މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޮޅިވަރަމް (216 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
216 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޮޅިވަރަމްގެ އެންމެ ފަހުގެ ޚަބަރުތައް

216 ޚަބަރުގެ ތެރެއިން
ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ފައިނަލްގެ ދެވަނަ ޖާގަ ނޮޅިވަރަމް ސީއާރުސީ އަށް 📍 ހދ. ނޮޅިވަރަމް

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ފައިނަލްގެ ދެވަނަ ޖާގަ ނޮޅިވަރަމް ސީއާރުސީ އަށް

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ނޮޅިވަރަންފަރުގައި މިހާރު ކުރިޔަށްދާ ފިރިހެން ޑިވިޜަންގެ ދެވަނަ ސެމީގައި ހަނިމާދޫ ބަލިކޮށް ނޮޅިވަރަމް ސީ.އާރު.ސީ ފައިނަލްގެ ދެވަނަ ޖާގަ ހޯދައިފިއެވެ. ބުރާސްފަތި ދުވަހުގެރޭ ކުޅުނު ސެމީފައިނަލް ނޮޅިވަރަމް ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއިންނެވެ. ފުރަތަމަ ސެޓް ފަސޭހަކަމާއެކު ނޮޅިވަރަމް ގެންދިޔައީ 25-15އިންނެވެ. ދެވަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު ނޮޅިވަރަމް ގެންދިޔައީ 26-24 އިންނެވެ. ކުރީ ދެ ސެޓާ ހިލާފަށް 3 ވަނަ ސެޓް އަދި ހަތަރުވަނަ ސެޓް ގައި […]

އަލީ ރިޔާޟް
އެމްޑީޕީ އަށް ނުލިބުނަސް، ނޮޅިވަރަމް ދާއިރާއަކީވެސް ހދ އަތޮޅުގެ ދާއިރާއެއް: މޮސްޓާ 📍 ހދ. ނޮޅިވަރަމް

އެމްޑީޕީ އަށް ނުލިބުނަސް، ނޮޅިވަރަމް ދާއިރާއަކީވެސް ހދ އަތޮޅުގެ ދާއިރާއެއް: މޮސްޓާ

އެމްޑީޕީ އަށް ނޮޅިވަރަމް ދާއިރާ ނުލިބުނަސް، އެދާއިރާއަކީވެސް ހދ އަތޮޅުގެ ދާއިރާއެއްކަމުގައި ވިދާޅުވ،ެ ނޮޅިވަރަމް ދާޢިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ނުރުހުން ފާޅުކުރައްވައިފި އެވެ. މޮސްޓާ މިހެން ވިދާޅުވީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ހއ. ހދ. އަދި ށ. އަތޮޅުގެ ދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި އެކު އިއްޔެ ކުރިއަށް ގެންދެވި ބައްދަލުވުމުގެ ފޮޓޯތައް ހިއްސާކުރައްވަމުންނެވެ. މޮސްޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހއ، ހދ، ށ...

އަލީ އާދިލް
ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނޮޅިވަރަންފަރު

ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަމުމަށް އިއުލާން ކޮށްފި އެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދިނުމަށް އަންދާސީ ހިސާބު ހެށަހެޅުމަށް މި އޮކްޓޯބަރ މަހުގެ 20 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 11 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ހަނިމާދޫ ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދިނުމަށް އަނ...

މުޙައްމަދު އަފްރާޙް
ހދ. އަތޮޅު ޤުރްއާން މުބާރާތުގެ ބައިވެރިންނަށް މެހްމާންދާރީ އަދާކުރަން ނޮޅިވަރަމް ތައްޔާރު 📍 ހދ. ނޮޅިވަރަމް

ހދ. އަތޮޅު ޤުރްއާން މުބާރާތުގެ ބައިވެރިންނަށް މެހްމާންދާރީ އަދާކުރަން ނޮޅިވަރަމް ތައްޔާރު

ހދ. އަތޮޅު ޤުރްއާން މުބާރާތުގެ ބައިވެރިންނަށް މެހްމާންދާރީ އަދާކުރުމަށް ނޮޅިވަރަމް ތައްޔާރުވެފައިވާ ކަމަށް ނޮޅިވަރަމް ކައުންސިލުން ވިދާޅުވެއްޖެއެވެ. ހދ. އަތޮޅުގެ މި އަހަރުގެ ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި، ޕްރޮޕޯސަލް ހުށަހެޅުމަށް ޝައުޤުވެރިކަންހުރި ކައުންސިލްތަކަށް ހދ. އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން މިފަހަރުގެ މުބާރާތް ބާއްވަން ޕްރޮޕޯސަލް ކާމިޔާބުކޮށްފައި ވަނީ ނޮޅިވަރަމް ކައުންސިލުންނެވެ. ނޮޅިވަރަމް ކައުންސިލް މެންބަރު އަދި އެ ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ...

ޔުމްނާ ޢަލީ
ނޮޅިވަރަމް ކައުންސިލް ޤުރްއާން މުބާރާތް ނިންމާ ނަތީޖާ ފާޅުކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ކައުންސިލް ޤުރްއާން މުބާރާތް ނިންމާ ނަތީޖާ ފާޅުކޮށްފި

ހދ. ނޮޅިވަރަމް ކައުންސިލް ޤުރްއާން މުބާރާތް 1444 ނިންމާލައި، އެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ. ހދ. އަތޮޅު ކައުންސިލުން ބާއްވާ އަތޮޅު ޤުރްއާން މުބާރާތުގައި ނޮޅިވަރަމް ތަމްސީލްކުރާނެ ދަރިވަރުން ހޮވުމަށް ބޭއްވި މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައި ވަނީ މިއަދުއެވެ. ނޮޅިވަރަމް ކައުންސިލް މެންބަރު އަދި މީޑިއާ އޮޕިޝަލް މުޙައްމަދު މުސްތަފާ ”ތިލަދުން” އަށް ވިދާޅުވީ މި މުބާރާތް ކުރިއަށް ގެންދިޔައީ ތިން ގޮތްޕަކަށް ބަހާލައިގެން ކަމަށެވެ. އެ ގޮފިތަކަކީ،  ބަލައިގެން ކިޔުމުގެ ގޮތްޕާއި، ނުބަލާ ކިޔުމުގެ […]

ޔުމްނާ ޢަލީ
ނޮޅިވަރަން ފުޓްސަލް ދަނޑަށް ގެއްލުން ދީފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަން ފުޓްސަލް ދަނޑަށް ގެއްލުން ދީފި

ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑަށް ރޭ ބަޔަކު ގެއްލުން ދީފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް މުޙައްމަދު މުސްތަފާ ”ތިލަދުން” އަށް ވިދާޅުވީ، ފުޓްސަލް ދަނޑުގައި އަޅާފައި ހުރި މެޓްތައް އުކާލައި، ގެއްލުން ދީފައި ހުރިކަން އިނގުނީ ބަޔަކު ފަތިހު އެ ދަނޑަށް ކުޅެން ދިޔުމުން ކަމަށެވެ. ”ކޮންމެ ރެޔަކު ވެސް ފަތިސް ނަމާދުކޮށްގެން ދަނޑަށް ކުޅެންދާ ސާޅީސް ޕްލަސްގެ ޓީމެއް އުޅޭނެ، އެ މީހުން ކުޅެންދިޔައިރު ދަނޑުގެ މެޓްތައް ހުރީ އުކާލާފައި” މުސްތަފާ ވިދާޅުވިއެވެ. އޭނާ […]

އަލީ އާދިލް
ނޮޅިވަރަމް ތަރައްޤީއަށް އެންމެ މުހިންމުވެފައިވާ ކަންކަން ހިއްސާކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ތަރައްޤީއަށް އެންމެ މުހިންމުވެފައިވާ ކަންކަން ހިއްސާކޮށްފި

ހދ. ނޮޅިވަރަމްގެ ތަރައްޤީއަށް މިހާރަށް އެންމެ މުހިންމު ކަންކަން އެރަށު ކައުންސިލާއި، އެރަށު މުއައްސަސާތަކުގެ ވެރިން ނައިބު ރައީސް ފައިސަލް ނަސީމަށް ދަންނަވައިފިއެވެ. މި ކަންކަން ނައިބު ރައީސާއި ހިއްސާ ކުރަށްވާފައި ވަނީ، ނައިބު ފައިޞަލް ނަސީމް، ނޮޅިވަރަމް ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މިއަދު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައެވެ. މިއަދު ހަވީރު ނޮޅިވަރަމް ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލު...

ޔުމްނާ ޢަލީ
ނައިބު ރައީސް ކުޅުދުއްފުށި ސިޓީ އާއި ނޮޅިވަރަމަށް ވަޑައިގަންނަވަނީ 📍 ހދ. ނޮޅިވަރަމް

ނައިބު ރައީސް ކުޅުދުއްފުށި ސިޓީ އާއި ނޮޅިވަރަމަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީގެ ދެރަށަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ. ނައިބް ރައީސްގެ މިދަތުރުގައި ހދ. އަތޮޅުވަން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި ސިޓީ އާއި އެއަތޮޅު ނޮޅިވަރަމަށެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މި ރަސްމީ ދަތުރުފުޅަކީ ޔޫއެންގެ ރެސިޑެންޓް ކޯޑިނޭޓަރގެ ދައުވަތަށް، އިންޓަރނޭޝަނަލް ޔޫތުޑޭ ފާހަގަކުރުމަށް ކުރައްވާ ދަތުރެއްކަމަށެވެ. އެކައުންސިލާއި ޔޫއެން އިން ރާވާފައިވާ ބައެއް ހަރަކާތްތަކުގައި ނައިބް ރައީސް ބައިވެރ...

އިބްރާހިމް އަސްވާޤް
ނޮޅިވަރަމް 6 ކުލާހަށް ބޭނުންވާ ގޮނޑިޔާއި މޭޒު، މާލޭ ބޯޓަށް އަރުވައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް 6 ކުލާހަށް ބޭނުންވާ ގޮނޑިޔާއި މޭޒު، މާލޭ ބޯޓަށް އަރުވައިފި

ނޮޅިވަރަމް ސުކޫލުގައި އަލަށް އިމާރާތް ކޮށްފައިވާ ހަ ކުލާސް ރޫމަށް ބޭނުންވާ އެންމެހާ ފަރުނީޗަރު އެ ރަށަށް ފޮނުވުމަށްޓަކައި މިހާރު ބޯޓަށް އަރުވާފައިވާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ. ޖާގައިގެ ދަތިކަން އިންތިހާއަށް އޮތް ނޮޅިވަރަމު ސުކޫލަށް އިތުރު ކުރެވުނު 6 ރޫމް އިމާރާތުގެ މަސައްކަތް ނިމި، އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރިތާ ހަމަސް ދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވެ ފެށޭ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު އެ ކުލާސް ރޫމްތައް ބޭނުންކުރަން ފެށުމަށް ބޭނުންވާ ސާމާނު ހަމަވެފައި ނުވާތީ […]

އިބްރާހިމް ޚަލީލް
މޭޒާއި ގޮނޑި ނުހޯދިގެން، ނޮޅިވަރަމް ސުކޫލު 6 ކުލާސްރޫމުގައި ކިޔަވައިދޭން ނުފެށި 6 މަސް 📍 ހދ. ނޮޅިވަރަމް

މޭޒާއި ގޮނޑި ނުހޯދިގެން، ނޮޅިވަރަމް ސުކޫލު 6 ކުލާސްރޫމުގައި ކިޔަވައިދޭން ނުފެށި 6 މަސް

ޖާގައިގެ ދަތިކަން އިންތިހާއަށް އޮތް ހދ. ނޮޅިވަރަމު ސުކޫލަށް އިތުރު ކުރެވުނު 6 ރޫމް އިމާރާތުގެ މަސައްކަތް ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިޢުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މިނިސްޓްރީ އާއި ހަވާލުކުރިތާ ގާތްގަނޑަކަށް ހަމަސް ދުވަހަށްވުރެ ގިނަ ދުވަސް މިވަނީ ފާއިތު ވެފަ އެވެ. ފެށޭ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު އެ ކުލާސް ރޫމްތަކުގެ ބޭނުންކުރަން ފެށުމަށް ބޭނުންވާ ސާމާނު ހަމަވެފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުން […]

އިބްރާހިމް ޚަލީލް
ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނުނިމި ލަސްވާތީ ނޮޅުވަރަމް ޒުވާނުން ޝުއޫރުފާޅުކޮށްފި 📍 ހދ. ނޮޅިވަރަމް

ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނުނިމި ލަސްވާތީ ނޮޅުވަރަމް ޒުވާނުން ޝުއޫރުފާޅުކޮށްފި

ހދ. ނޮޅިވަރަމްގައި ފުޓްބޯޅަ ކުޅޭ ބޮޑު ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައި، އެ މަސައްކަތް ނުނިމި ލަސްވާތީ އެރަށު ޒުވާނުންތަކެއް މިއަދު ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެ ޝުއޫރު ފާޅުކޮށްފިއެވެ. އެ ޒުވާނުން ޝުއޫރު ކުރަން ކައުންސިލް އިދާރާ ކައިރިއަށް އެއްވީ މިއަދު ހެނދުނު 1130 ހާއިރުއެވެ. އެ ޒުވާނުން ޝުއޫރު ފާޅުކުރަމުން ދިޔައިރު އެ ޒުވާނުން ތިބީ އެމީހުންގެ ޝުއޫރުތައް ލިޔެފައިވާ ކަރުދާސްތަކެއް ހިފަހައްޓައިގެންނެވެ. ނޮޅުވަރަމް ކައުންސިލް މެންބަރު އަދި އެ ކައުންސިލްގެ މީޑިއާ […]

އަލީ އާދިލް
ތިލަދުންމަތީގެ 7 ރަށެއް ހިމެނޭހެން، ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ތިލަދުންމަތީގެ 7 ރަށެއް ހިމެނޭހެން، ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ހަވާލުކޮށްފި

ތިލަދުންމަތީގެ 7 ރަށެއް ހިމެނޭހެން، ޖުމްލަ 25 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެ ރަށްތަކާއި ހަވާލުކޮށްފިއެވެ. 25 ޑްރެގް ބްރަޝް މެޝިންތައް ރަށްތަކާއި ހަވާލުކުރުމަށް މިއަދު ވަނީ އެކުވެނި ސިންތެޓިކް ޓްރެކްގައި ރަސްމީޔާތެއް ބާއްވާފައެވެ. މި ރަސްމީޔާތުގައި ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެޑައިގެންފައެވެ. ޔޫތް މިނިސްޓްރީން ޑްރެގް ބްރަޝް މެޝ...

އަލީ އާދިލް
ނޮޅިވަރަމް އަންހެނުން ކޮމެޓީއާއި، ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ގުޅިގެން ކަސްރަތު ޕްރޮގްރާމެއް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް އަންހެނުން ކޮމެޓީއާއި، ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ގުޅިގެން ކަސްރަތު ޕްރޮގްރާމެއް

ހދ. ނޮޅިވަރަމް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ގުޅިގެން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ހުސްވި މާރިޗް މަހުގެ 13 އިން 30 އަށް ހިނގު މި ޕްރޮގްރާމް ގައި 34 މީހަކު ބައިވެރިވެ 32 މީހަކު މިރޮގްރާމް ފުރިހަމަ ކޮއްފައިވެއެވެ. މި ކަސްރަތު ޕްރޮގުރާމްގެ އެއްމެ ބޮޑަށް ބަރުދަން ލުއިކުރެވިގެން މުބާރާތުގެ އެއްވަނަ ފަރާތަކަށް ހޮވިފައިވަނީ ހދ.ނޮޅިވަރަމް / ކަށިމާގެ ސާދ...

ޙުސައިން ޝަހުދީ
"ނޮޅިވަރަމު ކައުންސިލް، ހުވާސް ވޮލީބޯޅަ މުބާރާތް" އަންނަ މޭ މަހު ފަށަނީ 📍 ހދ. ނޮޅިވަރަމް

"ނޮޅިވަރަމު ކައުންސިލް، ހުވާސް ވޮލީބޯޅަ މުބާރާތް" އަންނަ މޭ މަހު ފަށަނީ

ހދ. ނޮޅިވަރަމު ކައުންސިލް ހުވާސް ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އިއްޔެ އެ ކައުންސިލުން ހުޅުވާލާފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 09 މެއި 2022 ވާ ބުރާސްފަތި ދުވަހުއެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، ޓީމް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 09 އޭޕްރިލް 2022 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ލިސްޓު 24 އޭޕްރިލް 2022 ވަނަ ދުވަހުގެ 14:00 […]

އިބްރާހިމް ޚަލީލް
ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމާއި ގޯލް ފެންސްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިއީ މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާންކުރި ދެވަނަ ފަހަރެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރެވިފައި މިވަނީ ފުރަތަމަ ފަހަރު ހުޅުވާލެވުނު ފުރުޞަތުގެ ދަށުން އެކަށީގެންވާ އަންދާސީ ހިސާބެއް ހުށަހަޅާފައި ނުވާތީއެވެ. އެ ކައުންސިލު...

އިބްރާހިމް ޚަލީލް