📍 ހދ. ނައިވާދޫ
މޫދު ކުޅިވަރު ކުޅެން ނައިވާދޫއަށް
ހދ.ނައިވާދޫއަކީ ރީތި ދޮންވެލި އަތިރިމައްޗަކާއި ރީތި ތިލަ ނޫ ފަޅެއް ލިބިގެންވާ ހިތްގައިމު ރަށެކެވެ. ރަށުގެ ރީތިކަމާއި ރަށުގެ ތިލަ ފަޅުގެ ހިތްގައިމުކަން އިތުރަށް އިޝްތިހާރުކޮށް، ނައިވާދޫއަށް ޒިޔާރަތްކުރާ މީހުން އިތުރުކޮށް، ނައިވާދޫގައި މޫދުކުޅިވަރަށް ލޯބިކުރާ ފަރާތްތައް އިތުރުކޮށް، އެ ކުޅިވަރު ކުރިއެރުވުމަށްޓަކައި އެ ރަށު ޒަމާނީވިލާ މަންސޫރު އަލީ މިވަނީ އެ ރަށަށް މޫދު ކުޅިވަރު ތަޢާރަފް ކޮށްފައެވެ. މިވަގުތު ނައިވާދޫ ސިއްޙީ މަރުކަޒުގެ އެމްބިއުލާންސް ޑްރައިވަރުގެ ވަޒީފާ އަދާކުރަމުން އަންނަ މަންސޫރު އ...