މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޮޅިވަރަންފަރު (243 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
243 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޮޅިވަރަންފަރުގެ އެންމެ ފަހުގެ ޚަބަރުތައް

243 ޚަބަރުގެ ތެރެއިން
ހދ ނޮޅިވަރަންފަރުގައި ކަސްރަތު ޕްރޮގްރާމްއެއް ހިންގަނީ 📍 ހދ. ނޮޅިވަރަންފަރު

ހދ ނޮޅިވަރަންފަރުގައި ކަސްރަތު ޕްރޮގްރާމްއެއް ހިންގަނީ

ހދ. ނޮޅިވަރަންފަރު ކައުންސިލުން ހދ.ނޮޅިވަރަންފަރުގެ ރައްޔިތުންނަށް ޙާއްސަކޮށްގެން ހިންގޭ ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް މިއަދުން ފެށިގެން ހދ. ނޮޅިވަރަންފަރު ކައުންސިލް އިދާރާއިން ލިބެން ހުންނާނެކަމަށް އެއިދާރާއިން ބުނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 ޖަނަވަރީ 2020 ވާ އާއްދުތަ ދުވަހުގެ 14:00 ކުރިން ފޯމް އެ ކައުންސިލަށް ހުށައެޅުއްވުމަށް އެކައުންސިލުން ނެރެފައިވާ އިޢުލާނުގ...

އިބްރާހިމް އަސްވާޤް
ނޮޅިވަރަންފަރާއި ކުޅުދުއްފުށީގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ހާލަތު ނައިބު ރައީސް ބައްލަވާލައްވައިފި 📍 ހދ. ކުޅުދުއްފުށި

ނޮޅިވަރަންފަރާއި ކުޅުދުއްފުށީގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ހާލަތު ނައިބު ރައީސް ބައްލަވާލައްވައިފި

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ނޮޅިވަރަންފަރާއި ކުޅުދުއްފުށީގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ހާލަތު ނައިބް ރައީސް ބައްލަވާލައްވައިފިއެވެ. ތިލަދުންމަތީގެ ރަށްރަށަށް އިއްޔެ ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ފެން ބޮޑުވެފައިވަނީ ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރުގައެވެ. އެގޮތުން ނޮޅިވަރަންފަރުގެ ޗައިނާ ޓައުންގެ 50 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ. އަދި ކުޅުދުއްފުށީގެ 20 ގެޔަކަށް ފެންވަދެ އެކިވަރުގެ ގެއްލުންވަނީ ވެފައެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަޙް...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރުގައި ފެންބޮޑުވެ 50 ގެޔަކަށް ގެއްލުންވެއްޖެ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ފެންބޮޑުވެ 50 ގެޔަކަށް ގެއްލުންވެއްޖެ

އިއްޔެއިން ފެށިގެން ހުއްޓާނުލާ މިއަދު މެންދުރާ ހަމައަށް އުތުރުގެ ރަށްތަކަށް ކުރަމިންދާ ވިއްސާރައިގައި ނޮޅިވަރަންފަރުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، 50 ގެޔަކަށް ފެންވަދެގެން މިހާތަނަށް ރިޕޯޓްކޮށްފައިވާކަމަށް ނޮޅިވަރަބްފަރު ކައުންސިލުން ބުނެފި އެވެ. ކައުންސިލްގެ ރައީސް އަހްމަފު އިބްރާހިމް ވިދާޅުވީ، ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން 50 ގެޔަކަށް ފެންވަދެ ގެއްލުން ލިބިފައިވާކަމުގެ ރިޕޯޓް ކައުންސިލަށް ލިބިފައިވާ ކަމަށެވެ. Raajje ah kuramundhaa vissaaraigai Hdh. Nolhivaranfaruge 50 ge avvure gi...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ހދ. ނޮޅިވަރަންފަރު ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. މި ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ސްކޫލު ކަރިކިއުލަމްގެ ތެރޭގައި ހިމެނޭ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމަށް، އެ ސްކޫލުގެ އެދުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ފްލޯޓް ކުރާނެ ގޮތާއި، ކިކް ޖަހާނެ ގޮތާއި، ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ހަމަޖެހިފައި...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ބަނދަރު ސަރަހައްދުގައި ގާޑިޔާ ބަހައްޓައިގެން ވިޔަފާރި ކުރުމަށް ވަގުތީ ބިން ދޫކުރަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ބަނދަރު ސަރަހައްދުގައި ގާޑިޔާ ބަހައްޓައިގެން ވިޔަފާރި ކުރުމަށް ވަގުތީ ބިން ދޫކުރަނީ

ހދ.ނޮޅިވަރަންފަރުގެ ބަނދަރު ސަރަހައްދުގައި ގާޑިޔާ ބަހައްޓައިގެން ވިޔަފާރި ކުރުމަށް ބިންދޫކުރުމަށް ކައުންސިލުން ނިންމާފިއެވެ. އެސަރަހައްދުގައި ދޫކުރެވޭނީ ’12*’15 ދެ ކަމަށާއި ބިންދޫކުރެވޭނީ މީލާދީން 2 އަހަރު ދުވަހުގެ މުއްދަތައް ކަމަށް ކައުންސިލްގެ އިޢުލާނުގައި ވަނީ ބުނެފައެވެ. އެހެން ކަމުން ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ17 ވަނަ ދުވަހުގެ10:00 ށް ކައުންސިލް އަށް ދުރުވެ މައުލޫމާތު ސާފު ކުރުމަށް ފަހު އަގު ހުށަހެޅުމަށް މިމަހުގެ19 ވަނަ ދުވަހު ހެނދުނު 10:00 ގައި ކައުންސިލަށް ދު...

ފާތިމަތު ސިނާޒާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ހަނިމާދޫ ބަލިކޮށް ނޮޅިވަރަންފަރު ފައިނަލަށް 📍 ހދ. ހަނިމާދޫ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ހަނިމާދޫ ބަލިކޮށް ނޮޅިވަރަންފަރު ފައިނަލަށް

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ފައިނަލަށް ޓީމު ހަނިމާދޫ ބަލިކޮށް ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ދަތުރު ކޮށްފިއެވެ. ފައިނަލްގައި ބައްދަލުކުރާނީ ޓީމް ނޮޅިވަރަމް އަދި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. ސެމީ ފައިނަލްގެ ފަހު މެޗުގައި މިރޭ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ވަނީ ސީދާ ތިން ސެޓުން ޓީމު ހަނިމާދޫ ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް އިން ކާމިޔާބު ކުރީ 20-25 އިންނެވެ. ދެވަނަ ސެޓު 22-25 އިން ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް […]

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ހަނިމާދޫ ބަލިކޮށް ނޮޅިވަރަމް ފައިނަލަށް 📍 ހދ. ހަނިމާދޫ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ހަނިމާދޫ ބަލިކޮށް ނޮޅިވަރަމް ފައިނަލަށް

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ފައިނަލަށް ޓީމު ހަނިމާދޫ ބަލިކޮށް ޓީމު ނޮޅިވަރަމް ދަތުރު ކޮށްފިއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗު ގައި ލީގުގެ އެއްވަނާގައި އޮތް ޓީމު ހަނިމާދޫ އާއި ދެވަނާގައި އޮތް ޓީމު ނޮޅިވަރަމް ބައްދަލުކުރި މެޗު ޓީމު ނޮޅިވަރަމް އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުން ޓީމު ހަނިމާދޫ ބަލިކޮށްފައެވެ. ރޭ 20:00 ގައި ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ސެޓު ޓީމު ނޮޅިވަރަމް އިން 23-25 އިން ކާމިޔާބު ކުރިއިރު […]

އަޙްމަދު މުޖުތަބާ
📍 ހދ. ފިނޭ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 : ނޮޅިވަރަމް އާއި ނޮޅިވަރަންފަރު މޮޅުވެއްޖެ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގައި އިއްޔެވެސް 2 މެޗު ކުޅެފައިވެއެވެ. އިއްޔެ ހަވީރު ކުޅެވުނީ މުބާރާރާތުގެ 9 ވަނަ މެޗެވެ. ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަކުރީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބާއި ޓީމް ވައިކަރަދޫ ވިޔެސް އެވެ. މިމެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. މެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް އިން ކާމިޔާބު ކުރީ 20-25 އިން ނެވެ. ދެވަނަ ސެޓު […]

އަޙްމަދު މުޖުތަބާ
📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ޤަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅޭ

ހދ ނޮޅިވަރަންފަރުގައި ޤަވާއިދާއި ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާ ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުނެފިއެވެ. ނޮޅިވަރަންފަރު ކައުންސިލުން އޮކްޓޫބަރ 28 ވަނަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ނޮޅިވަރަމްފަރު ޕޮލިސް ސްޓޭޝަން އާއި ގުޅިގެން ކުރިޔަށް ގެންދާކަމަށް ކަމަށެވެ. އަދި ޤަވާއިދާއި ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން ނޮޅިވަރަންފަރުގައި އުޅެމުންދާކަމަށްވެސް އެޓްވީޓްގައި ބުނެފައި ވެއެވެ. Rashugai ulhey bidheyseenge dhaf...

އަޙްމަދު މުޖުތަބާ
📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ރައްޔިތުން ނިކުމެ މަގުތަކަށް ވެލިއަޅައި އެއްވަރުކޮށްފި

ހދ ނޮޅިވަރަންފަރު ރައްޔިތުން ނިކުމެ އެރަށު ބައެއް މަގުތަކަށް ވެލިއަޅައި އެއްވަރުކޮށްފިއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމް ވިދާޅުވީ މިއީ ކައުންސިލުން އިސްނަގައިގެން ރައްޔިތުންނާއި ގުޅިގެން ރަށުގެ މަގުތަކުގެ ހާލަތު ވަރަށް ދަށްވެފައިވާތީވެ ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަޙްމަދު ވިދާޅުވީ ވާރޭ ވެހިއްޖެނަމަ އެއް ގޮތަކަށް ހިނގާ ނުލެވޭ ދެ ސަރަހައްދެއް ހުންނާނެކަމަށާއި ބޮޑަށް ޓާގެޓް ކުރަނީ އެ ދެސަރަހައްދަށް ކަމަށެވެ. އިއްޔެ ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ޒުވާނުންގެ ބަ...

އަޙްމަދު މުޖުތަބާ
އެމްޑީއެންގެ ރިޕޯޓް އިހަވަންދު އަދި ނޮޅިވަރަންފަރު ކައުންސިލުންވެސް ކުށްވެރިކޮށްފި 📍 ހއ. އިހަވަންދޫ

އެމްޑީއެންގެ ރިޕޯޓް އިހަވަންދު އަދި ނޮޅިވަރަންފަރު ކައުންސިލުންވެސް ކުށްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިން “ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓު ކުށްވެރިކޮށް އަދި އެމްޑީއެން އުވާލުމަށް ގިނަ އަދަދެއްގެ ރަށު ކައުންސިލްތަކުން ގޮވާލަމުންދައިރު އެއަމަލު ހއ.އިހަވަންދު އަދި ހދ.ނޮޅިވަރަންފަރު ކައުންސިލުންވެސް ކުށްވެރިކޮށްފިއެވެ. މި ލޮބުވެތި ޤައުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު އެމްޑީއެންގެ ރިޕޯޓުގައި މިއުއްމަތުގެ މާތް ސާހިބާއަށާއި މާތްވެގެންވާ އިސްލާމްދީނަށް ފާޅުގައި މަލާމާތާއި ފު...

ފާތިމަތު ސިނާޒާ
"ނޮޅިވަރަމް، ނާޅިވަރަމް، ދެން ނާޅިވަރަންޕަރަމް" 📍 ހދ. ނޮޅިވަރަންފަރު

"ނޮޅިވަރަމް، ނާޅިވަރަމް، ދެން ނާޅިވަރަންޕަރަމް"

ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުން ބޭއްވި ޖަލްސާގައި “ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނު” އަށް އިސްލާޙު ހުށަހެޅި، ދާއިރާ ތަކުގެ ނަމަށް ބަދަލު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ދިޔައިރު ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު (މޮސްޓާ) ފާޅުކުރެއްވި ކަންބޮޑުވުމަކީ އޭނާގެ ދާއިރާއަށް ކުރިމަތި ވެފައިވާ ކަންބޮޑުވުމެކެވެ. ނަޝީދުގެ ކަންބޮޑުވުމަކީ އޭނާގެ ދާއިރާގައި އެންމެ ދެރަށް އޮތްއިރު، އެ ދެރަށުގެ ނަން މާ އެއްގޮތްވުމުން ކުރިމަތިވާ މައްސަލަތަކެކެވެ. އެއީ އެ ދާއިރާގައި އ...

ހުސައިން ހަބީބް
ނޮޅިވަރަންފަރަށް ބަދަލުކުރި 52 އާއިލާއަކަށް ބަދަލު ފައިސާ ހަވާލުކުރަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރަށް ބަދަލުކުރި 52 އާއިލާއަކަށް ބަދަލު ފައިސާ ހަވާލުކުރަނީ

ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން 2011 ވަނަ އަހަރު ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވާ ފަރިދޫ، ކުނބުރުދޫ އަދި މާވައިދޫއިން ބަދަލުކުރައްވާފައިވާ އާއިލާތަކުގެ ތެރެއިން މިހާތަނަށް ދާއިމީ ބޯހިޔާވައިކަން ލިބިފައިނުވާ 52 ޢާއިލާއަށް ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ ބަދަލުފައިސާ ދޭން ނިންމައިފިއެވެ. ނޮޅިވަރަންފަރު ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ބަދަލުފައިސާގެ ތެރެއިން ފުރަތަމަ ދިނުމަށް ހަމަޖެހިފައިވާ ފައިސާ މިހާރު ކައުންސިލަަށް ލިބިފައިވާ ކަމަށެވެ. އަދި މިފައިސާ...

Thiladhun
📍 ހދ. ނޮޅިވަރަންފަރު

ތިންސެޓުން މޮޅުވެ ނޮޅިވަރަންފަރު ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި

މިހާރުކުރިއައްދާ ހދ. އަތޮޅު ކައުންސިލު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ސެމީފައިނަލު ފުރަތަމަ މެޗުގައި މިއަދު ހަވީރު ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބާއި ނޮޅިވަރަމް ޒުވާނުންގެ ގުޅުން ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން މޮޅުވެ، ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބު މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލު ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ މިއަދު ހަވީރު މެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބު ކާމިޔާބުކުރީ 15-25 ޕޮއިންޓުންނެވެ. ދެ...

ޔުމްނާ ޢަލީ
ގޯލްޑެން ފުޓްސެލް ޗެލެންޖް 2019: ނައިވާދޫ މޮޅުވި އިރު ނޮޅިވަރަންފަރު އަދި ކުމުންދޫ އެއްވަރު. 📍 ހދ. ނައިވާދޫ

ގޯލްޑެން ފުޓްސެލް ޗެލެންޖް 2019: ނައިވާދޫ މޮޅުވި އިރު ނޮޅިވަރަންފަރު އަދި ކުމުންދޫ އެއްވަރު.

ގޯލްޑެން ފުޓްސެލް ޗެލެލެންޖް 2019 ގައި ހދ އަތޮޅުގެ ގުރޫޕް އެކެއްގައި ރޭ ވަނީ ދެމެޗް ކުޅެފައެވެ. ފުރަތަމަ މެޗްގައި ނައިވާދޫ އާއި ނޭކުރަންދޫ ބައްދަލުކުރި އިރު މި ގުރޫޕްގެ ދެވަނަ މެޗްގައި ބައްދަލު ކުރީ ނޮޅިވަރަންފަރު އަދި ކުމުންދޫއެވެ. ފުރަތަމަ މެޗްގައި ނޭކުރަންދޫގެ މަށްޗަށް ނައިވާދޫ ކުރި ހޯދިއިރު ދެވަނަ މެޗް ނިމުނީ ދެ ޓީމް އެއްވަރު ވެގެންނެވެ. ނައިވާދޫ އިން ނޭކުރަންދޫއާއި ބައްދަލުކޮށް މެޗް ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިމެޗްގެ މޮޅު […]

އަޙްމަދު އަސްފާން