📍 ހދ. ހަނިމާދޫ
ހަނިމާދޫ ރިހެބުގައި ހުރި ޒުވާނަކު ނިޔާވެއްޖެ
ހދ. ހަނިމާދޫގައި ގާއިމުކޮށްފައި ހުންނަ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރއިން ފަރުވާ ހޯދަން ގޮސްހުރި ޒުވާނަކު ނިޔާވެއްޖެއެވެ. ހަނިމާދޫ ކައުންސިލްގެ ވަގުތީ އެސްޖީ އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ އެ ޒުވާނަ ނިޔާވެފައިވާ ކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގަތީ 11:45 ހާއިރު ކަމަށެވެ. މިވަގުތު ހަނިމާދޫގައި ތިއްބަވާ ފުލުހުންނާއި، ހަނިމާދޫ ސިއްހީ މަރުކަޒުގެ ޓީމެއް އެތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށް އިބްރާޙީމް ވިދާޅުވިއެވެ. ”ކުއްލި ގޮތަކަށް އެކުއްޖާ މި ނިޔާވީ،...