📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށީގައި އިސްރަށްވެހިންގެ ހަވީރެއް ބާއްވައިފި
ކުޅުދުއްފުށި ސިޓީގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިސްރަށްވެހިންގެ ހަވީރު އިއްޔެ ބާއްވައިފިއެވެ. 65 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ މި ހަވީރަކީ، ދިވެހި ރެޑް ކްރެސެންޓުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ހަވީރެކެވެ. އެގޮތުން މިއަހަރުގެ އިސްރަށްވެހިންގެ ހަވީރު ބާއްވާފައިވަނީ އަލިފުޅުތުއްތު ފައުންޑޭޝަންގެ މާލީ އެހީތެރިކަމާއެކުއެވެ. މި ހަވީރުގައި ސިއްހީ ގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކާއި، ކުޅިވަރުތަކާއި، ގުޅުން ބަދަހިކުރުމުގެ ހަރަކާތްތަކުގެ އިތުރުން އެ ފަރާތްތަ...