މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނައިވާދޫ (154 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
154 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނައިވާދޫގެ އެންމެ ފަހުގެ ޚަބަރުތައް

154 ޚަބަރުގެ ތެރެއިން
ނައިވާދޫ ބަނދަރަށް ދިމާވެފައިވާ ދަތިކަން މި ދައުރުގެ ތެރޭގައި ހައްލުކޮށްދޭނަން: ރައީސް 📍 ހދ. ނައިވާދޫ

ނައިވާދޫ ބަނދަރަށް ދިމާވެފައިވާ ދަތިކަން މި ދައުރުގެ ތެރޭގައި ހައްލުކޮށްދޭނަން: ރައީސް

ހދ. ނައިވާދޫ ބަނދަރަށް ދިމާވެފައިވާ ދަތިކަން މި ދައުރުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ނައިވާދޫ އަށް ކޮށްދޭންޖެހޭ ވަރަށްގިނަ ކަންތައްތައް އަދިވެސް އެބަހުރި ކަމަށާއި ކަންތައްތަކެއް ކޮށްދިނުމަށް ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންފައިވާކަން ފާހަގަ ކުރައްވަމުން، އެރަށު ފެނުގެ ނިޒާމް އިފްތުތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެ މަސައްކަތްތަކުގެ ތެރެއިން މިހައިތަނަށް ނުފެށި...

މުޙައްމަދު އަފްރާޙް
ނައިވާދޫގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކޮށް ކައުންސިލުގެ ޝުކުރު، ރައީސަށް 📍 ހދ. ނައިވާދޫ

ނައިވާދޫގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކޮށް ކައުންސިލުގެ ޝުކުރު، ރައީސަށް

ހދ. ނައިވާދޫ ގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް، އެރަށު ކައުންސިލުން ޝުކުރު އަދާކުރައްވަފި އެވެ. ނައިވާދޫ ކައުންސިލާއި އ.ތ.މ ކޮމިޓީ އާއެކު ބޭއްވެވި ބައްދަލުކުރެްވުމުގައި ކައުންސިލުން ވަނީ ފާއިތުވި 13 އަހަރުގެ ތެރޭގައި ނައިވާދޫއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނޫން އެހެން އެއްވެސް ރައީސެއް ވަޑައިގެންފައި ނުވާކަން ވެސް ފާހަގަކުރައްވާފަ އެވެ. އަދި ނައިވާދޫގައި ފެށި މިހާރު ހިނގަމުންދާ މަޝްރޫޢުތ...

މުޙައްމަދު އަފްރާޙް
ނައިވާދޫ ފެނުގެ ނިޒާމް އިފްތިތާހުކޮށްފި 📍 ހދ. ނައިވާދޫ

ނައިވާދޫ ފެނުގެ ނިޒާމް އިފްތިތާހުކޮށްފި

ހދ. ނައިވާދޫ ފެނުގެ ނިޒާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވައިފި އެވެ. މި ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވާފައިވަނީ އެމަނިކުފާނު ތިލަދުންމަތީގެ ހަތަރު ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ނެވެ. ސާސޭ ކޮންސްޓްރަކްޝަން ޕްރިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއު ނިމުމާއެކު އެރަށުގެ 198 ގޭބީސީ އަށް މިހާރުއަންނަނީ ސާފުބޯފެން ފޯރުކޮށްދެމުން ނެވެ. މީގެ އިތުރުން ފުރާޅުން ނަގާ ފެން ފިލްޓަރކުރެވިގެން އެރަށު ރައްޔިތުންނަށް ބޭނުންކުރުމުގެ ފުރުސަތ...

މުޙައްމަދު އަފްރާޙް
ރައީސް، ތިލަދުންމަތީގެ ހަތަރު ރަށަކަށް ފުރާވަޑައިގެންފި 📍 ހއ. ދިއްދޫ

ރައީސް، ތިލަދުންމަތީގެ ހަތަރު ރަށަކަށް ފުރާވަޑައިގެންފި

ތިލަދުންމަތީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފުރާވަޑައިގެންފި އެވެ. މިއަދު ފެއްޓެވި މިދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ހދ. ނައިވާދޫ އަށެވެ. އެއަށްފަހު، ހދ. ފިނޭއަށާއި، ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ދުވަހުގެ ޙަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަ...

މުޙައްމަދު އަފްރާޙް
ނައިވާދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި 📍 ހދ. ނައިވާދޫ

ނައިވާދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ހދ. ނާވައިދޫ ގައި ގާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މިއީ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” ގެ ދަށުން ހަދާ ފެރީ ސްޓޮޕެކެވެ. މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާޙަނާވެސް ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. މި ފެރީ ސްޓޮޕަކީ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ […]

އަޙްމަދު ވަހީދު
ރައީސް، ނައިވާދޫ ކައުންސިލާއި ބައްދަލުކުރައްވައިފި 📍 ހދ. ނައިވާދޫ

ރައީސް، ނައިވާދޫ ކައުންސިލާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހދ. ނައިވާދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވަނީ ނައިވާދޫގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި ބައްދަލުކުރެއްވުމުގައި ނައިވާދޫ ކައުންސިލަރުން ވަނީ އެރަށުގައި ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންނާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާ...

ޔުމްނާ ޢަލީ
ނައިވާދޫ ޓްރެއިނާސްއިން "ނައިވާދޫ ގޮއިން ގްރީން"ގެ ނަމުގައި ބޮޑު ކެމްޕޭނެއް 📍 ހދ. ނައިވާދޫ

ނައިވާދޫ ޓްރެއިނާސްއިން "ނައިވާދޫ ގޮއިން ގްރީން"ގެ ނަމުގައި ބޮޑު ކެމްޕޭނެއް

ހދ. ނައިވާދޫގައި އިޖްތިމާޢީގޮތުން ހަރަކާތްތެރިވަމުން އަންނަ ކްލަބެއްކަމުގައިވާ ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކްލަބުން “ނައިވާދޫ ގޮއިން ގްރީން”ގެ ނަމުގައި ބޮޑު ކެމްޕޭނެއް ފަށައި، އެ ކްލަބްގެ ހަރަކާތްތައް ފުޅާކޮށްފިއެވެ. އެ ކްލަބްގެ އިސްނެގުމުގެ މަތިން ވީހާވެސް ތިމާވެއްޓާ ރަހުމަތްތެރި މާހައުލަކަށް ނައިވާދޫ ހެދުމުގެ މަޤްޞަދުގައި “ނައިވާދޫ ގޮއިން ގްރީން” ގެ ނަމުގައި ބޮޑު ކެމްޕޭނެއް ފަށާފައިވާއިރު، މި ކެމްޕޭނުގެ ދަށުން މިހާތަނަށް ވަނީ ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކްލަބާއި ވަން އެންޑް އޮންލީ ރީތިރަށް ނ...

ތިލަދުން
ތިލަދުންމަތީ ހުނަރުވެރިން: ނައިވާދޫ ޝާއްޕެ، ފުޓްސަލްއިން ޤައުމަށް ރީތި ނަން ހޯދައިދީ ތާރީޚްގެ ތެރެއަށް 📍 ހދ. ނައިވާދޫ

ތިލަދުންމަތީ ހުނަރުވެރިން: ނައިވާދޫ ޝާއްޕެ، ފުޓްސަލްއިން ޤައުމަށް ރީތި ނަން ހޯދައިދީ ތާރީޚްގެ ތެރެއަށް

ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖޭގައި އެންމެ ބޮޑު މަޤުބޫލުކަމެއް ހޯދި އެއް ކުޅިވަރަކީ ފުޓްސަލްއެވެ. ރާއްޖޭގައި މިހާރު ވައިގައި ހިފާފައިވާ މި ކުޅިވަރު، ޕްރޮފެޝަނެއްގެ ގޮތުގައި ޚިޔާރުކޮށް އެއިން ކުރިއަށް ދިޔުމަށް ބުރަކޮށް މަސައްކަތްކުރާ ޒުވާނުން އަންނަނީ ގިނަވަމުންނެވެ. މިގޮތުން ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫއަށް އުފަން އަބްދުﷲ ޝާފިއު (ޝާއްޕެ) އަކީ ވެސް ފުޓްސަލް ދަނޑުތަކުން ފެންނަ ހުނަރުން ފުރިގެންވާ ޒުވާނެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމްގައި ހިމެނޭ ޝާއްޕެގެ އަޑު މި ފަހުން ގަދަވެގ...

އިބްރާހިމް ޚަލީލް
ނާވައިދޫ ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނައިވާދޫ

ނާވައިދޫ ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ނާވައިދޫ ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިއުލާން ކޮށްފިއެވެ. އެމިނިސްޓްރީއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ  މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާކަމަށެވެ. އެގޮތުން މިމަސައްކަތާއި ގުޅިގެން މައުލޫމާތު ސާފުކުރުން އޮންނާނީ މި މަހުގެ 27 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ޔޫތު މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައި...

އައިޝަތު ނަސާޔާ
ރީތިރަށް ރިސޯޓުން، ނައިވާދޫ ކައުންސިލަށް 50 ބައިސްކަލް ހަދިޔާކޮށްފި 📍 ހދ. ނައިވާދޫ

ރީތިރަށް ރިސޯޓުން، ނައިވާދޫ ކައުންސިލަށް 50 ބައިސްކަލް ހަދިޔާކޮށްފި

ރީތިރަށް ރިސޯޓުން، ހދ. ނައިވާދޫ ކައުންސިލަށް 50 ބައިސްކަލް ހަދިޔާކޮށްފި އެވެ. ނައިވާދޫ ކައުންސިލުން ވިދާޅުވީ ރީތިރަށް ރިސޯޓުން އެކައުންސިލަށް ހަދިޔާކޮށްފައިވާ ބައިސްކަލްތައް ހޯދުމުގައި ރީތިރަށުގައި މަސައްކަތްކުރާ ނައިވާދޫ ފެމިލީކުދިންގެ ވަރަށްބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިފައިވާކަމަށެވެ. މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތަކަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށާއި މި ކަމަކީ ނައިވާދޫ އަކީ ތިމާވެއްޓާއި ރައްޓެހި ރަށަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ 2 ވަނަ ބައެއްކަމަށް އެކައުންސިލުން ބުނ...

އިބްރާހިމް އަސްވާޤް
ގޯލްޑަން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، ނާވައިދޫ، ކަނޑިތީމު އަތޮޅު ޗެމްޕިއަންކަން ހޯދައިފި 📍 ހއ. އިހަވަންދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، ނާވައިދޫ، ކަނޑިތީމު އަތޮޅު ޗެމްޕިއަންކަން ހޯދައިފި

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓުސަލް ޗެލެންޖް 2022 ގައި އިހަވަންދޫ، ނާވައިދޫ، އަދި ކަނޑިތީމު އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ. ހއ. އަތޮޅު ޗެމްޕިއަންކަން އިހަވަންދޫ ހޯދީ ފައިނަލްގައި 2-0 ގެ ނަތީޖާއިން ހޯރަފުށި މަށްޗައް ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ގޯލް ޖަހައިދީފަވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ސުހައިލް އެވެ. ދެވަނަ ގޯލް އިހަވަންދޫއަށް ޖަހައިދިނީ މެޗުގެ އެންމެ ފަހު މިނެޓުގައި ނަޝީދު އެވެ. މި ގޯލް ނަޝީދު ޖަހާފައިވަނީ ކައުންޓައެޓޭކެއްގައި އަރިމަތިން ހާމިދު […]

އަލީ ރިޔާޟް
ކުމުންދޫ ކޮޅަށް 22 ލަނޑު ޖަހައި ނައިވާދޫ ފައިނަލަށް 📍 ހދ. ނައިވާދޫ

ކުމުންދޫ ކޮޅަށް 22 ލަނޑު ޖަހައި ނައިވާދޫ ފައިނަލަށް

ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ނާވައިދޫއިން ކުމުންދޫ ލަދުގަންނަވާލައި، ކުމުންދޫ ކޮޅަށް 22 ގޯލް ޖަހައިފިއެވެ. މި މެޗްގައި ކުމުންދޫއަށް ޖެހިފައިވަނީ 2 ގޯލްއެވެ. ބުދަ ދުވަހުގެ ރޭ ކުޅުނު މި ގްރޫޕްގެ އަނެއް މެޗުން ނޭކުރެންދޫ އިން ފިނޭގެ މައްޗައް ކުރި ހޯދީ 10-0 ގެ ނަތީޖާއިންނެވެ. މި ގްރޫޕް އިން ފައިނަލަށް ގޮސްފައިވަނީ ނާވައިދޫ އެވެ. ނޭކުރެންދޫ އަދި ނާވައިދޫއަށް ވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. ނާވައިދޫއަށް […]

އަލީ ރިޔާޟް
ނައިވާދޫ ސުކޫލް ހޯލު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި 📍 ހދ. ނައިވާދޫ

ނައިވާދޫ ސުކޫލް ހޯލު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ހދ. ނައިވާދޫ ސުކޫލް ހޯލު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ  ޕަވަރޭ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ އެވެ. އަދި ޕަވަރޭ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ތަސީން ޢަލީ އެވެ. މި ރަސްމިއްޔާތުގައި ހަނީމާދޫ ދާއިރާގެ މެންބަރު އަބުދުލް ޣަފޫރު މޫސާ ވެސް ބައިވެރިވެ […...

ޔުމްނާ ޢަލީ
ނައިވާދޫ ރައްޔިތުންގެ ދީލަތި އެހީ ނެއްލައިދޫއަށް 📍 ހދ. ނެއްލައިދޫ

ނައިވާދޫ ރައްޔިތުންގެ ދީލަތި އެހީ ނެއްލައިދޫއަށް

ކޯވިޑް-19ގެ ހާލަތުގެ ސަބަބުން މިވަގުތު އަރާ ފޭބުން މަނާކޮށްފައި އޮތް ހދ. ނެއްލައިދޫއަށް، އެ އަތޮޅު ނައިވާދޫ ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިކަން ފާހަގަ ކުރަށްވައި ނެއްލައިދޫ ކައުންސިލުން ވިދާޅުވީ، އަވަށްޓެރި ނައިވާދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ނެއްލައިދޫގެ ރައްޔިތުންނަށް ވެދެއްވި ދީލަތި އެހީތެރިކަމަށް، ނެއްލައިދޫގެ އެންމެހާ ރައްޔިތުންގެ ނަމުގައި ނައިވާދޫގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. “މިފަދަ ދަނޑިވަޅެއްގައި، ތިދެއްވި...

ޔުމްނާ ޢަލީ
ނެއްލައިދޫ ރައްޔިތުންގެ ފަރާތުން ނައިވާދޫ ރައްޔިތުންނަށް ބޮޑު އެހީތެރިކަމެއް! 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ރައްޔިތުންގެ ފަރާތުން ނައިވާދޫ ރައްޔިތުންނަށް ބޮޑު އެހީތެރިކަމެއް!

ހދ. ނެއްލައިދޫ ރައްޔިތުންގެ ފަރާތުން ހދ. ނައިވާދޫ އަށް ބޮޑު އެހީތެރިކަމެއް ވެއްޖެ އެވެ. ނައިވައިދޫ ކައުންސިލުން ވިދާޅުވީ، ރަށުގެ ކޮވިޑްގެ މިޙާލަތުގައި އަވައްޓެރި ނެއްލައިދޫގެ ރައްޔިތުންގެ ފަރާތުން މި ލިބުނު ދީލަތިއެހީއަކީ އަޅުގަނޑުމެން ހިތުގެ އެންމެ ފުންމިނުން ބަލައިގަނެ، ހިތުގެ އަޑިން ޝުކުރުވެރިވާ ކަމެއްކަމަށެވެ. “ތި ދެއްވި އެހީތެރިކަމާއި ބެހެއްޓެވި އަޚުވަންތަކަމަށް ނައިވާދޫ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ނެއްލައިދޫ ކައުންސިލު މެންބަރުންނަށާއި އަދި އ.ތ.މ ކޮމިޓީއާއި ނެއްލައިދޫގެ ލޮބުވެތި ރައ...

އިބްރާހިމް އަސްވާޤް