📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށި ހިމެނޭ ސަރަހައްދަށް ތޫފާނެއް އަރާނެކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް: މެޓް
ހދ. ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަހައްދަށް ތޫފާނެއް އަރާނެ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއްކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާގެ ޓީވީއެމްގެ މިއަދުގެ ”ހެނދުނުހެނދުނާ” ޕްރޮގްރާމަށް މައުލޫމާތު ދެއްވަމުން މީޓްރޮލޮޖިސްޓް މުހައްމަދު ޝަހުދު ވިދާޅުވީ، އެ އިދާރާއިން އެއްކުރަމުންދާ މައުލޫމާތަކަށް ބަލާއިރު ކުޅުދުއްފުއްޓަށް ވެސް އަދި ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ތޫފާނެއް އަރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ޝަހުދު ވިދާޅުވީ، ލަންކާ ސަރަހައްދުން ބޭ އޮފް ބެންގާލްގައި ކޮޅިގ...