📍 ށ. މަރޮށި
ނޮޅިވަރަމާއި މަރޮށްޓަށް ވެސް އާ އެންބިއުލާންސް ލިބިއްޖެ
ހދ. ނޮޅިވަރަމަށާއި، ށ. މަރޮށްޓަށް ވެސް އާ އެމްބިއުލާންސް ލިބިއްޖެއެވެ. ސަރުކާރުން މަރޮށްޓަށް ފޮނުވި އެމްބިއުލާންސް އެރަށަށް ފޯރީ އިއްޔެއެވެ. ނޮޅިވަރަމަށް އެމްބިއުލާންސް ލިބުނީ މިއަދުއެވެ. ކޯވިޑްގެ ހިތްދަތިކަމުގައި ނޮޅިވަރަމް ބަންދުވެފައި އޮތް ދުވަސްވަރު އެރަށުގައި ކުރިން އޮތް އެމްބިއުލާންސް ހަލާކުވެފައި އޮތުމުން ވަނީ ހިތްދަތި ތަޖުރިބާއެއް ކުރަން ޖެހިފައެވެ. މިގޮތުން ބަލިމީހުން އުފުލަން އެދުވަސްވަރު ޕިކަޕް ބޭނުންކޮށްފައިވާއިރު، ސިއްހީ ޚިދުމަތްތެރިން ވެސް ސާމްޕަލް ނެގުމަށާއި، މިނޫންވެސް ރަސްމީކަން...