މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނައިވާދޫ (154 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
154 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނައިވާދޫގެ އެންމެ ފަހުގެ ޚަބަރުތައް

154 ޚަބަރުގެ ތެރެއިން
ހދ.އަތޮޅު ކައުންސިލުން ޓީމް ނައިވާދޫއަށް ދޭން ބުނި ފައިސާ ނުލިބޭތީ ކަންބޮޑުވުން 📍 ހދ. ނައިވާދޫ

ހދ.އަތޮޅު ކައުންސިލުން ޓީމް ނައިވާދޫއަށް ދޭން ބުނި ފައިސާ ނުލިބޭތީ ކަންބޮޑުވުން

ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލަށް ޓީމް ނައިވާދޫ ދަތުރުކުރުމާ ގުޅިގެން، އަތޮޅު ކައުންސިލުން އެ ޓީމަށް ދޭނެ ކަމަށް ބުނި 50،000 (ފަންސާސް ހާސް) ރުފިޔާ މިހާތަނަށް ވެސް ނުލިބޭ މައްސަލައިގައި ޓީމުގެ މެނޭޖްމަންޓުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފިއެވެ. ޓީމް ނައިވާދޫގެ އޮފިޝަލަކު ބުނީ މި ފައިސާ ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ވަޙީދު (ވައްޑޭ) އާއި ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު ވަނީ ކުރިން ދެއްވާފައެވެ. […]

އަލީ އާދިލް
މުރައިދޫ، ނައިވާދޫ، ކުމުންދޫ އަދި ގޮއިދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. މުރައިދޫ

މުރައިދޫ، ނައިވާދޫ، ކުމުންދޫ އަދި ގޮއިދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ގޮއިދޫ، ހއ. މުރައިދޫ، ހދ. ކުމުންދޫ އަދި ހދ. ނައިވާދޫ ސިއްޙީ މަރުކަޒުގެ ލެބޯޓަރީ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން އިއުލާންކޮށްފިއެވެ. ހެލްތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މޭ 2026 އިން ފެށިގެން 8 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރެޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ. ރެޖިސްޓްރީ ކުރުމަށްޓަކައި ގެޒެޓްކުރެވިފައިވާ […]

ޔުމްނާ ޢަލީ
ކޮފީ އެންޑް މޯ ހޮލިޑޭ ކަޕް 2026: ނައިވާދޫގެ ޒުވާން ހުނަރުވެރިންގެ ކުޅިވަރުގެ އީދެއް 📍 ހދ. ނައިވާދޫ

ކޮފީ އެންޑް މޯ ހޮލިޑޭ ކަޕް 2026: ނައިވާދޫގެ ޒުވާން ހުނަރުވެރިންގެ ކުޅިވަރުގެ އީދެއް

ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ ނައިވާދޫގެ ރައްޔިތުންނަށް ހާއްސަކޮށްގެން މިމަހުގެ 11 ވަނަ ދުވަހު ބޭއްވި “ކޮފީ އެންޑް މޯ ހޮލިޑޭ ކަޕް 2026” ފުޓްސަލް މުބާރާތް ކާމިޔާބުކަމާއި އެކު ނިންމާލައިފި އެވެ. ހުޅުމާލޭ ގައި ބޭއްވި “ކޮފީ އެންޑް މޯ ހޮލިޑޭ ކަޕް 2026” އަކީ ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބު (NTSC) ގެ ފަރާތުން އިންތިޒާމުކުރި ވަރަށް ކާމިޔާބު ފުޓްސަލް މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ނައިވާދޫގެ ފުޓްސަލްގެ […]

އިބްރާހިމް އަސްވާޤް
ނައިވާދޫ ކައުންސިލްގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް އެމްޑީޕީއަށް 📍 ހދ. ނައިވާދޫ

ނައިވާދޫ ކައުންސިލްގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް އެމްޑީޕީއަށް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގެ ތާރީޚްގައި އެމްޑީޕީ އަށް ހދ. ނައިވާދޫން އެންމެ ބޮޑު ކާމިޔާބެއް ލިބުނު ފަހަރުކަމުގައި މި ފަހަރުވެއްޖެއެވެ. އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އެމްޑީޕީ އަށް ވަނީ ދެ ގޮނޑިއާއެކު ނައިވާދޫ ކައުންސިލްގެ މެޖޯރިޓީ ލިބިފައެވެ. އަދި ޑަބްލިޔުޑީސީގެ ރައީސާގެ ގޮނޑިވެސް ފުރަތަމަ ފަހަރަށް އެމްޑީޕީން ވަނީ ހޯދާފައެވެ. މި އިންތިޚާބުގައި ނައިވާދޫ ކައުންސިލްގެ ގޮނޑި މިހާރުގެ ރައީސް ޕީއެނ...

އަލީ އާދިލް
ނައިވާދޫ ރައްޔިތުން މިހާރު އިންތިޒާރު ކުރަމުންދަނީ "ހޮލިޑޭ ކަޕް 2026" އަށް 📍 ހދ. ނައިވާދޫ

ނައިވާދޫ ރައްޔިތުން މިހާރު އިންތިޒާރު ކުރަމުންދަނީ "ހޮލިޑޭ ކަޕް 2026" އަށް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ މުބާރާތް ނިމުމަށްފަހު، މާލެ ސަރަހައްދުގައި ދިރިއުޅޭ ހދ. ނައިވާދޫގެ ރައްޔިތުން މިހާރު އިންތިޒާރު ކުރަމުންދަނީ “ހޮލިޑޭ ކަޕް 2026” އަށެވެ. 18 އަހަރުގެ ދިގު، ފަޚުރުވެރި މާޒީއެއް އޮތް ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކުލަބުން އިންތިޒާމުކުރާ މި މުބާރާތަކީ ނައިވާދޫގެ ޒުވާނުންނާއި އާއިލާތަކަށް އަންނާނެ ކުޅިވަރުގެ އެންމެ ބޮޑު ދެވަނަ އީދެވެ. ​ނައިވާދޫ ޓްރޭނާސްގެ ފަރާތުން ހާމަކުރިގޮތުގައި އެ ކުލަބުގެ އެންމެ އިސް މަގުސަދަކީ ހަމައެކަނި މުބާރާތެއް ބޭއްވުމެއް ނޫނެވެ. އެ […]

އިބްރާހިމް އަސްވާޤް
މަޝްރޫއުތައް ހަލުއިކުރުމަށް ކައުންސިލުތަކުގެ މެޖޯރިޓީ ޕީއެންސީއަށް ދޭންޖެހޭ: ޢަލީ ރަޝީދު 📍 ހދ. ނައިވާދޫ

މަޝްރޫއުތައް ހަލުއިކުރުމަށް ކައުންސިލުތަކުގެ މެޖޯރިޓީ ޕީއެންސީއަށް ދޭންޖެހޭ: ޢަލީ ރަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުދި ރަށްރަށުގައި ވެސް ހިންގައި ދެއްވަމުން ކަމަށާއި، މަޝްރޫއުތައް އަވަސްކޮށް ހަލުއިކުރުމަށް ކައުންސިލުތަކުގެ މެޖޯރިޓީ ޕީއެންސީއަށް ދޭންޖެހޭކަމަށް ހދ. ނާވައިދޫ ކައުންސިލުގެ ރައީސް އަލީ ރަޝީދު މުހައްމަދު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ހދ. އަތޮޅު މާލޭ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އަލީ ރަޝީދު އޭނާގެ ތަޖުރިބާއިން ވިދާޅުވީ ކައުންސިލުތަކުގެ މެޖޯރިޓީ ސަރުކާރަށް ދޭންޖެހޭ ކަމަށެވެ. ރަށް...

އައިޝަތު ޢާދަމް
"ހޮލިޑޭ ކަޕް 2026": ނައިވާދޫގެ އާ ފުޓްސަލް ޖީލެއް ބިނާކުރުމުގެ ފޯރި ގަދަވަނީ 📍 ހދ. ނައިވާދޫ

"ހޮލިޑޭ ކަޕް 2026": ނައިވާދޫގެ އާ ފުޓްސަލް ޖީލެއް ބިނާކުރުމުގެ ފޯރި ގަދަވަނީ

ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ބާއްވާ ކުޑަކުދިންގެ ފުޓްސަލް މުބާރާތް “ހޮލިޑޭ ކަޕް 2026” ގެ ތައްޔާރީތައް ބާރަށް ކުރިއަށްދާއިރު، މިދިޔަ އަހަރަށްވުރެ މިއަހަރުގެ ތަރުހީބު ބޮޑުވެ، މުބާރާތުގެ ފޯރި ގަދަވެއްޖެއެވެ. ގްރޭޓަރ މާލޭ ސަރަހައްދުގައި ދިރިއުޅޭ ނައިވާދޫގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތް އޮންނާނީ އަންނަ އޭޕްރީލް މަހުގެ 11 އަދި 18 ވަނަ ދުވަހު ހުޅުމާލޭ ތްރީޓޮޕް ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ މެނޭޖަރ އަދި ކުލަބުގެ ހިނގާ ކޮމިޓީގެ ލަފާދޭ […]

Thiladhun
ނައިވާދޫގެ "ސުޕަރ ސަޕޯޓަރ" އަބްދުﷲގެ އަގު ވަޒަންކޮށްފި 📍 ހދ. ނައިވާދޫ

ނައިވާދޫގެ "ސުޕަރ ސަޕޯޓަރ" އަބްދުﷲގެ އަގު ވަޒަންކޮށްފި

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ވޭތުވެދިޔަ 8 މުބާރާތުގައިވެސް ނައިވާދޫ ޓީމަށް ކެނޑިނޭޅި ސަޕޯޓްކުރަމުން އަންނަ ކުޅުދުއްފުށި ސިޓީއަށް އުފަން އަބްދުﷲ މުޙައްމަދުގެ އިޚުލާޞްތެރި ސަޕޯޓުގެ އަގު، ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބުން މިއަދު ވަޒަންކޮށްފިއެވެ. ޢަބުދުﷲގެ އަގުވަޒަން ކުރަމުން ނައިވާދޫ ޓްރެއިނާސް އިން ބުނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ނައިވާދޫ ޓީމުން ހޯދަމުންދާ ކާމިޔާބީތަކުގެ ފަހަތުގައި އޮތް އެންމެ ބޮޑު އެއް ބާރަކީ އެ ޓީމުގެ ސަޕޯޓަރުންކަމަށެވެ. އަބްދުﷲ މުޙައްމަދަކީ ކުޅުދުއްފުށި ސިޓީއަށް ނިސްބަތ...

ޝިއުނާ އާދަމް
ތަށި ގެނެސްދިން ޓީމަށް ނައިވާދޫ ރައްޔިތުންގެ ލޯބި ބަންޑުންކޮށްލައިފި 📍 ހދ. ނައިވާދޫ

ތަށި ގެނެސްދިން ޓީމަށް ނައިވާދޫ ރައްޔިތުންގެ ލޯބި ބަންޑުންކޮށްލައިފި

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތަށި އުފުލާލި ހދ. ނައިވާދޫގެ ޓީމު އިއްޔެ އެރަށަށް ދިޔުމުން ރައްޔިތުންގެ ލޯބި ޓީމަށް ބަންޑުންކޮށްލައިފިއެވެ. އެއް ފްލައިޓަކުން ޓީމަށް ޖާގަ ނުލިބުމުން އިއްޔެ ޓީމު ދަތުރުކުރީ ދެ ފްލައިޓަކުންނެވެ. އެއީ ހަނިމާދޫ މަގުންނާއި ކުޅުދުއްފުށީ ސިޓީ މަގުންނެވެ. މެންދުރެއްހާއިރު ފުރަތަމަ ފްލައިޓްގައި ޓީމު ދަތުރުކުރި ކުޅުންތެރިން ތަށި ހިފައިގެން ދިޔައީ ފިނެއަށެވެ. ދެވަނަ ފްލައިޓްގައި އައި ކުޅުންތެރިން ވެސް ފިނޭން ވަނީ ޓީމާއި ގުޅިފައެވެ. ޓީމު ނައިވާދޫ […]

ޝިއުނާ އާދަމް
ގޯލްޑަން ފުޓްސަލް ތަށި ބޮޑު ތިލަދުންމަތިން ފުރަތަމަ ފިނެޔަށް، ހަވީރު ނައިވާދޫ އަށް ގެންދާނެ 📍 ހދ. ފިނޭ

ގޯލްޑަން ފުޓްސަލް ތަށި ބޮޑު ތިލަދުންމަތިން ފުރަތަމަ ފިނެޔަށް، ހަވީރު ނައިވާދޫ އަށް ގެންދާނެ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތަށި ބޮޑު ތިލަދުންމައްޗަށް މިއަދު ގެންގޮސްފިއެވެ. ހދ. ނައިވާދޫ ހޯދި މި ތަށި ފުރަތަމަ ގެންގޮސްފައި ވަނީ އެ އަތޮޅު ފިނެއަށެވެ. ޓީމް ނައިވާދޫގެ އެސިސްޓެންޓް ކޯޗު އަހްމަދު ސިނާން ”ތިލަދުން” އަށް ބުނީ އެތަށި ނައިވާދޫ އަށް ގެންދިޔުން އޮންނާނީ މިއަދު ހަވީރުކަމަށެވެ. ”މިހާރު ދެވަނަ ފްލައިޓުން އައި ކުޅުންތެރިން މިރަށަށް އެ އަންނަނީ، އެ ކުޅުންތެރިންނާއެކު ހަވީރު 16:15 އަށް ތަށި ހިފައިގެން ރަށަށް ދާނަން” […]

ޝިއުނާ އާދަމް
ރާއްޖޭގެ ފުޓްސަލް ކިންގަކީ ޗެމްޕިއަން ނައިވާދޫގެ ޔާމީން، ނައިވާދޫ އަށް މުބާރާތުގެ ގިނަ ވަނަތަކެއް 📍 ހދ. ނައިވާދޫ

ރާއްޖޭގެ ފުޓްސަލް ކިންގަކީ ޗެމްޕިއަން ނައިވާދޫގެ ޔާމީން، ނައިވާދޫ އަށް މުބާރާތުގެ ގިނަ ވަނަތަކެއް

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ކިންގަކަށް ނައިވާދޫގެ ކެޕްޓަން ޔާމީން މުހައްމަދު (ޔާންޓޭ) ހޮވިފައިވާއިރު، އެ މުބާރާތުގެ ގިނަ ވަނަތަކެއް އެ ޓީމަކަށް ވަނީ ލިބިފައެވެ. ރޭ ކުޅުނު ފައިނަލްގައި 9-3 ލަނޑުގެ ބޮޑު ތަފާތަކުން ގއ.ދެއްވަދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދި ނައިވާދޫގެ ޔާމީން މުބާރާތުގެ ”ކިންގް އޮފް ޓޯނަމަންޓް” އަކަށް ހޮވުނުއިރު، އޭނާ އަކީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރޭ ވެސް ހިމެނުނު ކުޅުންތެރިއެކެވެ. ޔާމީންގެ އިތުރުން ނައިވާދޫ ޓީމުގެ އަހްމަދު ހަމީދު […]

ޔުމްނާ ޢަލީ
ދެއްވަދޫ ކޮޅަށް 9 ލަނޑުޖަހައި ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް، ތަށި ބޮޑު ތިލަދުންމައްޗަށް 📍 ހދ. ނައިވާދޫ

ދެއްވަދޫ ކޮޅަށް 9 ލަނޑުޖަހައި ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް، ތަށި ބޮޑު ތިލަދުންމައްޗަށް

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޗެމްޕިއަންކަން ހދ. ނައިވާދޫ ހޯދައި، ދިވެހިރާއްޖޭގެ ފުޓްސަލް ރަސްކަމުގެ މަގާމު ކަށަވަރުކޮށްފިއެވެ. ނައިވާދޫ ޗެމްޕިއަންކަން ހޯދީ މިރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލްގައި 9-3 ލަނޑުގެ ބޮޑު ތަފާތަކުން ގއ.ދެއްވަދޫ ބަލިކޮށްގެންނެވެ. މެޗުގެ 15 ވަނަ ސުކުންތުގެ ތެރޭގައި ޖޯޒީ ނަންބަރު 21 އަހްމަދު ރާހިލް ރަޝީދު ވަނީ ގޯލެއް ޖަހައި ދެއްވަދޫ އަށް ލީޑު ނަގައިދީފައެވެ. ދެއްވަދޫގެ ލަނޑަށްފަހު ނައިވާދޫ ޓީމު ހަމައަކަށްއަޅުވައި ވަރުގަދަ […]

ޔުމްނާ ޢަލީ
ފައިނަލް މިރޭ، ނައިވާދޫ ބޮޑު ތިލަދުން މައްޗަށް ތަށި ގެންދިޔުމުގެ ވަރުގަދަ އަޒުމްގައި 📍 ހދ. ނައިވާދޫ

ފައިނަލް މިރޭ، ނައިވާދޫ ބޮޑު ތިލަދުން މައްޗަށް ތަށި ގެންދިޔުމުގެ ވަރުގަދަ އަޒުމްގައި

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލްގައި ތަށި ހޯދުމުގެ ވަރުގަދަ އަޒުމްގައި ހދ. ނައިވާދޫ މިރޭ ގއ. ދެއްވަދޫ އާއި ދެކޮޅަށް ނުކުންނާނެއެވެ. މި މުބާރާތުގެ ފައިނަލަށް ޖެހިޖެހިގެން ދެވަނަ ފަހަރު ދަތުރުކުރި ނައިވާދޫ އަށް ކާމިޔާބީ އަށް އެދި އެރަށާއި ބޮޑު ތިލަދުންމަތީގެ ރައްޔިތުން އަންނަނީ ޝުޢޫރު ފާޅު ކުރަމުންނެވެ. މި ފައިނަލް އޮންނާނީ ކިރޭ 20:30 ގައި ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ. މި މުބާރާތުގެ ފައިނަލާ ހަމައަށް މޮޅުވުމުގެ ރެކޯޑާއެކު […]

ޔުމްނާ ޢަލީ
ނައިވާދޫ ޖެހިޖެހިގެން ދެވަނަ އަހަރު ގޯލްޑަން ފުޓްސަލްގެ ފައިނަލަކަށް 📍 ހދ. ނައިވާދޫ

ނައިވާދޫ ޖެހިޖެހިގެން ދެވަނަ އަހަރު ގޯލްޑަން ފުޓްސަލްގެ ފައިނަލަކަށް

ޕެނަލްޓީގައި އޭދަފުށި ބަލިކޮށް ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލްގެ ފުރަތަމަ ޖާގަ ނައިވާދޫ ކަށަވަރުކޮށްފިއެވެ. މިދިޔަ އަހަރުވެސް މި މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ކުޅެ، މިދިޔަ އަހަރުގެ ރަނަރަޕް ނައިވާދޫ މި އަހަރުގެ ފައިނަލަށް ދަތުރުކުރީ ފުރިހަމަ ވަގުތުގައި 1-1 ގެ ނަތީޖާއިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 5-4 އިން އޭދަފުށި ބަލިކޮށްގެންނެވެ. މިރޭގެ މެޗުގެ ފުރިހަމަ ވަގުތުގައި ނައިވާދޫ ޖެހިލަނޑު ޖަހައިދީފައި ވަނީ ޢަބުދުﷲ ޝާފިއު (ސާއްޕެ) އެވެ. އެއީ ގޯލް […]

ޔުމްނާ ޢަލީ
ޒޯން ތަށި ވެސް ހޯދައި ނައިވާދޫ ފުޓްސަލްގެ ރަސްކަން ދަމަހައްޓައިފި 📍 ހއ. މާރަންދޫ

ޒޯން ތަށި ވެސް ހޯދައި ނައިވާދޫ ފުޓްސަލްގެ ރަސްކަން ދަމަހައްޓައިފި

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން އެކެއްގެ ޗެމްޕިކަން ހޯދައި ނައިވާދޫ ފުޓްސަލްގައި ކުރަމުން އަންނަ ރަސްކަން ދަމަހަަަައްޓައިފިއެވެ. ނައިވާދޫ ޒޯން އެކެއްގެ ޗެމްޕިއަންކަން ދިފާއުކުރީ މިރޭ ކުޅުނު ފައިނަލް މެޗުގައި ހއ. އަތޮޅު ޗެމްޕިއަން 6-1ގެ ބޮޑު ތަފާތަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ނައިވާދޫގެ ޖޯޒީ ނަންބަރު 29 އަބުދުﷲ ވިސާމް ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ ގިނަ […]

ޔުމްނާ ޢަލީ