މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ޅައިމަގު (64 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
64 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ޅައިމަގުގެ އެންމެ ފަހުގެ ޚަބަރުތައް

64 ޚަބަރުގެ ތެރެއިން
ށ އަތޮޅުގެ 2 ރަށެއްގައި، އާއްމު ރައްޔިތުންނަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް 📍 ށ. ޅައިމަގު

ށ އަތޮޅުގެ 2 ރަށެއްގައި، އާއްމު ރައްޔިތުންނަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް

ކުށްމަދު ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ށ އަތޮޅުގެ 2 ރަށެއްގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސިއެވެ. ފުނަދޫ ޕޮލިސް ސްޓޭޝަން އިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ދަށުން މި މަހުގެ 5 ވަނަ ދުވަހު ވަނީ މާއުނގޫދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ރަށުގެ އާއްމު ރައްޔިތުންނަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސައެވެ. އެގޮތުން އެރަށު ސްކޫލްގެ ގްރޭޑް 4، 5 އަދި […]

އައިޝަތު ނަސާޔާ
ލާމަރުކަޒީ ނިޒާމުގެ ތެރޭން ރާއްޖެ ތަރައްގީކުރަން، ކައުންސިލްތަކުގެ އެއްބާރުލުން ބޭނުން: ރައީސް 📍 ށ. ޅައިމަގު

ލާމަރުކަޒީ ނިޒާމުގެ ތެރޭން ރާއްޖެ ތަރައްގީކުރަން، ކައުންސިލްތަކުގެ އެއްބާރުލުން ބޭނުން: ރައީސް

ލާމަރުކަޒީގޮތުން ރާއްޖެ ތަރައްޤީކުރުމަށް ކައުންސިލުތަކުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ ށ .ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހަވީރު ޅައިމަގު ކައުންސިލު އިދާރާގައެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ބައްދަލުކުރެއްވުމުގައި ވާހަކަ...

ޝިއުނާ އާދަމް
ޅައިމަގު ސްކޫލުގައި 8 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. ޅައިމަގު

ޅައިމަގު ސްކޫލުގައި 8 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ޅައިމަގު ސްކޫލުގައި 8 ކުލާސް ރޫމާއި މަލްޓިޕާރޕަސް ހޯލު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ފިނޭންސް މިނިސްޓްރީން 05 ސެޕްޓެމްބަރ 2021 ގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ ޅައިމަގު ސްކޫލުގެ 8 ކްލާސްރޫމް އާއި މަލްޓިޕާޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/500 […]

އިބްރާހިމް ޚަލީލް
ޅައިމަގު ބަނދަރުގެ ހާބަ ބޭސިންގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ށ. ޅައިމަގު

ޅައިމަގު ބަނދަރުގެ ހާބަ ބޭސިންގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަރު ބޭސިން ފުންކުރުމުގެ 88 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް މޯލްޑިވްސްޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން 31,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 276 މީޓަރުގެސަރަޙައްދެއްގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,380 އަކަ މީޓަރުގެ ސަރަހައ...

އަޙްމަދު ވަހީދު
ރައްޔިތުން ނުރުހުމުން އިޒްރޭލަށް ތާއީދު ކުރި އިންޑިއާ ޓީޗަރު ޅައިމަގުން ބާލައިފި 📍 ށ. ޅައިމަގު

ރައްޔިތުން ނުރުހުމުން އިޒްރޭލަށް ތާއީދު ކުރި އިންޑިއާ ޓީޗަރު ޅައިމަގުން ބާލައިފި

ށ. ޅައިމަގު ސްކޫލްގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރަކު މީސް މީޑިއާގައި ހައްދުފަހަނައަޅާފައިވާ އިޒްރޭލަށް ތާއީދުކޮށް ލިޔުމުން އެކަމާއި ޅައިމަގު ރައްޔިތުން ނުރުހުން ފާޅުކުރުމުން އޭނާ އެރަށުން ބާލައިފިއެވެ. ޅައިމަގު ކައުންސިލްގެ ރައީސް އާދަމް އަޒްމީރު “ތިލަދުން”އަށް ވިދާޅުވީ، އެ ޓީޗަރު އިޒްރޭލަށް ތާއީދުކޮށް ފޭސްބުކްގައި ކުރި ޕޯސްޓާ ގުޅިގެން އޭނާ ހުރީ އިއްޔެ ސަސްޕެންޑު ކޮށްފަކަމަށެވެ. “ސްކޫލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އޭނާ އިއްޔެ ސަސްޕެންޑް ވެސް ކޮށްފި، އެ ޑިޔުކޭޝަނުން ދިޔައީ އެ މައްސަލަ ބ...

ޔުމްނާ ޢަލީ
ޅައިމަގުގެ އެކްޓިވް ކޭސްތަކުގެ އަދަދު 34ގައި! 📍 ށ. ޅައިމަގު

ޅައިމަގުގެ އެކްޓިވް ކޭސްތަކުގެ އަދަދު 34ގައި!

ށ. ޅައިމަގުގައި މިވަގުތު ތިބި އެކްޓިވްކޭސްތަކުގެ ޢަދަދު 34 އަށް އަރައިފިއެވެ. ޅައިމަގުގައި ހޯމްކަރަންޓީނުގައި ތިބި ދެ ގެއެއްގެ މީހުން ކޯވިޑަށް ޓެސްޓް ކުރުމުން އޭގެ ތެރެއިން 5 މީހެއް ކޯވިޑަށް ޕޮޒިޓިވްވީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން ޕޮޒިޓިވްވި އެކަކު ކަރަންޓީނުގައި ހުރީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، 14 ދުވަސް ފަހުން ހަމަޖެހިފައިވާ އުސޫލުގެތެރެއިން އެރަށަށް ގޮސްހުރި އޭނާގެ ފިރިމީހާއާއިއެކު އެއްގެއެއްގައެވެ. އޭނާގެ އަންހެނުން ޓެސްޓް ކުރިއިރު ޕޮޒިޓިވްވުމުން، އޭނާގެ ފިރިމީހާ ވެސް […]

ޙުސައިން ޝަހުދީ
ށ. އަތޮޅުގެ 4 ރަށެއް މޮނީޓަރިންގައި 📍 ށ. ފުނަދޫ

ށ. އަތޮޅުގެ 4 ރަށެއް މޮނީޓަރިންގައި

އަތޮޅުތަކުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު ށ. އަތޮޅުގެ ހަތަރު ރަށެއް މިވަގުތު މޮނިޓަރިން ހާލަތުގަ އެބައޮތެވެ. އެ އަތޮޅުން އެންމެފަހުން މޮނިޓަރިންނަށްލީ ކަނޑިތީމެވެ. އެރަށުން ވަނީ މިމަހު 10 ވަނަ ދުވަހު ނެގި 5 ސާމްޕަލެއްގެތެރެއިން 4 ސާމްޕަލެއް ޕޮޒިޓިވްވެފަ އެވެ. އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާކަމަށް ރޭ އެރަށު ކައުންސިލުން ވަނީ ވިދާޅުވެފަ އެވެ. އަދި ޒަރޫރީ ބޭނުމެއްގަ ނޫނީ ބޭރަށް ނުކުތުމަށް ވެސް އެރަށު ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންގެ ކިބައިން އެދިފަ […]

ޖަލްވާން ޖާދުﷲ
ދެ ޑޯޒް ހަމަކޮށް ޅައިމަގަށްދިޔަ މީހަކު ޕޮޒިޓިވްވެ، ރަށް މޮނިޓަރިންނަށް! 📍 ށ. ޅައިމަގު

ދެ ޑޯޒް ހަމަކޮށް ޅައިމަގަށްދިޔަ މީހަކު ޕޮޒިޓިވްވެ، ރަށް މޮނިޓަރިންނަށް!

ށ. ޅައިމަގު މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޅައިމަގު މޮނިޓަރިން ހާލަތަށް ގެނައީ މިއަދު މެންދުރުފަހު ދެގަޑި ބައިހާ އިރުއެވެ. ޅައިމަގު ސިއްހީމަރުކަޒުގެ މެނޭޖަރު އާދަމް އަޒުމް “ތިލަދުން”އަށް ވިދާޅުވީ، އެރަށުމީހުން ހޯމް ކަރަންޓީނުގައި ތިބި ދެ ގެއަކުން އިއްޔެ ޓެސްޓް ކުރުމަށް ސާމްޕަލް ނެގި ކަމަށެވެ. އޭގެތެރެއިން 5 މީހެއްގެ ސާމްޕަލް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ ކަމަށް އޭނާ ވިދާޅުވިއެވެ. “އެއްގެއެއްގައި ކަރަންޓީނުގައި ހުރީ އެކަކު، އޭނާގެ ފިރިމީހާއަކީ ވެކްސިންގ...

ޔުމްނާ ޢަލީ
އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ސޮއިކޮށްފި 📍 ހއ. ބާރަށް

އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ސޮއިކޮށްފި

އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި ގުޅޭގޮތުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އިންޑިއާގެ އެގްޒިމް ބޭންކް ގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުތަކަކީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއު ތަކަކެވެ. މިއަދު ގިޔާސުއްދީން ސްކޫލްގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 4 ކުންފުންޏަކާއެކު ވަނީ ސޮއިކޮށްފައެވެ. އިންޑިއަން ހައި...

އަލީ އާދިލް
ޅައިމަގު ބަނދަރު ފުން ކުރުމުގެ 78 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ށ. ޅައިމަގު

ޅައިމަގު ބަނދަރު ފުން ކުރުމުގެ 78 އިންސައްތަ މަސައްކަތް ނިމިއްޖެ

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމުގެ 78 އިންސައްތަ މަސައްކަތް ނިންމާަލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން  ބޭރުތޮށިލުމަށްޓަކައި ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓްމިދިޔަ ހަފުތާގައި ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާނެއެވެ. އަދި 276 މީޓަރުގެސަރަހައްދެއްގެ އ...

އަޙްމަދު ވަހީދު
ޅައިމަގު ބަނދަރު ފުންކުރުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ށ. ޅައިމަގު

ޅައިމަގު ބަނދަރު ފުންކުރުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރަށް އިތުރު ކުރާ ބައި ފުން ކުރުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތު ދޭގޮތުގައި މި މަޝްރޫއުގެ މަސައްކަތް ތާވަލާ އެއްގޮތަށް ދަނީ ކުރިއަށެވެ. މި މަޝްރޫއުގެ ދަށުން 31،000 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުން ކުރާނެއެވެ. އަދި 350 މީޓަރުގެ ބޭރު ތޮށިލުމާއި 500 މީޓަރު ސަރަހައްދުގެ ރިވެޓް […]

އަޙްމަދު ވަހީދު
ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ 📍 ށ. ޅައިމަގު

ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ށ.ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންތައްޔާރު ވެއްޖެއެވެ. ޖުމްލަ 56.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު 07 ޑިސެމްބަރ 2020 ވީ ހޯމަދުވަހު އެމްޓީސީސީއިން އެ ރަށަށް ވަނީ ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން ކޮށްނިންމުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، 31،000 ކިއުބިކް މީޓަރުގެ ސަރަޙައްދ...

އިބްރާހިމް ޚަލީލް
ޖަނަވާރު ގެންގުޅުމަށް ޅައިމަގުން ބިން ދޫކުރަނީ 📍 ށ. ޅައިމަގު

ޖަނަވާރު ގެންގުޅުމަށް ޅައިމަގުން ބިން ދޫކުރަނީ

ދިރޭ ޖަނަވާރުފަދަ ތަކެތި ގެންގުޅުމަށް ށ.ޅައިމަގުން 3 ބިން ކުއްޔަށް ދޫކުރުމަށް މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާއިން ހުޅުވާލައިފި އެވެ. ޅައިމަގު ކައުންސިލްގެ އިދާރާއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއިން ކޮންމެ ބިމެއްގައިވެސް 2000 އަކަފޫޓު ހުންނާނެކަމަށެވެ. މިބިންތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ސަރުދާރުމަގުގެ ހުނޅަގުން ނެވެ. ބިން ދޫކުރުމަށް ހަމަޖެހިފައި ވަނީ ބިން ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތައް އެ އިދާރާއިން ދިރާސާކޮށް، ޕ...

މުޙައްމަދު އިނާން
ޅައިމަގު ރައްޔިތުންގެ ރުއްގަސް ކުއްޔަށް ދޫކުރަނީ 📍 ށ. ޅައިމަގު

ޅައިމަގު ރައްޔިތުންގެ ރުއްގަސް ކުއްޔަށް ދޫކުރަނީ

މިލަދުންމަޑުލު އުތުރު ބުރީ ޅައިމަގުގެ ރައްޔިތުންގެ ރުއްގަސްތައް އެއްއަހަރުގެ މުއްދަތަށް ކުއްޔަށް ހިފާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ. މިކަމާއި ގުޅިގެން ޅައިމަގު ކައުންސިލުގެ އިދާރާއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޅައިމަގު ރައްޔިތުންގެ ރުއްގަސް 18 ސެޕްޓެމްބަރ 2020 އިން ފެށިގެން މީލާދީ ގޮތުން އެއްއަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވާ ކަމަށެވެ. މި ރުއްގަސްތައް ކުއްޔަށް ހިފުމަށް ހުށައެޅޭނެ އެންމެ ކުޑަ އަގަކީ  އަހަރަކު 2500.00 (ދެހާސް ފައްސަތޭކަ ރުފިޔާ ) ކަމަށް އެ ކައ...

އިބްރާހިމް ޚަލީލް
މަސްތުވާތަކެއްޗާއެކު ޅައިމަގުން ތިން މީހަކު ހައްޔަރުކޮށްފި 📍 ށ. ފޭދޫ

މަސްތުވާތަކެއްޗާއެކު ޅައިމަގުން ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ށ. ޅައިމަގުން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ. ޅައިމަގުގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ބޭނުންކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 33 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނ...

އިބްރާހިމް އަސްވާޤް