މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނެއްލައިދޫ (191 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
191 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނެއްލައިދޫގެ އެންމެ ފަހުގެ ޚަބަރުތައް

191 ޚަބަރުގެ ތެރެއިން
ނެއްލައިދޫ ބަނދަރުގެ މަޝްރޫއު ކުރިއަށްދާގޮތް އާޒިމް ބައްލަވާލައްވައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރުގެ މަޝްރޫއު ކުރިއަށްދާގޮތް އާޒިމް ބައްލަވާލައްވައިފި

ހދ. ނެއްލައިދޫ ބަނދަރުގެ މަޝްރޫއު ކުރިއަށްދާގޮތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމްބައްލަވާލައްވައިފިއެވެ. އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މިއީ 50.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. CEO @adamazim inspects the progress of Hdh. Nehlaidhoo Habor Project. #MTCCProjects pic.twitter.com/IBiaCrD8O3 — MTCC Plc (@MTCCPlc) July 16, 2021   މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި […]

އަޙްމަދު ވަހީދު
އެންމެ އަގު ހެޔޮ އެންމެ ހަލުވި "އުރީދޫ ސުޕަރނެޓް" ތިލަދުންމަތީ ނެއްލައިދޫ އަށް 📍 ހދ. ނެއްލައިދޫ

އެންމެ އަގު ހެޔޮ އެންމެ ހަލުވި "އުރީދޫ ސުޕަރނެޓް" ތިލަދުންމަތީ ނެއްލައިދޫ އަށް

އުރީދޫގެ ސުޕަނެޓް ހިދުމަތް ހދ. ނެއްލައިދޫއަށް މިއަދު ތައާރަފުކޮށްފިއެވެ. މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހަލުވިސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ރައްޔިތުންނަށާއި ވިޔަފާރިވެރިންވެސް އިންޓަނެޓް އަދި ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އާ...

އިބްރާހިމް އަސްވާޤް
ފަޓޯ ސްޕޯޓްސް އެކަޑަމީން ނެއްލައިދޫގައި ޤުރުއާން މުބާރާތެއް ބާއްވަނީ 📍 ހދ. ނެއްލައިދޫ

ފަޓޯ ސްޕޯޓްސް އެކަޑަމީން ނެއްލައިދޫގައި ޤުރުއާން މުބާރާތެއް ބާއްވަނީ

ފަޓޯ ސްޕޯޓްސް އެކަޑާމީ އިން ހދ. ނެއްލައިދޫގައި ޤުރުއާން މުބާރާތެއް ބާއްވަން ނިންމައިފިއެވެ. އެ އެކަޑަމީ އިން އިއްޔެ ހާމަކުރި ގޮތުގައި މި ހިންގައި ޖުލައި މަހުގެ 11 ވާ އާދިއްތަ ދުވަހު، ނެއްލައިދޫ ކައުންސިލާ ގުޅިގެން ސުކޫލް ކުދިންނަށް ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. އެގޮތުން، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ނެއްލައިދޫ ސުކޫލުގެ ދަރިވަރުން މިމަހުގެ 8 ވަނަ ދުވަހު ގެ ކުރިން […]

އަޙްމަދު އަރުޝަމް
ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 75 ޕަސެންޓް ނިމިއްޖެ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 75 ޕަސެންޓް ނިމިއްޖެ

ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތާއި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ. އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާ އިރު، މި މަޝްރޫޢުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކާނެ ކަަމަށެވެ. އަދި 331 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، […]

ތިލަދުން
"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލު އަނބުރާ ގެންދެވުމަށް ނެއްލައިދޫ ކައުންސިލުން ގޮވާލައިފި 📍 ހދ. ނެއްލައިދޫ

"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލު އަނބުރާ ގެންދެވުމަށް ނެއްލައިދޫ ކައުންސިލުން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަަށް ހުށަހަޅާފައިވާ “ނަފްރަތުގެ އަމަލު” ބަޔާންކުރާ ބިލު އަނބުރާ ގެންދެވުމަށް ދިވެހި ސަރުކާރަށް ހދ. ނެއްލައިދޫ ކައުންސިލުން ގޮވާލައިފި އެވެ. އެކައުންސިލުން މިހެން ގޮވާލާފައިވަނީ އެކައުންސިލްގެ ހުރިހާ މެންބަރުން ސޮއިކުރައްވާ ނެރުއްވި ނޫސް ބަޔާނެއްގައެވެ. އެބަޔާނުގައި ވަނީ، ޤާނޫނު ނަންބަރު 9/2014 ( ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު)ގެ 120 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބ. ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހިސާ...

އަޙްމަދު އަރުޝަމް
އެލްޖީއޭގެ ބޯޑަށް ހދ އަތޮޅުން ކުރިމަތިލެއްވީ ވައިކަރަދޫ ޒާމިރު އާއި ނެއްލައިދޫ އިލްހާމް 📍 ހދ. ވައިކަރަދޫ

އެލްޖީއޭގެ ބޯޑަށް ހދ އަތޮޅުން ކުރިމަތިލެއްވީ ވައިކަރަދޫ ޒާމިރު އާއި ނެއްލައިދޫ އިލްހާމް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުމުގެ އިންތިޚާބަށް  ހދ. އަތޮޅުގެ ދެރަށެއްގެ ކައުންސިލް މެންބަރުން ވާދަކުރައްވައެވެ. އަންނަ މަހުގެ 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ މިއިންތިހާބުގައި ވާދަކުރައްވަނީ ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ޒާމިރު އާއި ހދ. ނެއްލައިދޫ ކައުންސިލްގެ މެންބަރ މުޙައްމަދު އިލްހާމް އެވެ. ވައިކަރަދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ޒާމިރު އަކީ ވެރިކަންކުރާ އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެފައިވ...

އަލީ އާދިލް
ފަލަސްތީނަށް އެހީވުމުގެ ގޮތުން ނެއްލައިދޫގައި ހާއްސަ ހަރަކާތްތަކެއް 📍 ހދ. ނެއްލައިދޫ

ފަލަސްތީނަށް އެހީވުމުގެ ގޮތުން ނެއްލައިދޫގައި ހާއްސަ ހަރަކާތްތަކެއް

ފަލްސްތީނު ރައްޔިތުނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް، ފަލަސްތީނަށް އެހީވުމުގެ ގޮތުން ހދ.ނެއްލައިދޫގެ ކައުންސިލާއި ރަށުގެ ޒުވާނުން ގުޅިގެން ހދ.ނެއްލައިދޫގައި ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ. މިހަރަކާތް މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ނެއްލައިދޫގެ ގޭގެއަށް ފަންޑުފޮށި ހިފައިގެން ޒިޔާރަތްކޮށް ޖުމްލަ 35،700 ރުފިޔާ އާއި 118 ޑޮލަރު އިއްޔެގެ ހަރަކާތުން ލިބިފައިވާކަމަށް ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް ވިދާޅުވިއެވެ. މިމަހުގެ 29 ވަނަ ދުވަ...

އައިޝަތު އިލްމާ އަދުނާން
ތިލަދުންމަތީ ނެއްލައިދޫ ބަނދަރުގެ ބޮޑުބައި ނިންމާލައިފި 📍 ހދ. ނެއްލައިދޫ

ތިލަދުންމަތީ ނެއްލައިދޫ ބަނދަރުގެ ބޮޑުބައި ނިންމާލައިފި

ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މިހާތަނަށް އެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިންމާލާފައިވާއިރު ބަނދަރުގެ ޕޭވްމަންޓު ހެދުމުގެ މަަސައްކަތުގެ 86 އިންސައްތަމަސައްކަތް ވަނީ ނިންމާލާފައެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 47.6 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން 62،863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނަދަރު ފުންކޮށް، 331 މީޓަރު...

އަޙްމަދު ވަހީދު
ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާ ކުށްވެރިކޮށް ނެއްލައިދޫ ކައުންސިލުން ބަޔާނެއް ނެރެފި 📍 ހދ. ނެއްލައިދޫ

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާ ކުށްވެރިކޮށް ނެއްލައިދޫ ކައުންސިލުން ބަޔާނެއް ނެރެފި

އަލްމަސްޖިދުލް އަޤްޞާއާއި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާން ކުށްވެރިކޮށް ހދ. ނެއްލައިދޫ ކައުންސިލުން ނޫސްބަޔާނެއް ނެރެފި އެވެ. މިއަދު އެކައުންސިލުން ނެރުނު މިބަޔާނުގައި ބުނެފައިވަނީ، ބައިނަލްޢަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ނެއްލައިދޫ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. މުސްލިމުންގެ ފުރަތަމަ ޤިބްލަކަމުގައިވާ އަލްމަސްޖުލް އަޤްޞާއާ...

އަލީ އާދިލް
ނެއްލައިދޫ ކުނިމެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކުނިމެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ސޯސް ރިކަވަރީ ސެންޓަރ ( ކުނިމެނޭޖުކުރާ މަރުކަޒު) ޤާއިމް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ނެއްލައިދޫ ކައުންސިލުގެ އިދާރާއިން މި މަހުގެ ދިހަވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މިކަމަށް ކުރިމަތި ލެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 11 މެއި 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 17 މެއި 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް […]

އިބްރާހިމް ޚަލީލް
ތިލަދުންމަތީގެ 4 ރަށެއްގައި ފެނާ ނަރުދަމާ އަޅަން ހަވާލުކޮށްފި 📍 ހދ. މަކުނުދޫ

ތިލަދުންމަތީގެ 4 ރަށެއްގައި ފެނާ ނަރުދަމާ އަޅަން ހަވާލުކޮށްފި

ތިލަދުންމަތީގެ ހދ. މަކުނުދޫ، ނޭކުރެންދޫ، ނެއްލައިދޫ އަދި ށ. ފޭދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރަން މިއަދު ހަވާލުކޮށްފިއެވެ. މި ހަތަރު ރަށުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ހަވާލުކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް ރަޝީދު ކާރޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ. މީގެތެރެއިން މަކުނުދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރި އަގަކީ، 56،153،880.76 ރުފިޔާއަށެވެ. ނޭކުރެންދޫގެ އަގަކީ 46،...

ޔުމްނާ ޢަލީ
ނެއްލައިދޫ ބަނދަރުގެ 65 އިންސައްތަ މަސަައްކަތް ނިންމަާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރުގެ 65 އިންސައްތަ މަސަައްކަތް ނިންމަާލައިފި

ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 65 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައުމި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެމަސައްކަތެވެ. މި މަޝްރޫއުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމ...

އަޙްމަދު ވަހީދު
📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި މަސްޓޭންކަކަށް ބްލީޗްއަޅައިފި، 26 ހާސް ރުފިޔާގެ މަސް މަރު!

ހދ. ނެއްލައިދޫގެ އައިރިސް، އިބްރާޙީމް އާދަމް އޭނާގެ ގޭގައި ހަދާފައި ހުންނަ ބޮޑު މަސްޓޭންކުގައި ހުންނަ މަސްތައް ބަލަހައްޓަނީ ވަރަށް ޝައުގުވެރިކަމާއެކުގައެވެ. އެކަމަށް އޭނާ އެހާ ބޮޑު ހޭދައެއް ކުރާ ކުރުން ވެސް އޭނާގެ ހިތުގައި އެކަމަށް އޮތް ޝައުގާއި ލޯބި ދައްކުވައި ދެއެވެ. އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް މިއަދު އޮފީސް ނިންމާފައި ގެއަށް އައިސް އިބްރާހީމް ފުރަތަމަ ދިޔައީ މަސްތައް ދެކިލުމަށް މަސްޓޭންކް ކައިރިއަށެވެ. އެވަގުތު އިބްރާޙީމްގެ ނޭފަތުގައި ޖެހުނީ ގަދަ ބްލީޗްގެ ވަހެވެ. […]

ޝިއުނާ އާދަމް
ނެއްލައިދޫގައި ފީފާ އެޕްރޫވްޑް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި

ނެއްލައިދޫގައި ފީފާ އެޕްރޫވްޑް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި

ހދ. ނެއްލައިދޫ ފީފާ އެޕްރޫވްޑް ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅާ ނިންމާލައިފި އެވެ. ނެއްލައިދޫ ކައުންސިލުން ބުނެފައިވަނީ، ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން, ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ފުރިހަމަ ކަމާއެކު ނިމިފައިވާކަމަށެވެ. ނެއްލައިދޫގެ ތަރައްޤީއަށް އަދުގެ ސަރުކާރުން ކޮށްދެއްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކޮށް ރައްޔިތުންގެ ނަމުގައި ވަރަށް އިޙްލާސްތެރި ޝުކުރެއް ދަންނަވާކަމަށް އެކައުންސިލުން ބުނެފައިވެއެވެ. ހއ.ދިއްދޫ އާއި ހދ.ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ފީފާ އެޕް...

އިބްރާހިމް އަސްވާޤް
ހދ. އަތޮޅުން ރައްޔިތު ބައްދަލުވުން ބޭއްވީ 5 ކައުންސިލަކުން 📍 ހދ. ވައިކަރަދޫ

ހދ. އަތޮޅުން ރައްޔިތު ބައްދަލުވުން ބޭއްވީ 5 ކައުންސިލަކުން

މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ ބައްދަލުވުން ބޭއްވީ ހދ.އަތޮޅުގެ 5 ކައުންސިލަކުން ކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބާޔާންކޮއްފައިވާ ގޮތުގެ މަތީން މި އަހަރު ފެބުރުއަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، އެ ކައުންސިލަށް އެމަޢުލޫމާތު ޙިއްޞާކޮށްފައިވަނީ ހދ.އަތޮޅުގެ 5 ރަށު ކައުންސިލުން ކަމަށެވެ. އެގޮތުން އެ 5 ރަށު ކައުންސިލަކީ : ތިލ...

ޖަލްވާން ޖާދުﷲ