މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ހޯރަފުށި (343 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
343 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހޯރަފުށިގެ އެންމެ ފަހުގެ ޚަބަރުތައް

343 ޚަބަރުގެ ތެރެއިން
ހޯރަފުށީ ރައްޔިތުންނާ ދެން ބައްދަލުކުރާނީ ހޮސްޕިޓަލްގެ މަސައްކަތް ނިންމާފައި: ރައީސް 📍 ހއ. ހޯރަފުށި

ހޯރަފުށީ ރައްޔިތުންނާ ދެން ބައްދަލުކުރާނީ ހޮސްޕިޓަލްގެ މަސައްކަތް ނިންމާފައި: ރައީސް

މި ސަރުކާރަކީ ވައުދެއްވެއްޖެނަމަ އެ ވައުދެއް ފުއްދަވައިދެއްވާނެ ސަރުކާރެއް ކަމަށާއި، ހޯރަފުށީ ރައްޔިތުންނާ ދެން ބައްދަލުކުރައްވާނީ އެރަށުގައި ސަރުކާރުން އަޅުއްވައިދެއްވަން ވައުދުވި ހޮސްޕިޓަލްގެ މަސައްކަތް ނިންމާފައިކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި މިއަދު ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި ކުރިއަށް ގެންދެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހޯރަފުށީގެ ރައްޔިތުންީ ތ...

ޔުމްނާ ޢަލީ
ރައީސް ޞާލިޙަށް ''ހިތްޕުޅު ފުރި ބަންޑުންދާވަރުގެ'' ނަތީޖާއެއް ހޯރަފުށިން ކަށަވަރުކޮށްދެން: ވަހީދު 📍 ހއ. ހޯރަފުށި

ރައީސް ޞާލިޙަށް ''ހިތްޕުޅު ފުރި ބަންޑުންދާވަރުގެ'' ނަތީޖާއެއް ހޯރަފުށިން ކަށަވަރުކޮށްދެން: ވަހީދު

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނަ ކޮންމެ އިންތިޚާބެއްގައި ”ހިތްޕުޅު ފުރި ބަންޑުންދާވަރުގެ” ނަތީޖާއެއް ހޯރަފުށިން ކަށަވަރުކޮށްދެއްވާނެ ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވެއްޖެއެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙް ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރަށްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއް ގޮތުގައި...

ޔުމްނާ ޢަލީ
ރައީސްގެ ފުރަތަމަ މަންޒިލަކީ ހޯރަފުށި، ހޫނު މަރުޙަބާއެއް 📍 ހއ. ހޯރަފުށި

ރައީސްގެ ފުރަތަމަ މަންޒިލަކީ ހޯރަފުށި، ހޫނު މަރުޙަބާއެއް

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ބޮޑުތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. މިގޮތުން ބޮޑުތިލަދުންމަތިން ރައީސް މިއަދު ފުރަތަމަ ވަޑައިގަތީ ހއ. ހޯރަފުއްޓަށެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ހޯރަފުށީ އެއާޕޯޓަށް އެރަށުގެ ގިނަ ބަޔަކު ޖަމާވެފައިވާއިރު، އެ ރަށުން ރައީސަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސް ޞާލިޙ...

ޔުމްނާ ޢަލީ
ހޯރަފުށީ ކުޑަކުދިންގެ ޕާކުގެ އަމަލީ މަަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކުޑަކުދިންގެ ޕާކުގެ އަމަލީ މަަސައްކަތް ފަށައިފި

ހއ. ހޯރަފުށީގައި ގާއިމު ކުރާ ކުޑަކުދިންގެ ޕާކުގެ އަމަލީ މަަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ފަށާފައިވަނީ މި ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ހޯރަފުށި ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ މިއީ ވަރަށް ތަފާތު ގޮތަކަށް ތައްޔާރުކުރެވޭ ޕާކެއް ކަމަށާއި ރީތި، ފުރިހަމަ ވަސީލަތްތަކެއް ހުންނާނެ ކަމަށެވެ. މިއީ އެރަށު ފެނަކަ ބްރާންޗުގެ ޕީއެސްއާރް އާއި ރަށު ކައުންސިލާއި ޑަބްލިއުޑީސީ ބެޖެޓުން ހަރަދުކޮށްގެން ގާއިމުކުރާ ޕާކެއް ކަމަށް ވެސް […]

މުޙައްމަދު އަފްރާޙް
ހޯރަފުއްޓާއި ރ. މީދޫގައި ހޮސްޕިޓަލު އަޅަން ބީލަމަށް ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުއްޓާއި ރ. މީދޫގައި ހޮސްޕިޓަލު އަޅަން ބީލަމަށް ހުޅުވާލައިފި

ހއ. ހޯރަފުއްޓާއި ރ. މީދޫގައި ހޮސްޕިޓަލު އިމާރާތުގެ މަސައްކަަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ. ފިނޭންސް މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާ ގޮތުގައި މި ބީލަންތަށް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެ މަތީން ނެވެ. އަދި ފިނޭންސްގެ “ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ...

މުޙައްމަދު އަފްރާޙް
"ހޯރަ ކައުންސިލް މެންސް ވޮލީބޯލް ޓޯނަމަންޓް" މުޅި ހއ. އަތޮޅަށް، ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ހޯރަފުށި

"ހޯރަ ކައުންސިލް މެންސް ވޮލީބޯލް ޓޯނަމަންޓް" މުޅި ހއ. އަތޮޅަށް، ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ “ހޯރަ ކައުންސިލް މެންސް ވޮލީބޯލް ޓޯނަމަންޓް 2023” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އަންނަ ފެބްރުއަރީ މަހު 25 ވަނަ ދުވަހު ހޯރަފުށީގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޓީމްތައް ބައިވެރި ކުރުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ އެ އަތޮޅު ރަށްތަކުގެ ކުލަބް ޖަމިއްޔާތަކަށާއި، ސަރުކާރު އޮފީސްތަކުގެ އިތުރުން ސަރުކާރު ކުންފުނިތަކަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު...

އިބްރާހިމް ޚަލީލް
ހޯޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދަން އަނެއްކާވެސް އިއުލާންކޮށްފި 📍 ހއ. ހޯރަފުށި

ހޯޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

ތިލަދުންމަތީ އުތުރުބުރީ ހޯޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރު ކޮށްފި އެވެ. ހޯރަފުށީ ކައުންސިލްގެ އިދާރާ އިން ވިދާޅުވީ 20 ޑިސެމްބަރ 2022 ގައި ކޮށްފައިވާ އިޢުލާނުގެ ބިޑް ހުށަހެޅުން އަދި ބީލަންތައް ހުޅުވުމުގެ ސުންގަޑި އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ބިޑު ހުށަހެޅުމާ ބީލަންތައް ހުޅުވުމުގެ ސުންގަޑިއަކީ 22 ޖެނުއަރީ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 1 ޖަހާއިރު ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފަ އެވެ. އެ […]

މުޙައްމަދު އަފްރާޙް
ހޯރަފުށީ އައުޓްޑޯ ވޮލީކޯޓުގެ ރޮސްޓްރަމް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ އައުޓްޑޯ ވޮލީކޯޓުގެ ރޮސްޓްރަމް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯ ވޮލީކޯޓުގެ ރޮސްޓްރަމްގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރީވުމަށް މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަޖިސްޓަރީގެ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމެވުމަށް އެ ކައުންސިލުން އެދިލައްވައެވެ. މި މަސައްކަތާއި ގުޅޭގޮ...

އިބްރާހިމް ޚަލީލް
ހޯރަފުށީގައި ދެ މީހަކަށް އެއް ގޯއްޗެއް ދޫކޮށްފައިވާ މައްސަލައަކަށް ހައްލު ހޯދައިދޭން ނިންމައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ދެ މީހަކަށް އެއް ގޯއްޗެއް ދޫކޮށްފައިވާ މައްސަލައަކަށް ހައްލު ހޯދައިދޭން ނިންމައިފި

ހއ. ހޯރަފުށީގައި ދެ މީހަކަށް އެއް ގޯއްޗެއް ދޫކޮށްފައިވާ މައްސަލާގައި އެ ދެ މީހުންނަށް ވަކި ދެ ގޯތި ދިނުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. ހޯރަފުށީ ކައުންސިލުން މި ގޮތަށް ނިންމީ އެކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 52 ވަނަ ޢާންމު ބައްދަލުވުމުގައެވެ. ހޯރަފުށީގެ ދެ ރައްޔިތަކަށް އެއް ގޯއްޗެއް ދޫކުރެވިފައިވުމުން ހޯރަފުށީ ކައުންސިލުން ވަނީ އެ ދެ ރައްޔިތުންނަށް ވަކި ދެ ގޯތި ދިނުމަށް ޕްލޭނިން މިނިސްޓްރީގެ ލަފަޔަކަށް އެދިފައެވެ. އެކަމަށް […]

ޔުމްނާ ޢަލީ
ހޯރަފުށީ މަގުތަކުގައި އަނބު ގަސް އިންދުމުގެ ހަރަކާތެއް 📍 ހއ. ހޯރަފުށި

ހޯރަފުށީ މަގުތަކުގައި އަނބު ގަސް އިންދުމުގެ ހަރަކާތެއް

ހއ. ހޯރަފުށީ މަގުތަކުގައި އަނބު ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ހޯރަފުށީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މި ހަރަކާތުގެ ދަށުން 77 އަނބު ގަސް އެރަށުގެ މަގުތަކުގައި ވަނީ އިންދާފައެވެ. މީގެ އިތުރުން ހޯރަފުށި ފެހި ކުރުމުގެ ފުރަތަމަ ހަރަކާތުގެ ތެރެއިން 44 އަނބު ގަސް އިންދާފައިވާކަން އެ ކައުންސިލުން ވަނީ ފާހަގަ ކުރަށްވާފައެވެ. ހޯރަފުށީގެ މަގުތަކުގައި އަނބު ގަސް އިންދުމަށް މިފަހަރު ހިންގި މި ހަރަކާތަކީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) [...

ޔުމްނާ ޢަލީ
ހޯރަފުށީ މިސްކިތްތައް ސޯލާކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ މިސްކިތްތައް ސޯލާކޮށްފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މިސްކިތްތަކުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. ހޯރަފުށީ ކައުންސިލުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓްގެ ދަށުން އެ ރަށުގެ ތިން މިސްކިތެއް ވަނީ ސޯލާ ކޮށްފައެވެ. އެ ތިން މިސްކިތަކީ މަސްޖިދުލް އައްވާބު، މަސްޖިދުލް އިޚްލާސްގެ އިތުރުން މަސްޖިދުލް ސިއްދީޤެވެ. މި ޕްރޮޖެކްޓާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވެފައި ވަނީ މި ޕްރޮޖެކްޓް ކައ...

އިބްރާހިމް ޚަލީލް
ހޯރަފުށީގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ރަށުގައި ބިނާކޮށްފައިވާ އެ ކައުންސިލުގެ ސްކޫލު އިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް އެދި ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓަރީވުމަށް ދީފައިވާ ލިންކް މެދުވެރިކޮށް މި މަހު...

އިބްރާހިމް ޚަލީލް
ހއ. އަތޮޅު މަދަރުސާގެ ޕީޓީއޭގެ މަސައްކަތު ދުވަހުން 3 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި 📍 ހއ. ހޯރަފުށި

ހއ. އަތޮޅު މަދަރުސާގެ ޕީޓީއޭގެ މަސައްކަތު ދުވަހުން 3 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ހއ. ހޯރަފުށީ ހުންނަ އެ އަތޮޅު މަދަރުސާގެ ބެލެނިވެރިންނާއި މުދައްރިސުންގެ ގުޅުން (ޕީޓީއޭ) ފަންޑަށް ފައިސާ ހޯދުމަށް ފާހަގަ ކުރެވުނު މަސައްކަތު ދުވަހު، އެ ފަންޑަށް ތިން ލައްކައަށްވުރެ ގިނަ ފައިސާ ހޯދައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު އެ ސްކޫލުގެ ޕީޓީއޭ ފަންޑަށް ފައިސާ ހޯދުމަށް އެ ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިން ގުޅިގެން ބޭއްވި މަސައްކަތު ދުވަހު ވަނީ، 301000.00 (ތިންލައްކަ އެއްހާސް) ރުފިޔާ ހޯދާފައެވެ. ކޮންމެ ގްރޭޑަކަށް ގްރޫޕެއް ހިމެނޭހެން ޖުމްލަ ބާރަ ގްރޫޕަކަށް ބަހާލައިގެން މަސައްކަތް […]

އިބްރާހިމް ޚަލީލް
ހޯރަފުށީ ހާފްވޭ ހައުސްގެ މަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ހާފްވޭ ހައުސްގެ މަސައްކަތް ފަށައިފި

ހއ. ހޯރަފުށީގައި ހަދާ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތުގެ ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި މަސައްކަތުގެ އަމަލީ މަސައްކަތް ފެށީ މިއަދުއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ […]

އަޙްމަދު ވަހީދު
ހޯރަފުށި ހިމެނޭހެން ތިން ރަށެއްގެ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށި ހިމެނޭހެން ތިން ރަށެއްގެ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ. ހޯރަފުށި ހިމެނޭހެން ތިން ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ. ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ފޮނުވާފައިވަނީ ހއ. ހޯރަފުއްޓާއި، ބ.ތުޅާދުއާއި ރ.މީދޫގައެވެ. މި ތިން ރަށުގައި ހޮސްޕިޓަލު ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ މިއަހަރުގެ ބަޖެޓުގައި ހިމަނައިފައެވެ. މިސަރުކާރުން ވަނީ 12 ރަށެއްގައި ޒަމާނީ ހޮސްޕިޓަލްތަކެއް އެޅުމަށް ނިންމާ އެރަށްތައް އިއުލާންކޮށްފައެވެ. މީގެތެ...

އަޙްމަދު ވަހީދު