މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުމުންދޫ (228 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
228 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުމުންދޫގެ އެންމެ ފަހުގެ ޚަބަރުތައް

228 ޚަބަރުގެ ތެރެއިން
ކުމުންދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހދ. ކުމުންދޫގައި ހަދާ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހެދި ފެރީ ހަޓެކެވެ. މި ފެރީ ހަޓަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ ހަދައިފައެވެ. ހދ. […]

އަޙްމަދު ވަހީދު
އެމްޑީޕީ އަށް ކާމިޔާބުކުރެވޭނީ ރައީސް ނަޝީދާއިއެކު: އަމީން 📍 ހދ. ކުމުންދޫ

އެމްޑީޕީ އަށް ކާމިޔާބުކުރެވޭނީ ރައީސް ނަޝީދާއިއެކު: އަމީން

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ދެން ވެސް ރިޔާސީ އިންތިޚާބު ކާމިޔަބު ކުރެވޭނީ، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު އާއިއެކު ކަމަށް ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޯމަތިވެފައިވާއިރު ރައީސް ނަޝީދު ވަނީ މިހާރުގެ ރައީސް، އިބްރާޙީމް މުޙައްމަދު ޞާލިޙާއެކު ދެން މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައިއެވެ. އަދި އެ ޕާޓީގެ […]

އަލީ އާދިލް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ފިރިހެން ބައިގެ ޗެމްޕިއަންކަން ޒީރު ސްޕޯޓްސް ކުލަބަށް 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ފިރިހެން ބައިގެ ޗެމްޕިއަންކަން ޒީރު ސްޕޯޓްސް ކުލަބަށް

ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޒީރު ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. ރޭ ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު ޒީރު ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިން ބީޗް ސިޓީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރޭ ކުޅުން ފައިނަލް މެޗުގައި ޒީރު ސްޕޯޓްސް ކުލަބްގައި ތަފާތު ދައްކާފައި ވަނީ ރާއްޖޭގައި މިވަގުތު ހުރި […]

އިބްރާހިމް ޚަލީލް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: އަންހެން ބައިގެ ޗެމްޕިއަންކަން ސީއެސް ވިމެންސްއަށް 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: އަންހެން ބައިގެ ޗެމްޕިއަންކަން ސީއެސް ވިމެންސްއަށް

ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ސީއެސް ވިމެންސް އިން ހޯދައިފިއެވެ. އިއްޔެ ހަވީރު ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު ސީއެސް ވިމެންސްއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިން ޓާފް ކުއީންސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސީއެސް […]

އިބްރާހިމް ޚަލީލް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ފައިނަލުގައި ޒީރުއާއި ބީޗް ސިޓީ 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ފައިނަލުގައި ޒީރުއާއި ބީޗް ސިޓީ

ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ފިރިހެން ކެޓަގަރީގެ ފައިނަލުން ޒީރު ސްޕޯޓްސް ކުލަބާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބް ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ޒީރު ސްޕޯޓްސް ކުލަބާއި އައްޓޯ އެފްސީއެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޒީރު ވަނީ ޖާގަ ހޯދާފައެވެ. މި މެޗުގައި ޒީރުން ކާމިޔާބުކުރި ހަމައެކަނި […]

އިބްރާހިމް ޚަލީލް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ސެމީގައި ލަޔަންއާއި ބީޗް ސިޓީ އަދި އައްޓޯ އެފްސީއާއި ޒީރު 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ސެމީގައި ލަޔަންއާއި ބީޗް ސިޓީ އަދި އައްޓޯ އެފްސީއާއި ޒީރު

ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ފިރިހެން ކެޓަގަރީގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ޒީރު ސްޕޯޓްސް ކުލަބާއި އައްޓޯ އެފްސީ ޖާގަ ހޯދައިފިއެވެ. އިއްޔެ ގްރޫޕް އޭގެ ފަހު މެޗުގައި ބައްދަލު ކޮށްފައި ވަނީ އައްޓޯ އެފްސީއާއި އަތިރިކޮޅު ލެޖެންޑްސްއެވެ. މި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އައްޓޯއެވެ. މި މެޗުގައި އައްޓޯއަށް ލަނޑުތައް ކާމިޔާބު […]

އިބްރާހިމް ޚަލީލް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ އަންހެން ކެޓަގަރީގެ ފައިނަލުގެ ފަހު ޖާގަ ޓާފް ކްއީންއަށް 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ އަންހެން ކެޓަގަރީގެ ފައިނަލުގެ ފަހު ޖާގަ ޓާފް ކްއީންއަށް

ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” އަންހެން ކެޓަގަރީގެ ފައިނަލުގެ ފަހު ޖާގަ ޓާފް ކުއީން ހޯދައިފިއެވެ. އަންހެން ކެޓަގަރީގެ ލީގު ބުރުގެ ފަހު މެޗުގައި ރޭ ޒީރު ސްޓާރސްއާއި ޓާފް ކުއީން ބައްދަލުކުރި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުން މޮޅުވެގެން ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުޞަތު ޒީރު ސްޓާރސްއަށް އޮތް ނަމަވެސް މެޗު އެއްވަރުވުމުން ފައިނަލުގެ […]

އިބްރާހިމް ޚަލީލް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ލަޔަންއާއި ބީޗް ސިޓީ ސެމީއަށް 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ލަޔަންއާއި ބީޗް ސިޓީ ސެމީއަށް

ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ފިރިހެން ކެޓަގަރީގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ލަޔަންއާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފިއެވެ. އިއްޔެ ގްރޫޕް އޭގައި ލަޔަންއާއި ލާޒިއޯ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ލަޔަންއެވެ. މި މެޗުގައި ލަޔަންއަށް ލަނޑުތައް ޖަހައި ދީފައި ވަނީ މުޙައްމަދު އާދަމްގެ އިތުރުން އިބްރާހީމް އާދަމެވެ. […]

އިބްރާހިމް ޚަލީލް
އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް: މިއަދު ހެނދުނުގެ މެޗުތައް ހދ. ތައުލީމީ މަރުކަޒާއި ކުމުންދޫ ސްކޫލަށް 📍 ހދ. ކުޅުދުއްފުށި

އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް: މިއަދު ހެނދުނުގެ މެޗުތައް ހދ. ތައުލީމީ މަރުކަޒާއި ކުމުންދޫ ސްކޫލަށް

އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް: މިއަދު ހެނދުނުގެ މެޗުތައް ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ކުމުންދޫ ސްކޫލުން ކާމިޔާބުކޮށްފި އެވެ. ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނީ 15 އަހަރުން ދަށުގެ ދެ މެޗެވެ. ހެނދުނު 6 ޖެހިއިރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ޖަލާލުއްދީން ސްކޫލެވެ. މި މެޗު 18 ޝޫޓު 8 ޝޫޓުން ކާމިޔާބުކުރީ ހދ. އަތޮޅު ތައުލީމީ މަރުކަޒެވެ. […]

މުޙައްމަދު އަފްރާޙް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: އިއްޔެގެ މެޗުތައް ކާމިޔާބުކުރީ އައްޓޯ އެފްސީއާއި ބީޗް ސިޓީ 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: އިއްޔެގެ މެޗުތައް ކާމިޔާބުކުރީ އައްޓޯ އެފްސީއާއި ބީޗް ސިޓީ

ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ފިރިހެން ކެޓަގަރީގައި އިއްޔެ ކުޅުނު މެޗުތައް އައްޓޯ އެފްސީއާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފިއެވެ. އިއްޔެ ގްރޫޕް އޭގައި އައްޓޯ އެފްސީއާއި ލާޒިއޯ ބައްދަލުކުރި މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ އައްޓޯ އެފްސީއެވެ. މި މެޗުގައި އައްޓޯއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ މުޝްރިފް މުޙައްމަދުގެ އިތުރުން ނާހިލް އައްބާސްއެވެ. […]

އިބްރާހިމް ޚަލީލް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ އަންހެން ކެޓަގަރީގެ ފައިނަލުގެ ފުރަތަމަ ޖާގަ ސީއެސް ވިމެންސްއަށް 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ އަންހެން ކެޓަގަރީގެ ފައިނަލުގެ ފުރަތަމަ ޖާގަ ސީއެސް ވިމެންސްއަށް

ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” އަންހެން ކެޓަގަރީގެ ފައިނަލުގެ ފުރަތަމަ ޖާގަ ސީއެސް ވިމެންސް ހޯދައިފިއެވެ. ގްރޫޕް ސްޓޭޖުގައި ސީއެސް ވިމެންސް އިއްޔެ ކުޅުނު މެޗު ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. ސީއެސް ވިމެންސްއިން ވަނީ ބީޗް ސިޓީ ވިމެންސްގެ މައްޗަށް 8-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މެޗުގައި އެ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ރާއިދާ މޫސާ، ސަޒުލާ […]

އިބްރާހިމް ޚަލީލް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ޓާފް ކުއީންއާއި ސީއެސް ވިމެންސް އެއްވަރުވިއިރު ލަޔަންއާއި ޒީރަށް ފަސޭހަ މޮޅެއް 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ޓާފް ކުއީންއާއި ސީއެސް ވިމެންސް އެއްވަރުވިއިރު ލަޔަންއާއި ޒީރަށް ފަސޭހަ މޮޅެއް

ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގައި އިއްޔެ ކުޅުނު އަންހެން ކެޓަގަރީގެ މެޗުގައި ޓާފް ކުއީންއާއި ސީއެސް ވިމެންސް ބައްދަލުކުރި މެޗު އެއްވަރުވީއިރު، ފިރިހެން ކެޓަގަރީގައި ޒީރު ސްޕޯޓްސް ކުލަބާއި ލެންޓާން އެފްސީ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޒީރު ސްޕޯޓްސް ކުލަބުން ކާމިޔާބުކުރި އިރު، ލަޔަންއާއި އަތިރިކޮޅު ލެޖެންޑްސް ބައްދަލުކުރި މެޗު ލަޔަންއިން ކާމިޔާބު ކޮށްފިއެވެ. ޓާފް ކުއީންއާއި ސީއެސް ވިމެންސް ބައްދަލުކުރި މެޗު ނިމިފައި...

އިބްރާހިމް ޚަލީލް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: އަތިރިކޮޅު ލެޖެންޑްސްއާއި ލާޒިއޯ އެއްވަރުވިއިރު، ޒީރު ސްޓާރސްއަށް ބޮޑު މޮޅެއް 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: އަތިރިކޮޅު ލެޖެންޑްސްއާއި ލާޒިއޯ އެއްވަރުވިއިރު، ޒީރު ސްޓާރސްއަށް ބޮޑު މޮޅެއް

ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގައި އިއްޔެ ކުޅުނު ފިރިހެން ކެޓަގަރީގެ މެޗުގައި އަތިރިކޮޅު ލެޖެންޑްސްއާއި ލާޒިއޯ ބައްދަލުކުރި މެޗު އެއްވަރުވީއިރު، އަންހެން ކެޓަގަރީގައި ކުޅުނު މެޗު ޒީރު ސްޓާރސްއިން ކާމިޔާބު ކޮށްފިއެވެ. ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އަތިރިކޮޅު ލެޖެންޑްސްއާއި ލާޒިއޯއެވެ. މި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންންވެ. މި މެޗުގެ […]

އިބްރާހިމް ޚަލީލް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: މިއަދުގެ މެޗުތައް ކާމިޔާބުކުރީ އައްޓޯ، އެސްޕޯޓެސް ޖުވެނިސް އަދި ޓާފް ކުއީން 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: މިއަދުގެ މެޗުތައް ކާމިޔާބުކުރީ އައްޓޯ، އެސްޕޯޓެސް ޖުވެނިސް އަދި ޓާފް ކުއީން

ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގައި މިއަދު ކުޅުނު މެޗުތައް އައްޓޯ އެފްސީ، އެސްޕޯޓެސް ޖުވެނިސް އަދި ޓާފް ކުއީން، އިން ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު އައްޓޯ އެފްސީއާއި ލަޔަން ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އައްޓޯ އެފްސީންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އައްޓޯ އެފްސީގެ ޖޯޒީ ނަމްބަރު 15، އަހްމަދު ސިނާޒް އެވެ. […]

އިބްރާހިމް ޚަލީލް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފި

ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ފަށައިފިއެވެ. ރޭ ކުމުންދޫ ފުޓްސަލް ދަނޑުގައި މި މުބާރާތުގެ ކުޅުން ފަށާފައިވާއިރު، މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެފައި ވަނީ އަންހެން ކެޓަގަރީގެ މެޗެކެވެ. އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ ސީއެސް ވިމެންސްއާއި ޒީރު ސްޓާރސްއެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ސީއެސް ވިމެންސް ޓީމުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބު […]

އިބްރާހިމް ޚަލީލް