މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ނޫމަރާ (55 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
55 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޫމަރާގެ އެންމެ ފަހުގެ ޚަބަރުތައް

55 ޚަބަރުގެ ތެރެއިން
ނޫމަރާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ހަލުވިކަމާއެކު ކުރިއަށް 📍 ށ. ނޫމަރާ

ނޫމަރާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ހަލުވިކަމާއެކު ކުރިއަށް

ށ. ނޫމަރާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން %86 މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެގޮތުން ނޫމަރާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރު ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. އަދި އެ ކުންފުނިން ބުނެފައިވަނީ މިހާރު މި މަޝްރޫޢުގެ %86 މަސައްކަތް ނިމިފައިވާއިރު މި މަސައްކަތުގެ ދަށުން މިވަގުތު ކުރިއަށް ދަނީ ހާބަރު ޕޭވްމަންޓް ހަރުކުރުމުގެ މަސައްކަތްކަމަށެވެ. މި މަޝްރޫޢުގެ...

އައިޝަތު އައިނީ އާމިރު
ފޭދޫ، ނޫމަރާ އަދި ބިލެތްފަހީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ށ. ފޭދޫ

ފޭދޫ، ނޫމަރާ އަދި ބިލެތްފަހީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން ށ. ފޭދޫ، ނޫމަރާ އަދި ބިލެތްފަހީގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. އެގޮތުން މި ތިން ރަށުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގެ ތެރެއިން އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވާފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ. އަދި މި ރަސްމިއްޔާތުތަކުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި ރަށު ކައުންސިލް މެ...

އައިޝަތު އައިނީ އާމިރު
ނޫމަރާ ކައުންސިލް ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ށ. ނޫމަރާ

ނޫމަރާ ކައުންސިލް ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލުން އިންތިޒާމް ކޮށްގެން ފިރިހެން ބޭފުޅުންނަށް ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓް ކުރުމަށް އެ ކައުންސިލުން އެދެއެވެ. މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށާއި، މުބާރާތުގައި ބައިވެރިވުމަށް ނަން ނޯޓް ކުރުމަށް (9847976، 9874096) މި ނަމްބަރުތަކަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެ ކައުންސިލުން އެދެއެވެ. މި މުބާރާތް [...

އިބްރާހިމް ޚަލީލް
ނޫމަރާ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ށ. ނޫމަރާ

ނޫމަރާ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ށ. ނޫމަރާ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، އައު ހާބަ ބޭސިން ފުންކުރުމުގެ 51 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 34،386 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އައު ހާބަ ބޭސިން ފުންކުރުމާއި، […]

އަޙްމަދު ވަހީދު
ތިންވަނަ އަށް އެންމެ ރަނގަޅު ކައުންސިލަކަށް ތުރާކުނު، ކާންނާ އެވޯޑު ނޫމަރާ އަށް 📍 ހއ. ތުރާކުނު

ތިންވަނަ އަށް އެންމެ ރަނގަޅު ކައުންސިލަކަށް ތުރާކުނު، ކާންނާ އެވޯޑު ނޫމަރާ އަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑްގައި ތިންވަނަ އަށް އެންމެ ރަނގަޅު ކައުންސިލަކަށް ހއ. ތުރާކުނު ކައުންސިލް އަދި ށ. ނޫމަރާ ކައުންސިލަށް ކާންނާ އެވޯޑު ލިބިއްޖެއެވެ. މި އެ ވޯޑްތައް އެ ކައުންސިލަށް ދީފައި ވަނީ ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައެވެ. މިގޮތުން ތުރާކުނު ކައުންސިލަށް ލިބިފައި ވަނީ 2021 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން އެންމެ ރަނގަޅު ތިންވަނަ ކައުންސިލްގެ […]

ޔުމްނާ ޢަލީ
ނޫމަރާ ކައުންސިލް އެރަށު ހުކުރު މިސްކިތުގައި ސޯލާ ހަރުކޮށްފި 📍 ށ. ނޫމަރާ

ނޫމަރާ ކައުންސިލް އެރަށު ހުކުރު މިސްކިތުގައި ސޯލާ ހަރުކޮށްފި

ށ. ނޫމަރާ ކައުންސިލް އެރަށު ހުކުރު މިސްކިތުގައި ސޯލާ ހަރުކޮށްފިއެވެ. ނޫމަރާގެ ހުކުރު މިސްކިތް، މަސްޖިދުއް ނަޞްރުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ހަވާލު ކުރުމުން އެ މަސައްކަތް ކޮށްފައި ވަނީ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޑެޑުންނެވެ. މި މަސައްކަތަކީ ނޫމަރާ ކައުންސިލުގެ އާމްދަނީން ކޮށްފައިވާ މަސައްކަތެއްކަމަށް އެ ކައުންސިލުން ބުނެއެވެ. ނޫމަރާ ކައުންސިލުން ވަނީ އެރަށު ހުކުރު މިސްކިތުގައި ފާޚާނާ ބަރިއެއް ޢިމާރާކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. 14 ނޮވެމްބަރު 2023 ގައި މި މަސައްކަތ...

ޔުމްނާ ޢަލީ
ނޫމަރާ ކައުންސިލްގެ ނައިބާއި ކައުންސިލް މެންބަރު ސިތާރާ ޕީއެންސީއަށް ސޮއިކޮށްފި 📍 ށ. ނޫމަރާ

ނޫމަރާ ކައުންސިލްގެ ނައިބާއި ކައުންސިލް މެންބަރު ސިތާރާ ޕީއެންސީއަށް ސޮއިކޮށްފި

ށ. ނޫމަރާ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ރަޝީދާއި، ކައުންސިލް މެންބަރު ސިތާރާ އަލީ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ. އެ ދެ ބޭފުޅުން ޕީއެންސީއާއި ގުޅިފައިވާކަން ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ. މި ދެ ބޭފުޅުން ޕީއެންސީއާއި ގުޅުނު މެންބަރުޝިޕް ފޯމާއި ހަވާލުވެފައި ވަނީ އެ ޕާޓީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ)އެވެ. ޕީއެންސީ އާއިި ގުޅުނު ނޫމަރާ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ރަޝީދަކީ މިނިވަން މެންބަރެއް ގޮތުގައި އިންތިޚާބުވެފައިވާ ފަރާތެކެ...

ޔުމްނާ ޢަލީ
ނޫމަރާ ބަނދަރުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ‏ 📍 ށ. ނޫމަރާ

ނޫމަރާ ބަނދަރުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ‏

ށ. ނޫމަރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މި މަސައްކަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން، 34،386 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އައު ހާބަ ބޭސިން ފުންކުރުމާއި، 5،076 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 2،920 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. މ...

އަޙްމަދު ވަހީދު
ނޫމަރާ އާއި އޭދަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް 📍 ށ. ނޫމަރާ

ނޫމަރާ އާއި އޭދަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ށ. ނޫމަރާ އާއި ބ. އޭދަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޒީނިޔާ ހަމީދެވެ. އަދު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ނޫމަރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 5076 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި،...

އަޙްމަދު ވަހީދު
ނޫމަރާ ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި 📍 ށ. ނޫމަރާ

ނޫމަރާ ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

ށ. ނޫމަރާ ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. ޕްލޭނިން މިނިސްޓްރީން މި މަސައްކަރް ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އާބާދީގައި 518 މީހުން ދިރިއުޅޭ ނޫމަރާއަކީ ބިމުގެ ޖާގައިގެ ގޮތުން 41 ހެކްޓަރުގެ ބޮޑުމިން ހުރި ރަށެއްކަމުގައި ވީނަމަވެސް، އެ ރަށަކީ ގުދުރަތީ ފަޅު ކުޑަ ގާމަތީ ރަށެކެވެ. އެ ރަށުގައި އާންމު ގޮތެއްގައި ދިރިއުޅުމަށް ކުރާ މަސައްކަތަކީ މޫސުމީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. އެގޮތުން ކަނޑު މަހަށްދާ […]

އަޙްމަދު ވަހީދު
ނޫމަރާގައި ކޭކް އެންޑް ޕޭސްޓްރީ ވޯކްޝޮޕެއް ހިންގައިފި 📍 ށ. ނޫމަރާ

ނޫމަރާގައި ކޭކް އެންޑް ޕޭސްޓްރީ ވޯކްޝޮޕެއް ހިންގައިފި

ށ. ނޫމަރާގައި ކޭކް އެންޑް ޕޭސްޓްރީ ވޯކްޝޮޕެއް ހިންގައިފި އެވެ. މިއީ އެ އަތޮޅު ކައުންސިލާއި އ.ތ.މ ކޮމިޓީ ގުޅިގެން ރަށު ކައުންސިލްގެ އެހީތެރިކަމާއެކު އެރަށު އަންހެން ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ. މިއީ ހަތް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕާއި ގުޅޭ މައުލޫމާތު ‘ތިލަދުން’ އަށް ހިއްސާ ކުރައްވަމުން ނޫމަރާ ކައުންސިލުގެ ރައީސް އަލީ ރަބީއު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ވޯކްޝޮޕެއް ކަމަށެވެ. މި ވޯކްޝޮޕް ހިންގުމުގެ މައިގަނޑު […]

މުޙައްމަދު އަފްރާޙް
ނޫމަރާ ކައުންސިލުން، އެރަށު ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ފަށައިފި 📍 ށ. ނޫމަރާ

ނޫމަރާ ކައުންސިލުން، އެރަށު ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ފަށައިފި

ށ. ނޫމަރާ ކައުންސިލުން، އެރަށު ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ފަށައިފި އެވެ. މި ހިދުމަތް ފަށާފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އެވެ. މި ހިދުމަތާއި ގުޅޭގޮތުން އެރަށު ކައުންސިލުގެ ރައީސް އަލީ ރަބީއު ‘ތިލަދުން’ އަށް ވިދާޅުވީ މިހައިތަނަށް ވެސް އެރަށުގައި ރަނގަޅު ފެންވަރަކަށް ހެދިފައިވާ ކުނިކޮއްޓެއް ނެތް ކަމަށެވެ. އެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދެވިނަމަވެސް ހުރިހާ ބާވަތެއްގެ ކުނި އެއްތަނަކަށް އަޅަމުން ގެންދިއުމުގެ ސަބަބުން ރައްކާތެރި ގޮތުގައި […]

މުޙައްމަދު އަފްރާޙް
އާރްޓީއެލް ފެރީއެއް ނޫމަރާ ނެރު މައްޗަށް އުރިއްޖެ 📍 ށ. ނޫމަރާ

އާރްޓީއެލް ފެރީއެއް ނޫމަރާ ނެރު މައްޗަށް އުރިއްޖެ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީއެއް ށ. ނޫމަރާ ނެރު މައްޗަށް އުރުމުގެ ހާދިސާއެއް ހިނގައިފިއެވެ. މިކަމާއި ގުޅިގެން ނޫމަރާ ކައުންސިލުގެ ރައީސް އަލީ ރަބީއު ”ތިލަދުން” އަށް ވިދާޅުވީ އެ ފެރީ އަކީ އެރަށުގައި މަޑުކުރާ ފެރީއެއް ކަމަށާއި ނެރުމައްޗަށް އުރުނީ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ލޯންޗުގެ ކަނާތްކޮޅުގެ ރާޅެއް އަރައިގެން ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް ލޯންޗުގެ ދިހަވަރަކަށް ފޫޓުގެ ރެނދެއްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. […]

މުޙައްމަދު އަފްރާޙް
ނޫމަރާ ބަނދަރާއި ނެރު ފުން ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ 📍 ށ. ނޫމަރާ

ނޫމަރާ ބަނދަރާއި ނެރު ފުން ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ށ. ނޫމަރާ ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަޝްރޫއު ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފައިވަނީ މިއަދުއެވެ. މި މަޝްރޫޢުގެ ދަށުން، 6,347cbm ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަ ބޭސިން ފުންކުރުމުގެ (މެއިންޓެނެންސް ޑްރެޖިން) މަސައްކަތާއި، ސާވޭއިން މަސައްކަތްތައް ކުރާނެއެވެ. އެމް...

އަޙްމަދު ވަހީދު
ނޫމަރާގައި ބާއްވާ އަންހެން ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ށ. ނޫމަރާ

ނޫމަރާގައި ބާއްވާ އަންހެން ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ށ. ނޫމަރާގެ ކަނބަލުންނަށް އަމާޒުކުރެވިގެން ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ނޫމަރާ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ވޮލީ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު […...

އިބްރާހިމް ޚަލީލް