މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޮޅިވަރަންފަރު (243 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
243 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޮޅިވަރަންފަރުގެ އެންމެ ފަހުގެ ޚަބަރުތައް

243 ޚަބަރުގެ ތެރެއިން
📍 ހދ. ނޮޅިވަރަންފަރު

ތިލަދުންމަތީ ހުނަރުވެރިން: ޝާހިދާގެ ކޭކުތައް

ތަފާތު ރޮނގުރޮނގުން ހުނަރުވެރި ޒުވާނުން ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަމުން ދެއެވެ. މީސްމީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އެ ހުނަރުވެރިންގެ ހުނަރުތައް ހިއްސާ ކުރަމުން އަންނަ އިރު ބައެއް ފަރާތްތަކުގެ ހުނަރުވެރި މަސައްކަތްތައް ފެނި މީހުން ހައިރާންވާ ފަހަރުވެސް އާދެއެވެ. ހދ. ނޮޅިވަރަމްފަރަށް އުފަން އެރަށު ރޯޅިވާގޭ އައިމިނަތު ޝާހިދާއަކީ ވެސް ހުނަރުން ފުރިގެންވާ ޒުވާނެކެވެ. ކޭކު އެޅުމުގެ މަސައްކަތުގައި ކުރިއެރުން ތަކެއް ހޯދަމުން އަންނަ ހިވާގި ފިސާރި ކަނބަލެކެވެ. ކޭކަކުން ބޭނުން ކެރެކްޓާއ...

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރު ރުއްގަނޑު ބީޗު: ހިތްގައިމު އަރާމު މަންޒިލެއް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ރުއްގަނޑު ބީޗު: ހިތްގައިމު އަރާމު މަންޒިލެއް

ކޯވިޑް-19 ގެ ފުރަބަންދުގެ ތެރޭގައި އެންމެ ފޯރިއާއިއެކު ބައެއް ރަށްރަށުގައި ކުރެވުނު އެއް ކަމަކީ، ފިނި މައިޒާންތައް ހެދުމާއި، އަރާމު ކޮށްލަން ގޮނޑުދޮށްތައް ފައްކާ ކުރުން ފަދަ ކަންކަމެވެ. އެގޮތުން ހދ. ނޮޅިވަރަންފަރުގެ ޒުވާނުންތަކެއް ވެސް މިވަނީ އެ ޒުވާނުންގެ ބުރަ މަސައްކަތުން، އެ ޒުވާނުންގެ ފަންނުވެރިކަން ފެނިގެންދާ މަންޒިލެއް އެރަށުގެ ގޮނޑުދޮށުގައި ތަރައްޤީކޮށްފަ އެވެ. އެ މަންޒިލަށް އެ ޒުވާނުން ދީފައިވާ ނަމަކީ، “ނޮޅިވަރަންފަރު ރުއްގަނޑު ބީޗް” އެވެ. އެތަން ހަދާފައި ވަނީ އެރަށުގެ ފަރު […]

ޙުސައިން ޝަހުދީ
ނޮޅިވަރަންފަރު ޚަދީޖާ އެދެނީ އެހީތެރިކަމުގެ އަތަކަށް! 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ޚަދީޖާ އެދެނީ އެހީތެރިކަމުގެ އަތަކަށް!

ހދ.ނޮޅިވަރަންފަރު، ބަޝީރީމަންޒިލް، ޚަދީޖާ ހަސަން އައިޑީކާޑް ނަމްބަރ A226477 ގެ ބޮލުގައި ބްރެއިން ޓިއުމަރއެއް އުފެދި ކުއްލި ގޮތަކަށް ދެވަނަ އޮޕަރޭޝަނެއް ކުރަން ޖެހުމާއި ގުޅިގެން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. 59 އަހަރުގެ ޚަދީޖާގެ ބޮލުގައި ޓިއުމަރއެއް އުފެދުމާއި ގުޅިގެން ފުރަތަމަ އޮޕަރޭޝަންކޮށް އެ ޓިއުމަރ ނަގާފައިވަނީ 2018 ވަނަ އަހަރު ގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ކުރެވުނު އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނަށްފަހު ޚަދީޖާގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅުވެފައި ވީނަމަވެސް، އަނެއްކާވެސ...

އިބްރާހިމް ޚަލީލް
📍 ހދ. ނޮޅިވަރަންފަރު

12 އަހަރުން ނުހެދުނު ނޮޅިވަރަންފަރު ޓްރެއިނިންގ ރިސޯޓް!

ހދ. ނޮޅިވަރަންފަރުގައި ޓްރެއިނިންގ ރިސޯޓް ތަރައްގީކުރުމަށް އެ ރަށުގެ ފަޅުން ނަގާ 81.44 ހެކްޓަރުގެ ބިމާއެކު ރަށުގެ ކަނޑޫފާ ހިމެނޭ ސަރަހައްދު ރިސޯޓް ތަރައްގީކުރަން ދޫކުރަން ނިންމާ އިޢުލާން ކުރީ 28 ޖުލައި 2008 ވަނަ އަހަރުއެވެ. މިކަން ސަރުކާރުން އިޢުލާން ކުރުން ވެގެންދިއައީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެތައްބަޔަކަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. ހާއްސަކޮން ފަތުރުވެރިކަމަށް އަލަށް ނިކުންނަށް ބޭނުންވާ ފަރާތްތަކަށެވެ. ފަތުރުވެރިކަމުގެ ނަފާއިން މަޙްރޫމް ކުރެވިފައިވާ ހދ. އަތޮޅުގެ ރައްޔިތުން ކ...

ހުސައިން ހަބީބް
މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮޅިވަރަމާއި ނޮޅިވަރަންފަރުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮޅިވަރަމާއި ނޮޅިވަރަންފަރުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. އަތޮޅުގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެއްކަމަށެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި ދެ މީހުންގެ ތެރެއިން 33 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ނޮޅިވަރަމުގައި މީހަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެން...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ސްކޫލް: ޚިދުމަތުގައި 51 އަހަރު 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ސްކޫލް: ޚިދުމަތުގައި 51 އަހަރު

ޕޯޗްގީޒުންގެ އަނީވެރި ވެރިކަން ދިވެހިރާއްޖެއިން ފޮހެލައި، ދިވެހިންގެ ގައުމު ދިވެހިންނަށް ހޯދަވައިދެއްވުމަށްފަހު މުޙައްމަދު ތަކުރުފާނު ރަސްކަމަށް އިސްވެ ފެއްޓިވި މަސައްކަތްޕުޅުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްމަސައްކަތަކީ ދީނީ ތަޢުލީމު ފޯރުކޮށްދިނުމުގެ މަސައްކަތްޕުޅެވެ. އެދުވަސްވަރު ދިވެހިރާއްޖޭގައި ތިއްބެވި މަދު އިލްމުވެރިންގެ ބޭނުންހިއްޕަވާ އެބޭފުޅުންގެ އެހީތެރިކަމާއި މަދަދާއިއެކު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިނީތައުލީމު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސެވިއެވެ. އެގޮތުން...

ތިލަދުން
ކޯވިޑް-19: ނޮޅިވަރަންފަރު ސްކޫލުގެ އަހަރީ ހަދިޔާ ފްރޮންޓް ލައިނުގައި މަސައްކަތް ކުރާ މުއައްސަސާތަކަށް 📍 ހދ. ނޮޅިވަރަންފަރު

ކޯވިޑް-19: ނޮޅިވަރަންފަރު ސްކޫލުގެ އަހަރީ ހަދިޔާ ފްރޮންޓް ލައިނުގައި މަސައްކަތް ކުރާ މުއައްސަސާތަކަށް

ހދ. ނޮޅިވަރަންފަރު ސްކޫލްގެ 51 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން، ކޯވިޑް-19 އާއި ގުޅިގެން އެރަށުގެ ފްރޮންޓް ލައިންގައި އިސްކޮށް މަސައްކަތް ކުރާ މުއައްސަސާތަކަށް އެހީތެރިކަންދީ، އެފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި އެކުގައި ތިބިކަން ދައްކުވައި ދީފިއެވެ. މިގޮތުން ނޮޅިވަރަންފަރު ސްކޫލުން ވަނީ ކޯވިޑް-19 އާއި ގުޅިގެން އެރަށުގައި އިސްކޮށް މަސައްކަތްކުރާ 3 މުއައްސަސާއަކަށް، ނޮޅިވަރަންފަރު ސްކޫލަށް މިއަހަރު ފުރޭ 51 އަހަރާއި ގުޅުވައިގެން 51 ފޭސް ޝީލްޑް ހަދައި، ހަދިޔާކޮށްފައިއެވެ. ނޮޅިވަރަންފަރު ސްކޫލ...

ޔުމްނާ ޢަލީ
ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެއްޗާއެކު ނޮޅިވަރަންފަރުން 4 މީހަކު ހައްޔަރުކޮށްފި

ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެއްޗާއެކު ނޮޅިވަރަންފަރުން 4 މީހަކު ހައްޔަރުކޮށްފި

ހދ. ނޮޅިވަރަންފަރުގައި ބަޔަކު ބަނގުރާ ކައްކާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހަކާއި، 35 އަހަރުގެ މީހަކާއި، 38 އަހަރުގެ މީހެއްގެ އިތުރުން 43 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ނޮޅިވަރަންފަރު ގެއެއްގައި ބަޔަކު ބަނގުރާ ކައްކާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ހިނގާ މެއި މަހުގެ […]

ޔުމްނާ ޢަލީ
"ދެ ނޮޅިވަރަމުގެ" އޮޅުންބޮޅުންތަކާއި، ކޯވިޑް19 📍 ހދ. ނޮޅިވަރަންފަރު

"ދެ ނޮޅިވަރަމުގެ" އޮޅުންބޮޅުންތަކާއި، ކޯވިޑް19

ނޮޅިވަރަމާއި ނޮޅިރަންފަރަކީ ކައިރިކައިރީގައި އޮންނަ ބޮޑު ދެ ރަށެވެ. ނޮޅިވަރަންފަރަކީ 184 ހެކްޓަރަށް ވުރެ ބޮޑު، ރަށެކެވެ. ކުރިން އަތޮޅުވެރިކަން ކުރި ރަށެވެ. ނޮޅިވަރަމަކީ 221 ހެކްޓަރަށް ވުރެ ބޮޑު ރަށެކެވެ. މިހާރު، އިންތިހާބީ ދާއިރާތަކުގެ ތެރެއިން މި ދެ ރަށް ހިމެނޭ ‘ނޮޅިވަރަމު ދާއިރާ” ގެ ނަން ނިސްބަތްވާ ރަށެވެ. ރާއްޖޭގެ ބައެއް ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކަށް ވެސް މި ދެ ރަށް އޮޅޭލެއްގިނައެވެ. މިފަހަރު މި ދިމާވީ ރަނގަޅު ކަމެއްކަމަށް ބަލަން ޖެހެއެވެ. ހއ […]

ތިލަދުން
ނޮޅިވަރަންފަރުގެ ދަނޑުތައް ދުށިންތަ؟ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގެ ދަނޑުތައް ދުށިންތަ؟

ކޮވިޑް-19 ގެ ބަނަކަން ވަށައިގެން ވެރިވި ހިނދު އެންމެ ފިކުރު ބޮޑުވެ ދައްކަންފެށި އެއްވާހަކައަކީ، އެއް ސިނާއަތަކަށް ބަރޯސާވެވިގެން ތިބުމުން ތަޖުރިބާ ކުރަން ޖެހުނު ހިތްދަތި ކަމުގެ ވާހަކައެވެ. ރަންބިސްއަޅާ ކުކުޅާއި ހަމައިން، ޤައުމީ ލޭ ނާރުކަމަށްވާ މަސްވެރިކަމާއި، ދަނޑުބިންތަކުން ހޯދޭނެ ނަފާވެރިކަން މަތިން ޣާފިލް ވެވުމުން ލިބުނު މޮޅިވެރިކަމުގެ ވާހަކައެވެ. މިވާހަކައިގެ ތެރެއިން ހދ. ނޮޅިވަރަން ފަރަށް ވަޑައިގެން އެރަށުގެ ދަނޑިބިންތައް ބަލާލައި، ކުޑަނަމަވެސް ފިނިކަމެއް ހޯދަމާ ބަހީއެވެ. ނޮޅިވަރަންފަރުގެ ރ...

އަލީ އާދިލް
ނޮޅިވަރަންފަރުން 5 ގަސް ބަބުކެޔޮ ކުއްޔަށް ދޫކުރަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުން 5 ގަސް ބަބުކެޔޮ ކުއްޔަށް ދޫކުރަނީ

5 ގަސް ބަބުކެޔޮ ކުއްޔަށް ދޫކުރަން ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ އިން މިއަދު އިޢުލާންކޮށްފިއެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ އެލިއާ އަވަށު ކިލެގެފާނުމަގުގެ އުތުރުން، އެދުރުކަލޭފާނުމަގުގެ އިރުމަތީގައިވާ (50/A,B) ހުސްބިމިގައި ހުރި ރައްޔިތުންގެ 05 ގަސް ބަބުކެޔޮ މީލާދީ 1 އަހަރުދުވަހުގެ މުއްދަތަށް (އެސަރަހައްދު ކޮންމެ ހަފްތާ އަކު 3 ދުވަހު ކުނިކާ ސާފުކުރުމަށް ޝަރުތުކޮށް) ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ. އެކައުންސިލުން ކުރި އިޢު...

އިބްރާހިމް އަސްވާޤް
ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފި

ހދ. ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ އެސިއްޚީމަރުކަޒަށް އައު އޮފީސް އިމާރާތެއް އިތުރު ކުރުމުގެ މަސައްކަތެވެ. އެރަށު ސިއްޚީ މަރުކަޒަށް އެއައު އޮފީސް އިމާރާތް އިތުރުވުމާއިއެކު ކުރީގެ އޮފީސް އިމާރާތުގެ ތެރޭގައި ލެބޯޓަރީއަށް އެކަށޭނަ ޖާގަ ލިބިގެންދާނެ ކަމަށް ނޮޅިވަރަންފަރު ކައުންސިލް ނައިބު ރައީސް އަހުމަދު ވަހީދު ބުންޏެވެ. އަހުމަދު ވަހީދު އިތުރަށް ބުނީ އިތުރ...

ޝިއުނާ އާދަމް
ނޮޅިވަރަންފަރު ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު ނިންމާލައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު ނިންމާލައިފި

ހދ. ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނާއި ނޮޅިވަރަންފަރު ސްކޫލު ގުޅިގެން އެ ސުކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު ނިންމި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ. މިިކަމަށް ޓަކައި މި ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ހަވީރު ނޮޅިވަރަންފަރު ބީޗް ސަރަހައްދުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ނޮޅިވަރަންފަރު ސްކޫލުގެ ޕްރިންސިޕަލް ޢަލީ އަޙްމަދެވެ. މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި، މިޕްރޮގްރާމުން ދަސްވ...

ޝިއުނާ އާދަމް
ނޮޅިވަރަންފަރާއި ހަނިމާދޫގައި އިމާރާތްކުރަން ފަށާފަހުރި ހައުސިންގ ޔުނިޓްތައް ނިންމާނެ ފަރާތެއް ހޯދަނީ 📍 ހދ. ހަނިމާދޫ

ނޮޅިވަރަންފަރާއި ހަނިމާދޫގައި އިމާރާތްކުރަން ފަށާފަހުރި ހައުސިންގ ޔުނިޓްތައް ނިންމާނެ ފަރާތެއް ހޯދަނީ

ހދ. ނޮޅިވަރަންފަރު އަދި ހދ. ހަނިމާދޫގައި ޢިމާރާތް ކުރަން ފަށާފައިވާ 100 ހައުސިންގ ޔުނިޓްގ ނިންމުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ކޮށްފައިވާ ޢިއުލާނެއްގައި ބުނަނީ، ނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްގެ އެދިލެއްވުމަށް، ހދ. ނޮޅިވަރަންފަރު އަދި ހދ. ހަނިމާދޫގައި ޢިމާރާތް ކުރަން ފަށާފައިވާ 100 ހައުސިންގ ޔުނިޓްގ ނިންމުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވ...

ޔުމްނާ ޢަލީ
📍 ހދ. ނޮޅިވަރަންފަރު

ގިނަ ސްކޫލްތަކުން ތަހައްމަލުކުރާ ދަށްޗެއް، ނޮޅިވަރަންފަރު ސްކޫލުން ހައްލު ހޯދައިފި

ސްކޫލް ކައިރީ ޕާކް ކުރުމުގައި ތަރުތީބުމަގެއް ހޯދައި، ހދ. ނޮޅިވަރަންފަރު ސްކޫލުން، އެ ސްކޫލް ކައިރީ އެއްގަމު އުޅަނދު ޕާކް ކުރުމުގައި ދިމާވާ އުނދަގޫތަކަށް ހައްލު ހޯދައިފިއެވެ. ރާއްޖޭގެ ސްކޫލްތައް އިންވެގެންވާ ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކްކޮށްފައި ހުންނަ ގޮތުން ދަރިވަރުންނާއި، ބެލެނިވެރިންނާއި ސްކޫލަށް އެތައް ދައްޗެއް ކުރިމަތި ވެއެވެ. މާލޭގެ ސްކޫލްތަކާއި ޚިލާފަށް ރަށް ފުށުގެ ގިނަ ސްކޫލްތަކަކީ ވަށައިގެން ޖާގަ އޮންނަ، ނުވަތަ އެ ސްކޫލެއް ހުންނަ ސަރަހައްދުގައި ޤަވާޢިދުން ޕާކްކުރާނަމަ ދަރިވަރުންނ...

ޔުމްނާ ޢަލީ