މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކޭއާރުއެޗްއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗްއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، ކޯވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީއަށް ދިމާވާދަތިތަކާއި، އެ ސިޓީގެ ހޮސްޕިޓަލަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން އެސިޓީގެ ރައްޔިތުން މަޖިލީހުގެ 2 މެންބަރުންނާއި، އެ ސިޓީގެ ކައުންސިލް މެންބަރުންނާއި، ހޮސްޕިޓަލުގެ އިސްވެރިން ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން ޞިއްޙީ ދާއިރާގެ މަޢުލޫމާތު ދެއްވުމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެއްޖެ

ކުޅުދުއްފުށީ ސިޓީއަށް ކުރި ވިއްސާރައިގައި އެސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ މީހުން ދިރިއުޅޭ ގެތަކަށް ފެން ވަނުމުގެ ސަބަބުން ކައުންސިލްގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް ރިޕޯޓް ކޮށްފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން ބުނީ އެސިޓީގެ 02 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެންހިންދުމުގެ މަސައްކަތް ކުރެވިފައި ވާކަމަށެވެ. އަދި ތިން ވަނަ ސަރަހައްދެއްގައި ކޯރު ކޮނެ ފެން ބޮޑުވެފައިވާ ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް އެ ކައުންސިލުން...

ޔުމްނާ ޢަލީ
ބޯކޮށް ވާރޭވެހި، ތިލަދުންމަތީގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ 📍 ހދ. ހަނިމާދޫ

ބޯކޮށް ވާރޭވެހި، ތިލަދުންމަތީގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ތިލަދުންމަތީގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށްރަށުގައި ފެން ބޮޑުވެއްޖެ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެދާނެކަމަށް ލަފާކޮށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ނ އަތޮޅުގެ ރަށްތަކަށް ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ އޮރެންޖް އެލާރޓްވެސް ނެރެފައެވެ. އޮރެންޖު އެލާޓް ނެރެފައިވަނީ މިރޭ 08:00 އާއި ހަމައަށެވެ. ނަމަވެސް ދެންމެ މެޓް އޮފީހުންވަނީ އެލާޓް ލެވެލް ދަށްކޮށް ވައިޓް […]

ޔުމްނާ ޢަލީ
ހދ. އަތޮޅުގެ ރައްޔިތުން ކުޅުދުއްފުށީ އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލު އާންމުކޮށްފި 📍 ހދ. ކުޅުދުއްފުށި

ހދ. އަތޮޅުގެ ރައްޔިތުން ކުޅުދުއްފުށީ އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލު އާންމުކޮށްފި

00ހދ. އަތޮޅުގެ ރައްޔިތުން އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލު ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އާންމުކޮށްފި އެވެ، އަތޮޅުތެރޭ އޭޓީއެމް ނެތް ރަށްރަށުގެ ރައްޔިތުންނަށް ކުޅުދުއްފުށީގައި ހުރި އޭޓީއެމް ގެ ޚިދުމަތް ބޭނުންހިފުމަށް ކުރާދަތުރުތަކުގައި އަމަލުކުރާނެ އުސޫލު ހދ. އަތޮޅު ކައުންސިލް އިން އާންމުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މި އުސޫލަކީ ފުރަބަންދުގެ ހާލަތުގައި އަތޮޅުގައި އޭޓީއެމް ޤާއިމްކުރެވިފައި ނެތް ރަށްރަ ރައްޔިތުންނަށް، ބޭންކު އޮފް މޯލްޑިވްސްގެ ބޭނ...

އަލީ އާދިލް
ކުޅުދުއްފުށި ސިޓީގައި ހިންގާފައިވާ ކާފިއު އުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި ހިންގާފައިވާ ކާފިއު އުވާލައިފި

ހދ. ކުޅުދުއްފުށީ ކައުންސިލުން އެ ސިޓީގައި ހިންގާފައިވާ ކާފިއު އުވާލައިފި ކަމަށް އެކައުންސިލުން ބުނެފިއެވެ. މިރޭ އެކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ރޯގާ ނެތް ރަށް ތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފެށުމަށް ނިންމުމާއި ގުޅިގެން ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު މިވަގުތަށް ނިމުމަކަށް ގެނައުމަށް ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްއިން ނިންމާފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރާކަމަށެވެ. ޖަމާއަތަށް ދިއުމުގައި މި ދަނޑިވަޅުގައި ސިއްހީ މާހިރުންގެ ލަފަޔަށް ބޯލެބުމަށް އިލް...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގެ ލޮކްޑައުންގެ މުއްދަތު އަނެއްކާވެސްް އިތުރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ ލޮކްޑައުންގެ މުއްދަތު އަނެއްކާވެސްް އިތުރުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގެ ލޮކްޑައުންގެ މުއްދަތު އަނެއްކާވެސް 10 ދުވަސް އިތުރުކޮށްފި އެވެ. ކުޅުދުއްފުށީގެ ލޮކްޑައުންގެ މުއްދަތު ހަމަވާނީ މި މަހުގެ 23 އެވެ. ކުޅުދުއްފުށީގައި އެންމެ ފުރަތަމަ ލޮކްޑައުން އިޢުލާންކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހެވެ. ލޮކްޑައުން ލުއިކުރުމަށް ފަހު، ހެނދުނު 6:00 އިން މެންދުރު 3:30 އާ ހަމައަށް ޒަރޫރީ ބޭނުންތަކަށް ގެއިން ބޭރަށް ނުކުމެއުޅެވޭނެ ގޮތް ހަމަޖެއްސީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. ކާފިއުގެ ވަގުތު، ކައުންސިލްގެ ހުއްދައާ ނުލައި […]

އަލީ އާދިލް
ކުޅުދުއްފުށީ ސިޓީ އަފީފުއްދީން ސްކޫލުން ފޭސް މާސްކު ހަދިޔާކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ އަފީފުއްދީން ސްކޫލުން ފޭސް މާސްކު ހަދިޔާކޮށްފި

ކުޅުދުއްފުށީ ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރި ވުމުގެ ގޮތުން އެސިޓީގެ އަފީފުއްދީން ސްކޫލުން ކުޅުދުއްފުށީ ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހަށް ފޭސް މާސްކު ހަދިޔާ ކޮށްފިއެވެ. މިގޮތުން އަފީފުއްދީން ސްކޫލުން ވަނީ 230 ފޭސް މާސްކު ކުޅުދުއްފުށީ ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހަށް ހަދިޔާ ކޮށްފައިއެވެ. https://www.facebook.com/755270084590154/posts/2837324159718059/ މީގެ ކުރިން އެސިޓީގެ އަނެއް ދެ ސްކޫލް ކަމުގައިވާ ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ޖަލާލުއްދީން ސުކޫލް ފަރާތުންވެސް ވަނ...

ޝިއުނާ އާދަމް
ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އަނެއްކާވެސް އިތުރުކުރަން ނިންމާފައިވާކަމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ. އެކައުންސިލުން މިރޭ ކުރި އާންމު އިޢުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ރޯގާގެ ނުރައްކާތެރިކަން ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލޭގައި އަންނަނީ ފެތުރެމުންކަމަށާއި އަދި މިސަރަހައްދުގެ ބައެއް ރަށްތަކުން ބައްޔަށް ފައްސިވެފައިވާ މީހުން ފެނިފައިވާ މި ދަނޑިވަޅުގައި ވެސް ކުޅުދުއްފުއްޓަށް ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށް ގިނަ އަދަ...

އަލީ އާދިލް
ޢާޠިފްގެ ނަޒަރުގައި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިދާނެ 20 ކަމެއް! 📍 ހދ. ކުޅުދުއްފުށި

ޢާޠިފްގެ ނަޒަރުގައި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިދާނެ 20 ކަމެއް!

ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓްލިބިވަޑައިގެން ހުންނެވި މުޙައްމަދު ޢާޠިފްގެ ނަޒަރުގައި މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކުރެވިދާނެ 20 ކަމެއް ހިއްސާކުރައްވައިފިއެވެ. ޢާޠިފްގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ އާންމު ރައްޔިތެއްގެ ހައިސިއްޔަތުން މިވަގުތު މުޅި ދުނިޔެއަށް ދިމާވެގެން މި އުޅޭ ކޯވިޑް-19 ރޯގާއިން ކުޅުދުއްފުށީގެ ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކައުންސިލަށް ލިބިދޭ ބާރުގެ ތެރެއިން ކުޅުދުއްފު...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ކައުންސިލުގެ ރައީސްގެ ހާއްސަ މެސެޖެއް ހދ. އަތޮޅުގެ ރައްޔިތުންނަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކައުންސިލުގެ ރައީސްގެ ހާއްސަ މެސެޖެއް ހދ. އަތޮޅުގެ ރައްޔިތުންނަށް

ދިވެހިރާއްޖޭގެ އުތުރުގެ އެންމެބޮޑު އާބާދީ އޮންނަ ކުޅުދުއްފުށި ސިޓީއަކީ ބޮޑުތިލަދުންމަތީގެ ގިނަގުނަ ޚިދުމަތްތަކެއް އެތަނަކާއި ގުޅިލާމެހިފައިވާ ތަނެކެވެ. ވުމާއިއެކު ތިލަދުންމަތީގެ ރަށްތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ވެސް އެކިއެކި ބޭނުންތަކުގައި އެ ސިޓީއަށް ދަތުރުކޮށް އުޅެއެވެ. ޤައުމަށް ދިމާވެފައިވާ ދަތިއުނދަގޫ މި ހާލަތުގައި އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނަށް ފޭސްބުކް ސްޓޭޓަސްއެއް މެދުވެރި ކުރައްވާ ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބްދުއްލަތީފު ހަސަން ވަނީ މުހިންމު މެސްޖެއް ދެއްވާފައެވެ. އެ މެސެ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ 2 ސްކޫލަކުން މާސްކު ހަދިޔާ ކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ 2 ސްކޫލަކުން މާސްކު ހަދިޔާ ކޮށްފި

ކުޅުދުއްފުށީ ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހުން ކުރަމުންދާ މަސައްކަތްތަކަށް ވާގިވެރިވުމުގެ ގޮތުން އެސިޓީގެ ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ޖަލާލުއްދީން ސުކޫލް ފަރާތުން މާސްކު ފަހައި، އެ މާސްކްތައް އެ ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހުގެ ސޯޝަލް ސަޕޯޓް ޑެސްކަށް ހަދިޔާ ކޮށްފިއެވެ. އެކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ބުނީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި ޖަލާލުއްދީން ސުކޫލް ފަރާތުން ސޯޝަލް ސަޕޯޓް ޑެސްކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މާސްކު ފަހައި ހަދިޔާ ކުރުމަކީ އެސިޓީގެ ކޯވިޑް-19 […]

ޝިއުނާ އާދަމް
ކުޅުދުއްފުށީ ސިޓީ ފުރަބަންދު ބަދަލު ތަކަކާއި އެކު ދަމަހައްޓައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ފުރަބަންދު ބަދަލު ތަކަކާއި އެކު ދަމަހައްޓައިފި

ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވާ ފުރަބަންދު، ބަދަލު ތަކަކާއިއެކު ދަމަހައްޓަން ކުޅުދުއްފުށި ކޯވިޑް-19 ޓާސްކް ފޯހުން ނިންމާފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ. އެކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައި ވަނީ ކޯވިޑް-19 ރޯގާގެ ބިރުވެރިކަން ރާއްޖޭގައި މި ވަނީ އިންތިހާއަށް ބޮޑުވެފައި ކަމަށާއި، އުތުރުގެ ބައެއް ރަށްރަށުން ބައްޔަށް ފައްސި ވެފައިވާ މީހުން ފެނި ބަލި އަންނަނީ އިތުރަށް ފެތުރެމުން ކަމަށެވެ. ކުޅުދުއްފުއްޓަކީ މި ސަރަހައްދުގެ އިޤްތިސާދީ، ސިއްހީ އަދި ދަތ...

ޔުމްނާ ޢަލީ
ކުޅުދުއްފުށިން ސާންޕަލް ނެގި އެކަކުގެ ނަތީޖާ ނައްސި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން ސާންޕަލް ނެގި އެކަކުގެ ނަތީޖާ ނައްސި

ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ހދ. ކުޅުދުއްފުށީ ސިޓީއިން ސާމްޕަލް ނެގި އެކެއްގެ ނަތީޖާ ނައްސިކަމަށް (ނެގެޓިވް) އެ ސިޓީގެ ކޮވިޑާ ގުޅޭ ޓާސްކު ފޯހުން ބުނެފި އެވެ. މިމީހާއަކީ ށ. ނަރުދޫ އަމާޒު ބޯޓުން ދަތުރު ކުރި މީހެކެވެ. އެ ބޯޓުގެ ކައްޕި އާއި އޭނާގެ އާއިލާގެ ބައެއް މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ. ކުޅުދުއްފުށީ ސިޓީގެ ޓާސްކު ފޯސް ހިންގުމާއި ހަވާލުވެހުރި އަހުމަދު ދާއޫދު ވިދާޅުވީ އަލާމާތްތައް ފެނިގެން ސާމްޕަލް ނެގި މީހާގެ ނަތީޖާ މިރޭ ލިބިފައިވާއިރު […]

ޔުމްނާ ޢަލީ
ދިއްދޫއާއި ކުޅުދޫފުއްޓަށް ގެންދިޔަ ޖެންސެޓު އިންސްޓާލް ކުރުމުގެ މަސައްކަތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫއާއި ކުޅުދޫފުއްޓަށް ގެންދިޔަ ޖެންސެޓު އިންސްޓާލް ކުރުމުގެ މަސައްކަތް ފަށައިފި

ހދ. ކުޅުދުއްފުއްޓާއި ހއ. ދިއްދޫއަށް ގެންދިޔަ ޖަނަރޭޓަރު އިންސްޓާލް ކުރުމުގެ މަސައްކަތް ފަށައިފިކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ. ފެނަކައިން ބުނީ ދިއްދޫ އަށް ފޮނުވި800 ކިލޯ ވޯޓުގެ ޖެންސެޓް ބެޑްއަށް އަރުވާ އިންސްޓާލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީއަށް ފޮނުވި800 ކިލޯ ވޯޓުގެ ޖެންސެޓް ބެޑްއަށް އެރުވުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށެވެ. HDh. Kulhudhuffuhtah fonuvi 800kW ge aa genset bedah eruvumuge masahkaiy mihaaru kuriah dhany. […]

ޝިއުނާ އާދަމް
އެޗްޕީއޭއިން ކުޅުދުއްފުށި ސިޓީވެސް މޮނީޓަރިން ހާލަތަށް ގެނެސްފި 📍 ހދ. ކުޅުދުއްފުށި

އެޗްޕީއޭއިން ކުޅުދުއްފުށި ސިޓީވެސް މޮނީޓަރިން ހާލަތަށް ގެނެސްފި

  ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ކުޅުދުއްފުށި ސިޓީވެސް މޮނީޓަރިން ހާލަތަށް ގެނެސްފައިވާކަން އިއުލާނުކޮށްފިއެވެ. އެޗްޕީއޭއިން މިކަން އިއުލާނުކޮށްފައިވަނީ މިރޭ ހާމަކުރި “މޮނީޓަރިން އަށް ގެނެވިފައިވާ ތަންތަނުގެ ލިސްޓް” ގައެވެ.އެ ލިސްޓްގައިވާގޮތުގައި އެ ރަށް މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ އިއްޔެއެވެ. އެ ރަށާއެކު ޖުމްލަ 25 ރަށެއްް މޮނީޓަރިންގެ ހާލަތުގައިވާކަމަށް އެލިސްޓުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އުތުރުގެ ރަށްތަކަކީ ނ. ވެލިދޫ، ހއ. ދިއްދޫ، ހއ. އުތީމު، ނ. ހެނބަދޫ، ނ. ކެނދިކުޅ...

އިބްރާހިމް އަސްވާޤް