📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މެރިން މެކޭނިކް ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި
ކުޅުދުއްފުށި ސިޓީގައި ބޭއްވި ނޭޝަނަލް ސެޓްފިކެޓް ތްރީ އިން މެރިން މެކޭނިކް ކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުގެ 5 އަހަރުގެ ތަރައްޤީގެ ޕްލޭނެއްގައި ހިމެނޭ މީހުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވުނު މި ކޯސް، 11 ދަރިވަރަކު ވަނީ ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ. އެގޮތުން މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފްއެވެ. އަދި މި ރަސްމިއްޔާތުގައި އިންސްޓިޓިއުޓ...