📍 ށ. ނަރުދޫ
ނަރުދޫ އަށް ތާރީޚީ ސިޔާސީ ބަދަލެއް، މެޖޯރިޓީ ޕީއެންސީއަށް
އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގައި ށ. ނަރުދޫ ކައުންސިލްގެ ގޮނޑިތައް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުން ނަރުދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް، މިހާރުގެ ވެސް ރައީސް މުހައްމަދު މުޝްތަރުސިދު އެވެ. އޭނާ 67 އިންސައްތަ (272 ވޯޓު) ހޯދާފައިވާއިރު، ދެން އެ މަގާމަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން ޝުހަ...