މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
މަސްވެރިންގެ ދުވަހާއި ގުޅިގެން ހަނިމާދޫގައި މަސްރޭހެއް ބާއްވަނީ 📍 ހދ. ހަނިމާދޫ

މަސްވެރިންގެ ދުވަހާއި ގުޅިގެން ހަނިމާދޫގައި މަސްރޭހެއް ބާއްވަނީ

މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ހދ. ހަނިމާދޫގައި މަސްރޭހެއް ބޭއްވުމަށް ހަނިމާދޫ ކައުންސިލުން ނިންމައި، އެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސްރޭހަކީ ހަނިމާދޫގެ ދެ ޖިންސަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފާއިވާ މަސްރޭހެކެވެ. މި މަސްރޭސް ފަށާގޮތަށް ނިންމާފައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް، ޑިސެމްބަރު 10 ވާ ބުރާސްފަތި ދުވަހުއެވެ. މިގޮތުން ޑިސެމްބަރު 10 ވަނަ ދުވަހު އޮންނާނީ މި މަސްރޭހުގެ އަންހެން ބައިވެރިންނަށް ޚާއްޞަ ކުރެވިފައިވާ  ބައިއެވެ....

ޔުމްނާ ޢަލީ
ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %70 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %70 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ %70 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %70 ވަނީ ނިމިފައިވާ ކަމަށާއި، މި މަޝްރޫޢުގެ ދަށުން ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތުގެ %95 ނިމިފައި ވާކަމަށެވެ. މީގެއިތުރުން ދުވާރު ހެދުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތުގެ %85 ނިންމާލެވިފައިވާ ކަމަށާއި އަދި ހޮޅިވަޅުލުމުގެ މަސައްކަތުގެ...

އަޙްމަދު ވަހީދު
"ސާއްބަ އެނިވާސަރީ ކަޕް 2020" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

"ސާއްބަ އެނިވާސަރީ ކަޕް 2020" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ހަނިމާދޫ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ “ސާއްބަ އެނިވާސަރީ ކަޕް 2020” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލާ އެ ކުލަބުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މިހިނގާ ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހުގެ 18:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް ހާއްސަ ކުރެވިފައިވާ ފޯމް ފުރުމަށްފަހު […]

އިބްރާހިމް ޚަލީލް
ފުލުހުން، ހަނިމާދޫގައި މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި 📍 ހދ. ހަނިމާދޫ

ފުލުހުން، ހަނިމާދޫގައި މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ފުލުހުން، ހދ. ހަނިމާދޫ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމާއި ކުށްތަކުން ސަލާމަތްވެ ރައްކާތެރިވެތިބުމަށް ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދާ އެ ޕްރޮގްރާމްގައި، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާ...

ޔުމްނާ ޢަލީ
ހަނިމާދޫގައި ޕިކްނިކް އޭރިޔާއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ޕިކްނިކް އޭރިޔާއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލު އިދާރާއިން ދޭމަޢުލޫމާތާއި އެއްގޮތަށް ހަނިމާދޫ ގާފާލަމުގެ އުތުރުން ޕިކްނިކް އޭރިއާއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން 01 ޑިސެމްބަރ 2020 ވީ އަންގާރަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 10 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އެ ކައުންސިލުގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ގާއިމު ކުރި ފެކްޓަރީތައް ފެއިލްވީ އެއާޕޯޓު ތަރައްގީ ނުކުރެވިގެން: އިބްރޭ

ހަނިމާދޫގައި ގާއިމު ކުރި ފެކްޓަރީތައް ފެއިލްވީ އެއާޕޯޓު ތަރައްގީ ނުކުރެވިގެން: އިބްރޭ

ރަނގަޅު ޕްލޭނެއް ނެތި މަސައްކަތްތައް ހިންގުމުން ބޮޑެތި އިންވެސްޓްމަންޓްތައް ފެއިލްވާން މެދުވެރިވާނެ ކަމަށާއި، ހދ. ހަނިމާދޫގައި މީގެ އަހަރުތަކެއް ކުރިން ހިންގި ފަހާ ފެކްޓަރީތައް ފެއިލްވެ އެ މަސައްކަތް ހުއްޓުނީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ނުކުރެވިގެން ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް […]

އަލީ އާދިލް
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މުޅި ރާއްޖޭގެ އިޤުތިޞާދީ ނާރެހަށް ވެގެންދާނެ: ޣަފޫރު 📍 ހދ. ހަނިމާދޫ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މުޅި ރާއްޖޭގެ އިޤުތިޞާދީ ނާރެހަށް ވެގެންދާނެ: ޣަފޫރު

ހދ. ހަނިމާދޫގައި އަލަށް އަޅާ އިންޓަނޭޝަނަލް އެއާޕޯޓަކީ، މުޅި ރާއްޖޭގެ އިޤުތިޞާދީ ނާރެހަށް ވެގެންދާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުއްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ. ގަޕޯ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. ގަޕޯ ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބަޖެޓަކީ އުންމީދުން ފުރިގ...

އަލީ އާދިލް
"ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" ގެ ތަށި އުންމީދު އަދި ޓީމް ލެޖެންޑެސްއަށް 📍 ހދ. ހަނިމާދޫ

"ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" ގެ ތަށި އުންމީދު އަދި ޓީމް ލެޖެންޑެސްއަށް

ހދ.ހަނިމާދޫގައި ހެޕީމާކެޓްގެ ފަރާތުން އިންތިޒާމް ކޮށްގެން “ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020” ނަމުގައި ކުރިއަށް ގެންދިޔަ ވޮލީބޯޅަ މުބާރާތުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް އުންމީދު އަދި ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް ލެޖެންޑްސް ހޯދައިފިއެވެ. 27 ނޮވެމްބަރ 2020 ވީ ހުކުރު ދުވަހު މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅެފައިވާއިރު، މި މުބާރާތުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް އުންމީދުން ހޯދާފައިވަނީ، ފައިނަލް މެޗުގައި ޓީމް ވައިކާންޓްވީ ގެ މައްޗަށް ސީދާ ތިންސެޓުން ކުރި ހޯދައިގ...

އިބްރާހިމް ޚަލީލް
"ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" ގެ ސެމީއަށް ޓީމްތައް ދަތުރުކޮށްފި 📍 ހދ. ހަނިމާދޫ

"ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" ގެ ސެމީއަށް ޓީމްތައް ދަތުރުކޮށްފި

ހދ.ހަނިމާދޫގައި ހެޕީމާކެޓްގެ ފަރާތުން އިންތިޒާމް ކޮށްގެން “ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020” ނަމުގައި މިހާރު ކުރިއަށްދާ ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޓީމްތައް ދަތުރު ކޮށްފިއެވެ. މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ސެމީފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައިވާ ޓީމަތަކަކީ ޓީމް ބޮލޮކް، ބުނެލާނެ، ޓީމް ލެޖެންޑްސްގެ އިތުރުން ޓީމް ރޫޙްއެވެ. ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗުން ލިބުނު 11 ޕޮއިންޓާއިއެކު ގްރޫޕް އޭ ގެ އެއްވަނަ ޓީމްގެ ގޮތުގައި ޓީމް ބްލޮކް ސެމީފައިނަލަށް ދަތުރު ކޮށްފައިވާއިރު، ގްރޫޕް […]

އިބްރާހިމް ޚަލީލް
މަސްތުވާތަކެއްޗާއެކު ހަނިމާދޫއިން 2 މީހަކު ހައްޔަރުކޮށްފި 📍 ހދ. ހަނިމާދޫ

މަސްތުވާތަކެއްޗާއެކު ހަނިމާދޫއިން 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް އަތޮޅުތެރޭގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަނެއްގައި ހދ. ހަނިމާދޫއިން މަސްތުވާތަކެއްޗާއެކު 02 މީހަކު ހައްޔަރުކޮށްފި އެވެ. އެގޮތުން ހަނިމާދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ހަނިމާދޫ ޕޮޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 26 އަހަރުގެ މީހަކާ 32 އަހަރުގެ 02 ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.  މި ހިނގާ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހިންގި  އޮޕަރޭޝަނުގައި އެ 02 މީހުން ހައްޔަރުކޮށްފައިވަނީ އެ...

ޖަލްވާން ޖާދުﷲ
ހަނިމާދޫ އެއާޕޯޓުގެ މަޝްރޫޢުއަކީ އުތުރާއި، ޤައުމުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ މަޝްރޫޢުއެއް: އަޙްމަދު 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓުގެ މަޝްރޫޢުއަކީ އުތުރާއި، ޤައުމުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ މަޝްރޫޢުއެއް: އަޙްމަދު

ރަނގަޅު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ހަނިމާދޫ އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަކީ މުޅި އުތުރާއި، ރާއްޖޭގެ ތަރައްޤީ އެކަމުން ބޮޑު ހިއްސާއެއް ލިބޭނެ ކަމެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ވިދާޅު ވެއްޖެއެވެ. މެންބަރު އަޙްމަދު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. އަޙްމަދު ވިދާޅުވީ ދިވެހިރާއްޖޭގައި ތަރައްޤީއަށް ޓަކައި ވަރަށް ބޮޑު އެއް ވަސީލަތަކަށް އަދި […]

އަލީ އާދިލް
ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020 ފަށައިފި 📍 ހދ. ހަނިމާދޫ

ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020 ފަށައިފި

ހދ.ހަނިމާދޫގައި ހެޕީމާކެޓްގެ ފަރާތުން އިންތިޒާމް ކޮށްގެން “ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020” ނަމުގައި ހިންގުމަށް އިޢުލާން ކޮށްފައިވާ ވޮލީ މުބާރާތް ފަށައިފިއެވެ. 10 ނޮވެމްބަރ 2020 ވީ އަންގާރަ ދުވަހު މި މުބާރާތް ހަނިމާދޫ ޔޫތު ސެންޓަރު ޓާފް ވޮލީ ކޯޓުގައި ފަށާފައިވާއިރު މި މުބާރާތް ހުޅުވުމުގެ ގޮތުން ފުރަތަމަ ކުޅެފައިވަނީ އަންހެން ކެޓަގަރީގެ މެޗެކެވެ. މި މެޗުގައި ބައްދަލު ކޮށްފައިވަނީ ޓީމް އުންމީދާއި ޓީމް ކަނބަލުންނެވެ. މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައިވަނީ ޓީމް […]

އިބްރާހިމް ޚަލީލް
ހަނިމާދޫ ކައުންސިލުގެ އެހީތެރިކަން ހަނިމާދޫ ސިއްހީމަރުކަޒަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލުގެ އެހީތެރިކަން ހަނިމާދޫ ސިއްހީމަރުކަޒަށް

ކޯވިޑް-19 ރައްކާތެރިވުމުގެ ގޮތުން ބޭނުން ކުރެވިދާނެ ގިނައަދަދެއްގެ ތަކެތި ހަނިމާދޫ ކައުންސިލުގެ ފަރާތުން ހަނިމާދޫ ސިއްޙީ މަރުކަޒަށް ހަދިޔާކޮށްފިއެވެ. ހަނިމާދޫ ކައުންސިލުގެ ފަރާތުން 09 ނޮވެމްބަރ 2020 ހޯމަ ދުވަހު ހަނިމާދޫ ސިއްހީ މަރުކަޒަށް ހަދިޔާ ކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 200 ފޭސް މާސްކާއި، 300 ސާޖިކަލް ގްލޯވްސްގެ އިތުރުން 10 ލީޓަރުގެ ހޭންޑް ސެނިޓައިޒާއެވެ. ހަނިމާދޫ ކައުންސިލުގެ ފަރާތުން ހަދިޔާކުރި މިތަކެތި ހަނިމާދޫ ސިއްޙީ މަރުކަޒާއި ހަވާލު ކޮށްދެއްވާފައިވަނީ ހަނިމާދޫ ކައުންސިލުގެ ރައީ...

އިބްރާހިމް ޚަލީލް
ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020 ގުރުއަތުލުން ބާއްވައިފި 📍 ހދ. ހަނިމާދޫ

ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020 ގުރުއަތުލުން ބާއްވައިފި

ހދ.ހަނިމާދޫގައި ހެޕީމާކެޓްގެ ފަރާތުން ހިންގުމަށް އިޢުލާން ކޮށްފައިވާ “ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020” ގެ ގުރުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގެ ޤުރުއަތުލުމުގެ ރަސްމިއްޔާތު 05 ނޮވެމްބަރ 2020 ވީ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ހަނިމާދޫ ބްރޭކް ޓައިމް ރެސްޓޯރެންޓްގައި ބާއްވާފައިވާއިރު، މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 08 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހިގެ ހަވީރު 16:00 ގައެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ޔޫތު ސެންޓަރުގެ ޓާފް ކޯޓުގައެވެ. މި މުބާރާތް […]

އިބްރާހިމް ޚަލީލް
ހަނިމާދޫ އާއި ފުޅަދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ އާއި ފުޅަދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 25 އިންސައްތަ އަދި ‏ބ. ފުޅަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ބުނީ ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައި ވާކަމަށެވެ. މި މަޝްރޫޢު ފެށުމަށްޓަކައި ބޭނުންވާ ސާމާނު އެރަށަށް މޮބިލައިޒް ކުރެވި...

އަޙްމަދު ވަހީދު