މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުމުންދޫ (228 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
228 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުމުންދޫގެ އެންމެ ފަހުގެ ޚަބަރުތައް

228 ޚަބަރުގެ ތެރެއިން
ތިލަދުންމަތީ ހުނަރުވެރިން: "ދޮނާސް ބުރައިޑަލް ބުކޭ" މިހާރު ފަރިތަ ނަމެއް! 📍 ހދ. ކުމުންދޫ

ތިލަދުންމަތީ ހުނަރުވެރިން: "ދޮނާސް ބުރައިޑަލް ބުކޭ" މިހާރު ފަރިތަ ނަމެއް!

ރާއްޖޭގައި ކުރެވޭ ކައިވެނިތަކާއި އެ ކައިވެނިތަކާއި ގުޅިގެން ބޭއްވޭ ހަފްލާތަކަކީ މިހާރު ގިނަ ވިޔަފާރިތަކާއި ގުޅި ލާމެހިފައިވާ ހަފްލާތަކެކެވެ. ކައިވެނީގެ އުފަލުގައި ބާއްވާ ހަފްލާގެ ބެކްޑްރޮޕް ހެދުމާއި، އެ ހަފްލާތަކަށް ކޭކު އެޅުމާއި، އެ ހަފްލާތަކަށް ކައިވެނީގެ ހެދުން ފެހުމާއި، ކައިވެނީގެ ރަން ހެދުމާއި، މިފަދަ މަސައްކަތްތަކަކީ މިއަދު ވިޔަފާރީގެ ބާޒާރެކެވެ. މިގޮތުން ކައިވެނީގެ ހަފްލާތަކުން ފެނިގެންދާ ވެޑިންގ ޑްރެސްތަކާއި ގުޅުވައިގެން ތައްޔާރު ކޮށްފައި ހުންނަ ބުކޭ ހެދުމުގެ މަސައްކަތުގައި ހދ.ކުމުންދޫ ޒ...

އިބްރާހިމް ޚަލީލް
ހދ. އަތޮޅުގެ ތިން ރަށެއްގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި 📍 ހދ. ވައިކަރަދޫ

ހދ. އަތޮޅުގެ ތިން ރަށެއްގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ފެނަކަ ކޯޕަރޭޝަން އިން ހދ. އަތޮޅު ކުމުންދޫ އާއި ވައިކަރަދޫ އަދި ނެއްލައިދޫގައި އަޅާ އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. ތިން ރަށުގެ އިންޖީނުގެ އާއި އޮފީސް ބްލޮކްގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އަދި ރަށު ކައުންސިލުގެ ރައީސުންނެވެ. ކުމުންދޫގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ވަލީދު ކޮންސްޓްރަކްޝަންސްއާ ކަމަށްވާއިރު، 270 ދުވަހުގެ ތެރޭގައި މި މަސައްކަތް...

ޔުމްނާ ޢަލީ
ކުމުންދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުން ޖަހާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުން ޖަހާލައިފި

ހދ. ކުމުންދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުން ޖަހާލައިފި އެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވީ ޑިންގީ ބަނޑުން ޖަހާލާފައިވަނީ މިއަދު 2 އެއްޖަހާކަށް ހާއިރުކަމަށެވެ. ޑިންގީ ބަނޑުން ޖަހާލި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުން ނުވާކަމަށް އަމީން ވިދާޅުވިއެވެ. އަމީން އިތުރަށް ވިދާޅުވީ މިޑިންގީއަކީ ހދ. ނެއްލައިދޫ ޑިންގީއެއްކަމަށާއި މިޑިންގީ ކުމުންދޫއަށް އައީ އެރަށު ބަޔަކު ގޮވައިގެން ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑިންގީވަނީ ފަޅައިގެން ގޮސްފައެވެ. އަދި ޑިންގީގެ...

އިބްރާހިމް އަސްވާޤް
ކުމުންދޫ ބަނދަރުގެ ނެރު ހެދުމަށް ސާވޭ ކުރަން ފަށައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ބަނދަރުގެ ނެރު ހެދުމަށް ސާވޭ ކުރަން ފަށައިފި

ހދ. ކުމުންދޫ ބަނދަރު ނެރު ހެދުމަށް ސާވޭ މަސައްކަތް ފަށައިފި އެވެ. ލަފާ ފުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކުންމުންދޫގެ ބަނދަރުގެ މައްސަލަ ހައްލުކުރުމަށް ނެރު ފައިކަށި ހެދުމަށް ކުރަންޖެހޭ ސާވޭގެ މަސައްކަތް ފަށާފައިވާކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވަނީ ވިދާޅުވެފަ އެވެ. އަމީން ކުރެއްވި ޓުވީޓެއްގައި އިތުރަށް ބުނެފައިވަނީ މިމަސައްކަތް ކުރިޔައްގެންދަނީ ސީޑީއީ ކޮންސަލްޓިންގ އާއި ހަވާލުކޮށްގެން، މިއަހަރުގެ ބަޖެޓް ގައި ކުމުންދޫ ނެރު ހެދުމަށް 5 މިލިޔަން ރުފިޔާ ހިމަނާފައިވާކަމަށ...

އަޙްމަދު ވަހީދު
ސަންސެޓް ބަލައިލަން ކުމުންދޫ ސަންސެޓް ބީޗް ވަރަށް ހިތްގައިމު 📍 ހދ. ކުމުންދޫ

ސަންސެޓް ބަލައިލަން ކުމުންދޫ ސަންސެޓް ބީޗް ވަރަށް ހިތްގައިމު

ކުމުންދޫ ބީޗް ސިޓީގެ ފަރާތުން އެރަށު ނުރެމަގު ސަރަހައްދުގައި ތަރައްޤީކުރި ބީޗް ހުޅުވައި ކައުންސިލާއި ހަވާލުކޮށްފިއެވެ. “ސަންސެޓް ބީޗް” ނަމުގައި ހުޅުވި މި ހިތްގައިމު ބީޗް ހުޅުވައިދެއްވީ 11 ސެޕްޓެމްބަރ 2020 ވީ ހުކުރު ދުވަހުގެ ހަވީރު އެކަމަށްޓަކައި އެ ސަރަހައްދުގައި ބޭއްވި ކުޑަކުޑަ ރަސްމިއްޔާތެއްގައި ކުމުންދޫ ސްކޫލްގެ އިސްލާމް ޓީޗަރ އަބްދުލް ހަމީދު ޔޫސުފެވެ. “ރަށުގެ މިފަދަ މުހިންމު ސަރަހައްދެއް ބޭނުންތެރި އަދި ބޭނުންހިފޭ ތަނެއް ގޮތުގައި ބަދަލުވެގެން ދިޔުމަކީ އުފާކުރާ ކަމެއް، މިފަދަ ތަންތަން […]

އިބްރާހިމް ޚަލީލް
ކުމުންދޫ "ވެހިސަރާ" ތާރީހްގެ ތެރެއަށް! 📍 ހދ. ކުމުންދޫ

ކުމުންދޫ "ވެހިސަރާ" ތާރީހްގެ ތެރެއަށް!

ހދ. ކުމުންދޫ “ވެހިސަރާ”: ކުމުންދޫ ކުޅި ސަރަހައްދުގައި އާދައިގެ ހަޓެއް އެޅުމަށް ފެށި މަސައްކަތް ފުޅާވަމުންގޮސް ކުމުންދޫގެ ހާއްސަ ލޭންޑް މާކް އަކަށް “ވެހިސަރާ” ބަދަލުވެގެން ދިޔައީ ކުމުންދޫގެ ޒުވާނުންތަކެއްގެ މިންނަތް މަސައްކަތުންނެވެ. ކުރިން އަޅާނުލެވި ދޫކޮށްލެވިފައި އޮތް ކުމުންދޫގެ ކުޅި ސަރަހައްދު ފުރިހަމަ ޕާރކެއްގޮތުގައި ތަރައްޤީކޮށް މިހާރު އެވަނީ އަތް ދޫކޮށްލާފައެވެ. ކުމުންދޫ ރައްޔިތުން ފަހުރުވެރިވާ ފަދަ ތަނެއްގެ ގޮތުގައި އެމަސައްކަތްކޮށް ނިންމާލިއިރު އެތަން ފެނި މުޅި ރާއްޖެވެސް ވަނީ އާޝޯހުކޮށް...

އަލީ އަހުސަން
ޓޫރިޒަމް މިނިސްޓަރ ކުމުންދޫ ރައްޔިތުންނަށް: "ގަދަ، ސާބަސް" 📍 ހދ. ކުމުންދޫ

ޓޫރިޒަމް މިނިސްޓަރ ކުމުންދޫ ރައްޔިތުންނަށް: "ގަދަ، ސާބަސް"

ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އެރަށު ކުޅީގައި ތަރައްޤީކުރި ނޭޗަރ ޕާރކް ރަސްމީކޮށް ހުޅުވުމާއި އެކު ޓޫރިޒަމް މިނިސްޓަރު ޢަބުދުﷲ މައުސޫމް ކުމުންދޫގެ ލޮބުވެތި ރައްޔިތުންނަށް ސާބަސް ދެއްވައިފި އެވެ. ޢަބުދުﷲ މައުސޫމް މިހެން ވިދާޅުވީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ޓުވީޓެއް ރިޓުވީޓް ކުރައްވަމުންނެވެ. ރާއީ ކުރެއްވި ޓުވިޓުގައި ވިދާޅުވެފައިވަނީ ކުރެވި ޖަމިއްޔާއިން ހިންގާ، ޒީރ...

އަލީ އާދިލް
ކުމުންދޫ "ވެހިސަރާ" ސަޅިކޮށްލާފައި ހުޅުވައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ "ވެހިސަރާ" ސަޅިކޮށްލާފައި ހުޅުވައިފި

ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އެރަށު ކުޅީގައި ތަރައްޤީކުރި ނޭޗަރ ޕާރކް ރަސްމީކޮށް ހުޅުވައި ކައުންސިލާއި ހަވާލުކޮށްފި އެވެ. “ވެހިސަރާ” ނަމުގައި ހުޅުވި މި ހިތްގައިމު ޕާރކް ހުޅުވައިދެއްވީ އިއްޔެ ހަވީރު އެކަމަށްޓަކައި އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ. ޕާރކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާސިހާ އިދުރީ...

އިބްރާހިމް ޚަލީލް
ކުމުންދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް 📍 ހދ. ކުމުންދޫ

ކުމުންދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް

އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހދ. ކުމުންދޫގައި ވަނީ އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ހިންގާފައެވެ. އަދި ބައެއް މަޝްރޫޢުތައް ހިނގަމުންދާއިރު، އިތުރު މަޝްރޫޢުތައް ވަނީ ފެށުމުގެ މަގު މަތީގައެވެ. ރަށެއްގެ ތަރައްޤީއަށް ވަރަށް ގިނަ ކަންކަން ބޭނުންވާނެ ކަންގައިމެވެ. އަދި ކޮންމެ ރަށެއްގެ ރައްޔިތުންވެސް ވީ އެންމެ އަވަހަކަށް އެކަންކަން ވާންވެސް އެދޭނެއެވެ. ނަމަވެސް ރާއްޖޭގެ ވަކި ޖަޒީރާ 189 ރަށުގައި ސަރުކާރުން މަޝްރޫޢުތައް ހިންގާއިރު، އެ ރަށްރަށުގެ ރަށްޔިތުން އެދޭ ފަދަ […...

އަޙްމަދު ވަހީދު
ކުމުންދޫ ނޭޗާ ޕާކަށް އަވި ޓެކްނޮލިޖީގެ ފަރާތުން އެހީއެއް 📍 ހދ. ކުމުންދޫ

ކުމުންދޫ ނޭޗާ ޕާކަށް އަވި ޓެކްނޮލިޖީގެ ފަރާތުން އެހީއެއް

ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރުގެ ސްޕޯޓްސް ކުލަބްގެ ފަރާތުން އިސްނަގައިގެން، އެ ރަށުގެ ކަނޑޫފަލުގައި ތަރައްޤީ ކުރަމުން އަންނަ ނޭޗާ ޕާކުގެ ބޭނުން ރޭގަނޑު ވެސް ކުރެވޭނޭ އިންތިޒާމް ހަމަޖެއްސުމަށް ބޭނުންވާ ކަރަންޓް އުފެއްދުމަށްޓަކައި ސޯލާޕެނަލްއާއި އޭގެ ބެޓްރީސެޓް އަވިޓެކްނިލޮޖީގެ ފަރާތުން ހަދިޔާކޮށްފިއެވެ. މިކަމާއި ގުޅިގެން ކުރެވި ޖަމިއްޔާއިން މައުލޫމާތު ދީފައިވާ ގޮތުގައި އަވިޓެކްނޮލޮޖީގެ ފަރާތުން އެ ޕާކަށް ހަދިޔާކޮށ...

އިބްރާހިމް ޚަލީލް
ކުމުންދޫގެ ޒުވާނުން ރަށުގެ ތަރައްޤީއަށް ވަރުބަލިކަމެއްނެތި 📍 ހދ. ކުމުންދޫ

ކުމުންދޫގެ ޒުވާނުން ރަށުގެ ތަރައްޤީއަށް ވަރުބަލިކަމެއްނެތި

ސޯޝަލް މީޑިއާގެ ނުފޫޒަކީ މިއަދު ވަރަށް ވެސް ގަދަ ނުފޫޒެކެވެ. ކުރެވޭ ރަނގަޅު ފައިދާހުރި ކަންކަން ގިނަބަޔަކު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުން ދާދިއުމުގެ ފައިދާ ސީދާ ގޮތުންނާއި ނުސީދާގޮތުން މުޖުތަމަޢަށް ކުރަމުންދާކަމީ މިއަދު ފެންނަމުންދާ ހަޤީޤަތެވެ. ކޯވިޑް ބަލިމަޑުކަން އަޅުގަނޑުމެން ވަށާލުމުގެ ސަބަބުން ރިސޯޓުތައް ބަނދު ކުރުމާއި ގުޅިގެން ރިސޯޓުތަކުގައި ވަޒީފާގައި ތިބި ގިނަ ޒުވާނުން އެބައި މީހުންގެ އުފަން ރަށަށް އައިސް ގިނަދުވަސްތަކެއް ވަންދެން ތިބެން ޖެހުމުގެ ސަބަބުން އެ ޒުވާނުންގެ ވަގުތުތަ...

އިބްރާހިމް ޚަލީލް
ކުމުންދޫގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފި 📍 ހދ. ކުމުންދޫ

ކުމުންދޫގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފި

ހދ.ކުމުންދޫގައި ކުޑަކުދިން ގަޔާވާފަދަ ގިނަ ކުޅިވަރު ކުޅޭ ސާމާނު ހިމެނޭ ޒަމާނީފެންވަރުގެ ކުޑަކުދިންގެ ޕާކެއް ހުޅުވައިފިއެވެ. މި ޕާކަކީ ކުމުންދޫ ކައުންސިލާއި މިނިސްޓްރީ އޮފް ހޯމް އެފެއާރޒް ގުޅިގެން ތަރައްޤީ ކޮށްފައިވާ ޕާކެކެވެ. މިޕާކު ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށާފައިވަނީ 31 ޖުލައި 2020 ވީ ހުކުރު ދުވަހުގެ (އަޟްހާ ޢީދު ދުވަހު) ހަވީރުއެވެ. މި ޕާކުތަރައްޤީ ކޮށްފައިވަނީ ކުމުންދޫގެ ތަޢުލީމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަރްހޫމް އައްބާސް އަލީ، އެރަށު މީހުންގެ ނަމުންނަމަ ސީދީބޭގެ [...

އިބްރާހިމް ޚަލީލް
ކުމުންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ހދ. ކުމުންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ ފުޓްސަލް ދަނޑުގެ ކޮންޓްރެކްޓަރ ގެ މަސައްކަތް ނިންމާ ކައުންސިލްއާއި ހަވާލުކޮށްފައިވާކަމަށާއި ނަމަވެސް އަދި ބޭނުން ކުރުމަށް ރަސްމީކޮން ކައުންސިލްއާއި މިނިސްޓްރީއިން ހަވާލުކޮށްފައިނުވާކަމަށެވެ. މިހާރު މިކަމުގެ ހުއްދައަށް އެދި ޔޫތު މިނިސްޓްރީއަށް ލިޔެފައިވާނެކަމަށް އަމީން ބުނެފައިވެއެވެ. ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން މިމަސައްކަތް އެންމެ ފުރަތަމަ އިޢުލ...

އިބްރާހިމް އަސްވާޤް
ކާށިހޮވަން ގޮސްތިއްބައި ހާލުގައި ޖެހުނު ކުމުންދޫ މީހުން ކުޅުދުއްފުށި ސިޓީ އަށް ގެންގޮސްދީފި 📍 ހދ. ކުމުންދޫ

ކާށިހޮވަން ގޮސްތިއްބައި ހާލުގައި ޖެހުނު ކުމުންދޫ މީހުން ކުޅުދުއްފުށި ސިޓީ އަށް ގެންގޮސްދީފި

ހދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މާވައިދޫއަށް ކާށިހޮވަން ގޮސްތިއްބައި މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު އެއަތޮޅު ކުމުންދޫ މީހުން، އެމްއެންޑީއެފުގެ އެހީތެރިކަމާއިއެކު ކުޅުދުއްފުށީ ސިޓީއަށް ގެންގޮސްދީފިއެވެ. އެމްއެންޑީއެފުން ބުނީ މާވައިދޫއަށް ކާށި ހޮވަން ގޮސްތިއްބައި މޫސުން ގޯސްވުމުގެ ސަބަބުން އަނބުރައި، ކުމުންދޫއަށް ނުދެވިފައި ތިބި މީހުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަމާއި އެކު ކުޅުދުއްފުށީ ސިޓީއަށް ގެންގޮސްދީފައި ވާކަމަށެވެ. އެމީހުން ކުޅުދުއްފުށީ ސިޓީއ...

ޔުމްނާ ޢަލީ
ފެނަކައިން ކުމުންދޫއަށް ޖަނަނޭޓަރ ސެޓެއް ފޮނުވައިފި 📍 ހދ. ކުމުންދޫ

ފެނަކައިން ކުމުންދޫއަށް ޖަނަނޭޓަރ ސެޓެއް ފޮނުވައިފި

ހދ. ކުމުންދޫ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކައިން މިއަދު ޖަނަނޭޓަރ ސެޓެއް އެރަށަށް ފޮނުވައިފިއެވެ. ފެނަކައިން އެ ރަށަށް ޖަނަނޭޓަރ ސެޓެއް ފޮނުވާފައިވާކަން ހާމަކުރަށްވައި، ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވީ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް އެރަށަށް ފެނަކައިން ޖަނަނޭޓަރ ސެޓެއް ފޮނުވާފައި ވާކަމަށެވެ. އަމީން ވިދާޅުވީ ފެނަކައިން މިއަދު އެރަށަށް ފޮނުވާފައިވަނީ 400 ކިލޯ ވޯޓުގެ ޖަނަނޭޓަރ ސެޓެއް ކަމަށެވެ. އެކަމަށްޓަކައި އަމީންވަނީ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ އަށާއި، ރައ...

ޔުމްނާ ޢަލީ