މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފެނަކަ އާއި ދެކޮޅަށް ދަޢުވާ ކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފެނަކަ އާއި ދެކޮޅަށް ދަޢުވާ ކުރަނީ

ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ފެނަކައިން އިންކާރުކޮށްފައިވާތީ، އެ ކުންފުންޏާ ދެކޮޅަށް ޝަރީޢަތަށް މައްސަލަ ހުށަހެޅުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ޖަލްސާގައެވެ. މި ނިންމުމާއި ގުޅިގެން ކުޅުދުއްފުުށީ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގ...

އައިޝަތު އައިނީ އާމިރު
ސިޓީ ކައުންސިލުން ކުޅުދުއްފުށީގެ ސަރުކާރު ސްކޫލްތަކަށް ދޭ "ސްކޫލް ގްރާންޓް" އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހދ. ކުޅުދުއްފުށި

ސިޓީ ކައުންސިލުން ކުޅުދުއްފުށީގެ ސަރުކާރު ސްކޫލްތަކަށް ދޭ "ސްކޫލް ގްރާންޓް" އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ކުޅުދުއްފުށީގެ ސަރުކާރު 3 ސްކޫލަށް 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ “ސްކޫލް ގްރާންޓް” ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރާއި ސްކޫލަތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންގެ އިތުރުން ސިޓީ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން މި ގްރާންޓްގެ ދަށުން މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ކޮންމެ ސްކޫލަކަށް 100،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހ...

އައިޝަތު އައިނީ އާމިރު
ނޮޅިވަރަންފަރާއި ކުޅުދުއްފުށީގައި ޝޫޓްކުރި "ކަނބުލޮ" އޯގަސްޓް މަހު އަޅުވަނީ 📍 ހދ. ކުޅުދުއްފުށި

ނޮޅިވަރަންފަރާއި ކުޅުދުއްފުށީގައި ޝޫޓްކުރި "ކަނބުލޮ" އޯގަސްޓް މަހު އަޅުވަނީ

ހދ. ނޮޅިވަރަންފަރާއި ހދ. ކުޅުދުއްފުށި ސިޓީގައި ޝޫޓްކުރި “ކަނބުލޮ” މި އަހަރުގެ އޯގަސްޓް މަހު އަޅުވާނެ ކަމަށް އިޢުލާނުކޮށްފިއެވެ. ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯއިން ހުށަހަޅާ މި ފިލްމަކީ، ކުޑަކުދިންނަށާއި އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭ ފަރާތްތަކުން އެމީހުންނަށް ދެމުންދާ އަނިޔާތަކަށް ކެތްކުރުމަށް މަޖުބޫރުކުރުވާ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ ފިލްމެކެވެ. މި ފިލްމުގައި މުޖުތަމަޢުގައި އަބުރުވެރިންގެ ގޮތުގައި އުޅޭ މީހުން، ގޭތެރޭގައި ފޮރުވިގެން ތިބެ ކުޑަކުދިންނަށް ކ...

އަލީ އާދިލް
ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ކުރިން ފުޅާދާއިރާއެއްގައި މަޝްވަރާކުރަން ޖެހޭ: އާޠިފް

ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ކުރިން ފުޅާދާއިރާއެއްގައި މަޝްވަރާކުރަން ޖެހޭ: އާޠިފް

ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ކުރިން ކައުންސިލްތަކާ އާންމު ރައްޔިތުންނާއެކު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރަންޖެހޭނެކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. މި މަހު 24 އިން 26 އަށް މާލެ ސިޓީގައި ބޭއްވި ކައުންސިލް އެސޯސިއެޝަންގެ އަހަރީ އާންމު ކޮންފަރެންސް ނިންމާލުމަށްފަހު މޭޔަރ އާޠިފް ވިދާޅުވީ މި ކޮންފަރެންސްގައި ޤާނޫނަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ރާއްޖޭގެ ރައްޔިތުން އިތުރަށް ލާމަރުކަޒީ ނިޒާމުގެ ތެރެއަށް ބާރުވެރިކުރުވުމަށް ކުރެވިދާނ...

އައިޝަތު އައިނީ އާމިރު
ކަރަންޓް ބިލް ބޮޑުވުމުގެ ސަބަބުން ކުޅުދުއްފުށީ ރައްޔިތުންގެ ކަންބޮޑުވުން 📍 ހދ. ކުޅުދުއްފުށި

ކަރަންޓް ބިލް ބޮޑުވުމުގެ ސަބަބުން ކުޅުދުއްފުށީ ރައްޔިތުންގެ ކަންބޮޑުވުން

ކުޅުދުއްފުށި ސިޓީގެ ބައެއް ސަރަހައްދުތަކުގެ ގޭގޭގައި މި މެއި މަހު ލިބުނު ކަރަންޓް ބިލު އަދަޔާ ހިލާފަށް ބޮޑުވުމުގެ ސަބަބުން ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި މެއި މަހުގެ ކަރަންޓް ބިލު އައި އިރު އޭގެ ކުރީ މަހުގެ ބިލްތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ބުނެ ރައްޔިތުން ވަނީ މީސްމީޑިއާގައި އެ ގެއެއްގެ ބިލް ހިއްސާކޮށް އަޅާކިއާފައެވެ. އަދި ބިލް ބޮޑުވުމުގެ ސަބަބުން މި ކަން މެދުވެރިވާންވީ ކީއްވެގެންތޯ ސުވާލުކޮށް ޝަކުވާ ހުށަހަޅާފައިވެއެވެ. އެގޮތުން […]

އައިޝަތު އައިނީ އާމިރު
ކައުންސިލެއް ހިމެނޭ ރަށަކުން ނަގާ ޓެކްސްގެ އިންސައްތައެއް ލިބިދިނުމަށް ވަކާލާތު ކުރާނަން: އާތިފް 📍 ހދ. ކުޅުދުއްފުށި

ކައުންސިލެއް ހިމެނޭ ރަށަކުން ނަގާ ޓެކްސްގެ އިންސައްތައެއް ލިބިދިނުމަށް ވަކާލާތު ކުރާނަން: އާތިފް

އެ ކައުންސިލެއް ހިމެނޭ ރަށަކުން ނަގާ ޓެކްސްގެ އިންސައްތައެއް ލިބިދިނުމަށް ވަކާލާތު ކުރަށްވާނެކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. ރަށްރަށުގައި ކުނި މެނޭޖް ކުރުމުގައި ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން އަމިއްލަ ޓީވީ ޗެނަލްއަކަށް ދެއްވި ބަސްދީގަތުމެއްގައި މޭޔަރ އާޠިފް ވިދާޅުވެފައިވަނީ ގެސްޓް ހައުސްތައް ފަދަ ޓޫރިސްޓު މަސައްކަތްތައް ގިނަ ރަށްރަށުގައި ގިނައިން ކުނި އުފެދޭއިރުގައި، ކުނި މެނޭޖްކުރުމަށް ކައުންސިލްތަކަށް ވަރަށް ބޮޑަށް ބުރަވާކަމަށެވެ. އެހެންނަމަވެސް ގްރީން...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ނެޝަނަލް ކެރިއަރ ސަރވިސް ރީޖަނަލް ސެންޓަރެއް ހުޅުވަައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ނެޝަނަލް ކެރިއަރ ސަރވިސް ރީޖަނަލް ސެންޓަރެއް ހުޅުވަައިފި

ކުޅުދުއްފުށި ސިޓީގައި އަލަށް ޤާއިމްކުރެވުނު ނޭޝަނަލް ކެރިއަރ ސަރވިސް ރީޖަނަލް ސެންޓަރ ރަސްމީކޮށް ހުޅުވައިފިއެވެ. އެގޮތުން މި ސެންޓަރ ހުޅުވުމަށްޓަކައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު، ޑރ ޢަލީ ޙައިދަރު އަޙްމަދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީއަށް ވަނީ ވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ އަބްދުالله ނަޒީރު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.  ކުޅުދުއްފުށީ ސިޓީގައި ނޭޝަނަލް ކެ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ސައިކަލެއް ކޮންޓްރޯލް ނުވެ ޕާކުކޮށްފައި ހުރި ސައިކަލެއްގައި ޖެހި ގެއްލުންވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ސައިކަލެއް ކޮންޓްރޯލް ނުވެ ޕާކުކޮށްފައި ހުރި ސައިކަލެއްގައި ޖެހި ގެއްލުންވެއްޖެ

ކުޅުދުއްފުށި ސިޓީގައި މިއަދު ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ވެއްޓި ކަހާލައިގެންގޮސް މަގުގެ އެއްކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ޖެހި ގެއްލުންވެއްޖެއެވެ. މިއަދު މެންދުރުގެ ވަގުތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ކުޅުދުއްފުށީގެ އުދަރެސް މަގުން ހުޅަނގަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެންނެވެ. އަދި މި މައްސަލަވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައެވެ. އެގޮތުން ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދީ ވިދާޅުވެފައިވަނީ އެކްސިޑެންޓްވި ސައިކަލު ދުއްވާފައިވަ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ފޮޓޯގްރަފީ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ފޮޓޯގްރަފީ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އިންފިނިކާ އެކަޑެމީ ގުޅިގެން ކުރިއަށް ގެންދިޔަ ބޭސިކް ޕޮޓޯގްރަފީ ވޯކްޝޮޕް ނިންމާލައި، ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މުޅި ޖުމްލަ 26 ބައިވެރިންނާއެކު މި މަހު 21 އިން 24 އަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ އާދަމް ނާއިފް އެވެ. އަދި ނިންމުމުގެ ރަސްމިޔަތުގައި ނާއިފް ވަނީ ވޯކްޝޮޕްގެ ބައިވެރިން ދެއްކި ހުނަރާއި އުފެއްދުންތެރިކަން ފާހަގަކޮށް، ބައިވެރިން ވޯކްޝޮޕްގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތައް ދައްކާފައެވެ. އެގޮތުން މި ވޯކ...

އައިޝަތު އައިނީ އާމިރު
ތިލަދުންމަތީ ފެތުމުގެ މުބާރާތް ކުޅުދުއްފުށީގައި ފަށައިފި 📍 ހދ. ކުޅުދުއްފުށި

ތިލަދުންމަތީ ފެތުމުގެ މުބާރާތް ކުޅުދުއްފުށީގައި ފަށައިފި

ތިލަދުންމަތީ އިންޓަރ ސްކޫލް ފެތުުމުގެ މުބާރާތް 2025 މިއަދު ކުޅުދުއްފުށީ ސިޓީގައި ފަށައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެންނެވެ. ސްކޫލް ދަރިވަރުންގެ ފެތުމުުގެ ހުނަރުވެރިކަމާއި ޤާބިލުކަން އިތުރުކޮށް ފެތުމުގެ ދާއިރާއިން ހުނަރުވެރި ޒުވާނުން ބިނާކުރުމުގެ މަޤުސަދުގައި ފެށި މި މުބާރާތުގައި މި އަހަރު 16 ސްކޫލަކުން 309 ދަރިވަރުން ބައިވެރިވެފައިވެއެވެ. ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް މި މުބާރާތް ކުރިއަށް ދާނީ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ސްވިމިންގް ޕްލެޓްފޯމު މަތީގައި މަސްބާނަން ތިބުން މަނާކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސްވިމިންގް ޕްލެޓްފޯމު މަތީގައި މަސްބާނަން ތިބުން މަނާކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީ ރަށްމަތި ފަންނުގެ އުތުރުކޮޅު މަސްމާރުކޭޓް ދެކުނުގައި އޮންނަ ސްވިމިންގް ޕްލެޓްފޯމު މަތީގައި މަސްބާނަން ތިބުމަކީ މަނާ ކަމެއްކަން އަންގައި، ސިޓީ ކައުންސިލްގެ އިދާރާއިން އިޢުލާން ކޮށްފިއެވެ. ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައިވަނީ، ސްވިމިންގް ޕްލެޓްފޯމު މަތީގައި މަސްބޭނުން އާންމުވެ، އާންމުންގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، މިފަހަކަށް އައިސް އެ ސަރަހައްދުގައި މަސްބާނަން ތިބުމާއި ޕްލެޓްފޯމު މަތީގައި މަސްކެނޑުން ފަދަ ކަންކަން ކުރަމުންދާކަ...

އަލީ އާދިލް
ރާއްޖޭގައި ފުރަތަމަ ޑިޒާސްޓަރ ޕްލޭނެއް އިފްތިތާހްކުރުމުގެ ޝަރަފާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތާރީޚްގެ ތެރެއަށް 📍 ހދ. ކުޅުދުއްފުށި

ރާއްޖޭގައި ފުރަތަމަ ޑިޒާސްޓަރ ޕްލޭނެއް އިފްތިތާހްކުރުމުގެ ޝަރަފާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތާރީޚްގެ ތެރެއަށް

ކުޅުދުއްފުށި ސިޓީގައި، ރާއްޖޭގެ ފުރަތަމަ “ޑިޒާސްޓަރ މެނޭޖްމަންޓް ހެޒާރޑް މިޓިގޭޝަން އެންޑް ކްލައިމެޓް ޗޭންޖް ޕްލޭން” ރަސްމީކޮށް އިފްތިތާޙްކޮށް، ތާރީޚްގެ ތެރެއިން ޖާގަ ހޯދައިފިއެވެ. އެގޮތުން މި ޕްލޭން އިފްތިތާޙްކޮށްފައިވަނީ މި މަހު 19 އިން 20 އަށް ބޭއްވި އުތުރު ސަރަޙައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާގައެވެ. މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި މި ޕްލޭން ރަސްމީކޮށް އިފްތިތާޙުކުރެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ފާހަގަކޮށްފައިވާ ގ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ޕޯޓް ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޕޯޓް ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށި ސިޓީ ޕޯޓް އެކްސްޓެންޝަން ޕްރޮޖެކްޓް ފެށުމަށްޓަކައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިގްތިސާދީ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު އެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، (ސީއީއޯ) މުޙައްމަދު ރިޝްވާން އެވެ. އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިންނާއި އެމްޕީއެލްއިން ނެރުނު...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި އުތުރު ސަރަޙައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާ ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އުތުރު ސަރަޙައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާ ފަށައިފި

ކުޅުދުއްފުށި ސިޓީގައި އުތުރު ސަރަހައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާ މިއަދު ފަށައިފިއެވެ. އެގޮތުން މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، ޙިސާން ޙަސަން އާއި، ދިވެހި ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ އާއި، ސިޓީތަކާއި ލޯކަލް ގަވަރނަންސް އަދި ޕަބްލިކް ވަރކްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އާރިފް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ކުޅުދުއްފުށި ސިޓީ ކައުންސިލ...

އައިޝަތު އައިނީ އާމިރު
އެމްއައި ކޮލެޖުން ކުޅުދުއްފުށި ސިޓީ ކައުންސިލަށް 200 ގަސް ހަދިޔާކޮށްފި 📍 ހދ. ކުޅުދުއްފުށި

އެމްއައި ކޮލެޖުން ކުޅުދުއްފުށި ސިޓީ ކައުންސިލަށް 200 ގަސް ހަދިޔާކޮށްފި

އެމްއައި ކޮލެޖުން ކުޅުދުއްފުށި ސިޓީ ކައުންސިލަށް 200 ސްޕެނިޝް ޗެރީ ގަސް ހަދިޔާކޮށްދެއްވައިފިއެވެ. އެގޮތުން އެމްއައި ކޮލެޖުން މި ގަސްތައް ހަދިޔާކޮށްދެއްވާފައިވަނީ ” ފިނިފެހި ސިޓީ” ގެ އިނިޝިއޭޓިވްގެ ދަށުން ފިނިފެހި މާދަމާއަށްޓަކައި ގަސްމުޑުވަށް ކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ހުޅުވި ނާސަރީއަށެވެ. މި ގަސްތައް ހަދިޔާކޮށްދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތައް ސިޓީ ކައުންސިލުގެ ފަރާތުން ގަސްތަކާ ހަވާލުވެފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ކައުންސިލް މެންބަރ، ޢާތިފާ އަލީ އެވެ. ސިތީ...

އައިޝަތު އައިނީ އާމިރު