މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ބިލެތްފަހި (80 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
80 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ބިލެތްފަހިގެ އެންމެ ފަހުގެ ޚަބަރުތައް

80 ޚަބަރުގެ ތެރެއިން
ބިލެތްފަހި ކައުންސިލްގެ "އިންޓަރ އޮފީސް ޗެލެންޖް ކަޕް 2022" ނިންމާލައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހި ކައުންސިލްގެ "އިންޓަރ އޮފީސް ޗެލެންޖް ކަޕް 2022" ނިންމާލައިފި

“އިންޓަރ އޮފީސް ޗެލެންޖް ކަޕް 2022 ” ގެ ނަމުގައި ށ. ބިލެތްފަހީ ކައުންސިލުން އިންތިޒާމްކޮށް އެރަށުގައި ކުރިއަށް ގެންދިޔަ ހޭންޑްބޯލް އަދި ފުޓްސެލް މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ މި މުބާރާތަކީ ރަށުގެ މުއައްސަސާތަކަށް އަމާޒުކޮށް މިމަހު 11 އިން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ މުބާރާތެއް ކަމަށެވެ. މި މުބާރާތުގައި ބިލެތްފަހީ ކައުންސިލް އިދާރާ، ބިލެތްފަހީ ސިއްޙީ […]

އައިޝަތު ނަސާޔާ
ބިލެތްފަހީ ހިތާނީ ކޭޕްތަކަށް އެރަށު ކައުންސިލުން ޒިޔާރަތް ކުރައްވައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހީ ހިތާނީ ކޭޕްތަކަށް އެރަށު ކައުންސިލުން ޒިޔާރަތް ކުރައްވައިފި

ށ. ބިލެތްފަހީ ހިތާނު ކޭމްޕްތަކަށް އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުން ޒިޔާރަތް ކުރައްވައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ މި ޒިޔާރަތް ކޮށްފައިވާނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އެގޮތުން އެދުވަހު ރަށުގެ ކުރިއަށް ގެންދާ 2 ހިތާނީ ކޭމްޕް އަކަށް ޒިޔާރަތް ކޮށް ހިތާނަ ކޮށްފައިވާ 11 ކުއްޖަކަށް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ ހަދިޔާ ދީފައެވެ. ބިލެތ...

އައިޝަތު ނަސާޔާ
ބިލެއްފަހި ސްކޫލްގެ 4 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ބީލަމަށް 📍 ށ. ބިލެތްފަހި

ބިލެއްފަހި ސްކޫލްގެ 4 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ބީލަމަށް

ށ. ބިލެއްފަހި ސްކޫލްގައި 4 ކުލާސްރޫމާއި މަލްޓިޕާރޕަސް ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު 23 ޑިސެމްބަރ 2021 އިން ފެށިގެން 10 ޖަނަވަރީ 2021 ގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ...

އިބްރާހިމް ޚަލީލް
މަކުނުދޫ އާއި ބިލެތްފަހި ހިމެނޭހެން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅާނެ ބަޔަކު ހޯދަނީ 📍 ހދ. މަކުނުދޫ

މަކުނުދޫ އާއި ބިލެތްފަހި ހިމެނޭހެން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅާނެ ބަޔަކު ހޯދަނީ

ހދ. މަކުނުދޫ އާއި ށ. ބިލެއްފަހި ހިމެނޭހެން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން ގެޒެޓު ކޮށްފައިވާ އިއުލާނެއްގައި ބުނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ކުރުމަށް ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އާންމުކޮށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެއާޕޯޓް އަޅާ ރަށްތަކާއި ހި...

އަޙްމަދު ވަހީދު
އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް ބިލެތްފަހީގައި ފަށައިފި 📍 ށ. ބިލެތްފަހި

އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް ބިލެތްފަހީގައި ފަށައިފި

ޕްލާސްޓިކުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ބިލެތްފަހި ކައުންސިލުން މަސައްކަތް ފަށައިފިއެވެ. މިގޮތުން މިހާރު ބިލެތްފަހީގައި ފަށާފައިވާ “ސާފު ބިލެތްފަހި” ކެމްޕެއިންގެ ދަށުން އެ ކައުންސިލުން ވަނީ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް މަދުކުރުމަށް “ޕްލާސްޓިކް ނޫންގޮތެއް” މި ޝިއާރުގެދަށުން ހަރަކާތެއް ފަށާފައެވެ. ބިލެތްފަހި ކައުންސިލުން ވިދާޅުވީ އެރަށުގެ މުއައްސަސާތަކުގަައި ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލުމަކީ އެ ކައުންސިލްގެ އަމާޒ...

ޙުސައިން ޝަހުދީ
ލޯކަލް ޓޫރިޒަމްގެ މަންޒިލެއްގޮތުގައި ބިލެތްފަހި ޕްރޮމޯޓް ކުރުމަށް ލޯގޯއެއް ފަރުމާ ކުރުމުގެ ފުރުސަތު 📍 ށ. ބިލެތްފަހި

ލޯކަލް ޓޫރިޒަމްގެ މަންޒިލެއްގޮތުގައި ބިލެތްފަހި ޕްރޮމޯޓް ކުރުމަށް ލޯގޯއެއް ފަރުމާ ކުރުމުގެ ފުރުސަތު

ލޯކަލް ޓޫރިޒަމްގެ މަންޒިލެއްގޮތުގައި ށ. ބިލެތްފަހި ޕްރޮމޯޓް ކުރުމަށް ލޯގޯއެއް ފަރުމާ ކުރުމުގެ ފުރުސަތު ބިލެތްފަހީ ކައުންސިލުން ހުޅުވާލައިފިއެވެ. މިގޮތުން ބިލެތްފަހި ކައުންސިލުން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކައުންސިލުން ކަނޑައަޅާ މިންގަޑުތަކާއި ހިމަނަން ބޭނުންވާ ސިފަތަކާއި އެކު މިއަދުން ފެށިގެން ރަސްމީ ބަންދުނޫން 07 ދުވަސް ތެރޭގައި ލޯގޯ ފަރުމާކޮށް އެ ކައުންސިލަށް ހުށައެޅުމަށް ފުރުސަތުހުޅުވާލާފައެވެ. ބިލެތްފަހި ކައުންސިލުން ހިޔާރުކުރާ އެންމެ ރީތި، ރަނގަޅު ލޯގޯއަކަށް އިނާމެއް ދޭގޮތަށް...

ޔުމްނާ ޢަލީ
ބިލެތްފަހީގައި ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާލައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހީގައި ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާލައިފި

ށ. ބިލެތްފަހި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިސްނަގައިގެން އެރަށުގެ ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައި ބައިވެރިންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެފިއެވެ. ޖުމްލަ 30 ބައިވެރިންނާއި އެކު މި ކޯސް ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ރައީސާ ޚަދީޖާ މޫސާ ވިދާޅުވެފައި ވަނީ މި ފަހާ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދާފައިވަނީ އާއްމުންނަށް އެ ފުރުސަތު ހުޅުވާލައިގެން ކަމަށާއި އެގޮތުގެ […]

އައިޝަތު ނަސާޔާ
ބިލެތްފަހި ސްކޫލްގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްދިން މިސްކިތް ހުޅުވައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހި ސްކޫލްގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްދިން މިސްކިތް ހުޅުވައިފި

ށ. ބިލެތްފަހީ ސްކޫލްގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްދިން މިސްކިތް މިއަދު ހުޅުވައިފިއެވެ. ބިލެތްފަހީ ސްކޫލުން ވިދާޅުވިގޮތުގައި މިއަދު އެ ސްކޫލްގައި ހުޅުވިގެން ދިޔަ މި މިސްކިތަކީ ރިޓަޔާރޑް މެޖިސްޓްރޭޓް މުޙައްމަދު ރަޝާދު ޙަސަން، ރީހުއްސަބާ/ށ. ބިލެތްފަހީ ގެ ހެޔޮ އެދުންތަކާއި އެކު، އެބޭފުޅާގެ އަމިއް ޚަރަދުގައި ބިނާކޮށް ނިންމާފައިވާ މިސްކިތެކެވެ. ބިލެތްފަހީ ސްކޫލުން ވަނީ މުޙައްމަދު ރަޝާދު ޙަސަންއަށް އެ ސްކޫލްގެ މެނޭޖްމެންޓާއި، ސްކޫލްގެ ހުރިހާ މުވައްޒަފުންނާއި، ދަރިވަރުން އަދި ބެލެނިވެރިން ހިމެނޭނ...

ޙުސައިން ޝަހުދީ
ދުނިޔޭގެ 1 ވަނައިގައި ހިމެނުނު ދިވެހި ދަރިވަރުންގެ ތެރޭގައި ބިލެތްފަހީ، އާދަމް އަނޫސް 📍 ށ. ބިލެތްފަހި

ދުނިޔޭގެ 1 ވަނައިގައި ހިމެނުނު ދިވެހި ދަރިވަރުންގެ ތެރޭގައި ބިލެތްފަހީ، އާދަމް އަނޫސް

މެއި/ޖޫން، 2019 ގައި ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ދުނިޔޭގެ އެއްވަނައިގައި ހިމެނުނު ދިވެހި ދަރިވަރުންގެ ތެރޭގައި ށ. ބިލެތްފަހީ، ފިނި، އާދަމް އަނޫސް ހިމެނިއްޖެއެވެ. ރޭ މާލޭ ސިޓީގެ ތާޖުއްދީން ސްކޫލްގައި ކުރިއަށް ދިޔަ “މަތީ އަރުތަވެރިންގެ އިނާމް 2019” ހަފްލާގައި ވަނީ އެކި މާއްދާތަކުން ދުނިޔޭން 1 ވަނަ ހޯދި ދިވެހި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އެޑެކްސްއެލްއިން ދެއްވާ މެޑެލްއާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާ މެޑެލްގެ އިތުރުން ހަނދާނީ ލިޔުން ދީފައެވެ. […]

ޙުސައިން ޝަހުދީ
ބިލެތްފަހި އަންހެނުންގެ ކޮމެޓީއިން ހިންގާ ފަހާ ކޯސް ފަށައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހި އަންހެނުންގެ ކޮމެޓީއިން ހިންގާ ފަހާ ކޯސް ފަށައިފި

ށ. ބިލެތްފަހި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން އެރަށުގައި ހިންގާ ފަހާ ކޯސް އިއްޔެ ފެށިއްޖެއެވެ. 25 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފަހާ ކޯހުގައި އެރަށުގެ 30 ކަނބަލަކު ވަނީ ބައިވެރިވެފައެވެ. ބިލެތްފަހި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ޚަދީޖާ މޫސާ “ތިލަދުން”އަށް މި ކޯހާބެހޭ މަޢުލޫމާތުދެއްވަމުން ވިދާޅުވީ، ފަހާ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދީ އާންމުކޮށް ހުޅުވާލައިގެން ކަމަށެވެ. މިގޮތުން އެ ކޮމެޓީއިން ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެކަމަށް ޝައުގުވެރިކ...

އަޒްފާ ރަޝީދު
ބިލެތްފަހި ބޭރު ތޮށިލާން ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި 📍 ށ. ބިލެތްފަހި

ބިލެތްފަހި ބޭރު ތޮށިލާން ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލާން ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އެރަށް ގެންގޮސްފިއެވެ. އެ ކުންފުނިން ބުނިގޮތުގައި ޕްރޮޖެކްޓް ސައިޓަށް މި ޝިޕްމެންޓް ގެންގޮސްފައިވަނީ އަންގާރަ ދުވަހުއެވެ. މި މަޝްރޫގެ ދަށުން 24،125 ކިއުބިކް މީޓަރރު ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 376 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މީގެއިތުރުން  98 މީޓަރުގެ ސަރަޙައްދެއްގައި އެއ...

އަޙްމަދު ވަހީދު
އެމްޓީސީސީން ބިލެތްފަހީގެ ކުނިގޮނޑަށް ދާ މަގު ސާފު ކުރަނީ 📍 ށ. ބިލެތްފަހި

އެމްޓީސީސީން ބިލެތްފަހީގެ ކުނިގޮނޑަށް ދާ މަގު ސާފު ކުރަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އިޖްތިމާއީ ޒިންމާގެ ދަށުން ށ. ބިލެއްފަހީގައި ހަރަކާތްތަކެއް ހިންގަން ފަށައިފިއެވެ. އެމްޓީސީސީން އަންނަނީ އެ ރަށުގެ ކުނިގޮނޑަށް ދާން އޮންނަ މަގު ސާފުކުރުމާއި، ލެވެލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ދިމަދިމާލަށް ވެލިއަޅައިދިނުމުގެ މަސައްކަތްވެސް މި އެ ކުންފުނިން ކުރާނެއެވެ. ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، ށ. ބިލެއްފަހި ކުނިގޮނޑަށް ދާންއޮންނަ މަގު ސާފުކުރުމާއި، ލެވެލް ކުރުމާއި، ވިއްސާ...

އަޙްމަދު ވަހީދު
ނުކުޅެދުންތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. ބިލެތްފަހީގައި ކުރިއަށް ގެންގޮސްފި 📍 ށ. ބިލެތްފަހި

ނުކުޅެދުންތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. ބިލެތްފަހީގައި ކުރިއަށް ގެންގޮސްފި

ނުކުޅެދުންތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. ބިލެތްފަހީގައި ކުރިއަށް ގެންގޮސްފިއެވެ. ޖެންޑަރ މިނިސްޓްރީއިން މަޢުލޫމާތުދީފައިވާ ގޮތުގައި މިއީ ނުކެޅެދުންތެރިކަން ހުންނަ މީހުންނަށް ފާގަތި ކުރިމަގެއް ހޯދައިދިނުމަށާއި، މިފަދަ ފަރާތްތަކަކީ މުޖުތަމަޢުގެ މުހިއްމު ހިއްސާއަކަށް ހެދުމާއި، އަދި މުޖުތަމަޢުގައި އެންމެ ފުރިހަމައަށް ބައިވެރިވެވޭނެ ފަދަ ފުރުސަތުތައް ފަހި ކުރުމަށްޓަކައި އެ މިނިސްޓްރީއާއި، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ގުޅިގެން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކެއްކަމަށ...

އަޒްފާ ރަޝީދު
ބިލެތްފަހީގައި ހުޅުވި ފުރަތަމަ ގެސްޓް ހައުސް "ނަޒާ ލޮޖް" 📍 ށ. ބިލެތްފަހި

ބިލެތްފަހީގައި ހުޅުވި ފުރަތަމަ ގެސްޓް ހައުސް "ނަޒާ ލޮޖް"

ށ. ބިލެތްފަހީގައި މުޅިން އަލަށް ގެސްޓް ހައުސްއެއް ހުޅުވައިފިއެވެ. “ނަޒާ ލޮޖެ” ގެ ނަމުގައި ބިލެތްފަހީގައި މި ގެސްޓް ހައުސް ހުޅުވައި ޚިދުމަތް ދޭން ފަށާފައިވަނީ 12 އޯގަސްޓް 2021 ވީ ބުރާސްފަތި ދުވަހު (މިއަދު) އެވެ. އެ ގެސްޓް ހައުސް ހުޅުވައި ދެއްވާފައި ވަނީ ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދުއެވެ. މިއަދު ބިލެތްފަހީގައި ހުޅުވިގެންދިޔަ ގެސްޓް ހައުސްއާއި ގުޅޭގޮތުން “ތިލަދުން” ނޫހަށް މަޢުލޫމާތު ދެމުން އެ ގެސްޓް ހައުސްގެ މެނޭޖަރ އަލީ ސުނީލް ބުނެފައިވަނީ […]

އިބްރާހިމް ޚަލީލް
ބިލެތްފަހި އެއްގަމު ތޮށިލާން ބޭނުންވާ ހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި 📍 ށ. ބިލެތްފަހި

ބިލެތްފަހި އެއްގަމު ތޮށިލާން ބޭނުންވާ ހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ށ. ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ ކުންފުނިން ބުނިގޮތުގައު ދެވަނަ ޝިޕްމެންޓް އެރަށަށް ގެންދިޔައީ މި މަހުގެ ދިހަވަނަ ދުވަހުއެެވެ. މި މަޝްރޫއު ދަށުން، 24,125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހ...

އަޙްމަދު ވަހީދު