވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. ނާވައިދޫއަށް […]

އަލީ ރިޔާޟް
ކުމުންދޫގައި ކުރިއަށް ގެންދިޔަ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯސް ނިންމާލައިފި

ކުމުންދޫގައި ކުރިއަށް ގެންދިޔަ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯސް ނިންމާލައިފި

ހދ.ކުމުންދޫ ކައުންސިލުން އިސްނަގައިގެން ޔޫޓީޒް ކެރިއާރ ޓްކް އިންސްޓިޓިއުޓް (ޔޫސީޓީއައި) އާއި ގުޅިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ލެވެލް 3 ގެ އިލެކްޓްރިކް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯސް ނިންމައި، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްފިއެބެ. މި ކޯހަކީ ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. ކޯސް ކުރިއަށް ގެންގޮސްފައި ވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ޑިސެމްބަރ ގެ ނިޔަލަށެވެ. ޖުމްލަ 13 ފަރާތަކުން މި ކޯސް ފުރިހަމަ […]

އިބްރާހިމް ޚަލީލް
ކުމުންދޫގައި ކުރިއަށް ގެންދިޔަ ފަހާކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކްޓް ހަވާލުކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫގައި ކުރިއަށް ގެންދިޔަ ފަހާކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކްޓް ހަވާލުކޮށްފި

ހދ. ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގައި ކުރިއަށް ގެންދިޔަ ބޭސިކް ފަހާކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މި ކޯހަކީ ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި މަޝްހޫރު ފެހުންތެރިޔާ އާފިޔާ ޔޫސުފާއި ގުޅިގެން ކުމުންދޫގައި ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. ކޯސް ފަށާފައި ވަނީ 04 ފެބްރުއަރީ 2022 ގައެވެ. ޖުމްލަ 15 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ކޯސް ނިންމާލާފައި ވަނީ 20 ފެބްރުއަރީ 2022 ގައެވެ. ކޯސް […]

އިބްރާހިމް ޚަލީލް
ކުމުންދޫ ކައުންސިލްގެ ދަށުގައި ހުރި ހުރިހާ އިމާރާތަކަށް، އިއާދަކުރަނިވި ހަކަތައިން ކަރަންޓުދިނުމަށް އަމާޒު ހިފައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލްގެ ދަށުގައި ހުރި ހުރިހާ އިމާރާތަކަށް، އިއާދަކުރަނިވި ހަކަތައިން ކަރަންޓުދިނުމަށް އަމާޒު ހިފައިފި

ހދ. ކުމުންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ އިމާރާތަކަށް، އިއާދަކުރަނިވި ހަކަތައިން ކަރަންޓުދިނުމަށް އެކައުންސިލުން އަމާޒު ހިފައިފި އެވެ. ހދ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު، އެރަށުގައި އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ގާއިމް ކުރުމަށް މިއަދު މިކުރެވުނު އިއުލާނާއިއެކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2023 ގެ ނިޔަލަށް ކުމުންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ އިމާރާތްތަކެއްގެ ކަރަންޓު އިއާދަކުރަނިވި...

އައިޝަތު ނަސާޔާ
ކުމުންދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ އަންމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމް ނިންމާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ އަންމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ހދ. ކުމުންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން އެރަށު ސްކޫލްގެ ދަރިވަރުންގެ މެދުގައި ކުރިއަށް ގެންދިޔަ އަންމާ ފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންނަށް އިނާމު ދީފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އަންހެނުންގެ ކޮމިޓީގެ ރައީސް ފާތިމަތު ރީނާޒް ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މިޕްރާމްގައި އެސްކޫލްގެ 12 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެކޮމިޓީއިން މައުލޫމާތު ދީ...

އައިޝަތު ނަސާޔާ
ކުމުންދޫ ސްކޫލްގެ އިމާރާތުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދޭން ގޮވާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ސްކޫލްގެ އިމާރާތުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދޭން ގޮވާލައިފި

ކުމުންދޫ ސްކޫލްގައި ކިޔަވައިދެމުން ދަނީ ވަރަށް ނުރައްކާތެރި ހާލަތުގައި ހުރި އިމާރާތެއްގައި ކަމަށާއި، އެ އިމާރާތުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކުމުންދޫ ކައުންސިލްގެ ރައީސް، އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުހައްމަދު ގޮވާލަށްވައިފިއެވެ. އަމީންގެ މި ކަންބޮޑުވުމާއެކު ވަނީ އެ ސްކޫލްގެ އިމާރާތެއް ހާލަތު ފެންނަ ވީޑިއޯއެއް ވެސް ޓްވީޓާގައި އާންމު ކުރަށްވާފައެވެ. އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު ޢަލީ އާއި، އެޗްއާރުސީއެމް އަދި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ޓެ...

އަލީ އާދިލް