މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކެބް އެމްވީ ގެ ހިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތެރެއަށް 📍 ހދ. ކުޅުދުއްފުށި

ކެބް އެމްވީ ގެ ހިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތެރެއަށް

ފުރަތަމަ ފަހަރަށް އަތޮޅުތެރެއަށް ޓެކްސީގެ ހިދުމަތް ދެމުން އަންނަ “ކެބް އެމްވީ” ގެ ހިދުމަތް ތައާރަފް ކޮށްފިއެވެ. މި ހިދުމަތް އަތޮޅުތެރެއިން އެންމެ ފުރަތަމަ ކުޅުދުއްފުއްޓާއި އަދި އައްޑޫގައި ތައާރަފް ކޮށްފައިވާއިރު ކެބް އެމްވީ ހިދުމަތް ހޯދުމަށްޓަކާ “ފަހި ކެބް” އެޕްލިކޭޝަން ޑައުންލޯޑް ކުރަންޖެހެއެވެ. އެގޮތުން އެ އެޕްގައި ދާން ބޭނުންވާ މަންޒިލް ޖަހާލުމަށްފަހު، ބޭނުންވާ ވެހިކަލް ޚިޔާރުކުރުމުން އެބާވަތުގެ އެންމެ ކައިރިން އޮތް ވެހިކަލުން އެފަރާތުގެ ދަތުރު ގަބޫލުކުރާނެއެވެ. އެއަށްފަހު ޑްރައިވަރ އަންނަ ތަ...

ފާތިމަތު ސިނާޒާ
ޔޫތު މިނިސްޓަރ މަހުލޫފް ކުޅުދޫފުއްޓަށް ވަޑައިގެންފި 📍 ހދ. ކުޅުދުއްފުށި

ޔޫތު މިނިސްޓަރ މަހުލޫފް ކުޅުދޫފުއްޓަށް ވަޑައިގެންފި

މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙްމަދު މަހުލޫފް އިއްޔެ ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގެންފިއެވެ. މިނިސްޓަރ މަހުލޫފް ވަނީ އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް އާއި ކޮމިޔުނިޓީ ސެންޓަރުގައި ކުރިޔަށްދާ މަސައްކަތްތައް ބައްލަވާ ލައްވާފައެވެ. ކައުންސިލުންވަނީ މިކަންކަމުގައި ހުރި ކައުންސިލަށް ފާހަގަކުރެވޭ ކަންކަން މިނިސްޓަރ މަހުލޫފް އާއި ހިއްޞާކޮށްފައެވެ. އަދި މިދަތުރުފުޅުގައި މަހުލޫފް ވަނީ ކުޅުދުއްފުށީގައި ކުރުޔަށްދާ ވީއެސްއޭ ބީޗު ގޭމްސް ކުރިޔަށްދާގޮތް...

އަޙްމަދު މުޖުތަބާ
އަފީފުއްދީން ސްކޫލްގެ 116 ދަރިވަރުން އަމަލީ ތަޖުރިބާ ދަތުރެއްގައި ނޭކުރެންދޫ ކަނޑޫފަލަށް 📍 ހދ. ކުޅުދުއްފުށި

އަފީފުއްދީން ސްކޫލްގެ 116 ދަރިވަރުން އަމަލީ ތަޖުރިބާ ދަތުރެއްގައި ނޭކުރެންދޫ ކަނޑޫފަލަށް

ސައިންސް މާއްދާ އާ ގުޅުންހުރި މައުލޫމާތުތަކެއް ހޯދަން ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލްގެ ގްރޭޑް 5 އަދި 6 ގެ ދަރިވަރުން ނޭކުރެންދޫ ކަނޑޫފަލަށް ޒިޔާރަތް ކޮށްފިއެވެ. އަފީފުއްދީން ސްކޫލުން ބުނިގޮތުގައި ސައިންސް މާއްދާގެ ފިލާވަޅަކަށް ބޭނުންވާ މައުލޫމާތު ހޯދަން ކުރި ތަޖުރިބާ ދަތުރުކޮށްފައިވަނީ މިމަހުގެ 10 ވަނަދުވަހުގައެވެ. މިދަތުރުގައު އެ ސްލޫލުގެ 116 ދަރިވަރަކު ބައިވެރިވެފައިވާއިރު އެކުދިންނާއެކު ބެލެނިވެރިންނާއި މުދައްރިސުން އަދި މޯލްޑިވްސް ރެޑްކުރެސެންޓުގެ ފަސްއެއިޑް ޓީމް ބައިވެރިވިއެވެ....

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ގަބުރަސްތާނުގައި މަހާނަ ކޮންނަން އިން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ގަބުރަސްތާނުގައި މަހާނަ ކޮންނަން އިން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ކުޅުދުއްފުށީ ގަބުރުސްތާނުގައި މަހާނައެއް ކޮންނަށް އިންދައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ޖަހައިދީފި އެވެ. ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން އުމުރުން 19 އަހަރުގެ ޒުވާނާ ބުނެފައިވަނީ ގަބުރުކޮނުނީ އޭނާގެ ކޮއްކޮއެއް މަރުވެފައިވުމުން ގަބުރުތައް ކޮނުމުން ކޮއްކޮގެ ގަބުރާއި ދިމާވާވެދާނެކަމަށް ގަބޫލުކުރެވުމުންކަމަށެވެ. އަދި މަހާނަ ކޮނަމުން ދިޔަ ވަރަކަށް ގޮތް ނޭނގޭ މީހަކު އޭނާކައިރު ހުއްޓާނުލައި މަހާނަ ކޮންނަމުން...

އަޙްމަދު މުޖުތަބާ
ކުޅުދުއްފުށި ފެހި ކުރުމުގެ ޕްރޮގްރާމެއް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ފެހި ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހދ ކުޅުދުއްފުށީގައި ރަށް ފެހި ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. ކުޅުދުއްފުށީ ކައުންސިލުން މިފެށި ޕްރޮގްރާމްގެ ދަށުން މިއަދު ވަނީ ކުޅުދުއްފުށީ އަމީނީމަގުގައި ހިޔާ ލިބޭ 20 ގަސް އިންދައިފައެވެ. މި ޕްރޮގަރާމްގައި ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުންނާއި އިދާރީ މުވައްޒަފުން ބައިވެރިވެފައި ވެއެވެ. ކުޅުދުއްފުށީ ކައުންސިލުން މި ފެށި ރަށް ފެހި ކުރުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމުހޫރިއްޔާއިބްރާހީމް މުޙައްމަދު ޞާލިޙްގެ “ރަށްފެހި” ޕްރޮގްރާމް ކުޅުދުއްފުށީގައި އިފްތިތާޙްކުރުމަށްޓަކައި ކައުންސިލްގެ އިސް...

އަޙްމަދު މުޖުތަބާ
ކުޅުދުއްފުށީ ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން 19 އަހަރުގެ މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން 19 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީ ކުޑަ މިސްކިތު ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން ޒުވާނަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިއަދު 18:30 ގައި ކުޅުދުއްފުށީ ކުޑަމިސްކިތު މަހާނައެއް ކޮންނަންއިންދާ ހައްޔަރުކުރީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެއިނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިރު މަސްތުގެ ހާލުގައި ހުރިކަމަށް ބެލެވޭ ކަމަށާއި ކުޅުދުއްފުށީ ޕޮލިސް އިން މިމައްސަލަ ތަހުޤީގު ކުރަމުން އަންނަކަމަށް ފުލުހުންވަނީ ބުނެފައެވެ. ކުޑަ މިސްކިތު ގަބުރުސްތާނަކީ ކުޅުދުއްފުށީގައި އެންމެ ގިނައިން...

އިބްރާހިމް އަސްވާޤް
ބައިކް މޯލްޑިވްސް އިން ކުޅުދުއްފުށީގައި ބައިސްކަލް ބުރެއް ބާއްވައިފި 📍 ހދ. ކުޅުދުއްފުށި

ބައިކް މޯލްޑިވްސް އިން ކުޅުދުއްފުށީގައި ބައިސްކަލް ބުރެއް ބާއްވައިފި

ބައިކް މޯލްޑިވްސްގެ ފަރާތުން މިހާރު ކުޅުދުއްފުށީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އިއްޔެ ހަވީރު ވަނީ ބައިސްކަލް ބުރެއް ކުރިއަށް ގެންގޮސްފައެވެ. 3 ދުވަހުގެ މުއްދަތަށް ބައިކް މޯލްޑްވިސް އިން ހިންގާ ހަރާކާތް ތަކުގެ ތެރެއިން އިއްޔެ ހަވީރު ބޭއްވި ބައިސްކަލް ބުރުގައި ކުޅުދުއްފުށީ ކައުންސިލުގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މިއަދާއި މާދަމާވެސް ބައިކް މޯލްޑްވިސް ގެ ހަރަކާތްތައް ކުޅުދުއްފުށީގައި ކުރިޔަށް ދާނެއެވެ. މިއަދު ހެނދުނު 6 ޖަހާއިރު މޯނިންގ ރައިޑެއްގެ އ...

އަޙްމަދު މުޖުތަބާ
ކުޅުދުއްފުށީ އެއާޕޯޓުގައި ރެސްޓޯރެންޓެއް ހެދުމުގެ މަަސައްކަތް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އެއާޕޯޓުގައި ރެސްޓޯރެންޓެއް ހެދުމުގެ މަަސައްކަތް ފަށައިފި

ކުޅުދުއްފުށީ އެއާޕޯޓުގައި ރެސްޓޯރެންޓެއް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. 150 ދުވަސް ތެރޭގައި ނިންމުމަށް ތާވަލުކޮށްފައިވާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ކުޅުދުއްފުށީ ކަލެކްޓިންގ ކޮމްޕެނީ އަށެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 1،927،910،90 ރުފިޔާއަށެވެ. މި ރެސްޓޯރަންޓް ނިމޭއިރު އެއާޕޯޓްގެ ބޭނުމަށް އަންނަ ފަރާތްތައް މަޑުކޮށްލެވޭނެ އޭރިޔާއަކާއި ޕަބުލިކް ފާޚާނާގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކުރެވިފައިވާ ފާހާނައަކާއި ކުޑަކުދިންނާއެކު މައިންނަށް ހާއްސަކުރެވިފައިވާ ބައެއ...

އަޙްމަދު މުޖުތަބާ
ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދިރާގުން ހޯދައިފި 📍 ހދ. ކުޅުދުއްފުށި

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދިރާގުން ހޯދައިފި

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދިރާގުން ހޯދައިފިއެވެ. ދިރާގު ކުޅުދުއްފުށީ ބްރާންޗު އަދި ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑް (ކޭޕީއެލް) ބައްދުލުކުރި ފައިނަލް މެޗު ދިރާގުން ކާމިޔާބުކުރީ 3-6 އިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ދިރާގުން ނެވެ. އޭގެ އިރުކޮޅެއްފަހުން ދިރާގުންވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެހެންނަމެވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ދިރާގުން ވަނީ ގޯލެއް ޖަހައި 1-2 އަށް ފަރަގު ކުޑަކޮށްފައެވެ. ފުރަތަމަ […]

އަޙްމަދު މުޖުތަބާ
ޖަލާލުއްދީން ސުކޫލް ދަރިވަރަކު އޯލެވެލް އިމްތިހާނަށް ދަނިކޮން އެކްސިޑެންޓްވި މައްސަލަ ބަލަނީ 📍 ހދ. ކުޅުދުއްފުށި

ޖަލާލުއްދީން ސުކޫލް ދަރިވަރަކު އޯލެވެލް އިމްތިހާނަށް ދަނިކޮން އެކްސިޑެންޓްވި މައްސަލަ ބަލަނީ

ޖަލާލުއްދީން ސުކޫލްގެ ދަރިވަރަކު އޯލެވެލް އިމްތިހާނަށް ދަނިކޮން އެކްސިޑެންޓްވި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ހާމަކޮށްފިއެވެ. ހދ ކުޅުދުއްފުށީގައި މިދިޔަމަހުގެ 21 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 18 އަހަރު ނުވާ ކުޑަކުއްޖަކަށެވެ. ފުލުހުން މަޢުލޫމާތުދިން ގޮތުގައި އެ އެކްސިޑެންޓް ވެފައިވަނީ އެދުވަހުގެ 13:20 ގައި ސްކޫލްއަށް ވަންނަން ދިޔަ ކުއްޖެކެވެ. މި އެކްސިޑޭންޓުވީއިރު ސައިކަލު ދުއްވަންއިނީ ފިރިހެނެކެވެ. އަނިޔާވި ކުއްޖާގެ އަތާއި ފައި މަށާއިގެންގޮސް ދަތެއް ބިނދިފައިވާކ...

ޔުމްނާ ޢަލީ
ހިތާނީ ކޭމްޕް މިއަހަރުވެސް ކުޅުދުއްފުށީ ހޮސްޕިޓަލުގައި 📍 ހދ. ކުޅުދުއްފުށި

ހިތާނީ ކޭމްޕް މިއަހަރުވެސް ކުޅުދުއްފުށީ ހޮސްޕިޓަލުގައި

ކޮންމެ އަހަރަކުވެސް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ބޮޑު ޗުއްޓީ އާއި ދިމާކޮށް ބާއްވަމުން އަންނަ ހިތާނީ ކޭމްޕް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ކުރީ އަހަރުތަކެކޭ އެއްގޮތައް މިއަހަރުގެ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ފެށިގެން 30 ޑިސެމްބަރުގެ ނިޔަލަށެވެ. މި ކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ކޭމްޕާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާނަމަ 6528864 ނަމްބަރާއި ގުޅުއްވުމަށް އެފަރާތުން އެދިފައި...

ފާތިމަތު ސިނާޒާ
ބަޖެޓު 2020: ކުޅުދުއްފުށީ ކައުންސިލަށް ތިންގުނަ ބޮޑު ބަޖެޓެއް 📍 ހދ. ކުޅުދުއްފުށި

ބަޖެޓު 2020: ކުޅުދުއްފުށީ ކައުންސިލަށް ތިންގުނަ ބޮޑު ބަޖެޓެއް

2020 ވަނަ އަހަރަށް ތައްޔާރުކޮށް ހުށައަޅާފައިވާ ބަޖެޓުގައި ކުޅުދުއްފުށީ ކައުންސިލަށް މިއަންނަ އަހަރު ތިންގުނަ ބޮޑު ބަޖެޓެއް ވަނީ ހުށައަޅާފައެވެ. 2020 ވަނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓުގައި ކުޅުދުއްފުށީ ކައުންސިލަށް ކަނޑައަޅާފައިވަނީ 33032113 ރުފިޔާ (ތިރީސް ތިން މިލިއަން ތިރީސް ދެހާސް އެއްސަތޭކަ ތޭރަ ރުފިޔާ) އެވެ. މިއީ މިއަހަރު ކުޅުދުއްފުށީ ކައުންސިލަށް ލިބުނު ބަޖެޓަށްވުރެ ތިން ގުނަ ބޮޑު ބަޖެޓެކެވެ. މިއަހަރު ކުޅުދުއްފުށީ ކައުންސިލަށް ކަނޑައަޅާފައިވާ ބަޖެޓުގައި ހިމެނެނީ 10275591 ރުފިޔާ (ދިހަ މިލިއ...

އަޙްމަދު މުޖުތަބާ
ކުޅުދުއްފުށީ ކައުންސިލްގެ ޑިރެކްޓަރ މަޤާމަށް ޢަބްދުﷲ އާދަމް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކައުންސިލްގެ ޑިރެކްޓަރ މަޤާމަށް ޢަބްދުﷲ އާދަމް

ކައުންސިލް އިދާރާގެ އިސްމަޤާމެއް ކަމުގައިވާ ޑިރެކްޓަރ މަޤާމަށް ހދ. ކުޅުދުއްފުށި، ހަދިޔާ، ޢަބްދުﷲ އާދަމް ހަމަޖައްސަވައިފިއެވެ. މިމަޤާމަށް އިޢުލާންކުރެވިފައިވަނީ 21 ޖުލައި 2019 ގައެވެ. މިއީ މިމަޤާމަށް ހުއްދަ ލިބި، އަލަށް ހަމަޖައްސާފައިވާ މަޤާމެކެވެ. އަލްފާޟިލް ޢަބްދުﷲ އާދަމް މިއަދު ކައުންސިލްގެ މަސައްކަތްތަކާއި ގުޅިވަޑައިގަންނަވާއިރު ކައުންސިލް މެމްބަރުންނާއި ކައުންސިލް އިދާރާގެ ސްޓާފުންގެ ފަރާތުން އެފަރާތަށް ވަނީ ހޫނު މަރްހަބާއެއް ދަންނަވާފައެވެ. ކައުންސިލް އިދާރާއިން ދެމުންގެންދާ ވަރަށް މުހިއްމު...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް 50 މިލިއަން ރުފިޔާ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް 50 މިލިއަން ރުފިޔާ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް 2020 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގައި 50667387 ރުފިޔާ (ފަންސާސް މިލިއަން ހަލައްކަ ފަސްދޮޅަސް ހަތްހާސް ތިންސަތޭކަ އަށްޑިހަ ހަތް ރުފިޔާ) ހިމަނައިފިއެވެ. މިހާތަނަށް ސިއްހީ ދާއިރާގެ އެންމެ ބޮޑު ބަޖެޓެއް ހިމެނިފައި މިވަނީ 2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައެވެ. އެގޮތުން ބަޖެޓުގެ 4.1 ބިލިއަން ރުފިޔާ އަކީ ސިއްޙީ ދާއިރާ ގެ ކަންކަމަށް ޚަރަދު ކުރުމަށް ކަނޑައަޅާފައިވާ އަދަދެވެ. އެގޮތުން 90 މިލިއަން ރުފިޔާ […]

އަޙްމަދު މުޖުތަބާ
ކުޅުދުއްފުށި ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތުގެ ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތުގެ ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފި

ހދ. ކުޅުދުއްފުށީގެ ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. އެގޮތުން ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި އަދި ފިހާރަތަކުގައި ކުށެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީނު...

އިބްރާހިމް އަސްވާޤް