މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ފަތިސް ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
އުތުރުގެ ޕޮލިސް ކްލަސްޓާ: ތިން އަތޮޅުން ގިނަ ކޮންޓެކްޓުންތަކެއް 📍 ހދ. ކުޅުދުއްފުށި

އުތުރުގެ ޕޮލިސް ކްލަސްޓާ: ތިން އަތޮޅުން ގިނަ ކޮންޓެކްޓުންތަކެއް

އުތުރުގެ ޕޮލިސް ކްލަސްޓާ ފެށުންއައީ 24 ސެޕްޓެމްބަރު 2020 ގައި ތިލަދުންމަށްޗަށް ދަތުރު ކުރި 18 ފުލުހެއްގެ ދަތުރާއި ގުޅިގެން ކަމަށާއި، އެ ކްލަސްޓާގައި ގިނަ ރަށްތަކަކުން ގިނަ ޢަދަދެއްގެ ސީދާ ބައްދަލުވި މީހުން ދެނެގަނެވިފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ) އިން ބުނެފިއެވެ. ރޭ އެޗްއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުތުރުގެ ޕޮލިސް ކްލަސްޓާއާއި ގުޅުން ހުރި މަޢުލޫމާތު ހާމަ ކުރަށްވަމުން އެޗްއީއޯސީގެ ކޮންޓެކްޓް ޓްރޭސިން ޓީމުގެ ފަރާތުން އިބްރާޙީމް ނާޒިމް ވިދާޅުވީ […]

ޝިއުނާ އާދަމް
ޚާއްޞަ ހުއްދަ ހިތި ބޭހަކަށްވެ، އުތުރުގެ "ހިތް" ހުއްޓިފައި 📍 ހދ. ކުޅުދުއްފުށި

ޚާއްޞަ ހުއްދަ ހިތި ބޭހަކަށްވެ، އުތުރުގެ "ހިތް" ހުއްޓިފައި

އުތުރުގެ 3 އަތޮޅުގެ ރައްޔިތުން އެ ރަށަކުން ގިނަ ޚިދުމަތްތަކެއް ލިބިގަންނަ ކުޅުދުއްފުށްޓަކީ އުތުރުގެ ”ހިތް” ކަމަށް ދެބަސްވާނެ އެއްވެސް ޖާގައެއް ނެތެވެ. އެ ”ހިތަށް” ޒަޚަމެއްވެއްޖެ ނަމަ އޭގެ އަސަރު ސީދާ އަދި ނުސީދާ ގޮތުން ވެސް ނުކުރާނެ ރައްޔިތަކު ހއ. ހދ. އަދި ށ އަތޮޅުގައި ނެތްކަމަށް ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ކުޅުދުއްފުށީގެ ރައްޔިތުންވެސް ހިމެނޭހެން މި އަތޮޅުތަކު ރަށްތަކުގެ ރައްޔިތުން ވެސް މިތިބީ ސިހި، އިނގިލީގައި ދައިގަނެގެންނެވެ. އެޗްޕީއޭގެ ޚާއްޞަ ހުއްދަ ތިލަދުންމަށްޗަށް […]

ޙުސައިން ޝަހުދީ
ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވާ! 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވާ!

ކުޅުދުއްފުށީގައި ކޯވިޑް-19ގެ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިކަމަށް ބެލެވޭކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފިއެވެ. އެޗްއީއޯސީން ބުނީ ކުޅުދުއްފުށިން މިމަހުގެ ފެނިފައިވާ ކޯވިޑް-19ގެ ކޭސްތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިން އަދި ޓެސްޓިންގެ ތެރެއިން 4 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ ރަށުގައި ބަލި ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އެ ރަށުގެ ޓާސްކްފޯހާއި އެޗްޕީއޭގެ ޓެކްނިކަލް ޓީމާއެކު އެރަށު...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނީޓަރިންއަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނީޓަރިންއަށް

ހދ. ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ކުޅުދުއްފުށި ކައުންސިލުން ބުނެފައިވަނީ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ކުޅުދުއްފުއްޓަށް އެރުން ވަނީ މަނާ ކުރެވިފައިކަމަށެވެ. ކުޅުދުއްފުށި ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ 17 އޮކްޓޯބަރ 2020، 22:35 ގައި ކުޅުދުއްފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިކަމަށެވެ. މޮނިޓަރިންގއަށް ލާފައިވާކަން...

ޔުމްނާ ޢަލީ
ދައުރު ފުރިހަމަވެގެން ދާއިރު ރައީސް ޞާލިޙްގެ ވަޢުދުތައް ފުއްދަވައި ދެއްވާނެ: ޔާސިރު 📍 ހދ. ކުޅުދުއްފުށި

ދައުރު ފުރިހަމަވެގެން ދާއިރު ރައީސް ޞާލިޙްގެ ވަޢުދުތައް ފުއްދަވައި ދެއްވާނެ: ޔާސިރު

ަމި ދައުރު ފުރިހަމަވެގެން ދާއިރު ރައީސް ޞާލިޙްގެ ވަޢުދުތައް ފުއްދައިދެއްވާނެ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ، ޒަމާނީ ފެންވަރަށް ފެނަކައިން އަތޮޅު ތެރޭގައި އިމާރާތްކުރާ އެންމެ ބޮޑު އިންޖީނުގޭގެ ބިންގާ ކުޅުދުއްފުށީ ސިޓީގައި އެޅުމަށް އިއްޔެ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ޔާސިރު ވަނީ މިސަރުކާރުން ކުޅުދުއްފުށިން ދޫކޮށް ނުލަށްވާނެ ކަމަށާއި މި ސަރުކާރުން ކުޅުދުއްފުށި ތަރައްގީކުރާނެކަމުގެ...

ޔުމްނާ ޢަލީ
ކުޅުދުއްފުށިން އިތުރު ޕޮޒިޓިވް ކޭހެއް، މިފަހަރު ބިދޭސީއެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އިތުރު ޕޮޒިޓިވް ކޭހެއް، މިފަހަރު ބިދޭސީއެއް

ކުޅުދުއްފުށީ ސިޓީއިން ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެ ސިޓީއިން މިފަހަރު ކޯވިޑަށް ޕޮޒިޓިވް ވެފައި ވަނީ އެ ސިޓީގެ ކާނިވަލް ކޮމްޕެނީގައި މަސައްކަތް ކުރާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ. މިއީ ކުޅުދުއްފުށި ސިޓީއިން ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންނަށް ކެއިން ބުއިންމުގެ ކަންތައްތައް ހަމަޖެއްސުމަށް މަސައްކަތް ކުރާ، އެ ސިޓީގެ ކާނިވަލް ކޮމްޕެނީގެ މީހެކެވެ. އެ މިހާ ޕޮ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގެ އައު އިންޖީނުގޭގެ ބިންގާ އަޅައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގެ އައު އިންޖީނުގޭގެ ބިންގާ އަޅައިފި

ކުޅުދުއްފުށީ ސިޓީގައި އަލަށް އިމާރާތްކުރާ އައު އިންޖީނު ގޭގެ ބިންގާ އަޅައިފިއެވެ. މިއަދު ހެނދުނު އެ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ސިޓީގެ އައު އިންޖީނުގޭގެ ބިންގާ އެޅިގެން ދިޔައިރު، މި އިންޖީނުގެ އަކީ ޒަމާނާއި ޓެކްނޮލޮޖީގެ ގިނަ ވަޞީލަތްތަކެއް އެކުލެވިގެންވާ އަތޮޅު ތެރޭ މިހާތަނަށް އިމާރާތް ކުރެވޭ އެންމެ ބޮޑު އިންޖީނުގެއެވެ. ފެނަކައިން އަތޮޅުތަކުގެ ގިނަ އިންޖީނުގެ ތަކެއް އަލުން ޢިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިއަދު ހެނދުނުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފެނަަކައިގެ މެނޭޖިނ...

މުޙައްމަދު މާއިލް ހަސަން
ކެލައިން ފެނުނު ގަހަކީ މީގެ ކުރިންވެސް އުތުރުގެ 3 ރަށަކުން ފެނިފައިވާ ގަހެއް 📍 ހއ. ކެލާ

ކެލައިން ފެނުނު ގަހަކީ މީގެ ކުރިންވެސް އުތުރުގެ 3 ރަށަކުން ފެނިފައިވާ ގަހެއް

ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ގަސްތަކުގެ ލިސްޓުގެ ކުރީގައި އުޅޭ “ބުރުގެރިއާ ހެނެސީ” ގަހެއް، ކެލާގެ ކުޅިން ފެނުނު ވާހަކަ އެންވަޔަރަމަންޓް މިނިސްޓްރީންއިން އިޢުލާންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު އެމިނިސްޓްރީއިން ބުނީ، ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ “ބުރުގެރިއާ ހެނެސީ” (Brugueira hainesii) “ދިވެހިރާއްޖެއިން އަލަށް” ފެނިފައިވާކަމަށެވެ. ކަނޑޫއާއިލާއަށް ނިސްބަތްވާ މިގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާއ...

މުޙައްމަދު މާއިލް ހަސަން
ފުލުހުން އެކަހެރިކޮށް ބެއިތިއްބުމަށް ހދ.އަތޮޅު ސްޓޭޓް ހައުސް ކުއްޔަށް ހިފައިފި 📍 ހދ. ކުޅުދުއްފުށި

ފުލުހުން އެކަހެރިކޮށް ބެއިތިއްބުމަށް ހދ.އަތޮޅު ސްޓޭޓް ހައުސް ކުއްޔަށް ހިފައިފި

ކޯވިޑް-19 އާއި ގުޅިގެން ކަރަންޓީން ކުރެވޭ ހދ.ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުން އެކަހެރިކޮށް ބެއިތިއްބުމަށްޓަކައި ހދ.އަތޮޅު ސްޓޭޓް ހައުސް ކުއްޔަށް ހިފައިފި އެވެ. ފުލުހުން ބުނީ، ކަރަންޓީން ކުރެވޭ ހދ.ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުން އެކަހެރިކޮށް ބެއިތިއްބުމަށްޓަކައި ދައުލަތު މާލިއްޔަތު ޤަވާއިދުގެ 10.26 ގެ (ހ) ގެ 2 ނަމްބަރަށް ރިޔާޢަތްކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން، ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ”ހދ.އަތޮޅު ސްޓޭޓް ހައުސް” 09 އޮކްޓޯބަރ...

އަލީ އާދިލް
ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުގައި ދަތުރު ހިޔާ އިމާރާތެއް ހަދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުގައި ދަތުރު ހިޔާ އިމާރާތެއް ހަދަނީ

ހދ ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުގައި ދަތުރު ހިޔާ އިމާރާތެއް، އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން އިޢުލާން ކޮށްފި އެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން “ތިލަދުން” އަށް މަޢުލޫމާތުދެމުން ބުނީ ދަތުރު ހިޔާ އެޅުމަށް ނިންމާފައިވަނީ މިހާރުވެސް ދަތުރު ހިޔާ އަޅާފައިވާ ސަރަހައްދުގައި ކަމަށެވެ. ހދ. އަތޮޅު ކައުންސިލުން ޚަރަދުކޮށްގެން މީގެ ކުރިން އަޅާފައިވާ ދަތުރު ހިޔާ ބޭނުން ކުރުމުގައި ދަތުރުވެރިންނަށް ގޮ...

އިބްރާހިމް އަސްވާޤް
އެޗްޑީސީއިން ކުޅުދުއްފުށީ ކައުންސިލަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ 📍 ހދ. ކުޅުދުއްފުށި

އެޗްޑީސީއިން ކުޅުދުއްފުށީ ކައުންސިލަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ

ހދ. ކުޅުދުއްފުށީ ކައުންސިލަށް ފަންނީ އެހީތެރިކަން ދިނުމަށް ހައުސިންގް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެކު ސޮއި ކޮށްފިއެވެ. މި މަސައްކަތުގެ މައިގަނޑު މައިގަނޑު އަމާޒަކީ، އެ ކައުންސިލުގައި ފަންނީ ތަޖުރިބާ ލިބިފައިވާ ފަރާތްތައް މަދުވުމާއި އެކު، ފަންނީ ތަޖުރިބާ ކާރުން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރުމެވެ. އަދި މުސްތަޤުބަލުގައި އެ ރަށުގެ ބިން، ބޭނުންތެރި ގޮތްގޮތަށް ބޭނުން ކުރުމަށް އެޗްޑީސީގެ ފަންނީ އެހީތެރިކަން ހޯދުމަށެވެ. އެޗްޑީސީއަކީ ހުޅުމާލެ ފެށުނީއްސުރެ ތަރައްޤީ ކުރުމުގައި އިސް ދައ...

މުޙައްމަދު މާއިލް ހަސަން
ކުޅުދުއްފުށިން އިތުރު 2 ފުލުހުން ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށިން އިތުރު 2 ފުލުހުން ޕޮޒިޓިވްވެއްޖެ

ހދ. ކުޅުދުއްފުށީ ސިޓީއިން ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އިތުރު ދެފުލުހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށި ސިޓީ އިން މިރޭ ކޯވިޑްއަށް ޕޮޒިޓިވްވެފައިވަނީ މިއަދު އެސިޓީ އިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އެކަހެރިކޮށް ނެގި 10 ސާމްޕަލްގެ ތެރެއިން 2 ސާމްޕަލެކެވެ. ކުޅުދުއްފުށީ ސިޓީއިން އެކަހެރި ކުރި 10 މީހުންގެ ތެރޭގައި ހިމެނެނީ 6 ފުލުހަކާއި، ފުލުހުންގެ ލޯންޗްގައި މަސައްކަތްކުރާ ތިން މުވައްޒަފަކާއި، އާންމުންގެ މީހެކެވެ. މީގެ އިތުރުން ކުރިނބީއިން ނެގި 13 ސާމްޕަލްވަނީ ނެގެޓިވްވެފަ އެ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ޚިދުމަތްތައް އަލުން ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ޚިދުމަތްތައް އަލުން ފަށައިފި

ރައްކާތެރިކަމުގެ ގިނަ ފިޔަވަޅު ތަކަކާއިއެކު، ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ޚިދުމަތްތައް އަލުން ފަށައިފިއެވެ. މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ބުނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެ ސްޓޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށްފަހު، ޚިދުމަތްތައް އަލުން ފަށާފައި ވާކަމަށެވެ. އެގޮތުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުލުސް އޮފިސަރާ ސީ...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައިފި

ހދ. ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައިފި އެވެ. މޮނިޓަރިންގ އުވާލިކަން އަންގާ ލިއުން ހިއްސާކުރަމުން ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ މިއަދު (06 އޮކްޓޮބަރ 2020) ގެ 17:08 ގައި ކުޅުދުއްފުށީ ގައި 05 އޮކްޓޯބަރ 2020ގައި އިޢުލާންކުރި މޮނިޓަރިން ވަނީ އުވާލާފައިކަމަށާއި އެހެންނަމަ ވެސް ހުރިހާ ފަރާތްތަކުން ވެސް ބަލިން ރައްކާތެރިވުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅުއްވަން އިލްތިމާސްކުރާ ކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުޅުދުއްފުށީ ކައުންސިލްއަށް ފޮނުވި ލިއުމުގައ...

ޔުމްނާ ޢަލީ
3 ފުލުހެއްގެ ފޮޓޯ އާންމުކޮށް މަރުގެ އިންޒާރުދިން މީހަކަށް 6 މަހުގެ ޖަލު ހުކުމެއް 📍 ހދ. ކުޅުދުއްފުށި

3 ފުލުހެއްގެ ފޮޓޯ އާންމުކޮށް މަރުގެ އިންޒާރުދިން މީހަކަށް 6 މަހުގެ ޖަލު ހުކުމެއް

3 ފުލުހެއްގެ ފޮޓޯ މީސް މީޑިއާގައި އާންމުކޮށް އެ 3 ފުލުހުން މަރަންވީކަމަށް ބުނި މީހަކު 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ 3 ފުލުހަކަށް އިންޒާރު ދިން މައްސަލައިގެ ކުށް ސާބިތުވުމާ ގުޅިގެން 2020 އޮކްޓޯބަރ 4 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ހދ. ކުޅުދުއްފުށި، މަންޒިލް، މުޙައްމަދު ވަޙީދު އިބްރާހީމް (20އ) ގެ މައްޗަށް ކަމަށެވެ. ދައުލަތުން މުޙައްމަދު ވަޙީދު އިބްރާހީމްގެ މައްޗަށް އިންޒާރުދީފައިވާ ކުށުގެ ދައު...

އަލީ އާދިލް