މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޭކުރެންދޫ (192 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
192 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޭކުރެންދޫގެ އެންމެ ފަހުގެ ޚަބަރުތައް

192 ޚަބަރުގެ ތެރެއިން
ނޭކުރެންދޫ ސްކޫލް މުދައްރިސުންނަށް ''ކަނޑޫފާ ކްލާހެއް'' 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ސްކޫލް މުދައްރިސުންނަށް ''ކަނޑޫފާ ކްލާހެއް''

ކަނޑޫފަލާއި، ކަނޑޫގަސްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހދ. ނޭކުރެންދޫ ސްކޫލްގެ މުދައްރިސުންނަށް ޚާއްޞަކޮށްގެން ”ކަނޑޫފާ ކްލާސް” ކުރިއަށް ގެންގޮސްފިއެވެ. ނޭކުރެންދޫ ސްކޫލްގެ މުދައްރިސުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވުނު މި ކަނޑޫފާ ކްލާހަކީ، ރާއްޖޭގާއި ފުޅާ ދާއިރާއެއްގައި ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކޮށް، މަސައްކަތް ކުރާ ހަރަކާތެއް ކަމަށްވާ ”ސޭވް މޯލްޑިވްސް” ގެ ފަރާތުން، ނޭކުރެންދޫ ކައުންސިލާއި ގުޅިގެން ނޭކުރެންދޫގައި ކުރިއަށް ގެންދާ ސިލްސިލާ ކަނޑޫފާ ކްލާސްތަކުގެ ތެރެއިން ކްލާހެކެ...

ޙުސައިން ޝަހުދީ
ނޭކުރެންދޫ ކައުންސިލުން، އެރަށު ސްކޫލަށް ''ތްރީ އޮން ތްރީ'' ދަނޑެއް ހަދިޔާކޮށްފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކައުންސިލުން، އެރަށު ސްކޫލަށް ''ތްރީ އޮން ތްރީ'' ދަނޑެއް ހަދިޔާކޮށްފި

ހދ. ނޭކުރެންދޫ ކައުންސިލުން އެރަށުގައި ހުންނަ ނޭކުރެންދޫ ސްކޫލަށް ”ތްރީ އޮން ތްރީ” ފުޓުބޯޅަ ދަނޑެއް ހަދިޔާ ކޮށްފިއެވެ. ނޭކުރެންދޫ ސްކޫލްގެ ގޯތިތެރޭގައި ހަދާފައިވާ އެ ދަނޑު ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ދަނޑު ސްކޫލާއި ހަވާލުކޮށް ދެއްވީ ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމް އެވެ. ނޭކުރެންދޫ ސްކޫލްގެ ފަރާތުން އެ ދަނޑާއި ހަވާލުވީ އެ ސްކޫލްގެ ޕްރިންސިޕަލެވެ. ނޭކުރެންދޫ ކައުންސިލުން ޚަރަދުކޮށްގެން ހެދި އެދަނޑުގެ މަސައްކަތް ފުރިހަމަ ކުރުމަށް ނޭކުރެންދޫ ނިސްބަތްވާ މަކުނުދޫ […...

ޔުމްނާ ޢަލީ
ނޭކުރެންދޫ ސްކޫލު ދަރިވަރުންގެ ފިހިތަކުން ރަށުގެ ކަނޑޫފާ ދުނިޔެއަށް ދައްކާލަނީ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ސްކޫލު ދަރިވަރުންގެ ފިހިތަކުން ރަށުގެ ކަނޑޫފާ ދުނިޔެއަށް ދައްކާލަނީ

ހދ. ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު އަންގައިދޭ ކުރެހުން ތަކާއިއެކު ނޭކުރެންދޫ ސްކޫލުގެ ދަރިވަރުން ބައިނަލްއަޤްވާމީ ކުރެހުމުގެ މުބާރާތެއްގައި ބައިވެރިވެ، އެ ދަރިވަރުންގެ ފިހިތަކުން ކުރަހާލި ކުރެހުންތައް މެދުވެރިކޮށް، ނޭކުރެންދޫ ކަނޑޫފާ ދުނިޔެއަށް ދައްކާލުމުގައި ބައިވެރިވެއްޖެއެވެ. ނޭކުރެންދޫ ސްކޫލުން ވަނީ މެގްރޫވް ދިރާސާ ކުރާ ބައިނަލްއަޤްވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)ގެ ފަރާތުން މުޅި ދުނިޔޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލި އެ ޖަމްޢިއްޔާގެ 19 ވަނަ މެންގްރޫވް...

ޙުސައިން ޝަހުދީ
ނޭކުރެންދޫ ފަތިސް ޔުނައިޓެޑުން ބުނަނީ މީ ފެށުމެއް ކަމަށް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ފަތިސް ޔުނައިޓެޑުން ބުނަނީ މީ ފެށުމެއް ކަމަށް

ހދ. ނޭކުރެންދޫ ރައްޔިތުން އާންމުކޮށް މޫދަށްއެރި އުޅޭ ސަރަޙައްދުން ފެންވެރޭނޭގޮތް އެރަށު “ފަތިސް ޔުނައިޓެޑް” އިން ފަހިކޮށްދީފިއެވެ. ނޭކުރެންދޫ ފަތިސް ޔުނައިޓެޑުން އިސްނަގައިގެން އެރަށުގެ ކައުންސިލާއި ގުޅިގެން ކުރި މި މަސައްކަތަކީ ރަށުގެ ރަަށްޔިތުންނަށް ބޭނުންތެރި، ހަދިޔާއެއް ދިނުމުގެ ގޮތުން ކުރި މަސައްކަތެއްކަމަށް އެޓީމުން ބުންޏެވެ. ނޭކުރެންދޫ ކުރީގެ ނެރާއި ދިމާ، ކައުންސިލާއި ވެސް ދިމާގައި އޮންނަ އެރަށު މީހުން އާންމުކޮށް މޫދަށްއެރި، މަޖާކޮށްލާ އުޅޭ އެސަރަހައްދުން، މޫދަށް އެރިލުމަށްފަހު ފެންވެރޭނޭ...

ޔުމްނާ ޢަލީ
ނޭކުރެންދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް

ރަށެއްގެ ތަރައްޤީއަށް ވަރަށް ގިނަ ކަންކަން ބޭނުންވާނެ ކަންގައިމެވެ. އަދި ކޮންމެ ރަށެއްގެ ރައްޔިތުންވެސް ވީ އެންމެ އަވަހަކަށް އެކަންކަން ވާންވެސް އެދޭނެއެވެ. ނަމަވެސް ރާއްޖޭގެ ވަކި ޖަޒީރާ 189 ރަށުގައި ސަރުކާރުން މަޝްރޫޢުތައް ހިންގާއިރު، އެ ރަށްރަށުގެ ރަށްޔިތުން އެދޭ ފަދަ ގިނަ މަޝްރޫޢުތަކެއް ފަސް އަހަރުގެ ދައުރުތެރޭ ނުހިންގި ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ. ނަމަވެސް މިހާރު މިއޮތް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަންނަނީ މި ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި ކެނޑިނޭޅި މަސައްކަތް […]

އަޙްމަދު ވަހީދު
ނޭކުރެންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ހދ. ނޭކުރެންދޫގައި މިނިސްޓްރީގެ ފަރާތުން ގާއިމްކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ބުނެފި އެވެ. މިކަން އިއުލާން ކުރައްވަމުން މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭކުރެންދޫ ދަނޑުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށާއި އެކަމުގައި އެހީތެރިވެދެއްވީތީ ރަށުގެ ކައުންސިލާއި ޒުވާނުންނާއި އަދި އެރަށް ހިމެނޭ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ނޭކުރެންދޫގައި އަ...

އަލީ އާދިލް
ނޭކުރެންދޫ ކައުންސިލުގެ ރަސްމީ ލިޔުންތަކުގައި "ސޭވް ނޭކުރެންދޫ ކަނޑޫފާ" ހޭޝްޓެގް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކައުންސިލުގެ ރަސްމީ ލިޔުންތަކުގައި "ސޭވް ނޭކުރެންދޫ ކަނޑޫފާ" ހޭޝްޓެގް

ސޭވް ނޭކުރެންދޫ ކަނޑޫފާ ކެމްޕޭން އިތުރަށް ފުޅާކުރުމުގެ ގޮތުން ހދ. ނޭކުރެންދޫ ކައުންސިލުގެ ރަސްމީ ލިޔުންތަކުގައި “ސޭވް ނޭކުރެންދޫ ކަނޑޫފާ” ހޭޝްޓެގް ބޭނުން ކުރަން ނިންމައިފިއެވެ. ނޭކުރެންދޫ ކައުންސިލުން މި ނިންމުން ނިންމީ ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ މަރުވަމުންދާތީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމާއި ސޭވް ނޭކުރެންދޫ ކަނޑޫފާ ކެމްޕޭން އިތުރަށް ފުޅާކުރުމުގެ ގޮތުން ކަމަށް އެ ކައުންސިލުން ވަަނީ ބުނެފައެވެ. “‏ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ މަރުވަމުންދާތީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލ...

ޙުސައިން ޝަހުދީ
ނޭކުރެންދޫ ރައްޔިތުންގެ ހިތުގައި ކަނޑޫފަލަށް އޮތް ލޯތްބާއި އެކު "ކަނޑޫ ޢީދު އުފާ" ފާހަގަ ކުރަނީ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ރައްޔިތުންގެ ހިތުގައި ކަނޑޫފަލަށް އޮތް ލޯތްބާއި އެކު "ކަނޑޫ ޢީދު އުފާ" ފާހަގަ ކުރަނީ

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ އޮތް ރަށަކީ ހދ. ނޭކުރެންދޫ އެވެ. އެ ރަށުގެ ރައްޔިތުންނަށާއި ވެއްޓަށް ލޯބި އޮތް ކޮންމެ މީހަކަށް މޮޅިވެރިކަން ގެނުވާފައި މިވަނީ އެރަށުގެ ކަނޑޫފަލުން ގިނަ އަދަދެއްގެ ކަނޑޫ ގަސްތައް މަރުވެ، ނެތިގެން ދާ މައްސަލައެވެ. އުތުރުގެ ކަނޑޫފާތަކަށް ދިމާވެފައި މިވާ މައްސަލައަށް އަދި ހައްލެއް ނުލިބި އޮތް އިރު، ނޭކުރެންދޫ ރައްޔިތުން ދަނީ އެރަށުގެ ކަނޑޫފަލުގެ ހިމާޔަތުގައި ފުޅާ ކެމްޕޭނެއް ކުރަމުންނެވެ. އެ ރަށުގެ ރަށްޔިތުން ތިބީ އެރަށުގެ ކަނޑޫ […]

ޝިއުނާ އާދަމް
ނޭކުރެންދޫ ކަނޑޫ ގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުން ކުރި ދިރާސާ ނިންމާލައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކަނޑޫ ގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުން ކުރި ދިރާސާ ނިންމާލައިފި

ހދ. ނޭކުރެންދޫގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށްޓަކައި ސަރުކާރުން އެރަށަށް ދިޔަ ޓީމުގެ މަސައްކަތް ނިންމާލައިފިއެވެ. ތިން މީހުންގެ މައްޗަށް އެކުލެވޭ އެ ޓީމު ނޭކުރެންދޫގައި ދެ ދުވަސް ހޭދަކޮށްފައިވެއެވެ. މިޓީމު ވަނީ ނޭކުރެންދޫ ކަނޑޫފަލުގައި، އެ ކަނޑޫފަލުގެ ގިނަ ޢަދަދެއްގެ ކަނޑޫގަސްތައް މަރުވަމުންދާ ސަބަބު ހޯދުމުގެ ދިރާސާތައް ކޮށްފައެވެ. ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމް “ތިލަދުން”އަށް ވިދާޅުވީ ސަރުކާރުން އެރަށަށް ޒިޔާރަތްކުރި ޓީމުން އެ ރަށުގެ ކަނޑޫފަލު...

ޝިއުނާ އާދަމް
ނޭކުރެންދޫ ކަނޑޫފާ ހިމާޔަތް ކުރުމަށް، ކަމާގުޅުން ހުރި އިދާރާ ތަކާއި އެކު ރާޢީ މަޝްވަރާކޮށްފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކަނޑޫފާ ހިމާޔަތް ކުރުމަށް، ކަމާގުޅުން ހުރި އިދާރާ ތަކާއި އެކު ރާޢީ މަޝްވަރާކޮށްފި

ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ ކަމުގައިވާ ހދ.ނޭކުރެންދޫ ކަނޑޫފަލުން ގިނައަދަދެއްގެ ކަނޑޫގަސްތައް މަރުވަމުންދާތީ އެ ކަނޑޫފާއަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ އެކަމަށް ހައްލު ހޯދުމުގެ ގޮތުން ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި މަކުނުދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު މުހައްމަދު ރާއީ މަޝްވަރާ ކުރައްވައިފިއެވެ. މިކަން ހާމަކުރައްވައި ރާއީ މިރޭ ކުރައްވާފައިވާ ޓްވީޓްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށާއި އަދި އެންވަޔަރމެންޓް މިނިސްޓަރ އަދި ފިޝަރީޒް އެންޑް އ...

އިބްރާހިމް ޚަލީލް
ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު މަޖިލީހުގެ ތަޅުމަށް! ރާޢީ ހާލަތު ބަޔާންކޮށްދިނީ ފޮޓޯތަކާއި ކަނޑޫތަކުށް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު މަޖިލީހުގެ ތަޅުމަށް! ރާޢީ ހާލަތު ބަޔާންކޮށްދިނީ ފޮޓޯތަކާއި ކަނޑޫތަކުށް

ރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ، ހދ. ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާ ވަމުންދާތީ އެކަން މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށް ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާ ފޮޓޯތަކާއި އެ ކަނޑޫފަލުން ލިބޭ ކަނޑޫތަކަށް މިހާރުކޮށްފައިވާ އަސަރު ތަޅުމުގައި ދައްކާލެއްވީ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީއެވެ. މަޖިލީހުގައި ނޭކުރެންދޫ ތަމްސީލު ކުރައްވަމުން ގެންދަވާ މެންބަރ ރާޢީ ވަނީ ކަނޑޫފަލުން މިހާރު ލިބޭ ކަނޑޫތައް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީގެ...

ޔުމްނާ ޢަލީ
ކެލާ އާއި ނޭކުރެންދޫގެ ކަނޑޫގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުގެ ޓީމެއް އުތުރަށް 📍 ހއ. ކެލާ

ކެލާ އާއި ނޭކުރެންދޫގެ ކަނޑޫގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުގެ ޓީމެއް އުތުރަށް

ހއ. ކެލާ އަދި ހދ. ނޭކުރެންދޫގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށްޓަކައި ސަރުކާރުގެ ޓީމެއް އުތުރަށް ދަތުރުކޮށް، މަސައްކަތް ފަށައިފިއެވެ. މި ދެރަށުގެ ކަނޑޫފަލުގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށް އުތުރަށް ދަތުރުކުރި ޓީމުގައި ހިމެނެނީ އީޕީއޭއާއި، ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލުންނެވެ. މި ޓީމު މިހާރު ވަނީ ކެލާއަށް ގޮސް މަސައްކަތް ފަށާފައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ ކެލާ އާއި ނޭކުރެންދޫ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫގަސްތައް މަރުވަމުން ދާތީ، […]

ޝިއުނާ އާދަމް
ނޭކުރެންދޫއިން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދަނީ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫއިން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫއިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތަށް ބޭނުންވާ މަޢުލޫމާތު ނޭކުރެންދޫ ކައުންސިލުގެ އިދާރާއިން ހޯދަން ފަށައިފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ނޭކުރެންދޫއިން ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކުގެ މަޢުލޫތު ހޯދުމަށް ބޭނުންވާތީ ގޯތި ބޭނުންވާ ފަރާތްތަކުން 04 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އެއިދާރާއަށް ދުރުވެ ނަންނޯޓް ކުރައްވަމުން ގެންދިއުމަށް އެދޭކަމަށެވެ. އެރަށުން ގޯތި ބޭނުންވާ ފަރާ...

އިބްރާހިމް ޚަލީލް
މި ފޮޓޯތަކުން "އެންމެ ބޮޑު ކަނޑޫފާ" ހަލާކުވަމުންދާ މިންވަރު ވަޒަންކޮށްލާ! 📍 ހދ. ނޭކުރެންދޫ

މި ފޮޓޯތަކުން "އެންމެ ބޮޑު ކަނޑޫފާ" ހަލާކުވަމުންދާ މިންވަރު ވަޒަންކޮށްލާ!

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި އޮންނަ ކަނޑޫ ފަލަކީ ރާއްޖޭގައި އޮތް އެންމެ ބިޔަ އެއް ކަނޑޫފަލެވެ. ޤުދުރަތީ މި ބޮޑު ހަދިޔާ އަޅުގަނޑުމެން އަތުން ބީވެދާނެ ކަމުގެ ބިރު މިވަނީ ހީވެފައެވެ. ނޭކުރެންދޫގައި އޮންނަ މި ކަނޑޫފާ ހަލާކުވަމުންދާތީ އެރަށު ކައުންސިލުން އަންނަނީ ގިނަމަސައްކަތް ތަކެއްކުރަމުންނެވެ. މިކަން ކަމާބެހޭ ފަރާތްކުގެ ސަމާލުކަމަށް ގެނައުމަށް ގިނަގުނަ މަސައްކަތް ތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ކަނޑުފާ ހަލާކުވެފައިވާ މިންވަރު ބަޔާންކޮށްދިނުމަށް ނޭކުރެންދޫ ކައުންސިލުން މިވަނީ ކަނޑ...

ޙުސައިން ޘަޤީފް
ރައްޔިތުންގެ ސައްލާއާއިއެކު ނޭކުރެންދޫ ކަނޑޫފާ ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފި 📍 ހދ. ނޭކުރެންދޫ

ރައްޔިތުންގެ ސައްލާއާއިއެކު ނޭކުރެންދޫ ކަނޑޫފާ ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފި

ދިވެހިރާއްޖޭގެ ނިސްބަތުން އެންމެ ބިޔަ އެއް ކަނޑޫފާ ކަމަށްވާ، ހދ. ނޭކުރެންދޫ ކަނޑޫފާގެ ކަނޑޫގަސްތައް މަރުވެ، ނެތިދާ ސަބަބު ހޯދުމުގެ މަސައްކަތް، އެރަށުގެ ރައްޔިތުންނާއި ސޭވް މޯލްޑިވްސް ގުޅިގެން ފަށައިފިއެވެ. މިގޮތުން އެރަށުގެ ކައުންސިލުންވަނީ ސޭވް މޯލްޑިވްސްއިން އެރަށަށް ދިޔަ ޓީމާއި، އެރަށުގެ ރައްޔިތުންނާއިއެކު މަޝްވަރާ ބައްދަލުވުމެއް މި މަހުގެ 25 ވަނަ ދުވަހުގެ ރޭ އެރަށުގައި ބާއްވާފައެވެ. ނޭކުރެންދޫ ކަނޑޫފަލުގެ ކަނޑޫގަސްތައް މަރުވާ ސަބަބު ދެނެގަތުމަށް ފެށި މިމަސައްކަތުގެ ތެރެއިން ރައްޔިތުންގެ ސައް...

ޔުމްނާ ޢަލީ