މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ނަރުދޫ (148 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
148 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނަރުދޫގެ އެންމެ ފަހުގެ ޚަބަރުތައް

148 ޚަބަރުގެ ތެރެއިން
ނޭކުރެންދޫ އާއި ނަރުދޫ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަން އޭޕްރިލް 16 ގައި 📍 ށ. ނަރުދޫ

ނޭކުރެންދޫ އާއި ނަރުދޫ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަން އޭޕްރިލް 16 ގައި

ހދ. ނޭކުރެންދޫއާއި ށ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ނޭކުރެންދޫ އަންހެނުންގެ ކޮމިޓީއަށް 2 މެމްބަރު އަދި ނަރުދޫ އަންހެނުންގެ ކޮމިޓީއަށް މެމްބަރެއް ހޮވަން ޖެހޭ ކަމަށެވެ. އެގޮތުން މެމްބަރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާދަމާ (2 މާރޗް 2022) އިން ފެށިގެން 17 މާރޗް 2022 ވަނަ […]

އައިޝަތު ނަސާޔާ
ނަރުދޫގައި އައްމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ފަށަނީ 📍 ށ. ނަރުދޫ

ނަރުދޫގައި އައްމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ފަށަނީ

ށ. ނަރުދޫގެ އުމުރުން 7 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް ޚާއްސަކޮށް އައްމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ. އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމަކީ އެއްމަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ މެމްބަރު އައިޝަތު އިކްލީނާ ވިދާޅުވީ މިޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ކުދިންނަށް މާދަމާ (ފެ...

އައިޝަތު ނަސާޔާ
ކޮމަންޑޫ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް، އާ އިންޖީނުގޭގެ ހިދުމަތް ފަށައިފި 📍 ށ. ނަރުދޫ

ކޮމަންޑޫ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް، އާ އިންޖީނުގޭގެ ހިދުމަތް ފަށައިފި

ށ. ކޮމަންޑޫގައި އަލަށް އިމާރާތް ކުރި އިންޖީނުގެ ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ. މިއާއެކު އެ ރަށުގެ ރައްޔިތުންނަށް 32 އަހަރަށްފަހު ހިތް ފަސޭހަކަން ލިބުނީއެވެ. މިއީ އެ ރަށުގެ ރައްޔިތުންގެ އެތައް އަހަރެއްވަންދެން އެދެމުން އައި ކަމެކެވެ. އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށުމާއެކު ރަށޔ ތެރޭގޤި ހުރި ބާ އިންޖީނުގެ ވަނީ ނިއްވާލާފައެވެ. އެކަމަށް އިއްޔެ ބޭއް ރަސްމިއްޔާތުގައި އިންޖީނުގެ ނިއްވާލަދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. Sh. Komandoo 32 aharu vee […]

އަޙްމަދު ވަހީދު
ނަރުދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތްކުރުމަށް ޑިޒައިން ނިންމައި، ޓެންޑަރިންއަށް ފޮނުވަނީ 📍 ށ. ނަރުދޫ

ނަރުދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތްކުރުމަށް ޑިޒައިން ނިންމައި، ޓެންޑަރިންއަށް ފޮނުވަނީ

ށ. ނަރުދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތްކުރުމަށް ޑިޒައިންގެ މަސައްކަތް ނިންމައި، ޓެންޑަރިންއަށް ފޮނުވަން ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ނަރުދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ކޮންޓެކްޓަރަކާއި ހަވާލުކުރެވޭނެ ތާރީޚެއް ހޯދަން، ރައްޔިތުންގެ މަޖިލިސްގައި ނަރުދޫ ތަމްސީލް ކުރަށްވާ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނ...

ތިލަދުން
ނަރުދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި 📍 ށ. ނަރުދޫ

ނަރުދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ށ. ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. “ސަމައްތަރު” ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ނަރުދޫ އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މި އަހަރުގެ ސެޕްޓެމްބަރު 1 އިން 30 ގެ ނިޔަލަށެވެ. ނަރުދޫގެ 40 ކަނބަލަކު ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ދަނީ...

ޝިއުނާ އާދަމް
ނަރުދޫގައި ތިބި ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަންނަށް ކައުންސިލުން ދޮރުން ދޮރަށް 📍 ށ. ނަރުދޫ

ނަރުދޫގައި ތިބި ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަންނަށް ކައުންސިލުން ދޮރުން ދޮރަށް

ށ. ނަރުދޫގައި ތިބި ހާއްސަ އެހީތެރިކަމަށާއި، ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަތުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ. މިގޮތުން އެރަށުގައި ތިބި ހާއްސަ އެހީތެރިކަމަށާއި، ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަތުމަށް އެފަދަ މީހުންގެ ގާތަށް ނަރުދޫ ކައުންސިލުން ޒިޔާރަތް ކުރުމުގެ ޕްރޮގްރާމެއް މިހާރު ފަށައިގެން ދަނީ ކުރިއަށް ގެންދަމުންނެވެ. ނަރުދޫ ކައުންސިލްގެ ރައީސް މުހައްމަދު މުޝްތަރުޝިދު “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޕްރޮގްރާމް ކުރ...

އައިޝަތު ނަސާޔާ
ކަނބަލުންނަށް ހާއްސަކޮށް ނަރުދޫގައި އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމެއް 📍 ށ. ނަރުދޫ

ކަނބަލުންނަށް ހާއްސަކޮށް ނަރުދޫގައި އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމެއް

ށ. ނަރުދޫގެ 30 އަހަރުން މަތީގެ ކަނބަލުންނަށް ހާއްސަކޮށް އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. ނަރުދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގްރާމް އަކީ 1 މަސް ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ޕްރޮގްރާމެއް ކަމަށް އެ ކޮމިޓީއިން މައުލޫމާތު ދެއްވައެވެ. އެގޮތުން އެ ކޮމިޓީއިން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން […]

އައިޝަތު ނަސާޔާ
ނަރުދޫ އާ އިންޖީނުގެ ނިންމައި ހިދުމަތް ދޭން ފަށައިފި 📍 ށ. ނަރުދޫ

ނަރުދޫ އާ އިންޖީނުގެ ނިންމައި ހިދުމަތް ދޭން ފަށައިފި

ށ. ނަރުދޫގައި އަލަށް ތަރައްގީ ކުރި ފެނަކަ ކޯޕަރޭޝަންގެ އާ އިންޖީނުގޭގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށައިފިއެވެ. އިންޖީނުގެއާ އެކު އާ އޮފީސް ބައި ވެސް ވަނީ މިހާރު ބޭނުން ކުރަން ފަށާފައެވެ. މި އިންޖީނުގެއާއެކު ރައްޔިތުންނަށް މެދު ނުކެނޑި ކަރަންޓުގެ ހިދުމަށް ދެވިގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ. އެ ރަށުގައި އަލަށް ތަރައްގީ ކުރީ 250 ކިލޯވޮޓުގެ އިންޖީނުގެއެކެވެ. ހަ ސަތޭކައަށްވުރެ ބޮޑު އާބާދީއެއް އޮންނަ ނަރުދޫގައި އާ އިންޖީނުގޭގެ ސަބަބުން ކަރަންޓުގެ މައްސަލައަށް […]

އަޙްމަދު ވަހީދު
ނަރުދޫ އ.ތ.މ ކޮމެޓީގެ ފަރާތުން އެރަށުގެ އުމުރުން ދުވަސްވީ މީހުންނަށް ޢީދު ހަދިޔާ ބަހައިފި 📍 ށ. ނަރުދޫ

ނަރުދޫ އ.ތ.މ ކޮމެޓީގެ ފަރާތުން އެރަށުގެ އުމުރުން ދުވަސްވީ މީހުންނަށް ޢީދު ހަދިޔާ ބަހައިފި

ށ.ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގެ އުމުރުން ދުވަސްވީ ފަރާތްތަކަށް ޢީދު ހަދިޔާ ބަހައިފިއެވެ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން 20 ޖުލައި 2021 ވީ އަންގާރަ ދުވަހު (އަޟްޙާ ޢީދު ދުވަހު) ޢީދު ނަމާދަށްފަހު އެ ރަށުގައި ދިރިއުޅޭ އުމުރުން ފަސްދޮޅަސް ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވަނީ ޢީދު ހަދިޔާ ޕެކޭޖެއް އަރުވާފައެވެ. ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން އެ ކޮމެޓީގެ ރައީސާ މަރިޔަމް ރަޝީދާ […]

އިބްރާހިމް ޚަލީލް
ނަރުދޫ ކުލަބް ރެނެއަސަންސްގެ ޢީދު ހަދިޔާ، ރަށުގެ ކޮންމެ ގެޔަކަށް ކުކުޅެއް 📍 ށ. ނަރުދޫ

ނަރުދޫ ކުލަބް ރެނެއަސަންސްގެ ޢީދު ހަދިޔާ، ރަށުގެ ކޮންމެ ގެޔަކަށް ކުކުޅެއް

ށ.ނަރުދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ ކުލަބް ރެނެއަސަންސްގެ ފަރާތުން އެ ރަށުގެ ގޭބިސީތަކަށް އަޟްހާ ޢީދުގެ މުނާސަބަތުގައި ޢީދު ހަދިޔާ ބަހައިފިއެވެ. އެ ކުލަބުގެ ފަރާތުން އެ ރަށު ކޮންމެ ގެއަކަށް ޢީދު ހަދިޔާގެ ގޮތުގައި ވަނީ ކުކުޅެއް ހަދިޔާ ކޮށްފައެވެ. އެ ކުލަނުގެ މެމްބަރުން ނުކުމެ މިއަދު ހެނދުނު ހުރިހާ ގޭބިސީތަކަށް ހަދިޔާ ބަހާ ނިންމާފައިވާއިރު، އެ ކުލަބުން ބުނެފައި ވަނީ ކޮންމެ ގޭބިސީއަކަށް ކުކުޅެއް ހަދިޔާކުރީ ޢީދު ދުވަހުގެ މެންދުރުގެ […]

އިބްރާހިމް ޚަލީލް
ރަމްޒު އެކަޑަމީން ނަރުދޫގައި ހިންގި ހޭންޑް ބޯލް ކޭމްޕް ނިންމާލައިފި 📍 ށ. ނަރުދޫ

ރަމްޒު އެކަޑަމީން ނަރުދޫގައި ހިންގި ހޭންޑް ބޯލް ކޭމްޕް ނިންމާލައިފި

ރަމްޒު ސްޕޯރޓްސް އެކަޑާމީން ށ. ނަރުދޫގައި ހިންގި ހޭންޑް ބޯލް ކޭމްޕް ނިންމާލައިފި އެވެ. އެ ރަށުގެ އަންހެންވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވުނު ހޭންޑް ބޯލް ދަސްކޮށްދިނުމުގެ މި ކޭމްޕް ކުރިއަށް ގެންދެވުނީ 7 ދުވަހުގެ މުއްދަތަކަށެވެ. ރަމްޒު ސްޕޯޓްސް އެކަޑަމީގެ ރައީސް އަލީ ރަމްޒީ “ތިލަދުން” އާ ވާހަކަ ދައްކަމުން ބުނީ، މި ކޭމްޕަށް ގެނެވުނު ކޯޗަކީ ރަށުން ބޭރު ކޯޗެއްކަމަށެވެ. އަދި މި ކޭމްޕް އަކީ އެ އަކަޑަމީން މުޅިން ހިލޭ ކުރިއަށް ގެންދިޔަ ކޭމްޕެއްކަން އޭނާ […]

އަޙްމަދު އަރުޝަމް
ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި 📍 ށ. ނަރުދޫ

ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ށ.ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތް ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމުގެ އެގްރީމެންޓުގައި މިއަދު ވަނީ ސޮއި ކުރެވިފާކަމަށް ޕްލޭނިންގެ މިނިސްޓްރީން ހާމަކުރެއްވިއެވެ. މި މަސައްކަތަކީ ސަރުކާރުގެ ޕީ.އެސް.އައި.ޕީ 2021 ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެެކެވެ. މި މަސައްކަތް ހަވާލުކުރެވިގެން ދިޔައީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޔަކާއެވެ. އެފަރާތުން ށ.ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 9,206,209.56 (ނުވަ މިލިއަން ދުއިސ...

އަޙްމަދު އަރުޝަމް
ނަރުދޫގައި ދެފާރު ދޭތެރެއަށް ފިތި ތާށިވެފަހުރި 4 އަހަރުގެ ކުއްޖެއް ފާރުތަޅާލައި ސަލާމަތްކޮށްފި 📍 ށ. ނަރުދޫ

ނަރުދޫގައި ދެފާރު ދޭތެރެއަށް ފިތި ތާށިވެފަހުރި 4 އަހަރުގެ ކުއްޖެއް ފާރުތަޅާލައި ސަލާމަތްކޮށްފި

ށ. ނަރުދޫގައި ދެފާރު ދޭތެރެއަށް ފިތި ތާށިވެފަހުރި އުމުރުން 4 އަހަރުގެ ތުއްތުކުއްޖެއް ފާރުތަޅާލައި ސަލާމަތްކޮށްފި އެވެ. ނަރުދޫ ކައުންސިލްގެ ރައީސް މުޙައްމަދު މުސްތަރުސިދު “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ މިއަދު މިފަދަ ހާދިސާއެއް 1:30 ހާއިރު އެރަށުގައި ހިނގާފައިވާކަމަށެވެ. އެރަށުގެ ގިނަބަޔަކު ނިކުމެ ކުރި މަސައްކަތުން އެކުއްޖާ ސަލާމަތް ކުރެވުނީ 2 ޖަހާއިރުކަމަށް ވިދާޅުވިއެވެ. މިއީ ގޯތި ތެރޭގައި ކުޅެން އުޅުނުކުއްޖެއް ކަމަށާއި އެކުއްޖާއަށް އެއްވެސް އަނިޔާއެއް ވެފައިނުވާކަމަށް ވިދާޅުވި އެވެ. އ...

އިބްރާހިމް އަސްވާޤް
ކުދުއްފުށިން ނައިފަރަށް ދަތުރުކުރި މާބަނޑު މީހެއް ހާލު ދެރަވެ ނަރުދޫގައި ފަރުވާދެނީ 📍 ށ. ނަރުދޫ

ކުދުއްފުށިން ނައިފަރަށް ދަތުރުކުރި މާބަނޑު މީހެއް ހާލު ދެރަވެ ނަރުދޫގައި ފަރުވާދެނީ

ކުޅުދުއްފުށީ ސިޓީއިން ޅ. ނައިފަރަށް ދަތުރުކުރަމުން ދިޔަ ލޯންޗެއްގައި އިން މާބަނޑު މީހެއް ކަނޑު ގަދަވުމުގެ ސަބަބުން، ހާލު ދެރަވެގެން ށ. ނަރުދޫއަށް ބަނދަރުކޮށް، ނަރުދޫ ސިއްހީ މަރުކަޒުގައި އެމީހާއަށް ފަރުވާ ދޭން ފަށައިފިއެވެ. އެ ލޯންޗްގައި ތިން މާބަނޑު މީހުން ތިއްބެވެ. އެ މީހުންނަކީ އިއްޔެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަބަޔެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އެމީހުން ރޭ ކުޅުދުއްފުށީގައި މަޑުކުރުމަށްފަހު އަނބުރާ ނައިފަރަށް ދިއުމަށް ދަތުރުފެށީ މިއަދު ހެނދުނުއެވެ. ނަރުދޫ ސިއް...

ޙުސައިން ޝަހުދީ
ނަރުދޫ ރައްޔިތުންގެ ފަރާތުން ގޮއިދޫ ރައްޔިތުންނަށް އެހީތެރިކަމެއް! 📍 ށ. ނަރުދޫ

ނަރުދޫ ރައްޔިތުންގެ ފަރާތުން ގޮއިދޫ ރައްޔިތުންނަށް އެހީތެރިކަމެއް!

ކޯވިޑް-19 އަށް ޕޮޒިޓިވް ކޭސް ތަކެއް ފެނުމާ ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ށ. ގޮއިދޫ ރައްޔިތުންނަށް އެ އަތޮޅު ނަރުދޫ ރައްޔިތުން އެހީތެރިކަމެއް ފޯރުކޮށްދީފި އެވެ. ގޮއިދޫއިން ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ) އިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހުއެވެ. މިހާލަތުގައި ގޮއިދޫގެ ރައްޔިތުންނަށް ނަރުދޫން މިފޯރުކޮށްދިން އެހީގެ ކަންކަން އިންތިޒާމުކުރީ ނަރުދޫ ކައުންސިލާއި އަދި އެ ރަށު ކޯވިޑް-19 ޓާސްކު ފޯސް […]

އަޙްމަދު އަރުޝަމް