މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޮޅިވަރަންފަރު (243 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
243 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޮޅިވަރަންފަރުގެ އެންމެ ފަހުގެ ޚަބަރުތައް

243 ޚަބަރުގެ ތެރެއިން
މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮޅިވަރަންފަރުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮޅިވަރަންފަރުން މީހަކު ހައްޔަރުކޮށްފި

ދެރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މިގޮތުން މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގި އެއް ރަށަކީ ހދ. ނޮޅިވަރަންފަރެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި އެރަށުގައި އެ އޮޕަރޭޝަން ހިންގާފައި ވަނީ ކުޅުދުއްފުށިން ނޮޅިވަރަންފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. މި މަހު 20 ވަނަ ދުވަހު ނޮޅިވަރަންފަރުގައި ހިންގި އެ އޮޕަރޭޝާނުގައި 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަލައިފާސ...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރުން 14 ހެކްޓަރުގެ ބިމެއް ބަޔަކު ''ކާލައިގެން'' އެބައުޅޭ: މޮސްޓާ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުން 14 ހެކްޓަރުގެ ބިމެއް ބަޔަކު ''ކާލައިގެން'' އެބައުޅޭ: މޮސްޓާ

ހދ. ނޮޅިވަރަންފަރުން 14 ހެކްޓަރުގެ ބިމެއް ބަޔަކު ”ކާލައިގެން” އެބައުޅޭ ކަމަށް  ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. މޮސްޓާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. މައުސޫމާ ސުވާލެއް ކުރެއްވުމުގެ ތެރޭގައެވެ. މޮސްޓާ ވިދާޅުވީ، އަބަދުވެސް ދައްކަނީ ސަރުކާރުން ބަދަލު ލިބެންޖެހޭ ވާހަކަ ކަމަށާއި، ރަށެއްގައި އިންވެސްޓް ކުރަން ނަގާފައިވާ ބިމެއ...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ރައީސް އާއި ހުރާ ރައީސް ހައްޔަރުކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ރައީސް އާއި ހުރާ ރައީސް ހައްޔަރުކޮށްފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ހދ. ނޮޅިވަރަންފަރު ކައުންސިލް ރައީސް އަބުދުﷲ ނަދީމް އާއި ހުރާ ކައުންސިލްގެ ރައީސް އީސަ ހައްޔަރުކޮށްފިއެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް މިއަދު ހުޅުވާފައިވާއިރު، މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހް ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވާފައެވެ. އިދިކޮޅުން ވަނީ އެ ޖަލްސާ ފެށިގަޑިއާ އެއްވަގުތެއްގައި މަޖިލިސްކުރާ ގޭ ސަރަހައްދަށް އެއްވެ އިޖުތިޖާޖު ފަށާފައެވެ. ފުލުހުން ސަރަހައްދު...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރުގައި ވިޔަފާރިއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ވިޔަފާރިއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހދ. ނޮޅިވަރަންފަރުގައި ވިޔަފާރިއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. އެރަށު ކައުންސިލުން އިންތިޒާމްކޮށްގެން މި ފެބްރުއަރީ މަހުގެ 02 އިން 04 އަށް މި ޕްރޮގްރާމު ކުރިއަށް ގެންދިޔައީ ބިޒްނަސް ސެންޓަރާއި ގުޅިގެންނެވެ. މި ޕްރޮގްރާމުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ވިޔަފާރި ރަޖިސްޓްރީކުރުމުގެ މަރުހަލާތައް އަދި ބިޒްނަސް ޕޯޓަލް ގެ މައުލޫމާތު ވަނީ ދީފައެވެ. އަދި ފައިސާގެ ހިސާބުތައް ބަލަހައްޓާނެގޮތާއި އޯތެންޓިކް މޯލްޑިވްސްގެ މައުލޫމާތު ވެސް ވަ...

މުޙައްމަދު އަފްރާޙް
ބާރުތައް ދިނީ ރައްޔިތުން އެއްޗެހި ގޮވާގޮތައް: ނަދީމް 📍 ހދ. ނޮޅިވަރަންފަރު

ބާރުތައް ދިނީ ރައްޔިތުން އެއްޗެހި ގޮވާގޮތައް: ނަދީމް

ލޯކަލް ކައުންސިލްތަކަށް ބާރުތައް ދީފައި ވަނީ ރައްޔިތުން ކައުންސިލްތަކާ ދިމާއަށް އެއްޗެހި ގޮވާގޮތައް ކަމަށް ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބުދުﷲ ނަދީމް ވިދާޅުވެއްޖެއެވެ. ނަދީމް މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ވެރިރަށް މާލޭގައި ކުރިއަށް ގެންދާ ”ހޯޕް ކޮންފަރެންސް”ގެ ރޭގެ ދަންފަޅީގައި ވާހަކަ ދައްކަވަމުންނެވެ. ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މެންބަރެއްގެ ގޮތުގައި ނޮޅިވަރަންފަރު ކައުންސިލްގެ ގޮނޑި ފުރުއްވަމުން ގެންދަވާ ނަދީމ...

ޔުމްނާ ޢަލީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ނޮޅިވަރަފަރުން 100 އިންސައްތަ ވޯޓު ޞާލިޙަށް 📍 ހދ. ނޮޅިވަރަންފަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ނޮޅިވަރަފަރުން 100 އިންސައްތަ ވޯޓު ޞާލިޙަށް

މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ހދ. ނޮޅިވަރަންފަރުގެ 100 އިންސައްތަ ވޯޓު ރައީސް ޞާލިޙަށް ލިބިވަޑައިގެންފިއެވެ. އެމްޑީޕީން މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ނޮޅިވަރަންފަރުން ވޯޓުލީ 40 މީހުން ވެސް ވޯޓު ލާފައި ވަނީ ރައީސް ޞާލިޙަށެވެ. އެ ދާއިރާގައި ހިމެނޭ ނޮޅިވަރަމްގެ ނަތީޖާއަށް ބަލާއިރު އެރަށުން ވެސް ކުރި ހޯއްދެވީ ރައީސް ޞާލިޙެވެ. އެރަށުން ޞާލިޙަށް 108 ވޯޓު ލިބިވަޑައިގެންނެވިއިރު، ނަޝީދަށް ލިބިވަޑައިގަތީ 108 ވޯޓެވެ. މުޅި...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު އަންހެނުން ކޮމެޓީގެ "ބިލެއްކަމަނަ" އެވޯޑަށް ނަން ހުށަހަޅަން ހުޅުވާލައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު އަންހެނުން ކޮމެޓީގެ "ބިލެއްކަމަނަ" އެވޯޑަށް ނަން ހުށަހަޅަން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ތައާރަފްކޮށްފައިވާ “ބިލެއްކަމަނަ” އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ. އެ ކޮމެޓީން ވިދާޅުވީ، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައި، މާޗު 1 އިން 10 ގެ ނިޔަލަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ އަހަރުގެ އަންހެނުންގެ ދުވަހާއި ގުޅުވައިގެން އެ ކޮމެޓީން ތައާ...

މުޙައްމަދު އަފްރާޙް
ނޮޅިވަރަންފަރު ކައުންސިލްގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ކައުންސިލްގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފިއެވެ. ނޮޅިވަރަންފަރު ކައުންސިލުގެ އަހަރީ ހަފްލާ މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށު ޕްރީސްކޫލުގައި ބާއްވާފައިވާއިރު، އެ ހަފްލާގައި ވަނީ އެ ކައުންސިލުގެ ލޯގޯއާއި ސްޓާފް ކާޑުގެ އިތުރުން ރަސްމީ ޔުނީފޯމް ވެސް އިފްތިތާހް ކޮށްފައެވެ. މީގެ އިތުރުން އެ ކައުންސިލަށް ޚިދުމަތްކޮށް ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކަށާއި، ސަރުކާރަށް ޚިދުމަތް ކުރައްވާ ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކުގެ އިތުރުން އެ ކައުންސިލަށް ވިހި އަހަރަށްވ...

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރު ސަހަރާ ކޮނުމުން ކައުންސިލުން އެކަން ކުށްވެރިކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ސަހަރާ ކޮނުމުން ކައުންސިލުން އެކަން ކުށްވެރިކޮށްފި

ހދ. ނޮޅިވަރަންފަރު ސަހަރާ ރޭގެ ވަގުތެއްގައި ބަޔަކު ކޮނެފައިވާއިރު، އެރަށު ކައުންސިލުން އެކަން ކުށްވެރިކޮށްފިއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ފަސް މެންބަރުން ސޮއިކުރައްވާ މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރޭގެ 23:30 ހާއިރު އެރަށު ސަހަރާއަށް ބަޔަކުވަދެ، ރުގްޔާ ކުރުމުގެ ނަމުގައި ކޮނުމުގެ މަސައްކަތްކުރާ ކަމުގެ މައުލޫމާތު އެކައުންސިލަށް ލިބުމުން، ކައުންސިލުން އެތަނަށް ދިޔަކަމަށެވެ. ކައުންސިލުން އެތަނަށް ދިޔައިރު އެކަން ކުރަމުން ދިޔައީ ނޮޅިވަރަންފަރުގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި، އެ ސ...

ޔުމްނާ ޢަލީ
ގެއްލިގެން ހޯދަމުންދިޔަ ނޮޅިވަރަންފަރު ޒުވާނާ ފެނިއްޖެ 📍 ހދ. ނޮޅިވަރަންފަރު

ގެއްލިގެން ހޯދަމުންދިޔަ ނޮޅިވަރަންފަރު ޒުވާނާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ހދ. ނޮޅިވަރަންފަރު ޒުވާނާ ފެނިއްޖެ އެވެ. ގެއްލިގެން ހޯދަމުން ދިޔައީ އެރަށު ނޫރަންވިލާ، ޙުސައިން ޢާލިމް (31އ) އެވެ. ފުލުހުން ބުނީ އޭނާ ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށެވެ. ‏މި މަހު 23 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 14:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. “މި މަހު 23 ވަނަ ދުވަހު އޭނާ މާލެ […]

އިބްރާހިމް އަސްވާޤް
ނޮޅިވަރަންފަރު އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފި

ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އަހުމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް އެޑްމިނިސްޓްރޭޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. އެ ކޮމިޝަނުން ވިދާޅުވީ ޢަލީ އަޙްމަދު ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއެއް ބަލަމުން އަންނަކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ އިން ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ބެލުމަށް ނިންމާފައިވަނީ މި ނޮވެމްބަރ މަހުގެ 23 ވަ...

މުޙައްމަދު އަފްރާޙް
ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ހދ. ނޮޅިވަރަންފަރު ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަމްސް ކޭކްސް ގުޅިގެ ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. މި ކޯހުގައި ޖުމްލަ 30 ފަރާތަކުން ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވެއެވެ. މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި ޖުމްލަ 24 އައިޓަމެއް ވަނީ […]

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. އެރަށު ކައުންސިލުން ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެރަށުގައި ޢިމާރާތްކޮށްފައިވާ މި 100 ހައުސިން ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ކަމަށެވެ. އެގޮތުން އެ ރަށުގެ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީގައި 75 ހައުސިންޔުނިޓާއި ނޮޅިވަރަންފަރަށް ދިރިއުޅުން ބަދަލު...

މުޙައްމަދު އަފްރާޙް
ހދ. އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވެޜަންގެ ޗެމްޕިއަން ޓީމަކަށް ނޮޅިވަރަންފަރު ލައިކަން  📍 ހދ. ނޮޅިވަރަންފަރު

ހދ. އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވެޜަންގެ ޗެމްޕިއަން ޓީމަކަށް ނޮޅިވަރަންފަރު ލައިކަން 

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ނޮޅިވަރަންފަރުގައި ކުރިޔަށްގެންދިޔަ އަންހެން ޑިވެޜަންގެ ވޮލީ މުބާރާތުގެ ޗެމްޕިންކަން ނޮޅިވަރަންފަރު ލައިކަން ހޯދައިފިއެވެ. ނޮޅިވަރަންފަރު ވޮލީ ކޯޓުގައި މިއަދު ހަވީރު ކުރިއަށްދިޔަ މި މުބާރާތުގެ ޗެންޕިއަންކަން ނޮޅިވަރަންފަރު ލައިކަން ހޯދާފައިވަނީ ސީދާ ތިންސެޓުން ހަނިމާދޫ ބަލިކޮށްގެންނެވެ. ލައިކަން މެޗުގެ ސެޓުތަށް ގެންދިޔައީ ފުރަތަމަ ސެޓު 25-20 ދެވަނަ ސެޓު 25-9 އަދި ތިންވަނަ ސެޓު 25-4 ން ނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަަށް ހޮވިފައިވަނީ ލައިކަންގެ...

އަލީ ރިޔާޟް
ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ނައިވާދޫ ބަލިކޮށް ނޮޅިވަރަންފަރު ސްޕޯޓްސް ފައިނަލަށް  📍 ހދ. ނައިވާދޫ

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ނައިވާދޫ ބަލިކޮށް ނޮޅިވަރަންފަރު ސްޕޯޓްސް ފައިނަލަށް 

ހދ. އަތޮޅު ވޮލީބޯޅަ މުބާރާތް 2022 ގެ ފިރިހެން ޑިވިޜަންގެ ފުރަތަމަ ސެމީ ފައިނަލް ކާމިޔާބު ކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ނޮޅިވަރަންފަރު ސްޕޯރޓްސް ކުލަބުން ކަށަވަރު ކޮށްފިއެވެ. ރޭ ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅުނު މެޗު ނައިވާދޫ އާއި ބައްދަލުކޮށް ފަރުން މެޗު ކާމިޔާބުކުރީ ސީދާ 3 ސެޓުން ނެވެ. ބުދަ ދުވަހުގެރޭ ކުޅުނު ފޯރިގަދަ ސެމީގެ ސެޓުތަށް ފަރުން ގެންދިޔައީ ފުރަތަމަ ސެޓު 25-21 ދެވަނަ ސެޓު 25-20 އަދި ތިންވަނަ ސެޓު 25-21 […]

އަލީ ރިޔާޟް