📍 ހދ. ނޮޅިވަރަމް
ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ނޮޅިވަރަމް މޮނިޓަރިންނަށް
ހދ. ނޮޅިވަރަމްއިން ކޯވިޑް-19އަށް ބަޔަކު ޕޮޒިޓިވް ވެއްޖެއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އެ ރަށުން 7 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށެވެ. ޕޮޒިޓިވް ވެފައި ވަނީ 5 ކުޑަކުދިންނާއި، ބޮޑު ދެ މީހުންކަމަށް އޭނާ ވިދާޅުވިއެވެ. ޕޮޒިޓިވްވި ބޮޑު ދެ މީހުންގެ ތެރޭގައި ސިއްހީ މަރުކަޒުގެ ކޮމިޔުނިޓީ ހެލްތު އޮފިޝަރެއް ހިމެނެއެވެ. ޕޮޒިޓިވްވި 5 ކުދިންނަކީ ވެސް ސްކޫލް ދަރިވަރުންނެވެ. މުސްތަފާ ވިދާޅުވީ، އެ ރަށް މިހާރު […]