މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނައިވާދޫ (154 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
154 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނައިވާދޫގެ އެންމެ ފަހުގެ ޚަބަރުތައް

154 ޚަބަރުގެ ތެރެއިން
ނައިވާދޫ އަޅޭ ސްޕޯޓްސް ކްލަބް: ޒުވާނުންގެ ބައިވެރިވުމާއެކު މުޖުތަމަޢު ބިނާކުރުމުގައި ނަމޫނާއެއް! 📍 ހދ. ނައިވާދޫ

ނައިވާދޫ އަޅޭ ސްޕޯޓްސް ކްލަބް: ޒުވާނުންގެ ބައިވެރިވުމާއެކު މުޖުތަމަޢު ބިނާކުރުމުގައި ނަމޫނާއެއް!

އަޅޭ ސްޕޯޓްސް ކްލަބް (އަޅޭ އެސްސީ) އަކީ ނައިވާދޫގެ ޒުވާނުންގެ ހިތްވަރާއި ފަންވަރު ދައްކުވައިދޭ ފާހަގަކޮށްލެވޭ ޖަމްޢިއްޔާއެކެވެ. މި ކްލަބަކީ 2014 ވަނަ އަހަރު ފުޓްސެލް ޗެލެންޖެއްގައި ބައިވެރިވުމާއެކު ކުޅިވަރުގެ މައިދާނަށް ތަޢާރަފުވި ޓީމެކެވެ. އޭގެފަހުން މިއަދާ ހަމައަށް، މި ކްލަބުން ވަނީ ކުޅިވަރުގެ އިތުރުން އިޖްތިމާޢީ އަދި ދީނީ ދާއިރާތަކުގައި ވެސް ފާހަގަކޮށްލެވޭ ޙަރަކާތްތަކެއް ހިންގާފައެވެ. ކުޅިވަރުގެ ރޮނގުން ބަލާއިރު، އަޅޭ އެސްސީ އަކީ ރަށުފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކްލަބެކެވެ. ފުޓ...

އިބްރާހިމް އަސްވާޤް
ވަރުގަދަ ނައިވާދޫ ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން އުތީމުން ހޯދައިފި 📍 ހއ. އުތީމު

ވަރުގަދަ ނައިވާދޫ ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން އުތީމުން ހޯދައިފި

ޒޯން-1 ގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ، އެންމެ ފަހުގެ ދެ އަހަރުގެ ވެސް ޗެމްޕިއަންކަން ހޯދި ވަރުގަދަ ނައިވާދޫ ބަލިކޮށް “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ގެ ޒޯން އެކެއްގެ ޗެމްޕިއަންކަން އުތީމުން ކާމިޔާބު ކޮށްފިއެވެ. އުތީމާއި ނައިވާދޫ ބައްދަލުކުރި ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އުތީމުން ނައިވާދޫގެ މައްޗަށް […]

އިބްރާހިމް ޚަލީލް
ގޯލްޑަން ފުޓްސަލް: ޒޯން އެކެއްގެ ފައިނަލުގައި ނައިވާދޫއާއި އުތީމް

ގޯލްޑަން ފުޓްސަލް: ޒޯން އެކެއްގެ ފައިނަލުގައި ނައިވާދޫއާއި އުތީމް

“ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ގެ ޒޯން އެކެއްގެ ފައިނަލުން ނައިވާދޫއާއި އުތީމް ޖާގަ ހޯދައިފިއެވެ. މި ޒޯންގެ ގްރޫޕް ސްޓޭޖް ފަހު މެޗުތައް ރޭ ކުޅެފައިވާއިރު ނައިވާދޫއިން ވަނީ ނޮޅިވަރަމްގެ މައްޗަށް 5-1 ގެ ނަތީޖާއިން ކުރި ހޯދާފައެވެ.  އެ ޓީމް ގްރޫޕް ބުރު ނިންމާލީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހޯދި ނުވަ ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި އޮވެގެންނެވެ. މި ގްރޫޕްގައި ރޭ ދިއްދޫއާއި އުތީމް ބައްދަލުކުރި މެޗު 5-2 […]

އިބްރާހިމް ޚަލީލް
ހދ.އަތޮޅު ޗެމްޕިއަންކަން ނައިވާދޫއަށް، ހއ.އަތޮޅު ޗެމްޕިއަންކަން ދިއްދޫއަށް

ހދ.އަތޮޅު ޗެމްޕިއަންކަން ނައިވާދޫއަށް، ހއ.އަތޮޅު ޗެމްޕިއަންކަން ދިއްދޫއަށް

“ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫއިން ހޯދިއިރު، ހއ.އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫއިން ހޯދައިފިއެވެ. ރޭ ރެހެންދި ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ހދ.އަތޮޅު ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫއާއި ނޮޅިވަރަމެވެ. މި މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލައިލީ ނައިވާދޫއިންނެވެ. މި މެޗުގައި ނައިވާދޫ ޓީމުގެ މުހައްމަދު ޝާއިން ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. […]

އިބްރާހިމް ޚަލީލް
ޒުވާނުން އިސްނަގައިގެން ނައިވާދޫ ބޮޑު މިސްކިތަށް ތްރީފޭސް ކަރަންޓްލައި އޭސީކޮށްފި 📍 ހދ. ނައިވާދޫ

ޒުވާނުން އިސްނަގައިގެން ނައިވާދޫ ބޮޑު މިސްކިތަށް ތްރީފޭސް ކަރަންޓްލައި އޭސީކޮށްފި

ހދ.ނައިވާދޫގެ ޒުވާނުން އިސްނަގައިގެން އެރަށު ބޮޑު މިސްކިތަށް (މަސްޖިދުލް އައްވާބީން) ތްރީފޭސް ކަރަންޓްލައި އޭސީ ހަރުކޮށް ނިންމައި ކައުންސިލާއި ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ ދަށުން އެ މިސްކިތުގައި ވަނީ 24000 (ސުއުވީސް ހާސް) ބީޓީޔޫގެ 12 އޭސީ ހަރުކޮށްފައެވެ. މަސައްކަތް ނިންމާ ރަސްމީކޮށް މިސްކިތް ކައުންސިލާއި ހަވާލުކޮށްފައި ވަނީ އިއްޔެއެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރަމުން ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު ބުނީ އެ ރަށު ބޮޑު މިސްކިތަށް ތްރީފޭސް ކަރަންޓްލައި މިސްކިތް އޭސީ […]

އިބްރާހިމް ޚަލީލް
ގޯލްޑަން ފުޓްސަލް: ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫ ފެށުން ރަނގަޅުކޮށްފި 📍 ހދ. ހަނިމާދޫ

ގޯލްޑަން ފުޓްސަލް: ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫ ފެށުން ރަނގަޅުކޮށްފި

“ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ހދ.އަތޮޅުގެ މެޗުތައް ކުރިއަށްދިޔައިރު ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫއިން ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ. ރޭ ހަނިމާދޫއިން ވަނީ ފަސޭހަކަމާއިއެކު ފިނޭގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗު ހަނިމާދޫއިން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ހަނިމާދޫއަށް ލަނޑުތައް ޖަހައިދިނީ އަބޫބަކުރު ސިއްދީގު، ހުޒާމް އަބްދުއްރަހީމް، ނައުފަލް އަބ...

އިބްރާހިމް ޚަލީލް
ތިލަދެކުނު ވޮލީ: އަންހެން ސެމީގައި ހަނިމާދޫއާއި ނޭކުރެންދޫ، ފިރިހެން ސެމީގައި ނައިވާދޫއާއި ކްލަބް ކޮރަލްސް 📍 ހދ. ނޭކުރެންދޫ

ތިލަދެކުނު ވޮލީ: އަންހެން ސެމީގައި ހަނިމާދޫއާއި ނޭކުރެންދޫ، ފިރިހެން ސެމީގައި ނައިވާދޫއާއި ކްލަބް ކޮރަލްސް

ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ އަންހެން ބައިގެ ސެމީ ފައިނަލުގައި ޓީމް ހަނިމާދޫއާއު ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް ވާދަކުރާއިރު، ފިރިހެން ބައިގެ ސެމީގައި ޓީމް ނައިވާދޫއާއި ކުޅުދުއްފުށީ ކްލަބް ކޮރަލްސް ބައްދަލުކުރަނެ ޖެހިއްޖެއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ކުޅުން މިހާރު ނިމިފައިވާއިރު، އަންހެން ބައިގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ނޮޅިވަރަންފަރު ލައިކަންއެވެ. ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނ...

އިބްރާހިމް ޚަލީލް
ނައިވާދޫ ބިން ހިއްކުމާއި ފިނޭ މަގު ހެދުން ބަޖެޓްގައި ހިމަނައިފި 📍 ހދ. ފިނޭ

ނައިވާދޫ ބިން ހިއްކުމާއި ފިނޭ މަގު ހެދުން ބަޖެޓްގައި ހިމަނައިފި

ހދ. ނައިވާދޫގެ ބިން ހިއްކުމާއި، އެ އަތޮޅު ފިނޭގެ މަގު ހެދުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓްގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) މަޝްރޫޢުތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނާފައި ވެއެވެ. މި ގޮތުން ބޮޑު ތިލަދުންމަތިން ހދ. އަތޮޅުގެ ނައިވާދޫގެ ބިން ހިއްކުން މުޅިން […]

ޔުމްނާ ޢަލީ
ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ ފައިނަލުގައި ނައިވާދޫއާއި އިހަވަންދޫ ޔުނައިޓެޑް ޔޫތު 📍 ހއ. އިހަވަންދޫ

ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ ފައިނަލުގައި ނައިވާދޫއާއި އިހަވަންދޫ ޔުނައިޓެޑް ޔޫތު

އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގެ ފައިނަލުން ޓީމް ނައިވާދޫއާއި އިހަވަންދޫ ޔުނައިޓެޑް ޔޫތު ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އިއްޔެ ހަވީރު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ އިހަވަންދޫއަށް ނިސްބަތްވާ ދެ ޓީމްކަމަށްވާ ކުޅިމަގާއި ޔުނައިޓެދް ޔޫތެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކޮށް ފައިނަލުން ޖާގަ ހޯދީ ޔުނައިޓެޑް ޔޫތުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް […]

އިބްރާހިމް ޚަލީލް
ސެމީގައި ހަނިމާދޫއާއި ނައިވާދޫ އަދި ކުޅިމަގާއި ޔުނައިޓެޑް ޔޫތު 📍 ހއ. އިހަވަންދޫ

ސެމީގައި ހަނިމާދޫއާއި ނައިވާދޫ އަދި ކުޅިމަގާއި ޔުނައިޓެޑް ޔޫތު

އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގައި ޓީމް ހަނިމާދޫއާއި ޓީމް ނައިވާދޫ އަދި ކުޅިމަގާއި ޔުނައިޓެޑް ޔޫތު ވާދަކުރަން ޖެހިއްޖެއެވެ. މި މުބާރާތުގް ގްރޫޕް ސްޓޭޖް ހުރިހާ މެޗެއް އިއްޔެ ކުޅެ ނިމިފައިވާއިރު، ގްރޫޕް އޭގެ އެއްވަނަ ޔުނައިޓެޑް ޔޫތުން ހޯދާފައިވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ދެ މެޗު އެއްވަރުކޮށް ލިބުނު 8 ޕޮއިންޓާއި އެކުގައެވެ. މި […]

އިބްރާހިމް ޚަލީލް
އެންވީކޭއާއި ޔުނައިޓެޑް ޔޫތު އެއްވަރުވުމުން ސެމީގެ ފުރަތަމަ ޖާގަ ނައިވާދޫއަށް 📍 ހއ. އިހަވަންދޫ

އެންވީކޭއާއި ޔުނައިޓެޑް ޔޫތު އެއްވަރުވުމުން ސެމީގެ ފުރަތަމަ ޖާގަ ނައިވާދޫއަށް

އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގެ ގްރޫޕް އޭގައި އެންވީކޭއާއި ޔުނައިޓެޑް ޔޫތު ބައްދަލުކުރި މެޗު އެއްވަރުވުމުން އެ ގްރޫޕުން ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ނައިވާދޫއަށް ކަށަވަރު ވެއްޖެއެވެ. މި މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބޮޑުމަގާއި ކުލަބް އިރަމާއެވެ. މި މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ބޮޑުމަގުންނެވެ. މިއީ މުބާރާތުގައި ބޮޑުމަގު ޓީމުން ހޯދި […]

އިބްރާހިމް ޚަލީލް
ކުޅިމަގާއި ޔުނައިޓެޑް ޔޫތު މޮޅުވިއިރު، އެންވީކޭ ބަލިކޮށް ނައިވާދޫ އެއްވަނައަށް 📍 ހދ. ނައިވާދޫ

ކުޅިމަގާއި ޔުނައިޓެޑް ޔޫތު މޮޅުވިއިރު، އެންވީކޭ ބަލިކޮށް ނައިވާދޫ އެއްވަނައަށް

އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގައި މިއަދު ކުޅުނު މެޗުތަކުން ޔުނައިޓެޑް ޔޫތާއި ކުޅިމަގު އަދި ޓީމް ނައިވާދޫ މޮޅުވެއްޖެއެވެ. މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމް ނައިވާދޫއާއި އެންވީކޭއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު 2-1 ގެ ނަތިޖާއިން ކާމިޔާބު ކުރީ ނައިވާދޫއިންނެވެ. މި މެޗުގައި ނައިވާދޫއަށް ލަނޑުތައް ޖަހައިދިނީ އަހްމަދު ނިޔާޒާއި ހުސެއިން އަސްލަމެވެ. އެންވީކޭއިން ކާމިޔާބުކުރި ހަމަ...

އިބްރާހިމް ޚަލީލް
ޓީމް ހަނިމާދޫއާއި ކުޅިމަގު ފެށުން ރަނގަޅު ކުރިއިރު ނައިވާދޫއާއި ޔުނައިޓެޑް ޔޫތު އެއްވަރު

ޓީމް ހަނިމާދޫއާއި ކުޅިމަގު ފެށުން ރަނގަޅު ކުރިއިރު ނައިވާދޫއާއި ޔުނައިޓެޑް ޔޫތު އެއްވަރު

އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގައި ޓީމް ހަނިމާދޫއާއި ކުޅިމަގު ކުޅުނު ފުރަތަމަ މެޗުތައްކުން މޮޅުވިއިރު، ނައިވާދޫއާއި ޔުނައިޓެޑް ޔޫތު ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. މި މުބާރާތުގައި އިއްޔެ ވަނީ ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ހަނިމާދޫއާއި މަނަފަރެވެ. މި މެޗު 4-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ހަނިމާދޫ ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ […]

އިބްރާހިމް ޚަލީލް
ނައިވާދޫގެ ހުޅަނގު ފަރާތުގައި ވަރަށް ހިތްގައިމު ކަނޑުއަޑީގެ ހޮހޮޅައެއް! 📍 ހދ. ނައިވާދޫ

ނައިވާދޫގެ ހުޅަނގު ފަރާތުގައި ވަރަށް ހިތްގައިމު ކަނޑުއަޑީގެ ހޮހޮޅައެއް!

ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެބޮޑު އެއްސަބަބެވެ. ރާއްޖޭގެ ގިނަ ހިސާބުތަކުގެ ކަނޑުއަޑީގެ ޗާލު ބަގީޗާތަކަކީ ބަލައި ފޫހިވާނޭ ތަންތަނެއް ނޫނެވެ. މީގެ ތެރެއިން ވެސް ހދ. ނައިވާދޫގެ ހުޅަނގު ފަރާތުގައި ޑައިވިން ކުރުމަށް އޮންނަ ހިތްގައިމު ކަނޑުއަޑީގެ ހޮހޮޅަ ފާހަގަކޮށްލެވެއެވެ. އެކަން ހާމަވަނީ އެރަށަށް އުފަން އެރަށު ޒަމާނީވިލާ މަންސޫރު އަލީ ގެ މި ވާހަކަތަކުންނެވެ. އެރަށުގައި ޑައިވް ސެންޓާ އެއް ހުޅުވައި، ވޯޓާ ސްޕޯޓްސް ގެ ޚިދުމަތް ދެމުން އަންނަ އުމުރުން 29 އަހަރުގެ މަނ...

މުޙައްމަދު އަފްރާޙް
ނައިވާދޫ ޓްރެއިނާސްއާއި ހިރަފުސް މެޗު އެއްވަރު 📍 ހދ. ކުޅުދުއްފުށި

ނައިވާދޫ ޓްރެއިނާސްއާއި ހިރަފުސް މެޗު އެއްވަރު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ގްރޫޕް ބީގައި ނައިވާދޫ ޓްރެއިނާސްއާއި ކުޅުދުއްފުށީ ހިރަފުސް އިއްޔެ ހަވީރު ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ހިރަފުހުންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް