މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
މުޢިއްޒުއަށް ކުޅުދުއްފުށި ސިޓީން ހޫނު މަރުޙަބާއެއް، ޖަލްސާ މިރޭ! 📍 ހދ. ކުޅުދުއްފުށި

މުޢިއްޒުއަށް ކުޅުދުއްފުށި ސިޓީން ހޫނު މަރުޙަބާއެއް، ޖަލްސާ މިރޭ!

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރެއްގައި ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި، ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ޕީޕީއެމްގެ ލީޑާޝިޕުގެ ބޭފުޅުންނާއެކު މިއަދު ހެނދުނު ފެއްޓެވި މި ދަތުރުފުޅުގައި، އަރިހުގައި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އާއި އެކު، ފުރަތަމަ ވަޑައިގެންނެވި އެވެ. އެ ބޭފުޅުންނަށް މަރުހަބާ ދެއްވުމ...

އަލީ އާދިލް
އުރީދޫ މަސްރޭސް: ކުޅުދުއްފުށިން ޗެމްޕިއަންކަން ނެގީ ޓީމް “ބުޅި ކެނޑި” 📍 ހދ. ކުޅުދުއްފުށި

އުރީދޫ މަސްރޭސް: ކުޅުދުއްފުށިން ޗެމްޕިއަންކަން ނެގީ ޓީމް “ބުޅި ކެނޑި”

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް، “އުރީދޫ މަސްރޭސް 2023” ކުޅުދުއްފުށި ސިޓީގައި ބާއްވައިފިއެވެ. އިއްޔެ ކުޅިދިއްފުށީގައި ކުރިއަށްގެންދިޔަ މި މުބާރާތުގައު 20 ޓީމަކުން ބައިވެރިވިއެވެ. މުބާރާތުގައި ބުޅި ކެނޑި ޓީމުން ޖުމްލަ 1214.25 ޕޮއިންޓާ އެކު ޗެމްޕިއަންކަން ހޯދާފައިވާއިރު ރަނަރަޕްކަން ހޯދާފާވަނީ 659.05 ޕޮއިންޓާއެކު ލައްޓި އިންނެވެ. އަދި 612.35 ޕޮއިންޓާ އެކު ތިންވަނަ ކާމިޔާބުކޮށްފާވަނީ ކުރިބިއަންސް ޓީމުންނެވެ. މީގެ އިތުރަށް، ޓީމް ލައްޓިގެ އާދަމް ހ...

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ކަނބަލުންގެ ނެޓްބޯލް ޗެލެންޖްގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކަނބަލުންގެ ނެޓްބޯލް ޗެލެންޖްގައި ބައިވެރިވާން ހުޅުވާލައިފި

ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމްކުރާ “ކަނބަލުންގެ ނެޓްބޯލް ޗެލެންޖް 2023” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގައި ނެޓްބޯޅަ ކުރިއަރުވައި ނެޓްބޯޅަ ކުޅެން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުޞަތު ހޯދައިދިނުމާއި، ނެޓްބޯޅަ ކުޅޭ ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި، ކަނބަލުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް ހިތްވަރު ދިނުމުގެ އިތުރުން ވާދަ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި ފެންސްޖަހައި ދޭނެ ބަޔަކު ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި ފެންސްޖަހައި ދޭނެ ބަޔަކު ހޯދަނީ

ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. މި އަންދާސީ ހިސާބާއި ގުޅިގެން އެސްވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންފުޅުވާނަމަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ކުރިން މެއިއިލް ކުރެއ...

އިބްރާހިމް ޚަލީލް
މަރާމާތަށްފަހު ކުޅުދުއްފުށީ ބެޑްމިންޓަން އެރީނާ ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

މަރާމާތަށްފަހު ކުޅުދުއްފުށީ ބެޑްމިންޓަން އެރީނާ ހުޅުވައިފި

މަރާމާތަށް ބަންދުކުރިތާ ހަތަރުމަހެއްހާ ދުވަސްފަހުން، އެ މަސައްކަތް ނިންމައި ކުޅުދުއްފުށި ސިޓީ ބެޑްމިންޓަން އެރީނާގެ ދެ ބެޑްމިންޓަން ކޯޓް ރަސްމީކޮށް ހުޅުވައިފިއެވެ. ބެޑްމިންޓަން ކޯޓްތައް ހުޅުވުމުގެ ގޮތުން ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން މިއަދު އެތަނުގައި ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކުޅުދުއްފުށީގައި ބެޑްމިންޓަން އަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެ ރަށު ރަންނަރު ޙުސައިން އަލީ އެވެ. މީގެ ހަތަރުމަހެއްހާ ދުވަސްކުރިން ބެންޒީ ޕްރައިވެޓް...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިވަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިވަނީ

ހދ. ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ މިއީ ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި “އަޅިވިލާ” ނަމަކަށްކިޔާ ދޯންޏެއް ކަމަށެވެ. އަދި މިއީ 95 ފޫޓުގެ ދޯންޏެއް ކަމަށެވެ. މި ދޯނި ޅ. ކުރެންދޫ ކައިރިން ދަތުރުކުރަމުން ދަނ...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީ އެއަރޕޯޓަށް އުދައަރައި ގެއްލުންތަކެއްވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އެއަރޕޯޓަށް އުދައަރައި ގެއްލުންތަކެއްވެއްޖެ

ހދ. ކުޅުދުއްފުށި ސިޓީގެ އެއަރޕޯޓަށް އުދައަރައި ގެއްލުންތަކެއްވެއްޖެ އެވެ. ކުޅުދުއްފުށި މޭޔަރު މުޙައްމަދު އާތިފް ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައިގައި އެއަރޕޯޓް ރަންވޭއަށް ވަރަށްބޮޑަށް އުދަ އަރަށް ގެއްލުންތަކެއް ވެފައިވާކަމަށެވެ. އެގޮތުން އެއަރޕޯޓުގެ ރަންވޭ ފެންސް ވެއްޓިފައިވާކަމަށާއި މިހާރު ފެންސު ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޭޔަރު ވިދާޅުވިއެވެ. ވިއްސާރައިގެ ސަބަބުން އެއަރޕޯޓުގެ އޮޕަރޭޝަންއަށް ވަނީ ބުރޫއަރާފައެވެ. ބައެއް ފުލައިޓުތައް ޑިލޭވެފައިވާއިރު މިހާރު އަލުން އޮޕަރޭޝަން ފ...

އަލީ އާދިލް
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވެބްސައިޓް ޑިޒައިންކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި ބީލަމުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ 10:30 ގެ ކުރިން އެކަމަށް ހާއްސަ ކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާއިރު، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި "ހަ ވާ" އަރުވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި "ހަ ވާ" އަރުވައިފި

ހދ. ކުޅުދުއްފުށީ ސިޓީގައި ހަވާ (ފަޔާވޯކްސް) ބަލަން ދިޔަ މީހުންނަށް “ހަ ވާ” ފެނި އެއްބަޔަކު ރުޅިގަދަވި އިރު، އަނެއްބަޔަކަށް އެކަން ވީ މަޖާކަމަކަށެވެ. އަޟުޙާ ޢީދުގެ އުފާ ފާޅުކުރުމަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދާ ހަރަކާތްތަށް އިޢުލާންކޮށް އަންގާ ހަދަނީ ސިޓީ ކައުންސިލުންނެވެ. އެގޮތުން ރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެއްގެ ގޮތުގައި އޮތީ އެރަށު ހިއްކި ސަރަހައްދުގައި “ޕަޗަރާލި ޝޯ، ހަ ވާ އެރުވުން” މިނަން ކިޔާ ހަރަކާތެކެވެ. 20:30 ގައި ފެށުމަށް ހަމަޖެހިފައިވާ […]

އަލީ އާދިލް
ކުޅުދުއްފުށީގައި ގޯތިތެރޭގައި ގަސް އިންދާ ހައްދަން ދަސްކޮށްދޭ ޕްރޮގްރާމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ގޯތިތެރޭގައި ގަސް އިންދާ ހައްދަން ދަސްކޮށްދޭ ޕްރޮގްރާމެއް

ގޯތިތެރޭގައި ގަސްއިންދާ ހައްދަން ދަސްކޮށްދޭ ޓްރެއިނިން ޕްރޮގްރާމެއް ކުޅުދުއްފުށި ސިޓީގައި ހިންގައިފިއެވެ. މިއީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ސްމޯލް އައިލެންޑް ޖޯގްރަފިކް ސޮސައިޓީ ގުޅިގެން ހިންގާ “ސަސްޓެއިނަބަލް ލައިވްލިހުޑް އެންޑް އިކޮނޮމީ ރިކަވަރީ ޕްލޭނިންގ ޕްރޮޖެކްޓް” ގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޓްރެއިނިންގެ ތެރެއިން، ގަސްގަހާއި ގެހި ހެއްދުމަށް ބޭނުންވާ ތިއަރީ ސެޝަންތަކާއި ގަސްގަހަށް ޖެހޭ ބަލިތައް ދެނެގަންނެ ކޮންޓްރޯލް ކުރާނެގޮތާއި، ގަސް އިންދުމާއިގުޅޭ ޕްރެކްޓިކަލް ސެޝަން ތ...

މުޙައްމަދު އަފްރާޙް
ނަޝީދަކީ ގިނަ ދިވެހިންގެ އިތުބާރާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެއް: މޭޔަރު އާތިފް

ނަޝީދަކީ ގިނަ ދިވެހިންގެ އިތުބާރާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެއް: މޭޔަރު އާތިފް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ގިނަ ދިވެހިންގެ އިތުބާރާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެއް ކަމަށް ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީ އުފެއްދުމުގެ ބާނީ ކަމުގައިވާ ނަޝީދު، އެ ޕާޓީ ދޫކުރެއްވުމުން އެކަމަށް އިޝާރާތް ކުރައްވައެވެ. އާތިފް ވިދާޅުވީ މިއަދަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި މުހިންމު ދުވަހެއް ކަމަށެވެ. އަދި އެބޭފުޅެއްގެ ފިކުރެއްގެ މައްޗަށް ރާއްޖޭގައި...

މުޙައްމަދު އަފްރާޙް
ޢީދު ބަންދާއި ގުޅިގެން ކޭއާރުއެޗު ހާއްސަ ބަލިތަކުގެ އޯޕީޑީއާއި ލެބޯޓްރީގެ ޚިދުމަތް 4 ދުވަހު ބަންދުވާނެ 📍 ހދ. ކުޅުދުއްފުށި

ޢީދު ބަންދާއި ގުޅިގެން ކޭއާރުއެޗު ހާއްސަ ބަލިތަކުގެ އޯޕީޑީއާއި ލެބޯޓްރީގެ ޚިދުމަތް 4 ދުވަހު ބަންދުވާނެ

އަންނަ ބޮޑު (އަޟްޙާ) ޢީދު ގެ ރަސްމީ ބަންދު ދުވަސްތަކާއި ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ހާއްސަ ބަލިތަކުގެ އޯޕީޑީއާއި ލެބޯޓްރީގެ ޚިދުމަތް 4 ދުވަހަށް ބަންދުވާނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ. ބޮޑު ޢީދު ބަންދާ ގުޅިގެން ކޭއާރުއެޗުގެ ޚިދުމަތްދޭ ދުވަސްތައް ހާމަކުރައްވަމުން އެ ހޮސްޕިޓަލުން މިއަދު ވިދާޅުވީ، ބޮޑު ޢީދު ބަންދާއި ގުޅިގެން އެ ހޮސްޕިޓަލްގެ ހާއްސަ ބަލިތަކުގެ އޯޕީޑީއާއި ލެބޯޓްރީގެ ޚިދުމަތް 4 ދުވަހަށް ބަންދުވާނެ ކަމަށެވެ. މިގޮތުން އެ ޚިދުމަތްތައް […]

ޔުމްނާ ޢަލީ
ކޭއާރްއެޗުގައި ކީމޯތެރަޕީގެ ހިދުމަތް ފެށުމަށް ތައްޔާރުވެ، ނަންނޯޓު ކުރުމަށް ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކޭއާރްއެޗުގައި ކީމޯތެރަޕީގެ ހިދުމަތް ފެށުމަށް ތައްޔާރުވެ، ނަންނޯޓު ކުރުމަށް ހުޅުވާލައިފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގައި ކީމޯތެރަޕީގެ ހިދުމަތް ފެށުމަށް ތައްޔާރުވެ، ނަންނޯޓު ކުރުމަށް ހުޅުވާލައިފިއެވެ. މި ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމަށް ހުޅުވާލައިފައިވަނީ މި ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. ކޭއާރްއެޗް ގެ މީޑިއާ އޮފިސަރ، މުހައްމަދު މޫސާ ‘ތިލަދުން’ އަށް ވިދާޅުވީ މި ހިދުމަތަށް އެދުމަށް ނަންނޯޓު ކުރުމަށް ހުޅުވައިލުމުން އެދެވޭ ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. ކެންސަރަަށް ފަރުވާ ހޯދާ ފަރާތްތަކަށް ދޭ ކީމޯތެރަޕީގެ ހިދުމަތް އެސަރަހައްދުގެ ރައްޔިތުނ...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީ ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނި މީހަކު ހަ މަހަށް ޖަލަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނި މީހަކު ހަ މަހަށް ޖަލަށް

ހދ. ކުޅުދުއްފުށީގެ ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. އެރަށު ކަޑޫމާގޭ އިބްރާހިމް ހަސަންގެ މައްޗަށް އެ ހުކުމް އައީ މިދިޔަ ފެބްރުއަރީ މަހު ކުޅުދުއްފުށީގައި ފިހާރައެއް ހިންގާ މީހަކާ ހިނގި ޒުވާބެއްގައި, އޭނާގެ ފިހާރައަށް ނިސްބަތްކޮށް “ދެން ގޮއްވާލާނީ ދުއްވާލާނީ ހުރިހާ ތަނެކޭ” މިހެން ބުނެ އިންޒާރު ދީފައިވާތީ އެވެ. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ […]

ހުސައިން ހަބީބް
ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒިގްޒެގަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒިގްޒެގަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗު، ޒިގްޒެގުން ކާމިޔާބު ކޮށްފައި ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. މި މެޗު ފަށައިގެން ޒިގްޒެގްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މެޗުގެ […]

އިބްރާހިމް ޚަލީލް