📍 ހއ. ހޯރަފުށި
އިހަވަންދިއްޕޮޅަށް އައު ފެށުމެއް، ހޯރަފުށީ އެއާޕޯޓް ހުޅުވައިފި
ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރި އެއާޕޯޓް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މިއަދު އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙްގެ އިތުރުން، ހޯރަފުށީ ދާއިރާ ރައްޔިތުންގެ މަޖިލިސްގައި ތަމްސީލް ކުރަށްވާ މެންބަރު، އަޙްމަދު ސަލީމާއި، ދައުލަތުގެ ވަޒީރުންނާއި، މަޖިލިސްމެންބަރުންގެ އިތުރުން ސަރުކާރާއި އާންމު ރައްޔިތުންގެ ތެރެއިން...