📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށި ސިޓީ ކައުންސިލާއި ހދ. އަތޮޅު ކައުންސިލްގެ ދަރަޖަ، ސަރުކާރުގެ ވުޒާރާތަކަށް އޮޅެނީ
ހދ. އަތޮޅު ކައުންސިލްގެ އިދާރާ ހދ. ކުޅުދުއްފުށި ސިޓީ ގައި އޮތުމުން ބައެއް ސަރުކާރުގެ ވުޒާރާތަކަށް އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލްގެ ދަރަޖަ، އޮޅިގެންދާކަމަށް ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ. ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ މިކަމަށް އަލިއަޅުއްވާލައްވާ ކުރެއްވި ޓުވީޓެއްގަ އެވެ. މިޓުވީޓުގައި އަމީން ވަނީ، ހދ. އަތޮޅު ކައުންސިލް އެއަތޮޅުގެ އެހެން ރަށަކަށް ބަދަލު ކުރުމާއި ދޭތެރޭ ވިސްނާލުން ކިހިނެތްވާނެތޯ ސުވާލު ކުރައްވާފަ އެވެ....