📍 ހދ. ކުޅުދުއްފުށި
އެންމެ ބޮޑު އިސްކަމެއްދޭނީ އިޤްތިސާދު ކުރިއެރުވުމާއި މަސައްކަތްތެރިން އުފެއްދުމަށް: މޭޔަރ
ކުރިއަށް އޮތް 6 މަސްދުވަހު އަދި އަންނަ އަހަރު އެންމެ ބޮޑަށް ފޯކަސް ކުރާނީ އިގްތިސާދީ ކަންކަން ކުރިއެރުވުމާއި މީހުން ބިނާކޮށް މަސައްކަތްތެރިން އުފެއްދުން ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދާޅުވީ، ރޭ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ. މޭޔަރު ވިދާޅުވީ، އިޤްތިޞާދީ މިދަތި ހާލަތުގައި މީހުން ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން މީހުން ބިނާކުރުމަށ...