މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
އެމްޑީޕީ ޕްރައިމަރީ 2020: ކުޅުދުއްފުށި ސިޓީން ވޯޓުލެވެނީ 1،228 މީހުންނަށް 📍 ހދ. ކުޅުދުއްފުށި

އެމްޑީޕީ ޕްރައިމަރީ 2020: ކުޅުދުއްފުށި ސިޓީން ވޯޓުލެވެނީ 1،228 މީހުންނަށް

ލޯކަލް ކައުންސިލް އިންތިޚާބު 2020، އެމްޑީޕީ ޕްރައިމަރީގެ ފައިނަލް ވޯޓާރސް ލިސްޓް އާއްމުކޮށްފިއެވެ. އެލިސްޓުގައި ވާގޮތުން ކުޅުދުއްފުށީ ސިޓީއިން 1228 މީހުނަށް އެ ޕްރައިމަރީގައި ވޯޓުލެވެއެވެ. އެމްޑީޕީ އިން އިއްޔެ އެ އާންމުކޮށްފައިވާއިރު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 2 ދުވަހުގެ ފުރަސަތު ދީފައިވުމާއެކު މާދަމާއަށް އެ މުއްދަތު ހަމަވާނެއެވެ. އެހެންކަމުން ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ 22 ޖަނަވަރީ 2020 ވާ (ބުދަ) ދުވަހުގެ މެންދުރު 2:00 އެވެ. އެމްޑީޕީން އާންމު ކުރި ވޯޓާސް ލިސްޓްގައި ވާގޮތުން […]

އަލީ އާދިލް
ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި ގާއިމުކުރާ ސްވިމިންގ ޓްރެކްގެ މަސައްކަތް ކުރިއަށްއެބަދޭ: ކައުންސިލް 📍 ހދ. ކުޅުދުއްފުށި

ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި ގާއިމުކުރާ ސްވިމިންގ ޓްރެކްގެ މަސައްކަތް ކުރިއަށްއެބަދޭ: ކައުންސިލް

ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި ގާއިމުކުރާ ސްވިމިންގ ޓްރެކްގެ މަސައްކަތް ކުރިއަށްދާ ކަމަށް އެރަށު ކައުންސިލްއިން ހާމަކޮށްފިއެވެ. އެކައުންސިލުން ބުނީ ސަރުކާރުން ކުޅުދުއްފުށީގައި ސުވްމިން ޓްރެކެއް ޤާއިމްކުރުމަށްޓަކައި ކުޅުދުއްފުއްޓަށް ފޯރުކޮށްދިން ޓްރެކްގެ ތަކެތި ސްވިމިން އެސޯސިއޭޝަންގެ އިސްނެގުމާއި އެހީތެރިކަމާއެކު، އެސޯސިއޭޝަންގެ ލަފާގެ މަތިން އިންސްޓޯލް ކުރެވެމުން ދާކަމަށެވެ. ސްވިމިން ޓްރެކް ރޭވުމުގެ ބުރަ މަސައްކަތަށް ކުޅުދުއްފުށީގެ ގިނަ ޒުވާނުންތަކެއްގެ އެހީތެރިކަން ލިބެމުން އަންނަކަމަށާއި، މ...

ޔުމްނާ ޢަލީ
ފެނަކަ ތިލަދުންމަތީ ފުޓްސަލް މުބާރާތް ކުޅުދުއްފުށި ސިޓީގައި ފަށައިފި 📍 ހދ. ކުޅުދުއްފުށި

ފެނަކަ ތިލަދުންމަތީ ފުޓްސަލް މުބާރާތް ކުޅުދުއްފުށި ސިޓީގައި ފަށައިފި

ފެނަކަ ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮށް ބާއްވާ “އެފްއާރުސީ ފުޓްސަލް” މުބާރާތް މިއަދު ކުޅުދުއްފުށީގައި ފަށައިފި އެވެ. މި މުބާރާތަކީ ހއ، ހދ ޒޯނުގައި ހުރި ފެނަކަ އޮފީސްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މިއަދު ކުޅުދުއްފުށީ ސްޓޭޑިއަމްގެ ޓާފް ދަނޑުގައި ފެށި މި މުބާރާތުގައި 9 ރަށަކުން 95 ކުޅުންތެރިން ބައިވެރިވެ އެވެ. މި މުބާރާތުގައި ވާދަކުރާ ރަށްތަކަކީ ވަށަފަރު، ނޮޅިވަރަމް، ނާވައިދޫ، ހަނިމާދޫ، މުރައިދޫ، ބާރަށް، ކުޅުދުއްފުށި، ނޮޅިވަރަންފަރު އަދި އިހަވަންދޫ އެވެ. މިމުބާރާތް ޝަރަފްވެރިކޮށްދެއ...

އިބްރާހިމް އަސްވާޤް
📍 ހދ. ކުޅުދުއްފުށި

ދެ ރައީސުންނާއި އެމްޑީޕީގެ ވަފުދަށް ކުޅުދުއްފުށި ސިޓީއިން ހޫނު މަރުޙަބާއެއް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއާއި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އަދި އެމްޑީޕީގެ ވަފުދަށް ކުޅުދުއްފުށިން މިރޭ ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ. ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއާއި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު “އެޖެންޑާ 19 ރަށަށް” މިނަމުގައި ކެމްޕެއިނަށް ތިލަދުންމަތީ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި މިރޭ ކުޅުދުއްފުއްޓަށް ވަޑައިގ...

އަލީ އާދިލް
📍 ހދ. ކުޅުދުއްފުށި

އެމްޑީޕީ ޓިކެޓްގައި ކުޅުދުއްފުށީ ސިޓީއަށް ކުރިމަތިލާން ހުޅުވާލައިފި

އަންނަ އޭޕްރިލް 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހދ. ކުޅުދުއްފުށި ސިޓީގެ ގޮނޑިތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅާލައިފި އެވެ. އެމްޑީޕީގެ ޓިކެޓުގައި ހދ. ކުޅުދުއްފުށި ސިޓީގެ ގޮނޑިތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުހުޅުވާލީ މިއަދުއެވެ. މިކަމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 16 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ކަމަށް އެމްޑީޕީއިން ހާމަކޮށްފައި ވެއެއެވެ. އިލެކްޝަން...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު އާންމުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު އާންމުކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓުޢާންމުކޮށް، އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމާއި ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތަކުގެ ނަންތަކަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުޞަތުގެ މުއްދަތު އިތުރުކޮށްފިއެވެ. އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ، ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގެ މެދު އުތުރު ދާއިރާ އާއި މެދު ދެކުނު ދާއިރާ އަންހެނުންނަށް ހާއްސަކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ މެދު އުތުރު ދާއިރާ އާއި މެދު ދެކުނު ދާއިރާ އަންހެނުންނަށް ހާއްސަކޮށްފި

ކުޅުދުއްފުށީގެ ހަ ދާއިރާ އިއުލާންކޮށް، މެދު އުތުރު ދާއިރާ އާއި މެދު ދެކުނު ދާއިރާ އަންހެނުންނަށް ހާއްސަކޮށްފި އެވެ. ކުޅުދުއްފުށީގެ ދާއިރާތައް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ވަނީ އެ ސިޓީގައި ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ވަނީ އެ ސިޓީގެ ހަ ދާއިރާ ކަނޑައަޅައި އަންހެން މެމްބަރުން އިންތިހާބު ކުރާ ދެ ދާއިރާ ގުރުއަތުން ހޮވައިފައެވެ. ކުޅުދުއްފުށީގެ ހަ ދާއިރާ: ކުޅުދުއްފުށި އުތުރު ދާއިރާ (އާބާދީ އަކީ 1678 މީހުން) ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ […]

އަލީ އާދިލް
ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް އިޢުލާނުކުރުން މިރޭ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް އިޢުލާނުކުރުން މިރޭ

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމާ ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާނުކުރުން މިރޭ އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އެކޮމިޝަނުން ބުނީ ދާއިރާތައް އިއުލާން ކުރުމާއި އަންހެނުންނަށް ހާއްސަ ދާއިރާތައް ކަނޑައެޅުން މިރޭ 9:00 ގައި ހދ.އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި އޮންނާނެ ކަމަށެވެ. ކޮމިޝަނުން ކޮށްފައިވާ ޓްވިޓެއްގައި ބުނެފައި ވަނީ މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. މި ރަސްމިއްޔާ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ކައްޕި ގެއްލުނު ސަރަހައްދުގެ ކަނޑުގެ އަޑިން ވަޅިއަކާއި އިތުރު އެއްޗެއްހިތަކެއް ފެނިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކައްޕި ގެއްލުނު ސަރަހައްދުގެ ކަނޑުގެ އަޑިން ވަޅިއަކާއި އިތުރު އެއްޗެއްހިތަކެއް ފެނިއްޖެ

ކ. ކަގި ކައިރިން ފަރަށް އެރި ދޯންޏަކުން ގެއްލުނު ކުޅުދުއްފުށީ ކައްޕި ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ޑައިވަރުންނަށް އެ ސަރަހައްދުގެ ކަނޑުގެ އަޑިން ވަޅިއަކާއި އިތުރު އެއްޗެއްހިތަކެއް ފެނިއްޖެއެވެ. މި މަހުގެ 7 ވަނަ ދުވަހު ކ. ކަގި ކައިރިން ފަރަށް އެރި “ޓީޓީއެސް ފާން” ކިޔާ މުދާ އުފުލާ ދޯނިން ގެއްލިގެން ހޯދަމުން ދަނީ މުހައްމަދު ޔޫސުފް / ހދ. ކުޅުދުއްފުށި، ހަވީރީ ނާޒް އެވެ. އޭނާ ހޯދުމަށް އެމްއެންޑީއެފް އިން އަންނަނީ ކަނޑު […]

އަލީ އާދިލް
📍 ހދ. ކުޅުދުއްފުށި

ހދ. އަތޮޅު ކައުންސިލްގެ ރައީސް ހޮވަން ކުޅުދުއްފުށިން ވޯޓު ދޭން ޖެހޭ: އީސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. އަތޮޅު ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް، އެ އަތޮޅު ކުޅުދުއްފުށި ސިޓީގެ މީހުން ވެސް ވޯޓު ދޭން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ. އީސީގެ ނައިބު ރައީސް އަހުމަދު އަކުރަމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޅުދުއްފުށި ސިޓީ ވެސް ހިމެނޭނީ އެ އަތޮޅުގެ އިދާރީ ދާއިރާތަކުގެ ތެރޭގައި ކަމަށާއި އެ ސިޓީގެ މީހުން ވެސް އަތޮޅު ކައުންސިލްގެ ރައީސް އިންތިހާބު ކުރަން […]

ޔުމްނާ ޢަލީ
މުފްތީ މެންކް ކުޅުދުއްފުށި ސިޓީގައި ދަރުސް ދެއްވާނީ މިމަހުގެ 16 ވަނަ ދުވަހު 📍 ހދ. ކުޅުދުއްފުށި

މުފްތީ މެންކް ކުޅުދުއްފުށި ސިޓީގައި ދަރުސް ދެއްވާނީ މިމަހުގެ 16 ވަނަ ދުވަހު

މުފްތީ މެންކް ކުޅުދުއްފުށި ސިޓީގައި ދަރުސް ދެއްވާނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ކުޅުދުއްފުށި ސިޓީގެ އިތުރުން އައްޑޫ ސިޓީ އަދި މާލޭގައި ދަރުސް ދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭ ސިޓީގައި ދަރުސް ދެއްވާނީ މިމަހުގެ14 ވަނަ ދުވަގައެވެ. އަދި އައްޑޫ ސިޓީގައި ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ 15 ވަނަ ދުވުކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. Prominent scholar Mufti Ismail Menk will be giving lectures on […]

އަލީ އާދިލް
ކުޅުދުއްފުށި ސިޓީ މީހުން ކިޔަނީ "މުނާފިގު ސްޕަންޖް"، ތިރަށު މީހުން ކިޔަނީ؟ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ މީހުން ކިޔަނީ "މުނާފިގު ސްޕަންޖް"، ތިރަށު މީހުން ކިޔަނީ؟

ދޮގެއްވާ ނޫނެވެ. ކުޅުދުއްފުށި ސިޓީ މީހުން އެބުނަނީ ހަމަ ތެދެކެވެ. އެއީ ހަމަ މުނާފިގު ސްޕަންޖެވެ. ހދ. ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކުރި މީހެއް މީސް މީޑިއާގައި ކިޔާދިން ވާހަކައެކެވެ. އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ތަށި ދޮންނަން ބޭނުންކުރާ ސްޕަންޖްގަނޑެއްގެ ފޮޓޯ ލުމަށްފަހު ބުނެފައި ވެއެވެ. “މިއަކީ މުނާފިގު ސްޕަންޖެވެ. އަޅުގަނޑަށް މިނަން ދަސްވީ ހދ. ކުޅުދުއްފުށިންނެވެ.” އޭނާ ބުނެފައި ވެއެވެ. ސްޕަންޖަށް އެނަންކިޔަނީ ކީއްވެތޯ އެރަށު މީހަކާ ސުވާލު ކުރީމެވެ. ޖަވާބު ލިބުނީ އެހެން ކިޔަނީ ސްޕަންޖްގެ ދެފުށް [...

ރަފާ މުހައްމަދު
ކުޅުދުއްފުށި ސިޓީ އާބާދުވީ ގޮތުގެ ވާހަކަ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ އާބާދުވީ ގޮތުގެ ވާހަކަ

ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްރަށް އާބާދުވެފައި ވަނީ އެތަކެއް ފަހަރު މަތިންނެވެ. ކޮންމެވެސް ސަބަބަކާ ހުރެ، ރަށުގެ ވަޒަންވެރިން އެހެން ކޮންމެވެސް ހިސާބަކަށް ހިޖުރަކޮށްފައި، އަމިއްލަ ރަށަށް އަނެއްކާވެސް އާދެވޭ ގޮތަށް ކަންތައްތައް ފަހިވުމުން، އެނބުރި އައިސް ރަށް އާބާދުކުރަނީ އެވެ. މި ގޮތަށް އާބާދުވެފައިވާ ރަށްރަށް ދިވެހިރާއްޖޭގައި މަދެއް ނޫނެވެ. އަދި ހަމަ މިފަދައިން، އެކި ޒަމާނުގައި އަލަށް އާބާދުވެފައި ހުރި ރަށްރަށް ވެސް އެބަހުއްޓެވެ. މި ލިޔުމުގައި މިހިމަނާލަނީ އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލ...

Thiladhun
ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ދާއިރާތައް އަންނަ ހަފްތާ އިއުލާނު ކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ދާއިރާތައް އަންނަ ހަފްތާ އިއުލާނު ކުރަނީ

ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާނު ކުރުން އަންނަ ހަފްތާގައި އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާނު ކުރުމާއި، އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރު ނެގުން އަންނަ ހަފުތާގައި ކުޅުދުއްފުށީގައި ބާއްވާނެ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމާފައެވެ. އެހ...

އަލީ އާދިލް
📍 ހދ. ކުޅުދުއްފުށި

މުފްތީ މެންކް  ކުޅުދުއްފުށި ސިޓީއަށް ވަޑައި ގަންނަވަނީ

ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ކުޅުދުއްފުށި ސިޓީއަށް ވަޑައި ގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިދަތުރުގައި ކުޅުއްދުއްފުށީ ސިޓީގައި އޭނާ ދީނީ ދަރުސް ދެއްވާނެއެވެ. މުފްތީ މެންކް ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށް، މި މަހުގެ 14 އިން 18 އަށް ރާއްޖެއަށް ކުރައްވާ ޒިޔާރަތުގެ ތެރޭގައެވެ. އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މުފްތީ މެންކްގެ މި ދަަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގެ އިތުރުން މާލެ އާއި އައްޑޫ ސިޓީގައި ތަގުރީރު...

ޔުމްނާ ޢަލީ