މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ބާރަށް (273 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
273 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ބާރަށްގެ އެންމެ ފަހުގެ ޚަބަރުތައް

273 ޚަބަރުގެ ތެރެއިން
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ބާރަށުން ދެމީހަކާއި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި 📍 ހއ. ބާރަށް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ބާރަށުން ދެމީހަކާއި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހއ. ބާރަށުން ދެމީހަކާއި ށ. ފުނަދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ޕާޓްރާ، ޢަލީ ތަސްލީމް (39އ) އާއި ހއ. ބާރަށް / ކުށްޅަވައްގެ، ޝަރަފުއްދީން (45އ) ގެ އިތުރުން ށ. ފުނަދޫ / ނީލު ވިލާ، އާދަމް ފަތުޙީ (30އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ބާރަށުން ދެމީހަކު ހައްޔަރުކޮށްފައިވަނީ، ހަށިގަނޑުގައި ރައްކާކޮށްގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ […]

އަލީ އާދިލް
މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި މަސައްކަތް ބާރަށް ކުރިއަށް

މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި މަސައްކަތް ބާރަށް ކުރިއަށް

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ވަރަށް ބާރުމިނުގައި ކުރިއަށްދާކަމަަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން މިހާރު ކުރިއަށްދަނީ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކަމަށެވެ. މިގޮތުން 48 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށް، އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް މިހާރު ދަނީ ހަލު...

ޝިއުނާ އާދަމް
ބާރަށު ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގަން އަނެއްކާވެސް ބީލަމަށް، ޝުޖާޢު އެދިވަޑައިގަތީ ފުރުސަތުގެ ބޭނުން ހިފަން 📍 ހއ. ބާރަށް

ބާރަށު ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގަން އަނެއްކާވެސް ބީލަމަށް، ޝުޖާޢު އެދިވަޑައިގަތީ ފުރުސަތުގެ ބޭނުން ހިފަން

ހއ. ބާރަށު ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އިއްޔެ ޢިއުލާންކޮށްފިއެވެ. މި ޢިއުލާނާއި ގުޅިގެން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް ހއ.ބާރަށު ޓޫރިސްޓް ޒޯން އިންޓަރނޭޝަނަލް ބިޑަށް ހުޅުވާލާފައިވާކަމަށެވެ. އަދި މިއީ ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލި ތިންވަނަ ފަހަރުކަން ވެސް ޝުޖާއު ވަނީ ފާހަގަކުރަ...

ޔުމްނާ ޢަލީ
އިހަވަންދޫ އާއި ވަށަފަރަ މެޗު އެއްވަރުވެ, ބާރަށް ކައިރިން ދިއްދޫ މޮޅުވެއްޖެ 📍 ހއ. ބާރަށް

އިހަވަންދޫ އާއި ވަށަފަރަ މެޗު އެއްވަރުވެ, ބާރަށް ކައިރިން ދިއްދޫ މޮޅުވެއްޖެ

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” މިރޭގެ މެޗުގައި އިހަވަންދޫ އާއި ވަށަފަރު މެޗު އެއްވަރުވެ، ބާރަށާއި ދިއްދޫ މެޗުން ދިއްދޫ މޮޅުވެއްޖެއެވެ. ހއ. އުތީމުގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ 11 ވަނަ މެޗު މިރޭ ވާދަކޮށްފައިވަނީ އިހަވަންދޫ އާއި ވަށަފަރު ޓީމެވެ. މިރޭ މި ދެ ޓީމު ބައްދަލުކުރި މެޗުގައި ދެ ޓީމު އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މިގޮތުން މެޗުގެ ފުރަތަމަ ހާފުގައި […]

އައިޝަތު އައިނީ އާމިރު
މުރައިދޫ އާއި ބާރަށު މެޗުން މުރައިދޫ މޮޅުވިއިރު, ވަށަފަރާއި އުތީމު މެޗު އެއްވަރު 📍 ހއ. ބާރަށް

މުރައިދޫ އާއި ބާރަށު މެޗުން މުރައިދޫ މޮޅުވިއިރު, ވަށަފަރާއި އުތީމު މެޗު އެއްވަރު

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” މުރައިދޫ އާއި ބާރަށް ބައްދަލުކުރި މެޗުން މުރައިދޫ މޮޅުވެ، ވަށަފަރާއި އުތީމު ބައްދަލުކުރި މެޗުން ދެ ޓީމު އެއްވަރު ވެއްޖެއެވެ. ހއ. އުތީމުގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ 5 ވަނަ މެޗުގައި މިއަދު ހަވީރު ވާދަކުރީ މުރައިދޫ އާއި ބާރަށު ޓީމެވެ. މުރައިދޫ ޓީމުން ވަނީ 2-3 ގެ ނަތީޖާ އަކުން ކުރިހޯދައި، ބާރަށު ޓީމު ބަލިކޮށްފައެވެ. […]

އައިޝަތު އައިނީ އާމިރު
ތިލައުތުރު ފުޓްސަލް: ކެލާގެ މައްޗަށް ބާރަށުން ކުރިހޯދިއިރު، ވަށަފަރާއި ފިއްލަދޫ މެޗު އެއްވަރު 📍 ހއ. ބާރަށް

ތިލައުތުރު ފުޓްސަލް: ކެލާގެ މައްޗަށް ބާރަށުން ކުރިހޯދިއިރު، ވަށަފަރާއި ފިއްލަދޫ މެޗު އެއްވަރު

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ވަށަފަރާއި ފިއްލަދޫ ބައްދަލުކުރި މެޗުން ދެ ޓީމު އެއްވަރުވެ، ކެލާ އާއި ބާރަށް ބައްދަލުކުރި މެޗުން ކެލާ ބަލިވެއްޖެއެވެ.  މިއަހަރު ހއ. އުތީމުގައި ކުރިއަށްގެންދާ މި މުބާރާތް މިއަދު ހަވީރު ފަށާފައިވާއިރު، މިރޭގެ ފުރަތަމަ މެޗުގައި ވާދަކުރި ވަށަފަރު ޓީމާއި ފިއްލަދޫ ޓީމު އެއްވަރުވެފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރިކުޅުމެއް ދެ ޓީމުންވެސް ދައްކައި، އެ މެޗުގެ ފުރަތަމަ...

އައިޝަތު އައިނީ އާމިރު
ތިލައުތުރު އެވޯޑް: އެންމެ ހިންގުންތެރި ރަށު ކައުންސިލްގެ އެވޯޑް މޮޅަދޫ ކައުންސިލަށް 📍 ހއ. ބާރަށް

ތިލައުތުރު އެވޯޑް: އެންމެ ހިންގުންތެރި ރަށު ކައުންސިލްގެ އެވޯޑް މޮޅަދޫ ކައުންސިލަށް

ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ “ތިލައުތުރު އެވޯޑް 2025″ގައި އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ބައިން އެއްވަނަ ހޯދައިގެން އެންމެ ހިންގުތެރި ކައުންސިލްގެ އެވޯޑު ހއ. މޮޅަދޫ ކައުންސިލް ހޯދައިފިއެވެ. މި އެވޯޑު ދިނުމުގެ ހަފުލާ އޮތީ ރޭ ހއ.އަތޮޅުގެ ވެރިރަށް ދިއްދޫގައެވެ. “ތިލައުތުރު އެވޯޑް 2025″ގައި އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ބައިން އެއްވަނަ މޮޅަދޫ ރަށު ކައުންސިލް ހޯދިއިރު، ދެވަނަ ހޯދީ ބާރަށު ކައުންސިލުންނެވެ. އަދި ތިން ވަނަ އަށް […]

ޔުމްނާ ޢަލީ
ބާރަށުގެ އިދާރާތަކުގެ މުވައްޒަފުންނަށް ދިވެހި ބަހުގެ ތަމްރީނެއް ހިންގައިފި 📍 ހއ. ބާރަށް

ބާރަށުގެ އިދާރާތަކުގެ މުވައްޒަފުންނަށް ދިވެހި ބަހުގެ ތަމްރީނެއް ހިންގައިފި

ހއ. ބާރަށު އިދާރާތަކުގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ދިވެހި ބަހުގެ ތަމްރީނު ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ބާރަށު ކައުންސިލާއި ދިވެހި ބަހުގެ އެކެޑެމީ ގުޅިގެން ގެންދިޔަ މި ދެ ދުވަހުގެ ޕްރޮގްރާމަކީ، ބާރަށު ކައުންސިިލު މުވައްޒަފުންނާއި އެ ރަށު މުވައްސަސާތަކުގެ މުވައްޒަފުންނަށް އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ. މިގޮތުން މި ޕްރޮގްރާމުގައި މުވައްޒަފުންނަށް ވަނީ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމަށް ދަސްކޮށްދެވިފައެވެ. މީގެ ތެރޭގައި ދިވެހި ބަހުގެ ދަރަޖ...

އައިޝަތު އައިނީ އާމިރު
ނަރުދޫ ނަރުދަމާގެ މަސައްކަތް ނޮވެމްބަރުގައި ބާރަށް ހިނގައިގަންނާނެ، ހަދާނީ ސޭފް ބަނދަރެއް: ރައީސް 📍 ށ. ނަރުދޫ

ނަރުދޫ ނަރުދަމާގެ މަސައްކަތް ނޮވެމްބަރުގައި ބާރަށް ހިނގައިގަންނާނެ، ހަދާނީ ސޭފް ބަނދަރެއް: ރައީސް

ނަރުދޫގައި ނަރުދަމާ އެޅުމުގެ މަޝްރޫޢު ނޮވެމްބަރުގައި ބާރަށް ކުރިއަށް ގެންދެވޭނެކަމަށާއި، އެރަށުގައި ހަދާ ބަނދަރު ފުޅާކޮށްދީ އެތަން ތަރައްގީކޮށްދޭނީ ސޭފް ބަނދަރެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ނަރުދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެންމެ ބޮޑު ދެ މައްސަލައެއްގެ ގޮތުގައި ނަރުދޫ ރައްޔިތުންނަށް ކުރިމަތިވެފައިވަނީ ނަރުދަމާގެ މައްސަލައާއި، ބަނދަރުގެ މައްސަލަ ކަމަށެވެ....

ޔުމްނާ ޢަލީ
''އެސެޓް ރިކަވަރީ ބިލު ޤާނޫނަކަށް ވުމާއެކު ބޮޑެތި ވައްކަންތައް ކުރި އެންމެންގެ ފަހަތުން ސަރުކާރުން ބާރަށް ދާނެ''

''އެސެޓް ރިކަވަރީ ބިލު ޤާނޫނަކަށް ވުމާއެކު ބޮޑެތި ވައްކަންތައް ކުރި އެންމެންގެ ފަހަތުން ސަރުކާރުން ބާރަށް ދާނެ''

ކުރިއަށް އޮތް މަޖިލިސް ދައުރުގައި ހުށަހަޅުއްވާ އެސެޓް ރިކަވަރީ ބިލު ޤާނޫނަކަށް ވުމާއެކު، މީގެ ކުރިން ބޮޑެތި ވައްކަންތައް ކޮށްފައިވާ ފަރާތްތަކުގެ ފަހަތުން ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެފައެވެ. ކޮޅުމަޑުލު ތިމަރަފުށީގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ބިލުގެ މަސައްކަތް ނިންމައި ފާސްކޮށް، ތަސްދީޤުކުރުމަށް މަޖިލީހުން ފޮނުއްވާ ދުވަހުން ފެށިގެން އެ ބިލު ތަސްދީޤުކުރައްވާނެ ކަމަށެވެ. ރައީސް ފާހަގަކު...

ޔުމްނާ ޢަލީ
ބާރަށު މަސްޖެޓީ އާއި ލަފާފުރާ ޖެޓީގެ މަރާމާތު ސަރވޭ، ޑިޒައިން ރިޕޯޓް ސަރުކާރާއި ހަވާލުކޮށްފި 📍 ހއ. ބާރަށް

ބާރަށު މަސްޖެޓީ އާއި ލަފާފުރާ ޖެޓީގެ މަރާމާތު ސަރވޭ، ޑިޒައިން ރިޕޯޓް ސަރުކާރާއި ހަވާލުކޮށްފި

ހއ. ބާރަށު މަސްޖެޓީ އާއި މިހާރު ލަފާފުރުމަށް ބޭނުން ކުރަމުންގެންދާ ޖެޓީގެ މަރާމަތު މަސައްކަތުގެ ސަރވޭ އަދި ޑިޒައިން ރިޕޯޓު ސަރުކާރާއި ހަވާލުކުރެވިފައިވާކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. މެންބަރު ޝުޖާއު މިހެން ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތާއި ގުޅޭގޮތުން ފޭސްބުކްގައި އާއްމުކުރި ޕޯސްޓެއްގައެއެވެ. އެ ޕޯސްޓުގައި ޝުޖާއު ވިދާޅުވެފައިވަނީ، ޑެންމާކް އެމް.ޓީ ހޯގަރޑް ކުންފުނީގެ ސީ.އެސް.އަރ ގެ ދަށުން ސަރވޭ އަދި ޑިޒައިންގެ މަސައްކަތް ކުރި ބާރަށު މަސްޖެޓީ އާއި، މި...

އައިޝަތު އައިނީ އާމިރު
ހުކުރު ވަގުތު، ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވަމުން ދިޔަ ޕިކަޕެއް ފުރޮޅާލައި

ހުކުރު ވަގުތު، ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވަމުން ދިޔަ ޕިކަޕެއް ފުރޮޅާލައި

ސިނަމާލެ ބްރިޖް ހައިވޭގައި ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވަމުން ދިޔަ ޕިކަޕެއް މިއަދު ފުރޮޅާލައި، އެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު މެންދުރު 12:40 ހާއިރު ހިނގި މި ހާދިސާގައި ޕިކަޕު ފުރޮޅާލާފައިވަނީ އެ އުޅަނދުގެ ފުރޮޅު ފަޅައިގެން ގޮސް ޑިވައިޑާގައި ޖެހުމުގެ ސަބަބުން ކަމަށެވެ. “އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވޭ. އެކަމަކު ޕިކަޕަށް ވަރަށް […]

އަލީ އާދިލް
ބާރަށާއި މާރަންދޫ ޞިއްޙީމަރުކަޒުތަކުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި 📍 ހއ. ބާރަށް

ބާރަށާއި މާރަންދޫ ޞިއްޙީމަރުކަޒުތަކުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ހއ. ބާރަށާއި މާރަންދޫ ޞިއްޙީމަރުކަޒުތަކުގައި އަލަށް ހަދާ ޢިމާރާތުގެ މަސައްކަތް، ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ. ހއ. މާރަންދޫ ޞިއްޙީމަރުކަޒުމާރަންދޫ ޞިއްޙީމަރުކަޒުގައ...

ޔުމްނާ ޢަލީ
ބާރަށުގައި ޑްރަގް ވިއްކާކަމަށް ތުހުމަތުވާ ދެމީހަކު ހައްޔަރުކޮށްފި 📍 ހއ. ބާރަށް

ބާރަށުގައި ޑްރަގް ވިއްކާކަމަށް ތުހުމަތުވާ ދެމީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހއ. ބާރަށުން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބާރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް އިން ހިންގި މި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ. އެގޮތުން މި އޮގަސްޓް މަހުގެ 3 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް...

އައިޝަތު އައިނީ އާމިރު
ނާވައިދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ހދ. ނައިވާދޫ

ނާވައިދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށް

ހދ. ނާވައިދޫ ބަނދަރު ތަރައްޤީކޮށް މަރާމާތުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެން ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެގޮތުން ނާވައިދޫ ބަނދަރު ތަރައްޤީކޮށް މަރާމާތުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރު ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އަދި މި މަޝްރޫޢު އާއި ގުޅޭ ގޮތުން އެ ކުންފުނިން ބުނެފައިވަނީ މިހާރު މި މަސައްކަތުު ދަށުން ކޭވޯލް އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. މ...

އައިޝަތު އައިނީ އާމިރު