މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ހޯރަފުށި (343 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
343 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހޯރަފުށިގެ އެންމެ ފަހުގެ ޚަބަރުތައް

343 ޚަބަރުގެ ތެރެއިން
ހޯރަފުށިން މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހއ. ހޯރަފުށި

ހޯރަފުށިން މީހަކު ޕޮޒިޓިވް ވެއްޖެ

ހއ. ހޯރަފުށިން މީހަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއިން ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އެއިދާރާއިން ނެރެފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ 2020 ސެޕްޓެންބަރު 09 ވަނަ ދުވަހުން ފެށިގެން ހޯމް ކަރަންޓީންގައި ހުރި ފަރާތްތަކުގެ ތެރެއިން 14 ދުވަހުގެ މުއްދަތު ހަމަވުމާއި ގުޅިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 01 ފަރާތެއްގެ ސާމްޕަލް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައ...

ޝީޒާ މުހައްމަދު
ހޯރަފުށީ ކުރީގެ ބޮޑު ކަތީބު ނަސީރަށް ބަދަލުދޭން ހުކުމްކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކުރީގެ ބޮޑު ކަތީބު ނަސީރަށް ބަދަލުދޭން ހުކުމްކޮށްފި

ހއ. ހޯރަފުށީ ކުރީގެ ބޮޑު ކަތީބު އަލީ ނަސީރު އާދަމް (ނަސީރުބެ)އެ ރަށު އޮފީހުގެ ބޮޑު ކަތީބުކަމުން، 2010 ވަނަ އަހަރު ވަކިކުރީ، ވަޒީފާގެ އެއްބަސްވުމާއި ޚިލާފަށް ކަމަށް ކަނޑައަޅައި އޭނާއަށް އެކަމުގެ ބަދަލުދޭން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ. މި މައްސަަލައަކީ އަލީ ނަސީރު އާދަމް ބޮޑުކަތީބު ކަމުގެ ވަޒީފާ އަދާކުރަމުން ގެންދަވަނިކޮށް، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ އިހުތިޔާރުގެ ދަށުން އޭރު އަލަށް އުފެއްދި، މަތި އުތުރު ޕްރޮވިންސް […]

ޔުމްނާ ޢަލީ
މަނަފަރު ރިސޯޓުން ވަކިކުރި ހޯރަފުށީ ރައްޔިތުންނަށް އަލުން ވަޒީފާދިނުމަށް ކައުންސިލުން އެދިއްޖެ 📍 ހއ. ހޯރަފުށި

މަނަފަރު ރިސޯޓުން ވަކިކުރި ހޯރަފުށީ ރައްޔިތުންނަށް އަލުން ވަޒީފާދިނުމަށް ކައުންސިލުން އެދިއްޖެ

މަނަފަރު ރިސޯޓުން ވަކިކުރި ހއ. ހޯރަފުށީ ރައްޔިތުންނަށް އަލުން ވަޒީފާދިނުމަށް ހޯރަފުށީ ކައުންސިލުން އެދިއްޖެ އެވެ. ކައުންސިލުން މިގޮތައް އެދިފައިވަނީ ޖޭއޭ މަނަފަރު ރިސޯރޓުގައި މަސައްކަތް ކުރަމުންދިޔަ ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އެއްފަހަރާ ވަޒީފާއިން ވަކި ކުރި ވަކިކުރުން ހ.އ.ހޯރަފުށީ ކައުންސިލުން ހަރުކަށި އިބާރާތުން ކުއްވެރިކޮށް ނެރުނު ނޫސްބަޔާނެއްގަ އެވެ. ހޯރަފުށީ ކައުންސިލުން މިއަދުގެ ވަގުތެއްގައި ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިދަނޑިވަޅުގައި އެކުދިންގެ އާއިލާއަށާއި އ...

މުޙައްމަދު އިނާން
ހޯރަފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ. މިމަހުގެ 3 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނެއްގައި އެރަށުގެ ފަޅު ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާއެކު 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އ...

ޝިއުނާ އާދަމް
ހޯރަފުށީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ 61 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ހއ. ހޯރަފުށި

ހޯރަފުށީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ 61 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. ހޯރަފުށީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ  61  އިންސައްތަ  ނިންމާލެވިފައިވާ  ކަމަށް  މޯލްޑިވްސް  ޓްރާންސްޕޯޓް  ކޮންޓްރެކްޓިންގ  ކޮމްޕެނީ  (އެމްޓީސީސީ)  ހާމަކޮށްފިއެވެ. އެ  ކުންފުނިން  މި  މަޝްރޫޢުއާއި  ގުޅޭގޮތުން  މަޢުލޫމާތު  ހިއްސާ  ކުރުމުގެ  ގޮތުން  ފޭސްބުކްގައި  ކޮށްފައިވާ  ޕޯސްޓުގައި  ބުނެފައިވަނީ އެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ގައު އެތުރުމާއި، ކާނުގެ މަތިގަނޑު އެޅުމުގެ މަސައްކަތާއި، ސަބްބޭސް ފިލް ލެވެލް ކުރުމުގެ މަސައްކަތާއި، ކޮނުމުގެ މަސައ...

އިބްރާހިމް ޚަލީލް
ހޯރަފުށްޓަށް އުފާވެރި ދުވަހެއް، އެއަރޕޯޓްގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށަނީ 📍 ހއ. ހޯރަފުށި

ހޯރަފުށްޓަށް އުފާވެރި ދުވަހެއް، އެއަރޕޯޓްގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށަނީ

ހއ. ހޯރަފުށީގައި ތަރައްޤީ ކުރަމުންދާ އެއަރޕޯޓްގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށާގޮތަށް ހަމަޖެހިއްޖެ އެވެ. ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ އެއަރޕޯޓްގައި ތާރު އެޅުމުގެ މަސައްކަތް 29 އޯގަސްޓް 2020 ވާ ހޮނިހިރު ދުވަހު (މިއަދު)ގެ ހަވީރު 4:15 ގައި ފެށުމަށް ހަމަޖެހިފައި ވާކަމަށެވެ. އެރަށު އެއަރޕޯޓުގައި ތާރުއެޅުމުގެ މަސައްކަތް ފެށުން ކުލަގަދަ ގޮތެއްގައި ގެންދިޔުމަށް ބޭނުންވާތީ، އެ ރަސްމިއްޔާތުގައި އެ ރަށުގެ ރައްޔިތުން ބައިވެރިވުމަށް ހޯރަފުށީ ކައުންސިލުން ވަނީ އެދިފައެވެ. “ތާރު އެޅުމުގެ ރަސްމިއ...

ޝިއުނާ އާދަމް
ހޯރަފުށި އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތްކުރަން ހަވާލުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށި އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތްކުރަން ހަވާލުކޮށްފި

ހޯރަފުށި އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތްކުރަން ހަވާލުކޮށްފި އެވެ. ހއ. ހޯރަފުށި އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތްކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. ސޯޅަ މިލިއަން އެއް ލައްކަ ތިރީސް އެއް ހާސް ސާޅިސް ދެ ރުފިޔާ / ދެ ލާރި (16،131،042.02) އަށް އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފަިވަނީ މިއަދު ބޭއްވި […]

އިބްރާހިމް އަސްވާޤް
ތިން ސިއްހީ މަރުކަޒެއް ގުޅިގެން ހޯރަފުށީ އެއަރޕޯރޓްގައި ގަސްއިންދައިފި 📍 ހއ. ހޯރަފުށި

ތިން ސިއްހީ މަރުކަޒެއް ގުޅިގެން ހޯރަފުށީ އެއަރޕޯރޓްގައި ގަސްއިންދައިފި

ހއ. ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި ހޯރަފުށީ ދާއިރާއަށް ނިސްބަތްވާ ތިން ސިއްހީ މަރުކަޒަކުން ބައިވެރި ވެއްޖެއެވެ. އިއްޔެ ކުރިއަށްދިޔަ މި ހަރަކާތުގައި ގަސްއިންދުމުގައި ބައިވެރިވެފައި ވަނީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިތުރުން އުލިގަމާއި، ތުރާކުނު ސިއްހީ މަރުކަޒުންނެވެ. މި ގަސްއިންދުމުގެ ހަރަކާތާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ އެއަރޕޯރޓް ފެހިކުރުމުގެ 100000 ގަސް އިންދުމުގެ ޕްރޮގްރާމްގައިހޯރަފުށީ ސިއްހީ މަރުކަޒާއި، އުލިގަމް ސިއްހީ މަރުކަޒާއި އަދި...

ޔުމްނާ ޢަލީ
ހޯރަފުށީ އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ

ހއ. ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި އެމްއެންޑީއެފުން ބައިވެރި ވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއަރޕޯރޓް ފެހިކުރުމަށް ހޯރަފުށީ ކައުންސިލުން ކުރިއަށް ގެންދާ ޕްރޮގްރާމްގައި އެމްއެންޑީއެފްގެ ނޯދަން އޭރިއާގެ ސިފައިން މިއަދު ބައިވެރިވެފައި ވާ ކަމަށެވެ. މިއަދު ކުރިއަށް ދިޔަ ހަރަކާތުގައި އެމްއެންޑީއެފްގެ ނޯދަން އޭރިއާގެ ކޮމާންޑަރ ކާނަލް އިސްމާއިލް ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މިއަދު ހ...

ޝިއުނާ އާދަމް
އެފް.ސީ ފްރިގޭޓަރގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޯރަފުށީގައި ހަރަކާތްތަކެއް ހިންގައިފި 📍 ހއ. ހޯރަފުށި

އެފް.ސީ ފްރިގޭޓަރގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޯރަފުށީގައި ހަރަކާތްތަކެއް ހިންގައިފި

ހއ. ހޯރަފުށީ ސްޕޯޓްސް ކުލަބު އެފް.ސީ ފްރިގޭޓަރގެ ފުރަތަމަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ފްރިގޭޓަރއިން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި އެކުވެރި ކަމުގެ އަންހެން ވޮލީ މެޗެއް ހއ. މޮޅަދޫއާއި އެފް.ސީ ފްރިގޭޓަރ އާއި ދެމެދު ކުޅުމުގެ އިތުރުން އެކުވެރިކަމުގެ ފުޓްސަލް މެޗެއް ހއ. އުލިގަމާއި އެފް.ސީ ފްރިގޭޓަރ އާއި ދެމެދު ކުޅެވުނެވެ. އަހަރީ ދުވަހާއި ގުޅުވައިގެން ދެންކުރިއަށްގެންދިޔައީ ހއ. ހޯރަފުށީގައި ދިރިއުޅުއްވާ ޒުވާނުންނަށް ހުޅުވާލައިގެން “އެފް.ސ...

އިބްރާހިމް އަސްވާޤް
އެސްޓީއޯ ހޯރަފުށީ ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ޑެލިވަރީ ކޮށްދޭނެ ފާރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

އެސްޓީއޯ ހޯރަފުށީ ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ޑެލިވަރީ ކޮށްދޭނެ ފާރާތެއް ހޯދަނީ

ހއ. ހޯރަފުށީގައި ހުންނަ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ހޯރަފުށީގައި ޑެލިވަރީ ކޮށްދޭނެ ފާރާތެއް ހޯދަން ދެވަނަ ފަހަރަށް ޢިއުލާން ކޮށްފިއެވެ. އެސްޓީއޯ ހޯރަފުށީ ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު، އެރަށަށް ޑެލިވަރީ ކޮށްދޭނެ ފާރާތެއް ހޯދަން ޢިއުލާނު ކޮށްފައި ވަނީ އެމަސައްކަތް ކުރުމަށް ހަވާލުވާ ފަރާތެއްގެ އަމިއްލަ ވެހިކަލާއި، މީހުން ބޭނުން ކޮށްގެން އެ މަސައްކަތް ކުރާ ގޮތަށް، 1 އަހަރު ދުވަހަހުގެ މުއްދަތަށެވެ. އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯ...

ޔުމްނާ ޢަލީ
އެމްޓީސީސީއިން ހޯރަފުށީ އެއަރޕޯޓް ސަރަޙައްދުގައި ރުއްގަސް އިންދައި ދީފި 📍 ހއ. ހޯރަފުށި

އެމްޓީސީސީއިން ހޯރަފުށީ އެއަރޕޯޓް ސަރަޙައްދުގައި ރުއްގަސް އިންދައި ދީފި

ހއ. ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރާ ސަރަހައްދުގައި ރުއްގަސް އިންދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ކޮށްދީފިއެވެ. ހޯރަފުށީ އެއަރޕޯޓް ހަދާ ސަރަޙައްދުގައި މި އިންދުނު ރުއްގަހަކީ، ށ. ފީވަކުގައި ފަށާފައިވާ ބަނދަރު ހެދުމުގެ މަޝްރޫއު ހިންގުމަށް، އެ ސަރަހައްދުން ނަގަން ޖެހޭ ރުއްގަސް ކަމަށް އެމްޓީސީއިން ބުންޏެވެ. މި ރުއްގަސް ނެގިފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރކްޗަރ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސ...

ޝިއުނާ އާދަމް
އެމްޓީސީސީއިން ހޯރަފުށީ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ފަށައި، އޭދަފުށީ މަގުތަކުގެ %79 މަސައްކަތް ނިންމައިފި 📍 ހއ. ހޯރަފުށި

އެމްޓީސީސީއިން ހޯރަފުށީ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ފަށައި، އޭދަފުށީ މަގުތަކުގެ %79 މަސައްކަތް ނިންމައިފި

ހއ. ހޯރަފުށީ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ފަށައި، ބ. އޭދަފުށީގެ މަގުތަކުގެ 79 އިންސައްތަ މަސައްކަތް މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ. އެމްޓީސީއިން ބުނީ ހޯރަފުށީގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް 12 ޖުލައި 2020 ގައި އެރަށުގައި ފަށާފައި. ވާކަމަށެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީއާއި ހަވާލު ކޮށްފައި ވަނީ 11 ސެޕްޓެމްބަރ...

ޔުމްނާ ޢަލީ
ހޯރަފުށީގައި ފެން ބަންދު ކުރާ ޕްލާންޓްގެ އަމަލީ މަސައްކަތް ފަށަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ފެން ބަންދު ކުރާ ޕްލާންޓްގެ އަމަލީ މަސައްކަތް ފަށަނީ

ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ޕްލާންޓް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް ފެނަކަ ކޯޕަރޭޝަން އިން ހާމަކޮށްފިއެވެ. އިންޑިއާ ސަރުކާރުގެ މާލީ އެހީތެރިކަމާއި އެކު ހޯރަފުށީ ކައުންސިލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ފެނަކަ ކޯރޕަރޭޝަނާއެވެ. މިއަދު މި މަޝްރޫޢުގައި ހިމެނޭ ފަރާތްތަކުން ވަނީ ފެނަކަ ކޯޕަރޭޝަންގެ އިދާރާގައި ބައްދަލުވުމެއް ބާއްވާފައެވެ. މި ޕްލާންޓް ގާއިމްކުރުމަށްޓަކައި އެރަށު ވޯޓާ ސަޕްލައި ޕްލާންޓް ހުރި ސަރަހައްދުގ...

ޒިޔާން އަމްޖަދު
ހޯރަފުށީގައި ބޮޓްލިން ޕްލާންޓެއް ޤާއިމްކުރުމަށް ފެނަކަ އާއިއެކު އެއްބަސްވުމެއް 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ބޮޓްލިން ޕްލާންޓެއް ޤާއިމްކުރުމަށް ފެނަކަ އާއިއެކު އެއްބަސްވުމެއް

ހއ. ހޯރަފުށީގައި ބޮޓްލިން ޕްލާންޓެއް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހޯރަފުށީ ކައުންސިލްއާއި ދެމެދު ސޮއިކޮށްފިއެވެ. މި ސޮއިކުރެވުނު މިޕްރޮޖެކްޓަކީ ހޯރަފުށީ ކައުންސިލުގެ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ އުސޫލުން، ބޯފެން އުފައްދައި، ފުޅީގައި ބަންދުކުރާ ޕްލާންޓެއް ޤާއިމްކޮށް ހިންގުމުގެ ޕްރޮޖެކްޓެކެވެ. މި އެއްބަސްވުމުގައި ފެނަކަ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދު މުޙައްމަދެވެ. އަދި ހޯރަފުށީ ކައުންސިލުގެ ފަރާތުން މި އެއްބަސްވ...

އިބްރާހިމް ޚަލީލް