މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޭކުރެންދޫ (192 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
192 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޭކުރެންދޫގެ އެންމެ ފަހުގެ ޚަބަރުތައް

192 ޚަބަރުގެ ތެރެއިން
ނޭކުރެންދޫއިން ރިސޯޓަކަށްދިޔަ މީހަކު ޕޮޒިޓިވް، ރަށް މޮނީޓަރިންއަށް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫއިން ރިސޯޓަކަށްދިޔަ މީހަކު ޕޮޒިޓިވް، ރަށް މޮނީޓަރިންއަށް

ހދ. ނޭކުރެންދޫގައި ހުރެފައި ރިސޯޓަކަށް ދަތުރުކުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް މޮނީޓަރިންއަށް ލައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިކަމާއި ގުޅުން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި އެ ރަށް މޮނީޓަރިންއަށް ލާފައިވަނީ މިރޭ 21:33 ގައެވެ. މިކަމާއި ގުޅިގެން އެޗްޕީއޭއިން އާންމު ކޮށްފައިވާ ލިޔުމުގައި އިތުރަށް ވިދާޅުވެފައިވަނީ ނޭކުރެންދޫގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި އަދި އެޗްޕީއޭގެ...

އިބްރާހިމް ޚަލީލް
ދެމަފިރިންގެ ކިޑުނީވެސް ދަރިފުޅަށް ދިނުމަށް ތައްޔާރު، ބޭނުންވަނީ އެހީ އެއް! 📍 ހދ. ނޭކުރެންދޫ

ދެމަފިރިންގެ ކިޑުނީވެސް ދަރިފުޅަށް ދިނުމަށް ތައްޔާރު، ބޭނުންވަނީ އެހީ އެއް!

މިއީ އަޒާންއެވެ. މިހާރު އަޒާންގެ އުމުރުން އަށް އަހަރެވެ. އަޒާންގެ ބައްޕައަކީ ހދ.ނޭކުރެންދޫއަށް ނިސްބަތްވާ މީހެކެވެ. ނަމަކީ މުޙައްމަދު ވަހީދެވެ. އަޒާންގެ މަންމައަކީ ހދ.ކުރިނބީއަށް ނިސްބްތަވާ މީހެކެވެ. ނަމަކީ މަރިޔަމް ފަރުޒާންއެވެ. އަޒާންއަކީ މި ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އުމުރުން ދެ އަހަރުގައި ފާހަގަ ކުރެވުނު ސިއްހީ މައްސަލައަކަށް ފަހު ފާއިތުވި ހަ އަހަރު ދުވަހު ވެސް އަޒާން އުޅެމުންދަނީ ވަރަށް ވޭނީ ދުނިޔެއެއްގައެވެ. ކިޑްނީއަށް ފަރުވާ ކުރުމުގައެވެ. އަޒާންގެ ބަލިހާލަތު ތިލަދުން ނޫހާ ހި...

އިބްރާހިމް ޚަލީލް
މިސަރުކާރުން ނޭކުރެންދޫ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައިދޭނެ: ރާޢީ 📍 ހދ. ނޭކުރެންދޫ

މިސަރުކާރުން ނޭކުރެންދޫ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައިދޭނެ: ރާޢީ

ރައީސް ޞާލިޙްގެ ސަރުކާރުން ހދ. ނޭކުރެންދޫ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައިދޭނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާޢީ ތަމްސީލް ކުރަށްވާ މަކުނުދޫ ދާއިރާގައި ހިމެނޭ ނޭކުރެންދޫ ރައްޔިތުންގެ އުއްމީދުތަކުގައި މި ސަރުކާރުން ކުލަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. ރާޢީ ވިދާޅުވީ 2008 ވަނަ އަހަރު އޮތް ރައީސް ނަޝީދުގެ ސަރުކާރުން ނޭކުރެންދޫގައި އަޅަން ނިންމި ޖަލުގެ މަސައްކަތް މި ސަރުކާރުން ފުރިހަމަ ކުރާނެ ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ސަރު...

ޙުސައިން ޝަހުދީ
ނޭކުރެންދޫ އާއި ނޮޅިވަރަންފަރުގައި ކުށްމަދު ކުރުމަށް ފުލުހުން ޕްރޮގްރާމެއް ހިންގައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ އާއި ނޮޅިވަރަންފަރުގައި ކުށްމަދު ކުރުމަށް ފުލުހުން ޕްރޮގްރާމެއް ހިންގައިފި

ރަށްރަށުގައި ކުށްމަދު އަމާން މާހައުލެއް ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ނޭކުރެންދުއާއި ހދ.ނޮޅިވަރަންފަރުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ބުނެފައިވަނީ ހދ.ނޭކުރެންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި އެރަށުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތުދީފައިވާނެ ކަމަށެވެ. އެގޮތުން، ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ...

ޖަލްވާން ޖާދުﷲ
''ސޭވް މޯލްޑިވްސް'' އިން ''މެންގްރޫވް އާރޓް ކޮންޓެސްޓް''ގައި ނޭކުރެންދޫ ސްކޫލުން ހޯދި ކާމިޔާބީ ފާހަގަކޮށްފި 📍 ހދ. ނޭކުރެންދޫ

''ސޭވް މޯލްޑިވްސް'' އިން ''މެންގްރޫވް އާރޓް ކޮންޓެސްޓް''ގައި ނޭކުރެންދޫ ސްކޫލުން ހޯދި ކާމިޔާބީ ފާހަގަކޮށްފި

ރާއްޖޭގެ ތިމާވެށީގެެ ހިމާޔަތުގައި ވަކާލާތުކޮށް މަސައްކަތް ކުރާ ”ސޭވް މޯލްޑިވްސް” ހަރަކާތުގެ ފަރާތުން، ”19 ވަނަ މެންގްރޫވް އާރޓް ކޮންޓެސްޓް” ގައި ހދ. ނޭކުރެންދޫ ސްކޫލުން ހޯދި ކާމިޔާބީ ފާހަގަކޮށް، ބަޔާނެއް ނެރެފިއެވެ. ބައިނަލް އަޤަވާމީ މި ކުރެހުމުގެ މުބާރާތުން ނޭކުރެންދޫ 3 ދަރިވަރަކު ފަޚުރުވެރި ވަނަތައް ހާސިލް ކޮށްފައިވާއިރު، މި މުބާރާތުގައި އެ ސްކޫލުން ބައިވެރިވެފައި ވަނީ ”ސޭވް މޯލްޑިވްސް” ހަރަކާތުގެ އެހީތެރިކަމުގެ ތެރެއިންނެވެ. މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް) ގެ ފަރާތުން އިންތިޒާމުކޮށްގެން...

ޙުސައިން ޝަހުދީ
"ޗިލްޑްރަންސް މެންގްރޫވް އާރޓް ކަލަންޑަރ" މުބާރާތުގެ 1،2،3 ވަނާގައިވެސް ނޭކުރެންދޫ ސްކޫލްގެ ދަރިވަރުން 📍 ހދ. ނޭކުރެންދޫ

"ޗިލްޑްރަންސް މެންގްރޫވް އާރޓް ކަލަންޑަރ" މުބާރާތުގެ 1،2،3 ވަނާގައިވެސް ނޭކުރެންދޫ ސްކޫލްގެ ދަރިވަރުން

މެގްރޫވް ދިރާސާ ކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)ގެ ފަރާތުން މުޅި ދުނިޔޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލި އެ ޖަމްޢިއްޔާގެ 19 ވަނަ “ޗިލްޑްރަންސް މެންގްރޫވް އާރޓް ކަލަންޑަރ ކޮންޓެސްޓް” ގެ 1،2،3 ވަނާގައި ވެސް ހދ. ނޭކުރެންދޫ ސްކޫލްގެ ދަރިވަރުން ހިމެނިއްޖެއެވެ. މުޅިދުނިޔޭގެ ހުރިހާ ސްކޫލަކަށްވެސް ބައިވެރިވެވޭނެހެން އާންމުކޮށް ހުޅުވާލި މި މުބާރާތަކީ ކަނޑޫފާ، ކުޅި އަދި ޗަސްބިންތަކާއި ގުޅޭގޮތުން ހޭލުންތެރި ކުރުވުމަށާއި، އެތަންތަނުގެ މުހިންމުކަން އަނ...

ޙުސައިން ޝަހުދީ
ނޭކުރެންދޫން މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫން މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހދ. ނޭކުރެންދޫން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ނޭކުރެންދޫ ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމް ”ތިލަދުން”އަށް ވިދާޅުވީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވީ މިމަހުގެ 19 ވަނަ ދުވަހު މާލެއިން އެރަށަށް ދިޔަ މީހެއް ކަމަށެވެ. އެމީހާ ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ އެދުވަހު، ނޭކުރެންދޫއަށް ގޮސް ހޯމް ކަރަންޓީނުގައި ހުއްޓައި ކަމަށް ޢަލީ ވިދާޅުވިއެވެ. ”އޭނާ މިރަށަށް އައީ މާލެއިން ކޯވިޑަށް ޓެސްޓް […]

ޔުމްނާ ޢަލީ
ނޭކުރެންދޫގައި ފަންނުވެރިން އުފައްދާ މަރުކަޒެއް ވުޖޫދަށް އަންނަންޖެހޭ: ރާޢީ

ނޭކުރެންދޫގައި ފަންނުވެރިން އުފައްދާ މަރުކަޒެއް ވުޖޫދަށް އަންނަންޖެހޭ: ރާޢީ

ހދ. ނޭކުރެންދޫގައި ގާއިމު ކުރަން ނިންމާފައި ވަނީ ޖަލެއް ނޫންކަމަށާއި، އެއީ މީހުން ބިނާކުރާތަނެއްކަމަށާއި އެހެންކަމުން އަންނަ އަހަރު އެރަށުގައި، ފަންނުވެރިން އުފައްދާ މަރުކަޒެއް ވުޖޫދަށް އަންނަންޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާޢީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. ރާޢީ ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި...

ޔުމްނާ ޢަލީ
ނޭކުރެންދޫ އާއި ނާވާއިދޫ ސްކޫލު ވަށާފާރު ރޭނުމަށް ބަޔަކާ ހަވާލުކޮށްފި 📍 ހދ. ނައިވާދޫ

ނޭކުރެންދޫ އާއި ނާވާއިދޫ ސްކޫލު ވަށާފާރު ރޭނުމަށް ބަޔަކާ ހަވާލުކޮށްފި

ހދ. ނާވާއިދޫ ސްކޫލާއި ހދ. ނޭކުރެންދޫ ސްކޫލު ވަށާފާރު ރޭނުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒް އެވެ. އަދި މަސައްކަތް ހަވާލު ކުރި ޓްރައިކޯ އިންވެސްޓްމަންޓުން ޑިރެކްޓަރު އަލީ ނިޒާމް ސޮއި ކުރެއްވި އެވެ. މިރަސްމިއްޔާތުގައި މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާއީ އާއި ހަނިމާދޫ ދާއިރާގެ […]

ޔުމްނާ ޢަލީ
"ޗިލްޑްރަންސް މެންގްރޫވް އާރޓް ކަލަންޑަރ" މުބާރާތުގެ 1 ވަނައަށް ނޭކުރެންދޫ ސްކޫލްގެ ވިޝާލް 📍 ހދ. ނޭކުރެންދޫ

"ޗިލްޑްރަންސް މެންގްރޫވް އާރޓް ކަލަންޑަރ" މުބާރާތުގެ 1 ވަނައަށް ނޭކުރެންދޫ ސްކޫލްގެ ވިޝާލް

މެގްރޫވް ދިރާސާ ކުރާ ބައިނަލްއަޤްވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)ގެ ފަރާތުން މުޅި ދުނިޔޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލި އެ ޖަމްޢިއްޔާގެ 19 ވަނަ “ޗިލްޑްރަންސް މެންގްރޫވް އާރޓް ކަލަންޑަރ ކޮންޓެސްޓް” ގެ 1 ވަނައަށް ހޮވުނު 4 ދަރިވަރުންގެ ތެރޭގައި، ހދ. ނޭކުރެންދޫ ސްކޫލްގެ ޢުމުރުން 11 އަހަރުގެ މުޙައްމަދު ވިޝާލް ވަޖީހް ހިމެނިއްޖެއެވެ. މުޅިދުނިޔޭގެ ހުރިހާ ސްކޫލަކަށްވެސް ބައިވެރިވެވޭނެހެން އާންމުކޮށް ހުޅުވާލި މި މުބާރާތަކީ ކަނޑޫފާ، ކުޅި އަދި ޗަސްބިންތަކާއި ގުޅޭގޮތ...

ޝިއުނާ އާދަމް
ނޭކުރެންދޫގައި ހަދާ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި ހަދާ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.ނޭކުރެންދޫއަށް ލަފާފުރާ މީހުންނަށް ފެންނާނެހެން، އެ ރަށުގެ ބަނދަރު ސަރަޙައްދުގައި އެ ރަށުގެ ނަން ރަމުޒުކޮށްދޭ މޮނިއުމެއްޓެއް ހެދުމަށް ބޭނުންވާތީ އެ މޮނިއުމަންޓް ޑިޒައިން ކުރުމުގެ ފުރުޞަތު ނޭކުރެންދޫ ކައުންސިލުން އާންމުކޮށް ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން ނޭކުރެންދޫ ކައުންސިލުން 16 ނޮވެމްބަރ 2020 ވީ ހޯމަ ދުވަހު ކޮށްފައިވާ އިޢުލާނުގައި އެ މޮނިއުމެންޓް ޑިޒައިން ކުރުމުގައި ބަލަން ޖެހޭނޭ ޝަރުތުތަކެއް ވެސް ވަނީ ހިމަނާފައެވެ. އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ހުށަހަޅާ ޑިޒައިނަކީ މީގެ ކުރިން ބޭނު...

އިބްރާހިމް ޚަލީލް
ނޭކުރެންދޫ ސްކޫލުގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓަރ އާއި ބައްދަލުކުރައްވައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ސްކޫލުގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓަރ އާއި ބައްދަލުކުރައްވައިފި

ހދ. ނޭކުރެންދޫ ސްކޫލުގެ އިސް ވެރިން، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޢާއިޝަތު އަލީ އާއި ބައްދަލުކުރައްވައިފިއެވެ. ގޫގުލް މީޓް މެދުވެރިކޮށް ބޭއްވެވި މި ބައްދަލުވުމުގައި، ނޭކުރެންދޫ ސްކޫލުގެ އިސްވެރިންނާއި މިނިސްޓަރގެ އިތުރުން، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށް، ވާހަކަ ދެކެވިފައިވަނީ، ސްކޫލުގެ މެނޭޖްމެންޓްގެ ހުރި ހިތްހަމަ ނުޖެހުންތަކާއި، ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިންގެ ޝަކުވާތައ...

މުޙައްމަދު މާއިލް ހަސަން
ނޭކުރެންދޫއިން މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫއިން މީހަކު ޕޮޒިޓިވް ވެއްޖެ

ހދ.ނޭކުރެންދޫ އިން ކޯވިޑް 19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ. އެ ރަށުން ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. ނޭކުރެންދޫ ކައުންސިލްގެ ރައީސް އާލީ އާދަމް “ތިލަދުން”އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 9 ވަނަ ދުވަހު ނޭކުރެންދޫ އަށް އައި 05 މީހުންގެ ތެރެއިން އެކަކުގެ ނަތީޖާ ކަމަށާއި ދެން ތިބި 4 މީހުންގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ.  “އެ ފަސް މީހުން ވެސް ރަށަށް […]

ޖަލްވާން ޖާދުﷲ
ނޭކުރެންދޫ ޖަލަކީ ޕްރިޒަން ރިފޯމްގެ އެޖެންޑާގެ ބޮޑު މަޝްރޫއެއް: އިމްރާން 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ޖަލަކީ ޕްރިޒަން ރިފޯމްގެ އެޖެންޑާގެ ބޮޑު މަޝްރޫއެއް: އިމްރާން

ހދ. ނޭކުރެންދޫގައި ގާއިމުކުރަން ނިންމަވާފައިވާ ޖަލަކީ ސަރުކާރުގެ ޕްރިޒަން ރިފޯމްގެ އެޖެންޑާގައި ހިމެނޭ ބޮޑު މަޝްރޫއެއް ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ނޭކުރެންދޫގައި އެޅުމަށް ނިންމާފައިވާ ޖަލުގެ ފުރަތަމަ ފޭސްގެ މަސައްކަތް ފެށޭނެ ތާރީޚެއް އޮޅުން ފިލުއްވުމަށް، ނޭކުރެންދޫ ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ އިއްޔެ އޮތް މަޖިލިސްގެ، 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާޖަލްސާގައި ކުރެއް...

އަލީ އާދިލް
ނޭކުރެންދޫ ޖަލު އަޅާ ސަރަހައްދުގެ އީއައިއޭ ހަދަން، މިއަހަރު ތެރޭ 3 ވަނަ އިޢުލާނެއް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ޖަލު އަޅާ ސަރަހައްދުގެ އީއައިއޭ ހަދަން، މިއަހަރު ތެރޭ 3 ވަނަ އިޢުލާނެއް

ހދ. ނޭކުރެންދޫގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ޖަލު ހަދާ ސަރަހައްދުގެ އި.އައި.އޭ (އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް) ރިޕޯރޓާ، އެސް. އައި.އޭ (ސޯޝަލް އިންޕެކްޓް އެސެސްމެންޓް) ހައްދަވައިދެއްވާނޭ ފަރާތެއް ހޯދަން ބޭނުންވެގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒްއިން އަނެއްކާވެސް އިޢުލާން ކޮށްފި އެވެ. މިއީ މިއަހަރުގެ ތެރޭގައި އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް ހެދުމަށް އެމިނިސްޓްރީއިން ހުޅުވާލި 3 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މިއަހަރުގެ ފެބުރުއަރީމަހުގެ 16 ވަނަ ދުވަހު އެވެ. އ...

އަލީ އާދިލް