📍 ހދ. ކުޅުދުއްފުށި
ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހްތަކާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ކަންބޮޑުވުން
ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާމެދު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި އިސްލާހްގެ ބިލާއި ގުޅިގެން ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ މި ބިލަކީ އިދާރީ ގޮތުންނާއި މާލީގޮތުން ބާރުވެރިކުރުމަށް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ މުހިންމު ބާރު ކަނޑުވާލާ، ކައުންސިލްތަކަށް ލިބިދީފައިވާ މާލީ މިނިވަންކަމާއި ވަސީލަތްތަކުގެ މިލްކުވެ...