މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނެއްލައިދޫ (191 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
191 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނެއްލައިދޫގެ އެންމެ ފަހުގެ ޚަބަރުތައް

191 ޚަބަރުގެ ތެރެއިން
ނެއްލައިދޫގެ މަގުތައް ސާފުކޮށް ބޭއްވުމަށް ކައުންސިލުގެ އެންގުމެއް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގެ މަގުތައް ސާފުކޮށް ބޭއްވުމަށް ކައުންސިލުގެ އެންގުމެއް

ހދ. ނެއްލައިދޫގެ ބައެއް ފަރާތްތަކުން އެރަށު މަގުތައް މަތީ ޓިނާއި، ވެއްޔާއި ގައު ފަދަ ތަކެތި ބަހައްޓަމުން ދާތީ އެގޮތަށް އެކަން ނުކުރުމަށް ނެއްލައިދޫ ކައުންސިލުން އަންގައިފިއެވެ. އެރަށު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައިވާ ގޮތުން އެރަށުގެ މަގުތައް މަތީ ތަކެތި ބަހައްޓަމުންދާ ކަމުގެ ޝަކުވާ އާއްމު ފަރާތްތަކުން ދަނީ އެ ކައުންސިލުންނަށް ހުށައަޅަމުންނެވެ. އެގޮތުން ރަށުގެ ބައެއް ސަރަހައްދު ތަކުގެ މަގުމަތީގައި ގަލާއި ވެއްޔާއި ޓިނާއި ލަކުޑި ފަދަ ތަކެތި ބަހައްޓަމުންދާ ކަމަށް އެފަރާތްތ...

އައިޝަތު ނަސާޔާ
އެންމެ ބޮޑީ ބިމުގެ ދަތިކަން: ނެއްލައިދޫ ކައުންސިލް 📍 ހދ. ނެއްލައިދޫ

އެންމެ ބޮޑީ ބިމުގެ ދަތިކަން: ނެއްލައިދޫ ކައުންސިލް

ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ތިލަދުންމަތީ ދެކުނު ބުރީ ނެއްލައިދޫއަށާއި، އެ އަތޮޅު ވައިކަރަދޫއަށް ވަޑައިގެންފިއެވެ. ނައިބު ރައީސް ނެއްލައިދޫއަށް މި ކުރެއްވި ޒިޔާރަތުގައި ނެއްލައިދޫ ކައުންސިލްއާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި އެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ނެއްލައިދޫ ސްކޫލްގައި ބޭއްވުނު މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ ދަތިތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބިމުގެ ދަތިކ...

އައިޝަތު ނަސާޔާ
ނައިބު ރައީސް ތިލަދުންމަތީގެ 4 ރަށަކަށް ޒިޔާރަތްކުރައްވަނީ 📍 ހއ. ހޯރަފުށި

ނައިބު ރައީސް ތިލަދުންމަތީގެ 4 ރަށަކަށް ޒިޔާރަތްކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމު ތިލަދުންމަތީގެ 4 ރަށަކަށް ޒިޔާރަތްކުރައްވަން ނިންމަވައިފި އެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މާދަމާ ފައްޓަވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހއ. އަދި ހދ. އަތޮޅުން ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށި، ހދ. ނެއްލައިދޫ، ހދ. ވައިކަރަދޫ އަދި ކުޅުދުއްފުށި ސިޓީ އެވެ. މިދަތުރު ފުޅުގައި ފާހަގަކޮށްލެވޭކަންކަމުގެ ތެރޭގައި ހޯރަފުށި މަގުހެދުމުގެ މަޝްރޫޢު ފައްޓަވައިދެއްވާނެ އެވެ. އަދި ހޯރަފުށި އެއަރޕޯޓަށް އ...

ޔުމްނާ ޢަލީ
ނެއްލައިދޫ ބަނދަރު ނިމެނީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރު ނިމެނީ

ހދ. ނެއްލައިދޫ ބަނދަރުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 91 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ބޭރުތޮށިލުމުގެ މަަސައްކަތުގެ 84 އިންސައްތަ ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަހަދެއްގައި އެއްގަމުތޮށި ލުމާއި، […]

އަޙްމަދު ވަހީދު
ނެއްލައިދޫގައި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް

ހދ. ނެއްލައިދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ރައްޔިތުންނަށް ހާއްސަ ކޮށްގެން ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮޮގްރާމަކީ، ނެއްލައިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ނެއްލައިދޫ ސްކޫލް އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ދަރުސް ދެއްވާފައިވަނީ ދީނީ ޢިލްމުވެރިޔާ އައްޝައިހް މުޙައްމަދު ޝާހިދެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ނައިބް...

އައިޝަތު ނަސާޔާ
ނެއްލައިދޫ ކުނި މެނޭޖް ކުރާ މަރުކަޒު ހަދަން ހަވާލުކޮށްފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކުނި މެނޭޖް ކުރާ މަރުކަޒު ހަދަން ހަވާލުކޮށްފި

ހދ. ގައި ގާއިމުކުރާ ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ނެއްލައިދޫ ކައުންސިލްގެ އިދާރާގައެވެ. މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް މުހައްމަދު އަލީފްއެވެ. އަޒްރޯވާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހްމަދު މަޖްދީއެވެ. ނެއްލައިދޫ ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް އަޒްރޯވާ މޯލްޑިވްސް އާއި ހަވާލުކޮށްފައި ވަނީ 120 ދު...

ޔުމްނާ ޢަލީ
އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10ގައި ހިމެނުނު ނެއްލައިދޫ ސްކޫލްގެ ދަރިވަރުންނަށް ލެޕްޓޮޕް ހަދިޔާކޮށްފި 📍 ހދ. ނެއްލައިދޫ

އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10ގައި ހިމެނުނު ނެއްލައިދޫ ސްކޫލްގެ ދަރިވަރުންނަށް ލެޕްޓޮޕް ހަދިޔާކޮށްފި

2021 ވަނަ އަހަރު ޖީ.ސީ.އީ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުގައި ނެއްލައިދޫ ސުކޫލުން، ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް ނެއްލައިދޫ ކައުންސިލްގެ ފަރާތުން ލެޕްޓޮޕް ހަދިޔާ ކޮށްފިއެވެ. ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ރަޝީދު “ތިލަދުން”އަށް ވިދާޅުވީ 2021 ވަނަ އަހަރު ޖީ.ސީ.އީ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުން ނެއްލައިދޫ ސުކޫލްގެ 3 ދަރިވަރަކު ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ކަމަށެވެ. އޭނާ ވިދާޅުވީ، މިފަހަރު އެ ދަރިވަރުންނަށް ލެޕްޓޮޕް ހަދިޔާކުރީ ނިމުނު […]

ޙުސައިން ޝަހުދީ
ނެއްލައިދޫ ފެރީ ސްޓޮޕުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ފެރީ ސްޓޮޕުގެ މަސައްކަތް ބާރަށް ކުރިއަށް

ހދ. ނެއްލައިދޫ ފެރީ ސްޓޮޕުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތުގެ 70 އިންސައްތަ ވަނީ ނިމިފައެވެ. އަދި މިހާރު ކުރަނީ ފެރީ ސްޓޮޕްގެ ކޮލަމް އަދި މޭޝަނަރީ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުންޏެވެ. މި ފެރީ ސްޓޮޕަކީ އިންޓަރގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަދާ ސްޓޮޕެކެވެ. “އިންޓަގްރޭޓެޑް ނޭޝަނަލް […]

އަޙްމަދު ވަހީދު
އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ނެއްލައިދޫ ބޯޅަދަނޑުގެ ވަށާފާރު ނަގައިދެނީ 📍 ހދ. ނެއްލައިދޫ

އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ނެއްލައިދޫ ބޯޅަދަނޑުގެ ވަށާފާރު ނަގައިދެނީ

ހދ. ނެއްލައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމަށްޓަކައި މިހާރު ހުރި ބާވެ، ހަލާކުވެފައިވާ ވަށާފާރު ނެގުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެ ކުންފުނިން މި މަސައްކަތް ކޮށްދެނީ އަމިއްލަ ހަރަދުގައި، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. އެމްޓީސީސީ އިން އަންނަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކުންފުނިން އަންނަނީ ށ. ބިލެތްފަހި ކުނިގޮނޑަށް ދާން އޮންނަ މަގު ސާފުކޮށް...

އަޙްމަދު ވަހީދު
ނެއްލައިދޫ "ނެރު" ޖަމްޢިއްޔާ އިފްތިތާހުކޮށްފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ "ނެރު" ޖަމްޢިއްޔާ އިފްތިތާހުކޮށްފި

ނެއްލައިދޫ އެމްޕަވަމަންޓް އެންޑް ރިކްރިއޭޝަނަލް ޔުނިޓީ (ނެރު ޖަމްޢިއްޔާ) އިފްތިތާހް ކޮށްފިއެވެ. މި ޖަމްޢިއްޔާ އިފްތިތާހް ކޮށްފައިވަނީ ރޭ އޮންލައިންކޮށް ބޭއްވި އިވެންޓެއްގައެވެ. މި އިވެންޓް ކުރިޔަށް ގެންދިޔައީ ރޭ 9 ޖެހިއިރު ގޫގުލް މީޓް މެދުވެރިކޮށެވެ. މި އިވެންޓަކީ އާންމުކޮން ހުޅުވާލެވިގެން ކުރިޔަށް ގެންދިޔަ އިވެންޓެކެވެ. އިވެންޓް ފެށިގެން ދިޔައީ ކީރިތި ޤުރުއާން ބަރަކާތުންނެވެ. ޤުރުއާން ކިޔެވީ ޖަމްޢިއްޔާގެ ސެކްރެޓަރީ ޢާމިނަތު ޝިފާއެވެ. އިވެންޓް ތައާރަފް ކޮށްދިނީ ޖަމްޢިއްޔާގެ ފައުންޑަރ މެމްބަރ ފާތ...

ތިލަދުން
ނޭކުރެންދޫ އާއި ނެއްލައިދޫގެ ގޮނޑުދޮށް ސާފުކޮށްފި 📍 ހދ. ނެއްލައިދޫ

ނޭކުރެންދޫ އާއި ނެއްލައިދޫގެ ގޮނޑުދޮށް ސާފުކޮށްފި

ހދ. ނޭކުރެންދޫ އަދި ހދ. ނެއްލައިދޫގައި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ހިންގައިފި އެވެ. އެގޮތުން، ނޭކުރެންދޫ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް މިއަދު ހެނދުނު ކުރިއަށް ގެންދެވުނު އިރު ނެއްލައިދޫގެ ގޮނޑުދޮށް ސާފުކޮށްފައިވަނީ އިއްޔެ ހެނދުނެވެ. ނޭކުރެންދޫގައި މި ހަރަކާތް އިސްވެ އިންތިޒާމްކޮށްފައިވަނީ މިދިޔަ އަހަރު އެރަށަގުއި ހުޅުވުނު ޒާހިރު ސްޕޯޓްސް އެކަޑަމީގެ ފަރާތުންނެވެ. ޒާހިރް ސްޕޯރޓްސް އެކަޑަމީގެ ރައީސް އަދި ނޭކުރެންދޫ ކައުންސިލްގެ މެންބަރު، މުޙައްމަދު ޒާހިރު “ތިލަދުން” އަށް މައުލޫމާތު ދެއްވަމު...

އަޙްމަދު އަރުޝަމް
ނެއްލައިދޫ މޮނިޓަރިން ހާލަތުން ނަގައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ މޮނިޓަރިން ހާލަތުން ނަގައިފި

ކޯވިޑް-19 އާއި ގުޅިގެން މޮނިޓަރިންގައި އޮތް ހދ. ނެއްލައިދޫ އެ ހާލަތުން ވީއްލައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށް އެހާލަތުން ވީއްލާފައިވަނީ، މޮނިޓަރިންނަށްލީތާ 10 ދުވަސްފަހުން، މިއަދު މެންދުރު 12:08 އެވެ. މޮނިޓަރިން އުވާލިކަން އަންގަމުން އެޗްޕީއޭއިން ނެއްލައިދޫ ކައުންސިލަށް ފޮނުއްވާފައިވާ ލިއުމުގައި ވިދާޅުވެފައި ވަނީ، ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މިވަގުތު އެރަށުގައި މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަ...

އަޙްމަދު އަރުޝަމް
ނެއްލައިދޫގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

ހދ . ނެއްލައިދޫ ފުލޫ ކުލިނިކަށް ދެއްކި ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނައުމާއިއެކު އެރަށުގައި ރައްކާތެރިކަމުގެ ގޮތުނަ އަޅާފައިވާ ފިޔަވަޅުތަށް އިތުރަށް ވަރުގަދަ ކޮށްފިއެވެ. އެ ރަށުން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ ބަލީގެ އަލާމާތް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި އެ ރަށު ސްކޫލުގެ ގްރޭޑް 9 ގައި ތަޢުލީމް ހާސިލް ކުރަމުންއައި ދަރިވަރެކެވެ. މި ކޭސްއާއި ގުޅިގެން އެޗްޕީއޭއިން […]

އިބްރާހިމް ޚަލީލް
ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ޕޮޒިޓިވްވެ، ނެއްލައިދޫ މޮނިޓަރިންނަށް 📍 ހދ. ނެއްލައިދޫ

ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ޕޮޒިޓިވްވެ، ނެއްލައިދޫ މޮނިޓަރިންނަށް

ހދ. ނެއްލައިދޫ ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. މިއީ ނެއްލައިދޫން ޕޮޒިޓިވް ކޭހެއް ފެނުނު ފުރަތަމަ ފަހަރެވެ. ނެއްލައިދޫ ކައުންސިލުން ވިދާޅުވި ގޮތުގައި، އިއްޔެ އެރަށު ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން އެރަށުގެ ރައްޔިތުން ޒަރޫރީ ބޭނުންތަކަށް ފިޔަވައި ގެއިން ބޭރަށް ނުނުކުތުމަށާއި، ރައްކާތެރިކަމަށް އިސްކަންދީ، މާސްކު އެޅުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކުރަށްވާފައެވެ. “ކޯވ...

ޙުސައިން ޝަހުދީ
ނެއްލައިދޫ ބަނދަރުގެ މަސައްކަތް ނިމުމާ ކައިރިވެއްޖެ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރުގެ މަސައްކަތް ނިމުމާ ކައިރިވެއްޖެ

ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާ ކައިރިވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށެވެ. އަދި މިމަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 97 އިންސައްތަ އާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 96 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން 62،863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ […]

އަޙްމަދު ވަހީދު