📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވާރކްޝޮޕެއް ތަރައްޤީ ކުރުމަށް ބެންޒީއަށް
ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވާރކްޝޮޕެއް ތަރައްޤީ ކުރުމަށް ބެންޒީ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްގެ ފެސިލިޓީތަކާއި މުނިސިޕަލް މަސައްކަތްތަކަށް ބޭނުންވާ ކުދި މަރާމާތުތަކަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމެވެ. މީގެ ތެރޭގައި ވަޑާމާއި ވެލްޑިންގ ފަދަ މަސައްކަތްތައް ކުރުމަށް މުވައްޒަފުންނަށް އެކަށީގެންވާ ވަޞީލަތްތަކާއި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާއިމުކުރ...