މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ބާރަށް (273 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
273 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ބާރަށްގެ އެންމެ ފަހުގެ ޚަބަރުތައް

273 ޚަބަރުގެ ތެރެއިން
އެސް.ޓީ.އޯ އާއި އިތުރު ކުންފުނިތަކެއްގެ އެހީ ބާރަށައް! 📍 ހއ. ބާރަށް

އެސް.ޓީ.އޯ އާއި އިތުރު ކުންފުނިތަކެއްގެ އެހީ ބާރަށައް!

ކޯވިޑް19ގެ ކޭސްތަކެއް ހއ. ބާރަށުން ފެނުމާއި ގުޅިގެން އެރަށް ދިމާވި ދަތި ދަނޑިވަޅުގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. (އެސް.ޓީ.އޯ) އާއި އިތުރު ކުންފުނި ތަކަކުން އެރަށަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ. އެގޮތުން އެސް.ޓީ.އޯ ގެ ސީއެސްއާރގެ ދަށުން ބާރަށު ރައްޔިތުންނަށް ވަނީ، 100 ބަސްތާ ހަނޑޫ، 100 ބަސްތާ ގޮދަން ފުއް، 100 ބަސްތާ ހަކުރު، 18 ލީޓަރުގެ 50 ކައްކާ ތެޔޮ ހަން ހަދިޔާކޮށްފަ އެވެ. އެސްޓީއޯގެ އިތުރުން ބާރަށު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ، […]

އިބްރާހިމް އަސްވާޤް
ބާރަށް މޮނިޓަރިން ހާލަތުން ނަގައިފި 📍 ހއ. ބާރަށް

ބާރަށް މޮނިޓަރިން ހާލަތުން ނަގައިފި

ކޯވިޑް ކޭސްތަކަކާއި ގުޅިގެން، ހއ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެވުނުތާ 17 ދުވަސް ފަހުން އެރަށް އެ ހާލަތުން ނަގައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އެރަށް މޮނިޓަރިން ހާލަތުން ނެގިކަން އަންގާފައި ވަނީ މިރޭ އިރުއޮއްސި 18:17 ގައެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތުން ނެގިކަން އަންގައި ފޮނުވި ލިއުމުގައި ބުނެފައި ވަނީ، އެ ރަށް އެ ހާލަތުން ނެގީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ […]

ޙުސައިން ޝަހުދީ
ޖެންޑާ މިނިސްޓްރީގެ ކެއާ ޕެކޭޖު، ބާރަށުގެ 61 ގޭބިސީއަކަށް 📍 ހއ. ބާރަށް

ޖެންޑާ މިނިސްޓްރީގެ ކެއާ ޕެކޭޖު، ބާރަށުގެ 61 ގޭބިސީއަކަށް

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ހއ. ބާރަށުގެ 61 ގޭބިސީއަކަށް ކެއާ ޕެކޭޖު ފޮނުވައިފިއެވެ. ކޯވިޑް-19ގެ ކޭސްތަކެއްފެނި، މިމަހުގެ 1 ވަނަ ދުވަހުގެ ރޭ މޮނިޓަރިން ހާލަތަށް ގެނެވުނު ބާރަށް އަދި ވެސް އޮތީ އެހާލަތުގައި، އަރާފޭބުން މަނާ ކޮށްފައެވެ. ބާރަށު ކައުންސިލްގެ ނައިބް ރައީސް ޢަލީ ޝަމީމް ”ތިލަދުން”އަށް ވިދާޅުވީ، ޖެންޑާ މިނިސްޓަރީގެ ފަރާތުން މިއަދު އެރަށަށް ފޮނުވި ކެއާ ޕެކޭޖްތައް ރަށަށް ލިބުމާއެކު އެ ޕެކޭޖްތަކުގެ ހައްގުވެރިންނަށް ހަވާލުކުރެވިފަ ވާކަމަށެވެ. […]

ޝިއުނާ އާދަމް
ކޯވިޑް19: ބާރަށުން 13 މީހުން ރަނގަޅުވެއްޖެ 📍 ހއ. ބާރަށް

ކޯވިޑް19: ބާރަށުން 13 މީހުން ރަނގަޅުވެއްޖެ

ބާރަށުން ކޯވިޑް19 އަށް ޕޮޒިޓިވްވި 36 މީހުންގެ ތެރެއިން 13 މީހުން ބަލިން ރަނގަޅުވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 23 މީހުންނެވެ. ބާރަށުން އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން ރަށުތެރެއިން ބައްދަލުވެފައި ވުމުން، މާރިޗް 2 […]

އިބްރާހިމް އަސްވާޤް
އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ސޮއިކޮށްފި 📍 ހއ. ބާރަށް

އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ސޮއިކޮށްފި

އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި ގުޅޭގޮތުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އިންޑިއާގެ އެގްޒިމް ބޭންކް ގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުތަކަކީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއު ތަކަކެވެ. މިއަދު ގިޔާސުއްދީން ސްކޫލްގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 4 ކުންފުންޏަކާއެކު ވަނީ ސޮއިކޮށްފައެވެ. އިންޑިއަން ހައި...

އަލީ އާދިލް
ފިއްލަދޫން ވެސް ބާރަށަށް ޓަނެއްހާ މަސް ހަދިޔާކޮށްފި 📍 ހއ. ބާރަށް

ފިއްލަދޫން ވެސް ބާރަށަށް ޓަނެއްހާ މަސް ހަދިޔާކޮށްފި

ހއ. ބާރަށުން ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން މާރިޗް 1 ވަނަ ދުވަހުގެ ރޭން ފެށިގެން އަދިވެސް އެރަށަށް ފުރަބަންދުގެ ހާލަތުގައި އޮތްއިރު، އެ އަތޮޅު ފިއްލަދޫ ރައްޔިތުންގެ ފަރާތުން ބާރަށު ރައްޔިތުންނަށް އެހީތެރިވުމށް ޓަނެއްހާ ރޯމަސް މިއަދު ހަދިޔާކޮށްފިއެވެ. މިގޮތުން ފިއްލަދޫ ރައްޔިތުންގެ ފަރާތުން ބާރަށު ރައްޔިތުންނަށް ހަދިޔާ ކުރީ، 917 ކިލޯ ރޯމަހެވެ. ބާރަށުގެ ރައްޔިތުން ރަށުގައި ބަންދުވެފައިވައިތިބި މިހާލަތުގައި ފިއްލަދޫގެ އިތުރުން އެ އަތޮޅުގެ ބައެއް ރަށްތަކުން ވަނީ ކުރިން ވެސް ބާރަށަށް އެހީތެރި...

ޙުސައިން ޝަހުދީ
އުތީމު ރައްޔިތުންގެ ދީލަތި އެހީ ބާރަށު ރައްޔިތުންނަށް! 📍 ހއ. ބާރަށް

އުތީމު ރައްޔިތުންގެ ދީލަތި އެހީ ބާރަށު ރައްޔިތުންނަށް!

ހއ. ބާރަށުން މިހާތަނަށް 31 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، ރައްޔިތުން ހާސްކަންމަތީ ތިބި ދަނޑިވަޅުގައި އަވަށްޓެރި އުތީމު ރައްޔިތުންގެ ފަރާތުން، ބާރަށު ރައްޔިތުންނަށް ހިތްވަރުދީ އެހީތެރިވުމުގެ ގޮތުން ރޯ މަސް ހަދިޔާ ކޮށްފިއެވެ. މިގޮތުން ބާރަށު ޒުވާނަކު ”ތިލަދުން”އަށް ބުނީ އަވަށްޓެރި އުތީމު ރައްޔިތުންގެ ފަރާތުން ބާރަށަށް ހަދިޔާކޮއްފައިވަނީ ޖުމްލަ 1400 ކިލޯ މަސް ކަމަށެވެ.   މީގެ އިތުރުން ރައްޔިތުންގެ މަޖިލިސްގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ވަނީ 979 […]

ޖަލްވާން ޖާދުﷲ
ބާރަށުގެ ހާލަތު: 58 ސާމްޕަލްގެ ތެރެއިން 3 މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހއ. ބާރަށް

ބާރަށުގެ ހާލަތު: 58 ސާމްޕަލްގެ ތެރެއިން 3 މީހަކު ޕޮޒިޓިވް ވެއްޖެ

ހއ. ބާރަށުން އިއްޔެ ނެގި 58 ސާމްޕަލްގެ ތެރެއިން 3 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެރަށުން އިތުރު 3 މީހަކު ޕޮޒިޓިވްވުމާއެކު، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 36 އަށް އަރާފައެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ މިކަން މިނޫހަށް ކަށަވަރުކޮށްދީފަ އެވެ. އިއްޔެ އެރަށުން ނެގި 58 ސާމްޕަލްގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓް ވެގެން ނެގުނު 44 މީހަކާއި އަލާމާތްތައްފެނިގެން ނެގުނު 4 މީހެއްގެ އިތުރުން ރެންޑަމްކޮން […]

އިބްރާހިމް އަސްވާޤް
މެންބަރު އަޙްމަދު ބާރަށު ރައްޔިތުންނަށް ޓަނެއްހާ މަސް ހަދިޔާކޮށްފި 📍 ހއ. ބާރަށް

މެންބަރު އަޙްމަދު ބާރަށު ރައްޔިތުންނަށް ޓަނެއްހާ މަސް ހަދިޔާކޮށްފި

ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދު ހާލަތުގައި އޮތް ހއ. ބާރަށަށް، ރައްޔިތުންގެ މަޖިލީހުގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ރޯ މަސް ހަދިޔާކުރަށްވައިފި އެވެ. މެންބަރު އަޙްމަދު ބާރަށު ރައްޔިތުންނަށް ހަދިޔާ ކުރެއްވީ، 979 ކިލޯ ރޯމަހެވެ. އަޙްމަދު ވަނީ މިމަހުގެ 9 ވަނަ ދުވަހު، 13،750 ފޭސް މާސްކާއި، 360 ފުޅި ހޭންޑް ސެނިޓެއިޒަރ ވެސް ބާރަށަށް ހަދިޔާ ކުރަށްވާފަ އެވެ. މެންބަރު އަޙްމަދުގެ އެހީތެރިކަން ބާރަށަށް ފޯރުކޮށްދިން އިރު، […]

ޔުމްނާ ޢަލީ
ބާރަށުގެ ޢަދަދުމައްޗަށް، އިތުރު 2 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހއ. ބާރަށް

ބާރަށުގެ ޢަދަދުމައްޗަށް، އިތުރު 2 މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ބާރަށުން އިތުރު 2 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އެރަށުން އިތުރު 2 މީހަކު ޕޮޒިޓިވްވުމާއެކު، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 33 އަށް އަރާފައެވެ. ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމް ”ތިލަދުން”އަށް ވިދާޅުވީ، އެރަށުން އިތުރު 2 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މިއަދު ކަމަށެވެ. ”ބައްޔަށް ޝައްކުވެގެން އިއްޔެ ނެގުނު 4 މީހެއްގެ ސާމްޕަލްގެ ތެރެއިން 2 މީހެއްގެ ސާމްޕަލް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައި” ޢަލީ […]

ޙުސައިން ޝަހުދީ
މެންބަރު އަޙްމަދުގެ އެހީތެރިކަން ބާރަށަށް 📍 ހއ. ބާރަށް

މެންބަރު އަޙްމަދުގެ އެހީތެރިކަން ބާރަށަށް

ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދު ހާލަތުގައި އޮތް ހއ. ބާރަށަށް، ރައްޔިތުންގެ މަޖިލިސްގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ފޭސް މާސްކާއި، ސެނިޓެއިޒަރ ހަދިޔާ ކުރަށްވައިފިއެވެ. މިގޮތުން މެންބަރު އަޙްމަދު ވަނީ 13،750 ފޭސް މާސްކާއި، 360 ފުޅި ހޭންޑް ސެނިޓެއިޒަރ ބާރަށަށް ހަދިޔާ ކުރަށްވާފަ އެވެ. https://twitter.com/NannaSoru/status/1368845909153447938?s=19 މެންބަރު އަޙްމަދުގެ އެހީތެރިކަން ބާރަށަށް ފޯރުކޮށްދިން އިރު، އަވަށްޓެރި މުރައިދޫން ވެސް ވަނީ ދެ ދުވަސް މަތީން...

ޝިއުނާ އާދަމް
ބާރަށަށް އިތުރު ހާސްކަން، ޕޮޒިޓިވްވި ޢަދަދު 31 އަށް! 📍 ހއ. ބާރަށް

ބާރަށަށް އިތުރު ހާސްކަން، ޕޮޒިޓިވްވި ޢަދަދު 31 އަށް!

ހއ. ބާރަށުން އިތުރު 6 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އެރަށުން އިތުރު ބަޔަކު ޕޮޒިޓިވްވުމާއެކު، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 31 އަށް އަރާފައެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބާރަށުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އިތުރު 6 މީހެއްގެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަން ”ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފައެވެ. ”އިތުރު 6 މީހެއް ޕޮޒިޓިވްވިކަން ވަނީ އަންގާފައި، އަދި ވެސް ނަތީޖާ ނުލިބޭ ސާމްޕަލް އެބަހުރި” ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ވިދާޅުވިއެވެ. […]

ޙުސައިން ޝަހުދީ
މުރައިދޫން މިފަހަރު ބާރަށަށް ފޮނުވީ ކާޑާއި ނޫޑްލުސް 📍 ހއ. ބާރަށް

މުރައިދޫން މިފަހަރު ބާރަށަށް ފޮނުވީ ކާޑާއި ނޫޑްލުސް

ހއ. ބާރަށުން ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން މާރިޗް 2 ވަނަ ދުވަހުން ފެށިގެން އެރަށަށް ފުރަބަންދުގެ ހާލަތުގައި އޮތްއިރު، އަވަށްޓެރި މުރައިދޫގެ ރައްޔިތުންގެ ހިތުގައި ބާރަށުގެ އަޚުންނާއި އުޚުތުންނާމެދު އޮތް ލޯތްބާއި، ކުލުނު އަނެއްކާ ވެސް ދައްކާލައިފިއެވެ. މިގޮތުން މުރައިދޫ ރައްޔިތުންގެ ފަރާތުން އިއްޔެ ބާރަށު ރައްޔިތުންނަށް ވަނީ 28 ބަސްތާ ކާޑާއި އަދި 20 ކޭސް ނޫޑްލްސް ނޫޑްލުސް ހަދިޔާކޮށްފައެވެ. މިވަގުތު ބާރަށުގައި މީހުން އުޅޭ ގޭބިސީތަކުގެ ނިސްބަތުން 28 ބަސްތާ ކާޑުން، ކޮންމެ ގޭ […]

ޙުސައިން ޝަހުދީ
ބާރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް 📍 ހއ. ބާރަށް

ބާރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް

ހއ. ބާރަށުން އިތުރ 3 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް އަރައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބާރަށުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އިތުރު 3 މީހެއްގެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަން ”ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފައެވެ. އެ ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި އެންމެ ފަހުން މާލެ ފޮނުވުނު ހުރިހާ ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެއެވެ. ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން […]

ޙުސައިން ޝަހުދީ
ބާރަށުން ނެގި ސާމްޕަލްތަކުގެ އަދަދު 216 އަށް! 📍 ހއ. ބާރަށް

ބާރަށުން ނެގި ސާމްޕަލްތަކުގެ އަދަދު 216 އަށް!

ހއ. ބާރަށުން މިހާތަނަށް 22 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެރަށުން ރޭގެ ނިޔަލަށް 216 މީހެއްގެ ސާމްޕަލް ނަގައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި، ކޯވިޑަށް ޓެސްޓް ކުރުމަށް ރޭގެ ނިޔަލަށް އެރަށުން ވަނީ 216 މީހެއްގެ ސާމްޕަލް ނަގާފައެވެ. ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އެރަށުތެރެއިން އިތުރު މީހުން ބައްދަލުވެފައި ވުމުން، ޑައިރެކްޓް ކޮންޓެކްޓުންގެ […]

ޙުސައިން ޝަހުދީ