📍 ހއ. ބާރަށް
ބާރަށުގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައިފި
ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. ފާއިތުވި އަހަރުގެ ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހުން ފަށައިގެން މި އަހަރު ޖަނަވަރީ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯސް ފުރިހަމަކޮށް ޖުމްލަ 27 ބައިވެރިން ވަނީ ސެޓްފިކެތް ހާސިލް ކޮށްފައެވެ. އޭގެތެރޭގައި ނުވަ ސްކޫލް ކުދިން ހިމެނެއެވެ. މި ކޯހާއި ގުޅޭގޮތުން މައުލޫމާތު ދެމުން ބާރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ […]