މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ނަރުދޫ (148 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
148 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނަރުދޫގެ އެންމެ ފަހުގެ ޚަބަރުތައް

148 ޚަބަރުގެ ތެރެއިން
ނަރުދޫ ކައުންސިލް ކުރިމަތީ މުޒާހަރާކުރަނީ 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލް ކުރިމަތީ މުޒާހަރާކުރަނީ

ށ. ނަރުދޫ ކައުންސިލް ކުރިމައްޗަށް އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އެއްވެ މުޒާހަރާ ކުރަން ފަށައިފިއެވެ. ނަރުދޫ ކައުންސިލްގެ ރައީސް މުޙައްމަދު މުސްތަރުސިދު ”ތިލަދުން” އަށް ވިދާޅުވީ، ކައުންސިލް އިދާރާ ދޮށަށް އެއްވެ އެރަށުގެ ބަޔަކު މުޒާހަރާ ކުރަމުންދަނީ ”މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022”ގެ ހޭންޑް ބޯލް މުބާރާތުގެ އެއް ވެސް މެޗެއް އެރަށުގައި ނުކުޅެން އަތޮޅު ކައުންސިލުން ނިންމުމުން އެކަމާ ހިތްހަމަނުޖެހިން ކަމަށެވެ. ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކ...

ޙުސައިން ޝަހުދީ
މިލައުތުރު ސްޕޯޓްސް ފިއެސްޓާ ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފަހުޖާގަ ނަރުދޫއަށް 📍 ށ. ނަރުދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފަހުޖާގަ ނަރުދޫއަށް

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފަހުޖާގަ ނަރުދޫ ހޯދައިފިއެވެ. މިއަދު ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މިލަންދޫއާއި ނަރުދޫއެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފަހުޖާގަ ނަރުދޫން ވަނީ ކަށަވަރު ކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ސެމީގެ ފަހު ޖާގަ ނަރުދޫއަށް

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ސެމީގެ ފަހު ޖާގަ ނަރުދޫއަށް

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ނަރުދޫން ހޯދައިފިއެވެ. ސެމީފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރުމަށް ކުޅުނު ޕްލޭއޮފް ބުރުގެ ފަހު މެޗުގައި މިއަދު ބައްދަލު ކޮށްފައި ވަނީ ގޮއިދޫއާއި ނަރުދޫއެވެ. ފޭދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ޕްލޭއޮފް ފުރަތަމަ މެޗު ނަރުދޫ ކާމިޔާބުކޮށްފި 📍 ށ. ނަރުދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ޕްލޭއޮފް ފުރަތަމަ މެޗު ނަރުދޫ ކާމިޔާބުކޮށްފި

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރުމަށް ކޮންމެ ގްރޫޕެއްގެ ދެވަނަ ހޯދި ޓީމްތަކުގެ މެދުގައި ކުޅޭ ޕްލޭއޮފް މެޗުތައް މިއަދު ފަށާފައިވާއިރު، ފުރަތަމަ މެޗު ނަރުދޫ ކާމިޔާބު ކޮށްފިއެވެ. ޕްލޭއޮފް ފުރަތަމަ މެޗުގައި ގްރޫޕް އޭގެ ދެވަނަ ޓީމް ކަމުގައިވާ ނަރުދޫއާއި ގްރޫޕް ސީގެ ދެވަނަ ހޯދި ކޮމަންޑޫ މިއަދު ހަވީރު […]

އިބްރާހިމް ޚަލީލް
މިއަދުގެ މެޗުތައް މިލަންދޫއާއި ނޫމަރާ އަދި ނަރުދޫއިން ފަސޭހަކަމާއިއެކު ކާމިޔާބު ކުރިއިރު ގޮއިދޫއަށް ހަނި މޮޅެއް 📍 ށ. ނޫމަރާ

މިއަދުގެ މެޗުތައް މިލަންދޫއާއި ނޫމަރާ އަދި ނަރުދޫއިން ފަސޭހަކަމާއިއެކު ކާމިޔާބު ކުރިއިރު ގޮއިދޫއަށް ހަނި މޮޅެއް

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން މިލަންދޫއާއި ނަރުދޫ އަދި ނޫމަރާއިން ފަސޭހަ ކަމާއިއެކު މޮޅުވިއިރު ގޮއިދޫ ވެސް ފޭދޫއަތުން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ. މިއަދު ގްރޫޕް އޭގައި ނަރުދޫގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މިލަންދޫއާއި ފީވަކެވެ. މި މެޗު 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗްތަކުން ކުރި ހޯދީ ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫ 📍 ށ. ކަނޑިތީމު

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗްތަކުން ކުރި ހޯދީ ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫ

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ގެ ތިންވަނަ ދުވަހުގެ މެޗުތައް ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫއިން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް އޭގައި ނަރުދޫގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފީވަކާއި ނަރުދޫއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނަރުދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ނަރުދޫ، ގޮއިދޫ، ކަނޑިތީމް، ފުނަދޫ އަދި ޅައިމަގު ވެސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި 📍 ށ. ގޮއިދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ނަރުދޫ، ގޮއިދޫ، ކަނޑިތީމް، ފުނަދޫ އަދި ޅައިމަގު ވެސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ގެ ދެވަނަ ދުވަހުގެ މެޗުތައް ނަރުދޫ، މަރޮށި، ގޮއިދޫ، ކަނޑިތީމް، ފުނަދޫ އަދި ޅައިމަގުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތް ތިން ގްރޫޕަކަށް ބަހާލައިގެން ތިން ގްރޫޕްގެ މެޗުތައް ތިން ރަށުގައި ކުޅެމުން އަންނައިރު، ގްރޫޕް އޭ ގެ މެޗުތައް ކުޅެމުން އަންނަނީ ނަރުދޫގައެވެ. ގްރޫޕް އޭގައި އިއްޔެ ފޯކައިދޫއާއި ނަރުދޫ ބައްދަލުކުރި މެޗު […]

އިބްރާހިމް ޚަލީލް
ނަރުދޫ ކައުންސިލް ކަޕް ފައިނަލުގައި ލެއިޓް ވުލްފްއާއި އަމިގޯސް 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލް ކަޕް ފައިނަލުގައި ލެއިޓް ވުލްފްއާއި އަމިގޯސް

ށ. ނަރުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ނަރުދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022” ގެ ފައިނަލުން އަމިގޯސްއާއި ލެއިޓް ވުލްފް ޖާގާ ހޯދައިފިއެވެ. މި މުބާރާތުގެ ސެމީފައިނަލުގެ މެޗުތައް އިއްޔެ ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ސެމީގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބްލެކް ކޯނާއާއި ލެއިޓް ވުލްފެވެ. މި މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ލެއިޓް ވުލްފެވެ. މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދީފައި […]

އިބްރާހިމް ޚަލީލް
ނަރުދޫ ކައުންސިލް ކަޕް: ދެވަނަ މެޗުން ވެސް އަމިގޯސް މޮޅުވިއިރު، ފިއުރިއަސް އިން ފުރަތަމަ މޮޅު ހޯދައިފި 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލް ކަޕް: ދެވަނަ މެޗުން ވެސް އަމިގޯސް މޮޅުވިއިރު، ފިއުރިއަސް އިން ފުރަތަމަ މޮޅު ހޯދައިފި

ށ. ނަރުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ނަރުދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022” ގެ ދެވަނަ ދުވަހުގެ މެޗުތައް އަމިގޯސްއާއި ފިއުރިއަސް ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު ލެއިޓް ވުލްފާއި އަމިގޯސް ބައްދަލުކުރި މެޗު އަމިގޯސްއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދީފައި ވަނީ މުހައްމަދު ނާއިޒް، އަލީ ރަމްޒީގެ އިތުރުން އަބްދުލް މުހައިމިން މޫސާއެވެ. އިއްޔެ ކުޅުނު ދެވަނަ މެޗުގައި […]

އިބްރާހިމް ޚަލީލް
ނަރުދޫ ކައުންސިލް ކަޕް: ފިއުރިއަސް އާއި ބްލެކް ކޯނާ މެޗަށް ހަމަހަމަ ނިމުމެއް، އަމިގޯސް އަށް ބޮޑު މޮޅެއް 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލް ކަޕް: ފިއުރިއަސް އާއި ބްލެކް ކޯނާ މެޗަށް ހަމަހަމަ ނިމުމެއް، އަމިގޯސް އަށް ބޮޑު މޮޅެއް

ށ. ނަރުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ނަރުދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022” އިއްޔެ ފަށައިފިއެވެ. މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންގޮސްފައިވާއިރު މުބާރާތުގެ ޝަރަފްވެރި މެޚްމާނަކީ ށ. އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ޝިޔާމެވެ. މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ހަވީރު ކުޅެވުނު މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ފިއުރިއަސް އާއި ބްލެކް ކޯނާ އެވެ. މި މެޗް ނިމުނީ 2-2 ލަނޑުން އެއްވަރު ވެގެންނެވެ. މި މެޗްގައި […]

ތިލަދުން
ނަރުދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް މިމަހު 22 ގައި ފަށަނީ 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް މިމަހު 22 ގައި ފަށަނީ

ށ.ނަރުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ނަރުދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022” މި މަހުގެ 22 ވާ ހުކުރު ދުވަހު ފެށުމަށް އެ ކައުންސިލުން ތައްޔާރު ވެއްޖެއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ނަރުދޫގައި ފުޓްސަލް ކުރިއެރުވުމާއި އެ ރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު ތަރައްޤީކޮށް ކުރިއެރުވުމެވެ. މި މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ފިއުރިއަސް، އަމިގޯސް، ބްލެކް ކޯނާ އެފްސީ، އެފްސީ ސީނިއާ، އެފްސީ […]

އިބްރާހިމް ޚަލީލް
ނަރުދޫ އަންހެނުންގެ ކޮމިޓީން މޭކަޕް ކޯހެއް ހިންގަނީ 📍 ށ. ނަރުދޫ

ނަރުދޫ އަންހެނުންގެ ކޮމިޓީން މޭކަޕް ކޯހެއް ހިންގަނީ

ށ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މޭކަޕް ކޯހެއް ހިންގަން ނިންމައިފިއެވެ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މިކަމަށް ކުރި އިއުލާނެއްގައި ބުނީ އެ ކޮމެޓީން އިންތިޒާމް ކޮށްގެން ބާއްވާ މޭކަޕް ކޯސް އޮންނާނީ އަންނަ އޯގަސްޓް މަހު ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ. އެހެން ކަމުން މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި އަންނަ ޖުލައި މަހުގެ 15 ގެ ކުރިން ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ނަރުދޫ އަންހެނުންގެ […]

ސަނިއްޔާ އަބޫބަކުރު
ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އަންހެނުންގެ ބާޒާރު ބާއްވަނީ 📍 ށ. ނަރުދޫ

ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އަންހެނުންގެ ބާޒާރު ބާއްވަނީ

ށ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އަންހެނުންގެ ބާޒާރު ބާއްވަން ނިންމައިފިއެވެ. މިގޮތުން ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މިހާރު ވަނީ ނަރުދޫ އަންހެނުންގެ ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ނަރުދޫ އަންހެނުންގެ ބާޒާރު ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ. މި ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. މީ...

ސަނިއްޔާ އަބޫބަކުރު
ނަރުދޫ ރައްޔިތުންގެ ކަށިކެޔޮ ގަސްތައް ވަރުވާއަށް ނެގުމުގެ ފުރުސަތު ހުޅުވާލައިފި 📍 ށ. ނަރުދޫ

ނަރުދޫ ރައްޔިތުންގެ ކަށިކެޔޮ ގަސްތައް ވަރުވާއަށް ނެގުމުގެ ފުރުސަތު ހުޅުވާލައިފި

ށ. ނަރުދޫ ކަށިކެޔޮވައު ވަރުވާއަށް ނެގުމުގެ ފުރުސަތު ޢާއްމުކޮށް ހުޅުވާލައިފިއެވެ. މި ގަސްތައް ވަރުވާއަށް ލިޔެދެއްވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނަރުދޫ ކައުންސިލް އިދާރާގައި ބާއްވާ ބައްދަލުވުން އޮންނާނީ 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 1130 ގައެވެ. ރަށުގެ ހުރިހާ ސަރަހައްދު ތަކެއްގައި ހުރި ރައްޔިތުންގެ ހުރިހާ ކަށިކެޔޮ ގަސްތަކެއް ލިބޭ މި ބީލަމަށް އަގު ހުށަހެޅުމުގެ ތާރީޚަކީ 21 ޖޫން 2022 ވާ އަންގާރަ […]

ސަނިއްޔާ އަބޫބަކުރު
ނަރުދޫ ބަނދަރު މަރާމާތު ކުރަން އެމްޓީސީސީއާއި ހަވާލުކޮށްފި 📍 ށ. ނަރުދޫ

ނަރުދޫ ބަނދަރު މަރާމާތު ކުރަން އެމްޓީސީސީއާއި ހަވާލުކޮށްފި

ށ. ނަރުދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި މިއަދު ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގެ މިހާރުގެ ބަނދަރުގެ 36،010.00 ކިއުބިކް މީޓަރު ފުންކޮށް، ބަނދަރަށް އި...

ޔުމްނާ ޢަލީ