📍 ހދ. ކުޅުދުއްފުށި
ރާއްޖޭގެ ފުރަތަމަ ބީޗް ސްޕޯޓްސް ފެސްޓިވަލް ކުޅުދުއްފުށީގައި ބާއްވަނީ
ޑަބުލިއު ސްޕޯޓްސް އެކަޑަމީ (ޑަބުލިއުއެސްއޭ) އިން އިންތިޒާމު ކޮށްގެން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާއި ކުޅުދުއްފުށީ ކައުންސިލާއި ގުޅިގެން ކުޅުދުއްފުށީގައި ބީޗް ގޭމްސް ފެސްޓިވަލެއް ބާއްވަން އިއުލާންކޮށްފިއެވެ. ނޮވެމްބަރ 13 ން 16 އަށް ކުޅުދުއްފުށީ ހިއްކި ބިން ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މި ސްޕޯޓްސް ފެސްޓިވަލްގައި ޖުމްލަ 5 ކުޅިވަރެއް ހިމެނޭއިރު އެ ކުޅި...