📍 ހދ. ނޭކުރެންދޫ
ސްކޫލް ވޯކްވޭ ހިޔާކުރުން: ދަރިވަރުން އަލުން ސްކޫލަށް ދާއިރު ނޭކުރެންދޫ ބެލެނިވެރިން ދޭ ހަދިޔާ!
ހދ. ނޭކުރެންދޫ ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން އެރަށު ސްކޫލް ބެލެނިވެރިންނާއި ގުޅިގެން ނޭކުރެންދޫ ސްކޫލް ގޯތި ތެރޭގެ ވޯކްވޭ ހިޔާކޮށްފިއެވެ. 163 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ ނޭކުރެންދޫ ސްކޫލްގެ ޕީޓީއޭއާއި، ބެލެނިވެރިންގެ މިމަސައްކަތަކީ ކޯވިޑްގެ ފުރަބަންދުގެ ހާލަތަށްފަހު އާންމު ހާލަތުގައި ސްކޫލް ހުޅުވާއިރު ދަރިވަރުންނަށްދޭ ހަދިޔާއެކެވެ. އެ ސްކޫލްގެ ޕީޓީއޭގެ ކޯޑިނޭޓަރ ޙަސަން ޢަބުދުއްރަޙްމާން ” ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނީ 128*30 ފޫޓުގެ އެ ވޯކުވޭ ހިޔާކުރުމަށް ޕީޓީއޭއިން އިސްނަގަ...