މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ހޯރަފުށި (343 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
343 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހޯރަފުށިގެ އެންމެ ފަހުގެ ޚަބަރުތައް

343 ޚަބަރުގެ ތެރެއިން
ހޯރަފުއްޓަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިފި 📍 ހއ. ހޯރަފުށި

ހޯރަފުއްޓަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. އަތޮޅު ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހއ. ހޯރަފުއްޓަށް ކަނޑުމަގުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އެތަކެތި ހޯދާފައިވަނީ މާލެއިން ފުރައިގެން ހޯރަފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުން...

ޝިއުނާ އާދަމް
ހޯރަފުށީ ހަހެތި ޖަމްޢިއްޔާއިން ބޭއްވި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ހަހެތި ޖަމްޢިއްޔާއިން ބޭއްވި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ޢުމުރުން 20 އަހަރުން ދަށުގެ ޒުވާނުންތަކެއް އުފައްދައި، ހއ. ހޯރަފުށީގައި ހަރަކާތްތެރި ވަމުންއަންނަ “ހަހެތި ޖަމްޢިއްޔާ” އިން އިންތިޒާމުކޮށް ބޭއްވި “ހޯރަ ފުރަބަންދު މަދަޙަ މުބާރާތް 1441” ގެ ނަތީޖާ ފާޅުކުރުން ރޭ ބާއްވައިފިއެވެ. ކޯވިޑް-19 ގެ ސަބަބުން ސުކޫލުތައް ބަންދުވެ، ހުރިހާ ކުދިން ގޭގައި ބަންދުވެފައި ތިބި މި ދަނޑިވަޅުގައި އެކުދިންގެ ހިތްތަކުގައި ދީނީ ރޫހު އަށަގަންނުވާ، ވާދަވެރި ރޫހެއްގައި ދީނީ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި އެޖަމްޢިއްޔާއިން ބޭއްވި މި މުބާރާތް އަމާޒުކޮށްފައި ވަނީ އެރަށުގެ […]

ޝިއުނާ އާދަމް
އެއްޖިންސުން ގުޅުން ހިންގަންތިއްބާ ރައްޔިތުން ނިކުމެ އަތުލައިގަނެފި 📍 ހއ. ހޯރަފުށި

އެއްޖިންސުން ގުޅުން ހިންގަންތިއްބާ ރައްޔިތުން ނިކުމެ އަތުލައިގަނެފި

ހއ. އަތޮޅުގެ ރަށެއްގައި ކުޑަކުއްޖާއާއެކު އެއްޖިންސުން ގުޅުން ހިންގަމުން ދަނިކޮށް ރައްޔިތުން ނިކުމެ ފުލުހުންނާއި ހަވާލުކޮށްފިއެވެ. މި މީހާ ކުޑަކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ގެއިން ނެރެގެން ގެންދިޔަ ވަގުތު ނަގާފައިވާ ވީޑިއޯއެއް މީސްމީޑިޔާގައި މިހާރުވަނީ އާއްމުވެފައެވެ. މިވީޑިއޯއިން އެމީހާ ބަރަހަނާ ހާލުގައި ހުރެ އެއްޗެހިލާ މަންޒަރު ފެންނައިރު އެމީހާގެ ޖަންގިޔާ އޮތީ ބޮލުގައި އަޅާފައެވެ. އަދި އެމީހާ ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލް އަކަށް އަރުވާ މަންޒަރު ފެނިފައިވެއެވެ. ދައުރުވަމު...

އަލީ އާދިލް
ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމްގެ ފަރާތުން ތަކަންދޫ ރައްޔިތުންނަށް ބޮޑު އެހީއެއް! 📍 ހއ. ހޯރަފުށި

ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމްގެ ފަރާތުން ތަކަންދޫ ރައްޔިތުންނަށް ބޮޑު އެހީއެއް!

ހއ. ހޯރަފުށީ ރައްޔިތުންނާއި، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމްގެ ފަރާތުން ހއ. ތަކަންދޫ ރައްޔިތުންނަށް ކާޑުގެ ބާވަތްތަކާއި ކެއުމަށް ބޭނުންކުރާ ތަކެތި ހަދިޔާކޮށްފި ކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ. ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށީ ރައްޔިތުންގެ ނަމުގައި ތަކަންދޫ ރައްޔިތުންނަށް 15 ބަސްތާ ކާޑާއި 16 ބަސްތާ ފިޔާ އަދި 12 ކޭސް ބިސް ފޯރުކޮށްދީފައިވާ ކަމަށެވެ. ހޯރަފުށީ ކައުންސިލުންވެސް ވަނީ މިކަމުގައި އެރަށުގައި ހުންނަ އ...

ޔުމްނާ ޢަލީ
ހޯރަފުށި އެއާޕޯޓްގެ މަސައްކަތް ސެޕްޓެމްބަރު 18 އަށް ނިންމަނީ 📍 ހއ. ހޯރަފުށި

ހޯރަފުށި އެއާޕޯޓްގެ މަސައްކަތް ސެޕްޓެމްބަރު 18 އަށް ނިންމަނީ

ހއ. ހޯރަފުށީ ހަދަމުން އަންނަ އެއާޕޯޓްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ 18 އަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން މިއަދު ބުނީ، މިހާރު ކުރިއަށް ދަނީ ތާރު އަޅަން ބޭނުންވާ ޕްލާންޓް ގާއިމްކޮށް ޓެސްޓް ކުރުމުގެ މަސައްކަތް ކަމަށެވެ. ހޯރަފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް “މަހާޖައްރާފު” ބޭނުންކޮށްގެން އެމްޓީސީސީން ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އެ ކުންފުނިން ވަނީ ޖުމްލަ 345،500 އަކަމީޓަރުގެ ސަރަހައްދެއް ހިއްކާފަ އެވެ. […]

ޔުމްނާ ޢަލީ
ތުރާކުނު ރައްޔިތުންނަށްވެސް ކާބޯތަކެތި ހަދިޔާ ކޮށްފި 📍 ހއ. ހޯރަފުށި

ތުރާކުނު ރައްޔިތުންނަށްވެސް ކާބޯތަކެތި ހަދިޔާ ކޮށްފި

ހއ. ތުރާކުނު ނިސްބަތްވާ އެ ދާއިރާ ތަމްސީލް ކުރަށްވާ ރައްޔިތުންގެ މަޖިލިސްގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހއ. ހޯރަފުށީ ރައްޔިތުންގެ ފަރާތުން ތުރާކުނު ރަށްޔިތުންނަށް ކާބޯ ތަކެތި ހަދިޔާ ކޮށްފިއެވެ. ހޯރަފުށީ ކައުންސިލް ބުނީ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށި ގެ ރަށްޔިތުންގެ ނަމުގައި ހއ. ތުރާކުނުގެ ރަށްޔިތުނަށް ކާބޯ ތަކެތި ހަދިޔާ ކޮށްފިކަމަށެވެ. ހޯރަފުށީ ކައުންސިލުން ވަނީ މެމްބަރު އަހުމަދު ސަލީމްގެ އެހީތެރިކަމަށް ޝުކުރު އަދާ ކޮށްފައެވެ. މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށި ގެ […]

ޝިއުނާ އާދަމް
ހޯރަފުށީގައި ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

ހއ. ހޯރަފުށީގައި ބަނބުކެޔޮ ގަސް އިންދާހެއްދުމުގެ ޕްރޮގްރާމެއް ފަށައިފި ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ހޯރަފުށީގައި މިއަދު ހަވީރު ފެށުނު ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމަކީ ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމާއި ގުޅިގެން ފެށި ޕްރޮގްރާމެއް ކަމަށް އެ ކައުންސިލުން ބުންޏެވެ. މިޕްރޮގުރާމްގެ މައިގަނޑު މަޤުޞަދަކީ ހޯރަފުއްޓަކީ ފަލަމަޑީގެ ބާވަތްތަކުގައި ފާހަގަކޮށްލެވޭ ރަށަކަށް ހެދުންކަމަށާއި އަދި ޤައުމު މިއޮތްފަދަ ހާލަތަކަށް މާދަމާވެސް ތައްޔާރު...

ޔުމްނާ ޢަލީ
އުލިގަމު ރައްޔިތުންނަށް ކާބޯތަކެތި ހަދިޔާ ކޮށްފި 📍 ހއ. ހޯރަފުށި

އުލިގަމު ރައްޔިތުންނަށް ކާބޯތަކެތި ހަދިޔާ ކޮށްފި

އުލިގަމު ދާއިރާ ތަމްސީލް ކުރަށްވާ ރައްޔިތުންގެ މަޖިލިސްގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހއ. ހޯރަފުށީ ރައްޔިތުންގެ ފަރާތުން ހއ. އުލިގަމު ރަށްޔިތުންނަށް ކާބޯ ތަކެތި ހަދިޔާ ކޮށްފިއެވެ. ހޯރަފުށީ ކައުންސިލް ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށި ގެ ރަށްޔިތުންގެ ނަމުގައި ހއ. އުލިގަމް ގެ ރަށްޔިތުނަށް ކާބޯ ތަކެތި ހަދިޔާ ކޮށްފިކަމަށެވެ. އެ ޕޯސްޓުގައި ވަނީ މެމްބަރު އަހުމަދު ސަލީމްގެ އެހީތެރިކަމަށް ޝުކުރު އަދާ ކޮށްފައެވެ. […]

ޝިއުނާ އާދަމް
ހޯރަފުށީ އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމަށް ކައުންސިލުން ނިންމައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމަށް ކައުންސިލުން ނިންމައިފި

ކޯވިޑް-19 އާއި ގުޅިގެން ހޯރަފުށީ ކައުންސިލާއި ޓާސްކްފޯހުން އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމަށް ހޯރަފުށީ ކައުންސިލުން ނިންމައިއެވެ. އެކަމާއި ގުޅިގެން އެކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ކޯވިޑް-19 އާއި ގުޅިގެން ހޯރަފުށީ ކައުންސިލާއި ޓާސްކްފޯހުން އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، ރަށު ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެނިންމުން ދަމަހަށްޓާފައިވަނީ އެރަށު ކޯވިޑް-19 ޓާސްކް ފޯހުގެ ޓާސްކްފޯހުގެ ލަފާ...

ޔުމްނާ ޢަލީ
ހޯރަފުށީގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފި

ހއ. ހޯރަފުށީގައި ބޭރަށް ނުކުމެ އުޅުން މަނާކޮށް، އިތުރު ފިޔަވަޅުތަކެއް އެރަށު ކައުންސިލުން އަޅައިފިއެވެ. ހޯރަފުށީ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނެފައިވަނީ 2020 އެޕްރީލް 19 ވަނަ ދުވަހު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެދަށުން ހޯރަފުށި މޮނިޓަރިން ޙާލަތައް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ހޯރަފުށީ ކައުންސިލުން މިއެންގުން އަންގާ ވަގުތުން ފެށިގެން ވަކިގޮތެއް އަންގަންދެން އެ...

ޔުމްނާ ޢަލީ
ހޯރަފުށީގައި ޙިފްޠުކޮށް ތަރާވީޙް ނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ޙިފްޠުކޮށް ތަރާވީޙް ނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދަނީ

1441 ވަނަ އަހަރުގެ ރަމަޟާންމަހު ހއ. ހޯރަފުށީގެ މިސްކިތްތަކުގައި އިމާމްވެ ޙިފްޠުކޮށް ތަރާވީޙް ނަމާދު ކުރާނެ ދިވެހި 03 ޙާފިޡުން ހޯދަން ބޭނުންވެގެން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިއެވެ. އިއްޔެ އެކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވަނީ ޙިފްޠުކޮށް ތަރާވީޙް ނަމާދު ކުރަން ވަޑައިގަންނަވާ ބޭފުޅުންނަށް އެއިދާރާގެ ފަރާތުން ހަމަޖައްސަވާނެ ކަންތައްތަކާއި ޚަރަދުތަކުގެ ތަފްޞީލް ބަޔާންކޮށްފައެވެ. އެގޮތުން ޙާފިޡުންގެ ދަތުރު ޚަރަދާއި ފަރިއްކޮޅާއި ހުރުމުގެ ޚަރަދު އަދި ތަރާވ...

އަލީ އާދިލް
ރާއްޖެއިން ބޭރުގައި ތިބި ހޯރަފުށީ ރައްޔިތުންގެ ދަފުތަރެއް އެކުލަވާލަނީ 📍 ހއ. ހޯރަފުށި

ރާއްޖެއިން ބޭރުގައި ތިބި ހޯރަފުށީ ރައްޔިތުންގެ ދަފުތަރެއް އެކުލަވާލަނީ

ކޮވިޑް 19 އާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުގައި ތިއްބެވި ހޯރަފުށީ ރައްޔިތުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްތައް އެ ކައުންސިލުން ފަށައިފިއެވެ. އެކަމާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން ހޯރަފުށީ ރައްޔިތުންގެ ތެރެއިން ރާއްޖެއިން ބޭރުގައި (ބޭރުޤައުމުތަކުގައި) ދިރިއުޅެމުންދާ ފަރާތްތަކާއި، ތަޢުލީމް ހާޞިލުކުރުމަށާއި އަދި އެނޫންވެސް އެހެން ބޭނުންތަކުގައި ތިއްބެވި ހޯރަފުށީގެ ރައްޔިތުންގ...

ޔުމްނާ ޢަލީ
ހޯރަފުށީ ބަނދަރު ބެލެހެއްޓުމާއި ބެހޭ އުޞޫލަށް އަމަލު ކުރުމަށް ނަސޭހަތްތެރި ވެއްޖެ 📍 ހއ. ހޯރަފުށި

ހޯރަފުށީ ބަނދަރު ބެލެހެއްޓުމާއި ބެހޭ އުޞޫލަށް އަމަލު ކުރުމަށް ނަސޭހަތްތެރި ވެއްޖެ

ހއ. ހޯރަފުށީ ބަނދަރު ބޭނުން ކުރާ ފަރާތްތަކުން އެ ބަނދަރު ބެލެހެއްޓުމާއި ބެހޭ އުޞޫލަށް އަމަލު ކުރުމަށް ހޯރަފުށީ ކައުންސިލުން ނަސޭހަތްތެރި ވެއްޖެއެވެ. ހޯރަފުށީ ބަނދަރު ބެލެހެއްޓުމާއި ބެހޭ އުޞޫލަށް އަމަލު ކުރުމާބެހޭ ގޮތުން ހޯރަފުށި ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (1) އިން ބާރުލިބިގެން އެކުލަވާލާފައިވާ “ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދު” (122-R/2013) ގެ 28 […]

ޝިއުނާ އާދަމް
ޤަވާޢިދާ ޚިލާފަށް ވެލި ނުނެގުމަށް ހޯރަފުށީ ކައުންސިލުން އިލްތިމާސްކޮށްފި 📍 ހއ. ހޯރަފުށި

ޤަވާޢިދާ ޚިލާފަށް ވެލި ނުނެގުމަށް ހޯރަފުށީ ކައުންސިލުން އިލްތިމާސްކޮށްފި

ހޯރަފުށީ އިޚްތިސާސްގެ ތެރެއިން އަދި އިޚްތިސާސްގެ ބޭރުންވެސް ޤަވާއިދާ ޚިލާފަށް ވެލިނުނެގުމަށް ހޯރަފުށީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އެކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ހޯރަފުށީ އިޚްތިސާސްގެ ތެރެއިން އަދި އިޚްތިސާސްގެ ބޭރުންވެސް ޤަވާއިދާ ޚިލާފަށް ބައެއް ފަރާތްތަކުން ވެލި ނަގަމުން ގެންދާތީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރާކަމަށެވެ. އެގޮތަށް ޤަވާއިދާ ޚިލާފަށް ވެލިނަގަމުން ގެންދާ ފަރާތްތަކާއި މެދު ޤާނޫނުތަކާއި ޤަވާއިދުތަކުގައި ވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަ...

ޝިއުނާ އާދަމް
ހޯރަފުށީގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން ކައުންސިލުގައި ރަޖިސްޓްރީކުރުމަށް އެދިއްޖެ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން ކައުންސިލުގައި ރަޖިސްޓްރީކުރުމަށް އެދިއްޖެ

ހއ. ހޯރަފުށީގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތައް ހޯރަފުށީ ކައުންސިލުގައި ރަޖިސްޓްރީކުރުމަށް އެކައުންސިލުން އެދިއްޖެއެވެ. ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ހޯރަފުށީ ކައުންސިލުން ބަލަހައްޓަމުންގެންދާ ދަނޑުވެރިކަންކުރާ ފަރާތްތަކުގެ ދަފްތަރު އަދާހަމަކުރުމަށް ބޭނުންވާތީ މިހާރު އެކަން ކުރަމުންގެންދާ ފަރާތްތަކުންނާއި އަލުން ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން އެއިދާރާގައި ރަޖިސްޓްރީވުމަށް ފޯމް ހުށަހެޅުއްވުން އެދޭކަމަށެވެ....

އަލީ އާދިލް