މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ބާރަށް (273 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
273 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ބާރަށްގެ އެންމެ ފަހުގެ ޚަބަރުތައް

273 ޚަބަރުގެ ތެރެއިން
ބަންދުކޮށްފައިވާ ފަތްތަކެއް ބާރަށު ބޭރުން ހޮވައިފި 📍 ހއ. ބާރަށް

ބަންދުކޮށްފައިވާ ފަތްތަކެއް ބާރަށު ބޭރުން ހޮވައިފި

ބަންދުކޮށްފައިވާ ފަތްތަކެއް ހއ. ބާރަށު ބޭރުން ހޮވައިފި އެވެ. ބާރަށުން ވާހަކަ ދެއްކި މީހަކު ބުނީ ބަންދުކޮށްފައި ހުރި ފަތްތަކެއް މިއަދު ހަވީރު މަހަށް ނުކުމެ އެޅުނު އެރަށު ދޯންޏެއްކަމަށްވާ “ޑިސްކަވަރީ” ދޯނިން ހޮވާފައިވަނީ މިއަދު 17:50 ހާއިރުކަމަށެވެ. ތިލަދުންއާއި ވާހަކަ ދެއްކި އެރަށު މީހަކު ބުނީ ވަރަށް ބޮޑަށް ބަންދުކޮށްފައި ހުރި ބޮޑު އެއްޗެއް އޮޔާ ދާތީ މަހަށް ނިކުމެ އުޅުނު ބަޔަކަށް ފެނިގެން  އެ ކަނޑާ ބެލުމުން އެއީ ބޮނޑި ބޮނޑިއަށް ހުރި ފަތްތަކެއްކަން […]

އަލީ އާދިލް
ޗައިނާގެ ސަފީރު ހއ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފި 📍 ހއ. ބާރަށް

ޗައިނާގެ ސަފީރު ހއ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފި

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިއޮން ހއ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފިއެވެ. ހއ އަތޮޅު ހޮސްޕިޓަލަށް ޗައިނާ ސަފީރު ޒަންގް ލިއޮން ވަނީ ޒިޔާރަތް ކުރައްވާފައި ވެއެވެ. އަދި އެ ހޮސްޕިޓަލުގެ ހާލަތު ސަފީރު ވަނީ ބައްލަވާ ލައްވާފައެވެ. ޗައިނާ ސަފީރު ޒަންގް ލިއޮން ހއ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވީ އެމަނިކުފާނު މިހާރު ހއ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައެވެ. މިދަތުރު ފުޅުގައި ސަފީރު […]

އަޙްމަދު މުޖުތަބާ
ކެލާ، ބާރަށް އަދި ވައިކަރަދޫގެ ފެނާއި ނަރުދަމާ ޑިޒައިންކުރުމަށް ހަވާލުކޮށްފި 📍 ހއ. ބާރަށް

ކެލާ، ބާރަށް އަދި ވައިކަރަދޫގެ ފެނާއި ނަރުދަމާ ޑިޒައިންކުރުމަށް ހަވާލުކޮށްފި

ހއ.ކެލާ، ހއ ބާރަށް އަދި ހދ.ވައިކަރަދޫގެ އިތުރުން 31 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޑިޒައިންކުރުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ ހެދުމަށް ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާންސްޓްރަކްޗަރ ގެ ފަރާތުން ކުރި ޓްވީޓެއްގައި ފެނާ ނަރުދަމާ ހެދުމަށް ހަމަޖެހިފައިވާ 34 ރަށެއް ކަނޑައަޅާފައިވާއިރު ހއ ކެލާ އަދި ބާރަށުގައި ފެންޕްލާޓެއް ގާއިމް ކުރުމަށް މިވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހދ.ވައިކަރަދޫގައި ފ...

ފާތިމަތު ސިނާޒާ
އެމްޑީއެންގެ ރިޕޯޓު ބާރަށު ކައުންސިލުންވެސް ކުށްވެރިކޮށްފި 📍 ހއ. ބާރަށް

އެމްޑީއެންގެ ރިޕޯޓު ބާރަށު ކައުންސިލުންވެސް ކުށްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) ގެ ރިޕޯޓު ހއ ބާރަށު ކައުންސިލުންވެސް ކުށްވެރިކޮށްފި އެވެ. އެމްޑީއެން އިން ޕްރިލިމިނަރީ އެސަސްމަންޓް އޮން ރެޑިކަލައިޓޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓާއި ގުޅިގެން ބާރާށު ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އިސްލާމްދީނުގެ އަސާސްތަކާއި، ގަދަކީރިތިވަންތަ މާތް ﷲ ގެ ކުޅަދުންވަންތަކަމާއިމެދު ޝައްކު އުފައްދާ ކީރިތި ޤުރުއާނުން ސާބިތުވާ ކަންތައްތަކަށް ކަނޑައެޅިގެން އިންކާރުކޮށް އަދި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައް...

އަޙްމަދު މުޖުތަބާ
ހއ.ބާރަށުގައި ރުއްގަސް އުފުރާ ރަށުން ބޭރުކުން ހުއްޓާލުމަށް އަންގައިފި 📍 ހއ. ބާރަށް

ހއ.ބާރަށުގައި ރުއްގަސް އުފުރާ ރަށުން ބޭރުކުން ހުއްޓާލުމަށް އަންގައިފި

ހއ.ބާރަށުގައި ރުއްގަސް އުފުރާ ރަށުން ބޭރުކުން ހުއްޓާލުމަށް އީޕީއޭއިން އަންގައިފިއެވެ. ހއ.ބާރަށުގައި ހިނގަމުންދާ މަޝްރޫޢުއެއްގެ ތެރެއިން ގަވާއިދާ ޚިލާފަށް ރުއްގަސް އުފުރާ ރަށުން ބޭރުކުރާކަމުގެ ޝަކުވާ ލިބުމާ ގުޅިގެން އެމައްސަލަ ބަލާ ވަކިގޮތެއް އަންގަންދެން ރުއްގަސް އުފުރުމުގެ މަސައްކަތް ހުއްޓާލުމަށް އީ.ޕީ.އޭ އިން ވަނީ މަސައްކަތް ކުރިއަށްގެންދާ ފަރާތަށް އަންގާފައިވާނެކަމަށް އީޕީއޭއިން ބުނެގައިވެއެވެ. ހއ. ބާރަށުގައި ކުރަމުންދާ މަސައްކަތަކާއި ގުޅިގެން، ހުއްދަނެތި ރުކާއި ގަސް އެރަށުން ނަގަމުންދާކަމުގެ...

ހުސައިން ހަބީބް
‎ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދިޔަ ރާސިޙު ނިޔާވެއްޖެ 📍 ހއ. ބާރަށް

‎ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދިޔަ ރާސިޙު ނިޔާވެއްޖެ

‎ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ރާސިޙު ނިޔާވެއްޖެ އެވެ. ހއ. ބާރަށަށް އުފަން ރާސިޙު މުހައްމަދު ނިޔާވެފައިވަނީ އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮން މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ރާސިޙުގެ ހާލުދެރަވެ ޑޮކްޓަރުން އުންމީދު ކަންޑާލާފައިވަނީ މިއަދު ހެނދުނުއެވެ. https://thiladhun.com/6282 ލެއަށް ކެންސަރުޖެހި ރާސިޙްއަށް އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާތާ ތިން ހަފްތާ ވަރުވެދާނެކަމަށް ރާސިހުގެ އާއިލާއިން މަޢުލޫމާތުދެއެވެ.

އިބްރާހިމް އަސްވާޤް
ބާރަށު މިސްކިތުގެ ދޮރުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ބާރަށް

ބާރަށު މިސްކިތުގެ ދޮރުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ.ބާރަށުގެ “މަސްޖިދުލްޢަމަލު” މިސްކިތުގައިވާ އޭސީ ތައް ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި މިސްކިތުގެ ބޭރުން ވަށައިގެންވާ ދޮރުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ. އެގޮތުން މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް އެއިދާރާއަށް ހާޒިރުވާނީ 21 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް ކަމަށާއި އަދި 24 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެފަރާތުގެ އިޢުލާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން މަޢުލޫމާތު ސާ...

ފާތިމަތު ސިނާޒާ
ބާރަށުން 600 އަށް ވުރެ ގިނަ ރުއްގަސް ނަގައިފި 📍 ހއ. ބާރަށް

ބާރަށުން 600 އަށް ވުރެ ގިނަ ރުއްގަސް ނަގައިފި

ހއ ބާރަށުން ރުއްގަސް ނެގީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެ ރަށުން 600 އަށް ވުރެ ގިނަ ރުއް ނެގުމުގެ ހުއްދަ ދިނީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވެއްޖެއެވެ. ހއ. ބާރަށް އަދި  ކެލާ އާއި ށ. ފޯކައިދޫއިން ރުއްގަސް ނަގަމުންދާ ކަމުގެ މައުލޫމާތާއި ފޮޓޯ މިހާރު ވަނީ މީސްމީޑިޔާގައި ފެންމަތިވެފައެވެ. އެކަމާ ދެކޮޅަށް ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ މީހުން ދަނީ މީސް މީޑިއާގައި ޝުއޫރު […]

އިބްރާހިމް އަސްވާޤް
ކެލާ އިން ކުޅުދުއްފުށްޓާއި ހަމަޔަށް ގުޅުވައިދޭ އެމްޓީސީސީގެ ސްޕީޑް ފެރީ ފަށައިފި 📍 ހއ. ބާރަށް

ކެލާ އިން ކުޅުދުއްފުށްޓާއި ހަމަޔަށް ގުޅުވައިދޭ އެމްޓީސީސީގެ ސްޕީޑް ފެރީ ފަށައިފި

ކެލާ، ވަށަފަރު، ފިއްލަދޫ، ބާރަށް އަދި ހަނިމާދޫ އިން ކުޅުދޫފުއްޓަށް އެމްޓީސީސީގެ ލޯންޗް ފެރީގެ ހިދުމަތްތައް ފަށައިފި އެވެ. ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރާއި އާދިއްތަ ދުވަހާއި އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. ދެކޮޅަށް ދަތުރުތައް އޮންނައިރު، ދަތުރު ރޫޓާއި ގަޑިތަކާއި އަގުތައްވެސް އެމްޓީސީސީން ވަނީ އިއުލާންކޮށްފަ އެވެ. ކެލާއިން ކުޅުދުއްފުއްޓަށް ހެނދުނު 6:30 ގައި ދަތުރުތައް ފަށާއިރު، ކުޅުދުއްފުށިން ކެލާއަށް ދަތުރުތައް އޮންނާނީ މެންދުުރުފަހު 2:30ގައި އެވެ. މި ރޫޓުގެ އަގުތައް އުޅެނ...

އިބްރާހިމް އަސްވާޤް
އެމްޑީއެން އުވާލުމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއް ވަރަށް ބާރަށް ކުރިޔަށްދަނީ

އެމްޑީއެން އުވާލުމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއް ވަރަށް ބާރަށް ކުރިޔަށްދަނީ

އެމްޑީއެން އުވާލުމަށް ގޮވާލާ ހަދާފައިވާ އޮންލައިން ޕެޓިޝަނެއް ވަރަށް ބާރަށް އެބަ ކުރިޔަށް ދެއެވެ. މިއަދު ފެށި މި ޕެޓިޝަންގައި މިހާތަނަށް ޖުމްލަ 3,485 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެ، އެމްޑީއެން އުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަށް ގޮވާލާފައެވެ. އިއްޔެ އެމްޑީއެން އިން ނެރުނު ރިޕޯޓަކީ އެ ޖަމިއްޔާއިން 2015 ވަނަ އަހަރު ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި […]

Thiladhun
ހަނިމާދޫއާއި ބާރަށް އަދި ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޑިރެކްޓަރުން ހޯދަނީ 📍 ހއ. ބާރަށް

ހަނިމާދޫއާއި ބާރަށް އަދި ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޑިރެކްޓަރުން ހޯދަނީ

ހދ. ހަނިމާދޫ ކައުންސިލް އިދާރާއަށާއި ހއ. ބާރަށު ކައުންސިލްގެ އިދާރާއަށް އަދި ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރުގެ މަޤާމަށް މީހަކު ހޯދަން، ސިވިލް ސަރވިސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ. މި ކައުންސިލްތަކުގެ އިދާރާއަށް ޑިރެކްޓަރުގެ މަޤާމަށް މީހުން ހޯދަން އިއުލާންކޮށްފައިވަނީ މިއަދު ވަކިވަކިންނެވެ. ކޮންމެ އިދާރާއަކަށްވެސް އެއް ޑިރެކްޓަރަކު ބޭނުންވާއިރު، ޑިރެކްޓަރުގެ މަޤާމަށް ކަނޑައަޅާފައިވާ މުސާރައަކީ މަހަކު 8835 ރުފިޔާއެވެ. ސަރވިސް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 2000 ރުފިޔާ ދިނުމަށާ...

Thiladhun
ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ރާސިޙު އެހީއަކަށް އެދި އާދޭސްކުރަނީ! 📍 ހއ. ބާރަށް

ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ރާސިޙު އެހީއަކަށް އެދި އާދޭސްކުރަނީ!

‎إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎ https://thiladhun.com/8657   ފުރާވަރު އުމުރުގައި ކޮންމެ ކުއްޖަކު ވެސް ރައްޓެހިންނާއެކު ކުޅެ ސަކަރާތް ޖަހަން ބޭނުން ވާނެއެވެ. ސްކޫލުގައި މޮޅަށް ކިިޔަވައި މައިބަފައިން ފަހުރުވެރިކޮށްދޭން ބޭނުން ވާނެއެވެ. ނަމަވެސް ހއ. ބާރަށަށް އުފަން ރާސިހު މުހައްމަދު މިއަދު މިވަނި މިހުރިހާ ކަމަކުން މަހްރޫމްވެފައެވެ. ލެއަށް ކެންސަރުޖެހި މަރާއި ހަނގުރާމަ ކުރަންޖެހިފައެވެ. މީގެ މަހެއްހަ ދުވަސް ކުރީގެ ވާހަކައެކެވެ. އުމުރުން 14 އަހަރުގެ ރާސިހަކީ އާންމުކޮށް ސްކޫލަށްދާން ބޮޑާ...

އަފްރާހް އަބްދުލް ރަޝީދު

ރާއްޖޭގައި ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ބާރަށް ފެތުރެނީ، ސަމާލުވޭ!

ރާއްޖޭގައި ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ވަރަށް ބާރަށް ފެތުރޭކަމަށް ތަޖުރިބާކާރު ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ. އައިޖީއެމްއެޗްގެ ސީނިއާ ޕެޑިއަޓްރިޝަން އެއްގެ މަޤާމުގައި ހުންނަވާ ޑރ.ފައިސަލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. “އަތާއި ފަޔާއި އަނގާގެ ބިހިތައް ބާރަށް އެބަފެތުރޭ ޢަލާމާތްތައް ފެނިއްޖެނަމަ އިސްކޫލަށް ނުފޮނުވާ. ގިނަކުދިން ކުޅޭއެއްޗެހިތައް، ދޮރުގެ އަތްގަނޑުތައްކަހަލަ ގިނައިން އަތް ޖެހޭތަންތަން ރަނގަޅަށް ސާފުކުރައްވާ” ފައިސަލްގެ ޓުވީޓުގައި ވިދާޅު...

ޔުމްނާ ޢަލީ
📍 ހއ. ބާރަށް

ބާރަށު ގަބުރުސްތާނު ސާފުކޮށްދޭނެ ބަޔަކު ހޯދަނީ

ހއ. ބާރަށު އާސާރީ މިސްކިތު ގޯތިތެރޭގައިވާ ގަބުރުސްތާނުގެ ވިނަ ނޮޅާ ސާފުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން ސެޕްޓެމްބަރު މަހުގެ 17 ވާ އަންގާރަ ދުވަހުގެ 13:00 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ސެޕްޓެމްބަރު 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައެވެ. ބާރަށު ކައުންސިލުގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މަ...

Thiladhun
ހއ. ބާރަށުން ފާހަގަކޮށްލެވޭ ތާރީޚީ 10 ކަމެއް - ދެވަނަބައި 📍 ހއ. ބާރަށް

ހއ. ބާރަށުން ފާހަގަކޮށްލެވޭ ތާރީޚީ 10 ކަމެއް - ދެވަނަބައި

ހއ. ބާރަށުން ފާހަގަކޮށްލެވޭ ތާރީޚީ 10 ކަމެއް – އެއްވަނަބައި 6.ބާރަށުގައި އޮންނަ ކަމަނާއޮޅު މިކަމަނާ އޮޅަކީ އުތީމު މުޙަންމަދު ތަކުރުފާނުގެ ބޮލަށް ޢީދު ގޮންޖެހި ދުވަހު ބާރަށު ބުޅާފާޠިމާ ( ރެހެންދި ގޮއްޔެ ) މުޙަންމަދު ތަކުރުފާނު ކޮނޑަށް ލައިގެން މިރަށު ފުއްޓަރު ފަރާތަށްގޮސް ވާހަކަ ދައްކަން ރާޅުގަނޑު ތެރެއަށް އެރިހުރި ދިމާލެވެ. މިތަން މިހާރުވެސް އޮޅެއްގެ ސިފާގައި އަބަދުވެސް ރާޅާއި، އޮއިވަރު މަޑުތަނެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. 7. ޢީދުކުޅޭ މަގު މިމަގަކީ ޕޯޗުގީޒު […]

Thiladhun