މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ޅައިމަގު (64 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
64 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ޅައިމަގުގެ އެންމެ ފަހުގެ ޚަބަރުތައް

64 ޚަބަރުގެ ތެރެއިން
ޅައިމަގު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފި 📍 ށ. ޅައިމަގު

ޅައިމަގު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފި

ށ. ޅައިމަގު ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏެއް ކަމަށްވާ “އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް” އާއި ހަވާލުކޮށްފިއެވެ. މިއަދު މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތް ގެ ނައިބު ރައީސް، އަލްއުސްދާޒް އިސްމާޢިލް ޒާހިރު އެވެ. އަދި މި މަސައްކަތް ހަވާލުކުރެވުނު ކުންފުނި ކަމައްވާ “އީކޮން މޯލްޑިްވްސް ޕްރައިވެޓް ލިމިޓެޑް” ގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަންވަރު އެ...

އައިޝަތު އައިނީ އާމިރު
ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި 📍 ށ. ޅައިމަގު

ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، ބޭނުންވާ ބޮޑު ހިލައިގެ އެންމެ ފަހުގެ ޝިޕްމަންޓް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. އަދި ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތް މިހާރު 78 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށް ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 24,343 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން [...

އަޙްމަދު ވަހީދު
ޅައިމަގު ޕޮލިސް ޕޯސްޓް ހުޅުވައި ޚިދުމަތް ދޭންފަށައިފި 📍 ށ. ޅައިމަގު

ޅައިމަގު ޕޮލިސް ޕޯސްޓް ހުޅުވައި ޚިދުމަތް ދޭންފަށައިފި

ށ. ޅައިމަގުގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ. ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޅައިމަގުގައި ގާއިމުކުރި މި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޅައިމަގު ކައުންސިލް ރައީސް އާދަމް އަޒްމީރު އެވެ. އެތަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ދިވެހިރާއްޖޭގެ ދިދަ ނަންގަވައި ދެއްވީ ކައުންސިލް ރައީސް އާދަމް އަޒްމީ...

ޔުމްނާ ޢަލީ
ޅައިމަގު ބަނދަރުގެ ބޮޑުބައެއް ނިންމާލައިފި 📍 ށ. ޅައިމަގު

ޅައިމަގު ބަނދަރުގެ ބޮޑުބައެއް ނިންމާލައިފި

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އަދި، ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 10 އިންސައްތަ ވަނީ ފުރިހަމަކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 24,343 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 14,412 މިހާރު ހުރި ހާބަ ބޭސިން ފުންކުރުމާއި، […]

އަޙްމަދު ވަހީދު
ޅައިމަގުގައި ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް 📍 ށ. ޅައިމަގު

ޅައިމަގުގައި ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް

ށ. ޅައިމަގުގައި ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އެރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އަދި އެގްރޯނެޓް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިކަމާއި ގުޅޭ މައުލޫމާތު ‘ތިލަދުން’ އަށް ހިއްސާ ކުރައްވަމުން ޅައިމަގު އެސިސްޓެންޑް ކައުންސިލް އެގްޒެކެޓިވް އަހްމަދު ޝިނާން ވިދާޅުވީ މި ޕްރޮގްރާމު ކުރިއަށްދާނީ މިޖުލައި މަހުގެ 22 ން ފެށިގެން 27 ގެ ނިޔަލަށް ކަމަށެވެ. އަދި މިއީ އެއްވެސް ފީ އެއް ނެގުމަކާއި ނުލާ ކުރިއަށް...

މުޙައްމަދު އަފްރާޙް
ޅައިމަގު ބަނދަރުގެ ބޮޑުބައެއް ނިންމާލައިފި 📍 ށ. ޅައިމަގު

ޅައިމަގު ބަނދަރުގެ ބޮޑުބައެއް ނިންމާލައިފި

ށ. ޅައިމަގު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ޅައިމަގު ބަނދަރު މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. ޕްލޭނިން މިނިސްޓްރީން ޅައިމަގު ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޑިސެމްބަރު 2019 ގައެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 480 ދުވަހުގެ ތެރ...

އަޙްމަދު ވަހީދު
ޅައިމަގު ޑަބްލިއުޑީސީ ގެ "އެހީވަމާ" ސިލްސިލާ މިއަހަރު ވެސް ކުރިއަށް ގެންގޮސްފި 📍 ށ. ޅައިމަގު

ޅައިމަގު ޑަބްލިއުޑީސީ ގެ "އެހީވަމާ" ސިލްސިލާ މިއަހަރު ވެސް ކުރިއަށް ގެންގޮސްފި

ށ. ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކުރިއަށް ގެންދާ “އެހީވަމާ” ސިލްސިލާ މިއަހަރު ވެސް ކުރިއަށް ގެންގޮސްފިއެވެ. މިކަމާއި ގުޅިގެން ޑަބްލިއުޑީސީގެ ރައީސާ އައިމިނަތު އަފްރާހާ ‘’ތިލަދުން’’ އަށް ވިދާޅުވީ މިއީ 2022 ވަނަ އަހަރުން ފެށިގެން ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މިއަހަރުގެ ޕްރޮގްރާމު ހިންގައިގެން ލިބުނު ތަކެތި ށ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އާއި ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހަދިޔާ ކޮށްފައިވަނީ ހަފު...

މުޙައްމަދު އަފްރާޙް
ޕެޓިޝަން ސައްހައެއްނޫން، ހަގީގަތާއި ހިލާފް ވާހަކަ ނުފެތުރުމަށް އެދެން: ޅައިމަގު ކައުންސިލް 📍 ށ. ޅައިމަގު

ޕެޓިޝަން ސައްހައެއްނޫން، ހަގީގަތާއި ހިލާފް ވާހަކަ ނުފެތުރުމަށް އެދެން: ޅައިމަގު ކައުންސިލް

ށ. ޅައިމަގު ކައުންސިލަށް ހުށަހަޅާފައިވަނީ ޕެޓިޝަނެއް ކަމަށް ބަލައި ނުގަންނަ ކަމަށާއި، އެރަށު ކައުންސިލާއި ރައްޔިތުން ބަދުނާމުވާ ގޮތައް ވާހަކަ ނުފެތުރުމަށް އެދޭ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ކައުންސިލުން މިހެން ވިދާޅުވީ، އެ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން ތިން މެންބަރުންގެ ސޮއިކުރައްވާ އާންމު ކުރެއްވި ނޫސް ބަޔާނެއް ގައެވެ. އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ކައުންސިލާއި ގުޅުންހުރި އެކި މަރުހަލާތަކުގައި ހުރި މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް މ...

މުޙައްމަދު އަފްރާޙް
ޅައިމަގު ފެރީ ސްޓޮޕްގެ މަސައްކަތް ނިންމާލައިފި 📍 ށ. ޅައިމަގު

ޅައިމަގު ފެރީ ސްޓޮޕްގެ މަސައްކަތް ނިންމާލައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ށ. ޅައިމަގުގައި ހަދާ ފެރީ ސްޓޮޕުގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހެދި ފެރީ ސްޓޮޕެކެވެ. މި ފެރީ ސްޓޮޕަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ ހަދައިފައެވެ. އާރުޓީއެލް […]

އަޙްމަދު ވަހީދު
ޅައިމަގުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާ ވެސް ހުޅުވާލައިފި 📍 ށ. ޅައިމަގު

ޅައިމަގުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާ ވެސް ހުޅުވާލައިފި

މިލަދުންމަޑުލު އުތުރުބުރީ ޅައިމަގުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާ ވެސް ހުޅުވާލައިފި އެވެ. އެރަށު ކައުންސިލުން ވިދާޅުވީ މިކަމަށް އަނެއްކާ ވެސް ހުޅުވައިލީ އެ މަސައްކަތް ކޮށްދެނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު 27 ގައި ކޮށްފައިވާ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ ކަމަށެވެ. އެހެންވެ، އެ އިއުލާނު ބާތިލްކޮށް އަލުން އެފުރުސަތތު ހުޅުވާލާފައިވާ ކަމަށް ކައުންސިލުން ވިދާޅުވި އެވެ. އެކައުންސިލުން ވިދާޅުވީ މި ބީލަން ހު...

މުޙައްމަދު އަފްރާޙް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތުގެ ސެމީގައި ފޭދޫއާއި ޅައިމަގު އަދި މިލަންދޫއާއި ކަނޑިތީމް 📍 ށ. ޅައިމަގު

މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތުގެ ސެމީގައި ފޭދޫއާއި ޅައިމަގު އަދި މިލަންދޫއާއި ކަނޑިތީމް

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް މިއަދު ކުޅެ ނިމިފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލުގައި ފޭދޫއާއި ޅައިމަގު އަދި މިލަންދޫއާއި ކަނޑިތީމް ވާދަކުރަން ޖެހިއްޖެއެވެ. މިއަދު ގްރޫޕް އޭގައި ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ކަނޑިތީމާއި ފޯކައިދޫއެވެ. މި މެޗު 9 ލަނޑު 5 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ކަނޑިތީމުންނެވެ. މި […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ގޮއިދޫ، ފޭދޫ، ނަރުދޫ އަދި ޅައިމަގު 📍 ށ. ގޮއިދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ގޮއިދޫ، ފޭދޫ، ނަރުދޫ އަދި ޅައިމަގު

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ގޮއިދޫ، ފޭދޫ، ނަރުދޫ އަދި ޅައިމަގުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި މިއަދު ކޮންމެ ގްރޫޕެއްގައި ދެ މެޗު ކުޅެފައިވާއިރު، ގްރޫޕް އޭގައި، ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ގޮއިދޫއާއި ބިލެތްފައްސެވެ. މި މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ޅައިމަގު، ފޯކައިދޫ، ކަނޑިތީމު އަދި މިލަންދޫ 📍 ށ. ކަނޑިތީމު

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ޅައިމަގު، ފޯކައިދޫ، ކަނޑިތީމު އަދި މިލަންދޫ

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ޅައިމަގު، ފޯކައިދޫ، ކަނޑިތީމް އަދި މިލަންދޫން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޯކައިދޫއާއި ގޮއިދޫއެވެ. މި މެޗު 6 ލަނޑު 4 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ފޯކައިދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި […]

އިބްރާހިމް ޚަލީލް
ޅައިމަގު ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ނިންމާލައިފި 📍 ށ. ޅައިމަގު

ޅައިމަގު ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ނިންމާލައިފި

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 62 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށް ދަނީ ބޭރުތޮށި ލުމުގެ މަސައްކަތާއި، ހާބަ ޕޭވްމެންޓް އެޅުމުގެ މަސައްކަތުގެ އިތުރުން، ބަނދަރު ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 31،000 […]

އަޙްމަދު ވަހީދު
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ނަރުދޫ، ގޮއިދޫ، ކަނޑިތީމް، ފުނަދޫ އަދި ޅައިމަގު ވެސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި 📍 ށ. ގޮއިދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ނަރުދޫ، ގޮއިދޫ، ކަނޑިތީމް، ފުނަދޫ އަދި ޅައިމަގު ވެސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ގެ ދެވަނަ ދުވަހުގެ މެޗުތައް ނަރުދޫ، މަރޮށި، ގޮއިދޫ، ކަނޑިތީމް، ފުނަދޫ އަދި ޅައިމަގުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތް ތިން ގްރޫޕަކަށް ބަހާލައިގެން ތިން ގްރޫޕްގެ މެޗުތައް ތިން ރަށުގައި ކުޅެމުން އަންނައިރު، ގްރޫޕް އޭ ގެ މެޗުތައް ކުޅެމުން އަންނަނީ ނަރުދޫގައެވެ. ގްރޫޕް އޭގައި އިއްޔެ ފޯކައިދޫއާއި ނަރުދޫ ބައްދަލުކުރި މެޗު […]

އިބްރާހިމް ޚަލީލް