މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ހޯރަފުށި (343 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
343 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހޯރަފުށިގެ އެންމެ ފަހުގެ ޚަބަރުތައް

343 ޚަބަރުގެ ތެރެއިން
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ހޯރަފުށީ ދާއިރާ އާއި ކޮމަންޑޫ ދާއިރާގެ ވޯޓެއް ނެތް! 📍 ހއ. ހޯރަފުށި

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ހޯރަފުށީ ދާއިރާ އާއި ކޮމަންޑޫ ދާއިރާގެ ވޯޓެއް ނެތް!

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. ހޯރަފުށީ ދާއިރާ އާއި ށ. ކޮމަންޑޫ ދާއިރާގައި ވޯޓުލާކަށް ނުޖެހުނެވެ. މިދެދާއިރާގައި ވޯޓުލާން ޖެހިފައިނުވަނީ މަގާމްތަކަށް ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓަކަށް ވުމުންނެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ހޯރަފުށީ ދާއިރާގެ ރައީސްކަމަށް ހޮވިފައިވަނީ އަރުޝަދު އަޝްރަފް އެވެ. ދާއިރާގެ ނައިބު ރައީސްކަމަށް ހުސައިން ޝާފިއު އަދި ސެކްރެޓަރީ އަކަށް އިބްރާހިމް ފަލާހް...

އަލީ އާދިލް
ހޯރަފުށީ ކުނިކޮށި ފިޔަވައި އިތުރު ސަރަހައްދުތަކަށް ކުނި އެޅުން މަނާކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކުނިކޮށި ފިޔަވައި އިތުރު ސަރަހައްދުތަކަށް ކުނި އެޅުން މަނާކޮށްފި

ހއ. ހޯރަފުށީ ކުނިކޮށި ފިޔަވައި އިތުރު ސަރަހައްދުތަކަށް ކުނި އެޅުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ. މިގޮތުން ހޯރަފުށީ ކައުންސިލްއިން ނެރެފައިވާ އިޢުލާންގައި ބުނެފައިވަނީ، އާންމުކޮށް ކުނި އަޅަމުން އަންނަ ސަރަހައްދު މިހާރު ސާފުކޮށްފައިވާކަށާއި، ކުނިކޮށި ފިޔަވައި އިތުރު ސަރަޚައްދުތަކަށް ކުނި އަޅާ ފަރާތްތަކާއި މެދު ކުނި އުކާލުމާއި ކުނި ނައްތާލުމުގެ ޤާނޫނުގައި ބުނެފައިވާގޮތަށް އަމަލުކުރާނެކަމަށެވެ. އެރަށު ކުނިކޮށްޓަށް ކުނި އެޅުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ހެނދުނު 6:00 އިން ހަވީރު 18:00 އަށެވެ. އ...

އަޒްފާ ރަޝީދު
ހޯރަފުށީ ކައުންސިލްގެ ހުއްދަނެތި އެ އަތޮޅު އުނގުލިފިނޮޅާއި ވެލިފިނޮޅަށް އެރުން މަނާކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލްގެ ހުއްދަނެތި އެ އަތޮޅު އުނގުލިފިނޮޅާއި ވެލިފިނޮޅަށް އެރުން މަނާކޮށްފި

ހއ.ހޯރަފުށީގެ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ދެރަށް ކަމުގައިވާ އުނގުލިފިނޮޅާއި ވެލިފިނޮޅަށް އެ ކައުންސިލުގެ ހުއްދަނެތި އެރުން މަނާކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ އުނގުލިފިނޮޅާއި، ވެލިފިނޮޅަކީ ހޯރަފުށީ ލޭންޑްޔޫސް ޕްލޭންގައި ވާގޮތުން ޓުއަރިޒަމަށް ހާއްޞަ ކުރެވިފައިވާ ދެރަށް ކަމަށްވެފައި، އެ ދެރަށް ބެލެހެއްޓުމަކީ މިހާރު އެ ރަށު ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. ފަހަކަށް އައިސް އެ ދެރަށަށް ދަތުރު ދިޔުމަށް ރަށުގެ ގިނަ ރައްޔިތުން އެދެމުންދާތީ...

އިބްރާހިމް ޚަލީލް
އެޗް.އާރް.އެފް ޔޫތް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރިގޭޓަރ އިން ކާމިޔާބު ކޮށްފި 📍 ހއ. ހޯރަފުށި

އެޗް.އާރް.އެފް ޔޫތް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރިގޭޓަރ އިން ކާމިޔާބު ކޮށްފި

ހއ. ހޯރަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ އެޗް.އާރް.އެފް ޔޫތް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރިގޭޓަރ އިން ކާމިޔާބު ކޮށްފިއެވެ. ފްރިގޭޓަރ އިން މެޗް ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި ކްލަބް ޑޮލްފިން ސިޓީ (ސީޑީސީ) އާއި ބައްދަލުކޮށް 2-1 ގެ ނަތީޖާއިން މެޗް ކާމިޔާބު ކޮށްގެންނެވެ. ފްރިގޭޓަރ އިން މިމުބާރާތުގެ ފައިނަލް އަށް ދަތުރު ކޮށްފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ގޯލް ފްރިގޭޓާރ އަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ފޯވަރޑް […]

ތިލަދުން
އާރް.ވީ.ސްޕޯރޓްސް އެކެޑަމީ ރަސްމީކޮށް އިފްތިތާޙް ކޮށްފި 📍 ހއ. ހޯރަފުށި

އާރް.ވީ.ސްޕޯރޓްސް އެކެޑަމީ ރަސްމީކޮށް އިފްތިތާޙް ކޮށްފި

ހއ.ހޯރަފުށީގައި ފުރަތަމަފަހަރަށް ހުޅުވުނު ސްޕޯރޓްސް އެކެޑަމީ އާރް.ވީ. ސްޕޯރޓްސް އެކެޑަމީ ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ. އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު  ބާއްވާފައިވަނީ އެކެޑަމީގެ ފަރާތުން ރަށުގެ ހުރިހާ ކުޑަކުދިންނަށް ހާއްސަކޮށް ކޮށްގެން ބޭއްވުނު ކުޑަކުދިންގެ ހަވީރަކާ އެކުގައެވެ. އެކެޑެމީ ރަސްމީކޮށް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމް.އެސް. އެމް. އެކެޑެމީގެ ރައީސް އަދި ނިއުރޭޑިއަންޓް ކުރީގެ ރައީސް ހަސަން މަނިކް އަދި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު، ނައިބް ރައީސް އަޙްމަދް އި...

އިބްރާހިމް އަސްވާޤް
ހޯރަފުށީ އެއާޕޯޓް ޖެޓީ އަޅަން ހަވާލުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓް ޖެޓީ އަޅަން ހަވާލުކޮށްފި

ހއ. ހޯރަފުށީ އެއާޕޯޓުގައި ޖެޓީއެއް އެޅުމަށް އެންޓީސީސީއާއި ހަވާލުކޮށްފިއެވެ. އެމްޓީސީސީއަކީ އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު ވެސް ހިންގި ކުންފުންޏެވެ. އެ ކުންފުންޏާއި ހޯރަފުށީ އެއާޕޯޓުގައި ޖެޓީއެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިއަދުއެވެ. މި ޖެޓީގެ މަސައްކަތް ހަވާލު ކުރެވުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު ވިދާޅުވީ، ހއ. އަތޮޅުގެ ގިނަރައްޔިތުންގެ އެދުމާއެކު ހޯރަފުށީ އެއާޕޯޓްގައި ޖެޓީއެޅުމަށް މިއަދު އެމްޓީސީސީ އަށް ހަވާލުކުރެވިފައިވާ ކަމަށެވެ. ޖެޓީގެ ސަބަ...

ޔުމްނާ ޢަލީ
ހޯރަފުށީ އެއާޕޯޓު ރަންވޭ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓު ރަންވޭ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ތިލަދުންމަތީ ހޯރަފުށީ އެއާޕޯޓުގެ ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއާޕޯޓުގެ މަސައްކަތް ވެސް ކުރިއަށްގެންދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މިމަސައްކަތް ފައްޓަވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ މިއަހަރުގެ ޖޫން މަހުގެ 30ގައެވެ. މި މަސައްކަތް ނިންމަން 360 ދުވަހުގެ މުއްދަތެއް އެ ކުންފުންޏަށް ވަނީ ދީފައެވެ. މިއީ 90.5 މިލިއަނ...

އަޙްމަދު ވަހީދު
ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލި އަރައި މިއަދުގެ ދަތުރުތައް ކެންސަލް 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލި އަރައި މިއަދުގެ ދަތުރުތައް ކެންސަލް

ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލި އަރައި މިއަދުގެ ދަތުރުތައް ކެންސަލްކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު އޮތް ހުރިހާ ދަތުރެއް ވަނީ މާދަމާއަށް ފަސްކޮށްފައެވެ. ދަތުރުތައް ކެންސަލް ކުރީ މިއަދު ކުރި ވިއްސާރައިގެ ސަބަބުން އެއާޕޯޓުގެ ރަންވޭއަށް ވެލި އެރުމުގެ ސަބަބުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިދިޔަ މެއި މަހުވެސް އެއާޕޯޓަށް ގެއްލުންވެ ދަތުރުތައް ވަނީ މެދުކަނޑާލައިފައެވެ. މި ދަތުރުތައް އަލުން ފެށީ މިދިޔަ މަހުއެވެ. ހޯރަފުށީ އެއާޕޯޓަކީ މި ސަރުކާރުން ހެދި ފުރަތަމަ އެއާ...

އަޙްމަދު ވަހީދު
ހޯރަފުށީ ރައްޔިތުންނަށް "ގެދޮރުވެރިޔާ ލޯނު" ބޭނުންވާ ފަރާތްތަކަށް ކައުންސިލުން އެހީވަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ރައްޔިތުންނަށް "ގެދޮރުވެރިޔާ ލޯނު" ބޭނުންވާ ފަރާތްތަކަށް ކައުންސިލުން އެހީވަނީ

ހއ. ހޯރަފުށީ ރައްޔިތުންނަށް “ގެދޮރުވެރިޔާ ލޯނު” ބޭނުންވާ ފަރާތްތަކަށް ކައުންސިލުން އެހީތެރިވުމަށް ނިންމައިފި އެވެ. “ގެދޮރުވެރިޔާގެ ލޯނު” އަކީ ސަރުކާރުން ދިވެހިރައްޔިތުންނަށް ބޯހިވާހަކިން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން ދެމެހެއްޓެނިވި ބޯހިޔާވަހިކަން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކަށަވަރުކޮށްދިނުމުގެ މަޤުސަދުގައި ނިމިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ތަޢާރަަފް ކުރެވުނު ލޯނު ސްކީމްއެކެވެ. ހޯރަފުށީ ކައުންސިލުން މިއަދު ނެރުއްވި އިއުލާނެއްގައި ވަނީ، ހޯރަފުށީ ރައްޔިތުންގެ ތެރެއިން މި ލޯނު ބޭނުންވާ ފަ...

އަޙްމަދު އަރުޝަމް
ހޯރަފުށި "ހަހެތި ވަންޑޭ ކަޕް 2021" ޗެމްޕިއަންކަން 22 ސްޕޯރޓްސް ކްލަބް ހޯދައިފި 📍 ހއ. ހޯރަފުށި

ހޯރަފުށި "ހަހެތި ވަންޑޭ ކަޕް 2021" ޗެމްޕިއަންކަން 22 ސްޕޯރޓްސް ކްލަބް ހޯދައިފި

ހއ. ހޯރަފުށި “ހަހެތި ވަންޑޭ ކަޕް 2021” ޗެމްޕިއަންކަން 22 ސްޕޯރޓްސް ކްލަބް ހޯދައިފި އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން 22 ސްޕޯރޓްސް ކުލަބުން ހޯދާފައިވަނީ ފައިނަލް މެޗްގައި ކުލަބް ޑޮލްފިން ސިޓީ އާއި ބައްދަލުކޮށް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމްއަކުން ގޯލެއްކާމިޔާބް ނުކުރެވުމުން  ޕެނަލްޓީ ޖަހައިގެން 01-02 އިން 22 ސްޕޯރޓްސް ކުލަބް ކުރި ހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗްގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ 22 ސްޕޯރޓްސް ކުލަބް […]

ތިލަދުން
ހޯރަފުށީގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މީހަކު ހައްޔަރު ކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މީހަކު ހައްޔަރު ކޮށްފި

ހއ. ހޯރަފުށީގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާއި ގުލިގެން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ. މިކަމަާއި ގުލިގެން މިނޫހަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ތޫނު އެއްޗެއް ބޭނުންކޮށް މާރާމާރީ ހިންގާ މީހަކު ޒަޚަމް ކޮށްލި މައްސަލައަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ. މި މާރާމާރީ ހިންގާފައިވަނީ އިއްޔެ މެންދުރުފަހު 14:15 ހާއިރު ކަމަށް ފުލުހުން މަޢުލޫމާތު ދެއްވަ އެވެ. އެ މައްސަލައިގައި […]

އަލީ އާދިލް
ހޯރަފުށީގެ އާރް.ވީ.ސްޕޯރޓްސް އެކެޑެމީގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގެ އާރް.ވީ.ސްޕޯރޓްސް އެކެޑެމީގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. ހޯރަފުށީގައި އަލަށް ރަޖިސްޓަރީ ކުރެވުނު އާރް.ވީ. ސްޕޯރޓް އެކެޑެމީ ހަރަކާތް ތަކުގެ ތެރެއިން ހޭންޑްބޯލް، އަދި ފުޓްބޯޅަ ކުލާސްތަކުގައި ރެޖިސްޓްރީވުމަށް މިމަހުގެ 18 ވަނަދުވަހުންފެށިގެން ވަނީ މިމަހުގެ ނިޔަލަށް ހުޅުވާލައިފި އެވެ. އެގޮތުން ބައިވެރިވާން ހުޅުވާލައިފައިވާ އުމުރުފުރާއަކީ 16 އަހަރުން ދަށުން ފެށިގެން 05 އަހަރާއި ހަމައަށެވެ. އާރް.ވީ. ސްޕޯރޓްސް އެކަޑެމީ މައުލޫމާތު ދޭގޮތުގައި ކުޅިވަރުތައް ކިޔަވައިދެއްވާނީ އެކަމަށް ތަމްރީން ކުރެވިފައިވާ އަދި ކުޅިވަރުގެ ތަޖްރިބާހުރި މުދައްރިބުންނެވެ. އަދި ކުޅ...

ތިލަދުން
ހޯރަފުށީ އެއާޕޯޓު މަރާމާތްކޮށް ނިންމާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓު މަރާމާތްކޮށް ނިންމާލައިފި

ހއ. ހޯރަފުށީ އެއާޕޯޓުގެ މަރާމާތުގެ މަސައްކަތްތައް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރިއަށްގެންދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަސައްކަތް ނިމިފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. ހޯރަފުށީ އެއާޕޯޓު މަރާމާތް ކުރީ މިދިޔަ މަހު މޫސުން ގޯސްވެ އުދަ އެރުމުގެ ސަބަބުން އެއާޕޯޓަށް ލިބުނު ގެއްލުންތަކާ ގުޅިގެންނެވެ. އެގޮތުން އެއާޕޯޓުގެ ރަންވޭއަށް އުދައެރުމާ ގުޅިގެން ރަންވޭއަށް ފަސް އަރާފައިވާއިރު ޓާމިނަލަށާއި އެތަނުގައި ބޭނުން ކ...

އަޙްމަދު ވަހީދު
ފަތުރަނީ ޔޯލަ ދޮގު ޚަބަރެއް، ބަންގްލަދޭޝް މީހާއަށް ފުރިހަމަ އެހީތެރިކަން ދިނިން: ހޯރަފުށީ ކައުންސިލް 📍 ހއ. ހޯރަފުށި

ފަތުރަނީ ޔޯލަ ދޮގު ޚަބަރެއް، ބަންގްލަދޭޝް މީހާއަށް ފުރިހަމަ އެހީތެރިކަން ދިނިން: ހޯރަފުށީ ކައުންސިލް

ހއ. ހޯރަފުށީ ރޯޝަނީގޭގައި މެއި 31 ވަނަ ދުވަހު ހިނގާފައިވަނީ އަލިފާނުގެ ހާދިސާއެއްކަމަށާއި، އެކަން ކައިރިން ބަލައި އެ ހާދިސާގައި އެގޭގައި އުޅޭ ބަންގްލަދޭޝްމީހާއަށް ފުރިހަމަ އެހީތެރިކަން ވަނީ ފޯރުކޮށް ދެވިފައިކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ. އެ ހާދިސާއާއި ގުޅިގެން ކަންހިނގާދިޔަ ގޮތް ސާފުކޮށް ދިނުމަށް ހޯރަފުށީ ކައުންސިލުން ވަނީ މިއަދު ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، 31 މެއި 2021 ވީ ހޯމަދުވަހުގެ ހެނދުނު 10:30 ގައި ހޯރަފުށީ ރޯޝަނީގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއ...

ޔުމްނާ ޢަލީ
އާރްވީ ސްޕޯޓްސް އީދު ހޯރަ ވޮލީ ލީގް ޗެމްޕިއަން ޓީމް ތްރީޑީއަށް 📍 ހއ. ހޯރަފުށި

އާރްވީ ސްޕޯޓްސް އީދު ހޯރަ ވޮލީ ލީގް ޗެމްޕިއަން ޓީމް ތްރީޑީއަށް

އާރްވީ ސްޕޯޓްސް އީދު ހޯރަ ވޮލީ ލީގްގެ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ތްރީޑީ ހޯދައިފި އެވެ. ފައިނަލް މެޗްގައި ހޯރަ އެއާރޕޯރޓް އާއި ބައްދަލް ކޮށް ޓީމް ތްރީޑީ ޗެންޕިއަންކަން ހޯދާފައިވަނީ ސީދާ 03 ސެޓުން މެޗްކާމިޔާބް ކޮށްގެންނެވެ. ފޯރިގަދަކުޅުމެއްފެނިގެންދިޔަ ފައިނަލް މެޗްގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ ޓީމް ތްރީޑީގެ އަޙްމަދު މުހައްމަދު (ދޮނާ) އެވެ. މުބާރާތުގެ ޗެމްޕިއަންޓީމް އަށް ތަށްޓާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލް ކޮށްދެއްވީ ހއ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް […]

ތިލަދުން